ޖިންސީ އަނިޔާތަކެއްގެ ޝިކާރައަކަށްވި ގދ. ތިނަދޫ، ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި ޙުކުމްކޮށްފައިވާ އޭނާގެ ކުރީގެ ފިރިމީހާ ގދ. ތިނަދޫ ޖަވާހިރުމާގޭ ދެކުނު އިބްރާހިމް ޝާހު މަރުވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން ޝާހު މަރުވެފައިވަނީ މިއަދުގެ ވަގުތެއްގައި މަހަށް ނިކުމެ އުޅެނިކޮށެވެ.

އެނގިފައިވާ ގޮތުން އޭނާ މަރުވީ މަސް ބާނަން ކަނޑުމަތީގައި ހުއްޓައި ކުއްލި ގޮތަކަށް ހާލު ދެރަވުމަށްފަހު އެވެ.

މީގެ ދިހަ ވަރަކަށް ދުވަސް ކުރިން އޭނާ މަހަށް ނިކުމެ އުޅެނިކޮށް މަހަކުން އޭނާގެ މޭމަތީގައި ޖެހިގެން އަނިޔާވެފައި ވެއެވެ. ނަމަވެސް އޭނާ މަރުވީ މިކަމުގެ ސަބަބުން ކަމެއް އަދި ޔަޤީނެއް ނުކުރެވެއެވެ.

މަހަށް ދިއުމަށް ޝާހު ފުރީ މީގެ ދެ ދުވަސްކުރިން ހުޅުމާލެއިންނެވެ. އޭނާ މަރުވީ 17 ޓަނުގެ މަސް ބާނައިގެން މަސް ކިރަން ކޫއްޑޫއާއި ދިމާލަށް ދަތުރުކުރަމުން ދަނިކޮށެވެ.

ޝާހު ދަތުރުކުރި ދޯނިން މަޢުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ، ކޫއްޑޫ އާއި އެއް މޭލު ބޭރުން ދޯނި ދަތުރުކުރިއިރު ޝާހު އޮތީ ދޯނީގައި ހުރި ޖޯއްޔެއްގައި ބޯއަޅައިގެން ކަމަށެވެ. އޭނާ އެގޮތަށް އޮއްވައި ފެނިގެން މީހަކު ގޮސް އެތެރެޔަށް ވަންނަން ބުނުމުންވެސް އޭނާ ނުތެދުވެ އޮތީ ކަމަށާއި، އޭގެ އިރުކޮޅެއް ފަހުން ބެލިއރު އޭނާ އޮތީ ޖޯލިފަތީގައި މަރުވެފައި ކަމަށް މަޢުލޫމާތު ދިން ފަރާތުން ބުންޏެވެ.

ޝާހުގެ ހަށިގަނޑު މިހާރުވީ ގއ. ވިލިގިލީގައެވެ. އޭނާގެ ކުއްލި މަރާއި ގުޅިގެން ރަސްމީ ފަރާތަކުން އަދި އެއްޗެއް ހާމައެއް ނުކުރެއެވެ.

ޝާހު އަކީ ޒިޔާދާ ރޭޕް ކުރި ކަމުގެ ކުށް ޝަރީއަތުގައި ސާބިތުވެ ތިން އަހަރު ދުވަހަށް ޖަލު ހުކުމް އިއްވާފައިވާ މީހެކެވެ. އޭނާއަކީ ޒިޔާދާގެ ކުރީގެ ފިރިމީހާއެވެ.

ޝާހުގެ މައްޗައް 3 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، އޭނާ މިނިވަންވެފައި ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓި މުއްދަތު 3 އަހަރު ދުވަހަށް ވުރެން އިތުރުވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ބޮލި މުލައް

    ޖަލު ޙުކުމް ތަންފީޒު ކުރަނީ މަސްދޯނިމަތީތަ؟

    118
    27
    • ވާނުވާ

      ވާނުވާ ނޭނގުނަސް މޮޅު ކޮމެންޓެއް ޖެހޭތޯ ބަލާތި.. ހުކުމް ކުރި އިރު އޭނާ ޖަލު ބަންދުގަ ހުންނަތާ 3 އަހަރަށް ވުރެއް ގިނަދުވަސް ވެފަ ހުރީމަ އިތުރަށް އެހުކުމް ތަންފީޒުކުރަން ނުޖެހުނީ.. ކޮންމެ ޖަލު ހުކުމެއް ކުރާއިރުވެސް ބަންދެއްގަ ހުރި މީހެއްނަމަ ބަންދުގެ މުއްތަދު ހުކުމް ކަނޑާނެ..

