ގދ ގައްދޫ ކައުންސިލްގެ ރައީސާއި އެކައުންސިލްގެ ނައިބު ރައީސާއި އެ ކައުންސިލްގެ އިތުރު މެމްބަރަކު އެއް މަސްދުވަހަށް ސަަސްޕެންޑް ކޮށްފި އެވެ.

މި މެމްބަރުން ސަސްޕެންޑް ކޮށްފައިވާކަން އަންގާފައިވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީން އެ ކައުންސިލްގެ މެމްބަރު މުހައްމަދު ލަބީބަށް ފޮނުވާފައިވާ ސިޓީއެއްގައި އެވެ. އެ ސިޓީގައި ބުނެފައިވަނީ ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލާއި ނައިބުރައީސް އާމިނަތު ފަރުޒީނާ އާއި ކައުންސިލަރ އާމިރު އަބްދުﷲ އެވެ.

ލޯކަލް ގަވަމެންޑް އޮތޯރިޓީ، އެލްޖީއޭއިން އެކައުންސިލަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެކައުންސިލްގެ ތިން މެމްބަރުން ސަސްޕެންޑްކޮށްފައިވަނީ ލާމަރުކަޒީ ޤާނޫނު އެކައުންސިލަށް ލިބިދީފައިވާ ބާރުގެ ބޭރުން ނޫސްބަޔާނެއް ނެރެފައިވާތީ ކަމުގައެވެ.

ކައުންސިލަށް ފޮނުވި ސިޓީގައި އިތުރަށް ބުނެފައިވަނީ މިމުއްދަތުގައި އެބޭފުޅުންނަށް މުސާރައާއި އިނާޔަތްތައް ނުލިބޭނެކަމަށެވެ. އަދި އެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު ކައުންސިލްގެ އިދާރާ އަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އެއްވެސް ހައްސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުން މި ބޭފުޅުންނަށް މަނާވާނެ ކަމަށް އެލްޖީއޭގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ކައުންސިލަރުންގެ ސަސްޕެންޝަނުގެ މުއްދަތުގައި އެލްޖީއޭ އާއި ގދ.އަތޮޅު ކައުންސިލާއި، ގދ.ގައްދޫ ކައުންސިލަށް ލަފާދޭ ކޮމިޓީގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމާއި ހަވާލުވެ ހުންނާނީ ގދ.ގައްދޫ ކައުންސިލް މެމްބަރު މުހައްމަދު ލަބީބު ކަމަށް އެލްޖީއޭ އިން ވިދާޅުވިއެވެ.

އެލްޖީއޭގެ ބަޔާނުގައި ވަނީ މި ދަރަޖައިގެ ކުށެއް ތަކުރާރުކޮށްފިނަމަ ގައްދޫ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޙްމަދު

    ހެހޭ ހުއްނާނި ރާކަނި މަސްކެވިފާއި!

  2. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ކަސްބިއަނޭ ދަ އުނގުވިއްކައޭ ދަ ބަލާބޮޑޭ ދަ ތެޔޮބިޑިބޮއޭ ދަ ފެގްކާ ދަ ކާޅުހެދުންލައޭ ދަ ސޮމާލިޔަނޭ ދަ ލާދީނިއަނޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  3. ސޭމް

    ގައްދޫ މީހުންނަށް މިހާރު އެއްޗެއް ވިސްނޭނެ. ލާދީނީ ގްރޫޕް މީހުން ކައުންސިލް އަށް ގެނައިތީ. ގައްދޫގައި އަޅަން އުޅުން އެއާޕޯޓް ވެސް ރީނދޫ ހުމުގެ މީހުނާހެދި ގއ އަށް ފައިދާވާ ގޮތަށް އެމީހުންނާ ކައިރިޔަށް ދިޔައީވެސް .އޭގެ ފޮނިކަން ގައްދުއަކަށް ނުލިބޭނެ މިޖައްރިބު.

  4. ނުރަބޯ

    އެމްޑީޕީ އަކީ ޒިއްމާދާރު ސިޔާސީ ޕާޓީއެއްނޫންކަމާ އެއީ ކްރިމިނަލް ކަލްޓެއްކަން ގދ އަށް ނިސްބަތްވާ ދިވެހިރައްޔިތުންނާ އަދި މުޅި ދިވެހި ރާއްޖޭގެ ހުރިހާރައްޔިތުންވެސް ދަންނަންޖެހޭނެއެވެ. އެބައިގަނޑަކީ ލާދީނީ ފިކުރުގެ ބައިގަނޑެއް ކަމާ އިސްލާމްދީނަށް އެ ބައިގަނޑުގެ ފަރާތުން ކުރިމަތިވި ގޮންޖެހުންތަކާ އަދި އެދައުރު ނިމުނުއިރު ގައުމުގައި އެމީހުންގެ ފަރާތުން ރައްޔިތުން އުއްމީދުކުރި އެއްވެސްކަމެއް ކޮށްދެވިފައި ނެތުމުގެ އިތުރުން އެމީހުންގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން ގައުމު ދަރާވިކިގެންގޮސް މުޅިގައުމު އޮތީ ފަގީރުކަމާ ނިކަމެތި ކަމާ އަޅުވެތިކަމުގެ ކަޅު ފޭރާމެއް ލެވިފައިކަން ހަމަވިސްނޭ ކޮންމެ ރައްޔިތަކަށްވެސް އެނގެންޖެހޭނެ އެވެ. މިއަދުވެސް މިއީ ހަމަ އެ ގައުމެވެ. ހަމައެ ދައުލަތެވެ. ބަދަލުވީ ސަރުކާރެވެ. މިއަދު މިގައުމުގެ ޙާލަތު ހަމައެހެންތޯއެވެ؟ ނޫނެކެވެ. މިއަދު ގައުމުގެ އިގްތިޞާދު އޮތީ މާތްﷲގެ ހެޔޮ ރަޙްމަތްފުޅާ އެކު ސަރުކާރުގެ މިންނަތް މަސައްކަތުން ހަމަޔަކަށް އަޅުވާފައެވެ. ގައުމީ ރިޒާވް ރަނގަޅެވެ. ޑޮލަރުގެ ކަޅު ބާޒާރު ނެތެވެ. ތަރައްގީގެ ފިޔަވަޅު ތައް ނެތްހިސާބެއްނެތެވެ. ފާގަތި ކަމާ ފަސޭހަކަން ޢާއްމުވެފައެވެ. ސިއްޙީ ނިޒާމު އޮތީ މެކުހަށް ޖަހާފަ އެވެ. އިސްލާމްދީނަށް އެއްވެސް ގޮންޖެހުމެއް ނެތެވެ. މިއަދުގެ ސަރުކާރުން މި ބިމުގައި ފައްޅި ބިނާ ކުރަން އުޅުމުގެ ބަދަލުގައި ރައްޔިތުންގެ ބޯހިޔާވަހިކަމާ ގެދޮރުވެރި ކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިޔަށްގެންދަނީއެވެ. އެހެންކަމުން މިކަންކަމާމެދު ވިސްނާ އެމްޑީޕީގެ ނުރައްކައުތެރި ކަމާ ބިރުވެރިކަމުން ސަލާމަތްވެ ބަރީއަ ވެގެން ތިބުމަކީ އެއްމެ ރައްކައުތެރި ގޮތްކަން ދަންނާށެވެ.......!!!