      28
      5
    • ޢައިޝާ

      ޖަލު ހުކުމް ތަންފީޒުކޮށް ނިމުނީ، ހުކުމް ނުކުރަނީސް ޝަރީއަތް ނިމެންދެން ހުކުމަށްވުރެ ގިނަ ދުވަސް ޖަލުގަ އޮތީމަ. ވާނުވާ

      19
      2
      • އޮޅޭސަރުކާރު

        ކޯޓަށް ނޭގޭދޯ ހުކުމްކުރެވުނުއިރު 3އަހަރުގެ ހުކުމް އެޑްވާންސްކޮށް އެމީހާ ނިންމައިފިކަމެ...ދެން ކީއްވެ ފަޑިޔާރުން ހުކުމްނެރުނުއިރު މިމީހާ ހުކުމް ފުރިހަމަކޮއްފަވާ ވާހަކަނުބުނީ..އަދި ހުކުމްފުރިހަ ވެފަވާތީ މިނިވަންވި ވާހަކަނުބުނީ...އޮޅުފިއޮތް ސަރުކާރެވީމަ ފަޑިޔާރުންނަވެސް އޮޅުނީދޯ..

        5
        3
  2. ބަކަރި

    މީނަ ކިބައިންވެސް ރައްޔިތުން ސަލާމަތް ވެއްޖެ. މިކަހަލަ މީހުން ދޫކޮށްލުން އެއީ މުޖްތަމައުއަށް އޮތް ނުރައްކަލެއްކަމަށް އަހަރުމެނަށް ފެނޭ.

    109
    19
  3. ޝާމް

    ﷲގެ ހުކުމް ނިކަން ދެކިބަލާށެވެ. އޭނާ އެކުރި ކުށަށް ޒިޔާދާއަށް އިންސާފުނުލިބި މަސްބާނަން ހުއްޓައި ނިމުން އައިގޮތް އިބުރަތަކަށް ނުވޭތޯއެވެ. މިގައުމުގައި ހުކުމްކުރަންތިބި ގާޒީންތައް ރިޝްވަތުގައި ނުހިފާށެވެ. އަނިޔާ ލިބޭ މީހުންނަށް އިންސާފުނުދޭނަމަ ނިމުން ހިތިވާނެއެވެ. މިގައުމުގައި ކުޑަކުދިންނާއިބެހޭ މީހުންނާއި އަންހެނުންނަށް އަނިޔާކުރާ މީހުންނަށް ހައްގު އަދަބުދޭށެވެ.

    278
    13
    • ކޯރި

      އެއޮތީނު ކުރިކުށުގެ އަދަބަށްވުރެ ގިނަދުވަހު ބަންދުގައޭ އޮތީ، ކޮމެންޓު ކުރުމުގެކުރިން ހަބަރުކިޔާބަލަ.

      6
      18
    • ސަމީއު

      މަރަކީ ކޮންމެ މީހަކުވެސް ވާނެ އެއްޗެއް. ﷲ ގެ ޙުކުމް ފުޅަކީ މީހަކު މެރި ކަން ސާބިތު ވެއްޖެ ނަމަ، ވާރިޘުން މާފު ނުކޮށްފިނަމަ ޤަތުލު ކޮށްލުން. އެއީ ﷲ ގެ ޙުކުމަކީ. ޖަލަށް 3 އަހަރަށް 20 އަހަރަށް ލުމެއް ނޫން.

      24
      1
    • މިފަދަ ކ

      މިފަދަ ކޮމެންޓް ތަކަށްވެސް ނޫނެކޭ ބުނާ ބަޔަކު އުޅޭ ދޯ

      10
      1
  4. ޅަބޭ

    ވަރައް ދެރަ. ޒިޔާދާއައް ހައްގުނުލިބި، އޭނަގެ ރޭޕިސްޓު މަހައް ގޮސް އެމަރުވީ....

    66
    19
    • ޙުސައިން

      ބަލަ ތިޔަބުނާ އިންސާފް އަބަދު ދުނިޔޭގަ ނުލިބޭނެތީ އޭ އުޚްރަވީ ޙަޔާތް ﷲ ލެއްވީ. ހަމަ ގައިމުވެސް ﷲ ގެ ދަރުބާރުގައި ޒިޔާދާއަށް ފުރިހަމަ އިންސާފް ލިބޭނެ.

      36
      3
    • ޜަނާ

      ޜަގަޅަށް ކިޔާފަ ކޮމެންޓް ކުރަން އާދަކުރައްވާ "ޝާހުގެ މައްޗައް 3 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވިނަމަވެސް، އޭނާ މިނިވަން ވެފައިވަނީ ޝަރީއަތް ނިމެން ދެން އޭނާ ބަންދުގައި ބެހެއްޓި މުއްދަތު 3 އަހަރު ދުވަހަށް ވުރެން އިތުރުވާތީ އެވެ."

      4
      11
  5. މުހައްމަދު

    إِنَّا لِلَّهِ وَإِنَّ إِلَيْهِ رَاجِعُونَ‎ އާއިލާ އަށް ކެތްތެރިކަން ދެއްވާށި. އާމީން

    135
    15
  6. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ޖަލު ހުންނަނީ މަސްބޯޓު މަތީދޯ މިހާރު.. މިއޮތީ ވާ ޖަޒީރާރާއްޖެއެއް

    72
    16
    • ވާނުވާ

      މިނިވަންވި ވާހަކަ އެއޮތީ. ރަންގަޅައް ކިޔާބަ

      5
      3
  7. ޖަލު ހުކުމް

    ޒިޔާދާގެ ރޫހު ކަންނޭގެ މަހެއްގެ ގައިތެރެއަށް ވަދެގެން ބަދަލު ހިފަން އެއައި ... ކޮބާ ހީވެއްޖެ ކަމެއް ހެން.. ބިރުވެރި ފިލްމެއް
    ޖަލު ހުކުމުން ސަލާމަތް ވިޔަސް ދެން ސަލާމަތެއް ނުވެވޭނެ

    40
    51
    • އައިޝާ

      سبحان الله

      10
      2
  8. ސއއ

    ނިކަން ދެކިބަލަ! ކުޅަދުން ވަންތަކަން. ހެއްދެވި ފަރާތުން ކަނޑުގައި ލެއްވި މަސްތަކަށްވެސް އޭނާއަށް ނޫނެކޭ ބުނެލީއެވެ. މަރުގެ ހުކުމް އިއްވީއެވެ. އަހަރުމެން އިންސާނުންނަށް ވުރެން ބުއްދިނެއް މަޚްލޫގުން މާ ރަގަޅު ތޯއްޗެއް. ޒިޔާދާއަށް އިންސާފް ލިބިއްޖެ މުޖުރިމެއްގެ ފުށުންުޖުތަމައު ސަލާމަތް ވެއްޖެ. އިންސާފު ގާއިމް ވެއްޖެ. މުޖުރިމުންނޭވެ ހޭއަރާށެވެ. އިސާހިތަކު މަރުއައިސް ތިބާއާ ބައްދަލު ކޮށްފާނެތެވެ. ވަގުތު ފައިތުވުމުގެ ކުރިން ތައުބާވެ ހެޔޮމަގަށް ރުޖޫއަވާށެވެ

    140
    9
  9. ރަގަނޅު

    މީހަކަ ދެ ރައެއްދީފަ އަނެކާއައް ވަކި އުފަލެއް ނެތެވެ. ރަގަނޅު އިންސާފެއް. މިއީ ލިބިގެންދިޔަ އިބު ރަތެކެވެ..

    151
    6
  10. ޞޮލިމުލައް

    ބޮލި މުލައް. ކިހާ ދެރަކަމެއް އޭނާގެ މައްޗަށް އިއްވި 3އ ޖަލު ޙުކުމް ނިމި މިނިވަން ވީފަހުން އަދި 3މަސްދުވަސް ވެސް ނުވާނެ

    3
    7
  11. ޓައްޕު

    މީހަކަށް އަނިޔާވެރިވެފަ ﷲގެ ދަރިބާރުން މަކަރުން ފިލޭނެކަމަށް ހީނުކުރާށެވެ އެއީ ހަކީމްވަންތަ އަޒީޒްވަންތަ ރަސްކަލާންގެއެވެ ދަޅު ނެތް ޖަނަވާރަށް ދަޅުހުރިޖަނަވާރުގެ ކިބައިން ބަދަލުހިފެވި އިންސާފު ގާއިމް ކުރައްވާ ދުވަހަށް އެންމެންވެސް ބިރުވެތިވާށެވެ އެކަކު ރޮއްވާފަ އަނެކަކަށް އުފަލެއްގައި ނުހުރެވޭނެއެވެ ހެކިދޭ މީހުންނާ ހުކުމްކުރާމީހުންވެސް ކަލަކުވޮޑިގެންވާކަން ދަނެ ބިރުވެތިވާށެވެ

    16
    1
  12. ނުހާ

    މީހަކަށް އަނިޔާ ވެރިވެެފަ އެއްވެސް މީހަކައް މިތާ އުފަލުގައި ނޫޅެވޭނެ. ﷲ ގެ ނިއްމެވުން ކިހާ ފުރިހަމަ.

    16
    1
  13. އިސްލާމީ ޢަޤީދާ

    އެނގިލައްވާތޯ މިތާ މާ ރުޅި އަންނަކަމަށް ހެދިގެން ކޮމެންޓް ކުރާ މީހުން. އިސްލާމް ދީނުގައި ނަމާދު އެޅުމަކީ ކުފުރު. ނަމާދު އަޅާ މީހާ މުރުތައްދުވާނެ. އޭނާއަށް އޮތީ ތަޥްބާ ނުވެއްޖެނަމަ ގަތުލުކުރުން. މިއީ އިސްލާމީ ޝަރީޢަތުގެ ޙުކުމް. އަދި އޭނާ ކަފުން ކުރުމެއް، ކަށުނަމާދު ކުރުމެއް ވެސް ނެތް. ވަޅެއް ކޮނެފަ ވައްޓާލަން ޖެހޭނީ.

    ދެން މުސްލިމަކު މަރައިފި މުސްލިމަކަށް އޮތީ ވާރިޘުން މާފު ނުކޮށްފިނަމަ ޤަތުލު ކޮށްލުން. އަދި އޭނާ ޤަތުލު ކުރުމަށްފަހު ކަފުންކޮށް ކަށުނަމާދު ކުރެވި ވަޅު ލެވޭނެ. އޭނާ އަކީ މުސްލިމެއް ކަމުގައި ބެލެވޭނީ. އަދި ވާރިޘުން މާފު ކޮށްފިނަމަ އޭނާ އަކީ މިނިވަނެއް. ސާފު ވެއްޖޭ؟ މިނިވަނެއް.

    ދެން މިތާ ތިބޭ ދިވެހިންގެ ތެރޭ ނަމާދެއް ނުކޮށް ރޯދައެއް ނުހިފާ ޒަކާތެއް ނުދީ ދީނަށް ފުރައްސާރަކޮށް ޖޯކު ޖަހައި ﷲ ޙަރާމް ކުރެއްވި ހުރިހާ ކަމެއް ހުއްދަކޮށްގެން ތިބޭ މީހުން އެ މަރުވި މީހާއަށް ވުރެ ނުބައިކަން ބޮޑު. ފުރަތަމަ ދީން އުނގެނިބަލަ ޖާހިލުންނަށް ނުވެ.

    19
    1
  14. ފަރީދާ

    ހުރިހާކަމެއް ދެނެވޮޑިގެއްވަނީ މަތިވެރިވެގެއްވާ އިލާހު ދިރިތިބިހާ ބަޔަކަން ބޮޑުވެގެއްވާ އިބުރަތެއް މި ދެއްކެވީ

    17
  15. އިންސާފު

    އަބަދުވެސް ﷲ ހައްޤަށްނަސްރު ދެއްވާނެ! ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

    15
    1
  16. ޟމމމ

    އޭނާ މިނިވަންވެފައި ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓި މުއްދަތު 3 އަހަރު ދުވަހަށް ވުރެން އިތުރުވާތީއެވެ.

  17. އަހުމަދު

    ބޮލި މުލައް ތަންކޮޮޅެއް ރަނގަޅަށް ހަބަރު ކިއާލާފަ ކޮމެންޓު ކުރުން ރަގަނޅު ވާނެ. އޭނަ އަށް ހުކުމް އިއްވީ 3 އަހަރު ޖަލު ހުކުމެއް ޝަރީއަތުގަ ބަންދުގަ އޭނާ ހުށްނަތާ 3 އަހަރަށް ވުރެއް ގިނަ ވީމަ އޭނާ މިނިވަންވީ... ވާނުވާ އެބަ އިނގޭތަ؟؟؟؟؟؟؟

    • ޢޭނާ

      ތިމީހާ ޖަލުން ސަލާމަތް ކުރަންތާ ތިންއަހަރުގެ ޖަލުހުކުމެއް ކުރާނީވެސް !ޒިދާތާ މަރުވީ އޭނަގެ ސަބަބުން ކަން ސާބިތުވާނަމަ އޭނާ ސަލާމަތްވާ ގޮތަށް ހުކުން ކުރުން ގޯހަކީ! ޢެކަމަކު މިހާރު އޭނަ މަރުވެއްޖެ މަރުވާ މީހުންނަށް ބަސްބުނުން ރަގަޅެއް ނޫން ރަގަޅު ނުރަގާޅު ބޮޑަށް ދެނެވޮޑިގެންވަނީ ﷲ !

  18. މުހަންމަދު

    މީހަކު މަރާ ލީމާ އަންނަނީ 3އަހަރުގެ ޖަ ލުހުކުމެއްތަ؟

    2
    1
  19. ޖަމަލު ފޮޑި

    ކޮންމެ މަރަކީވެސް ދިރި ތިބީންނަށް ހުރި ބޮޑުވެގެންވާ ޢިބުރަތެއް..

    1
    1