"ބޯޑަރ ސެކިއުރިޓީ، ޕްރޮޑިއުލަންޓް އައިޑެންޓިޓީސް އެންޑް ޑޮކިއުމެންޓް ސެކިއުރިޓީ ޓްރެއިނިންގ ޕްރޮގްރާމް" ގެ ނަމުގައި މޯލްޑިވްސް އިމިގްރޭޝަނުން ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމް ފަށާފައި ވަނީ މިއަދުއެވެ. ތިން ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ފައްޓަވާދެއްވީ ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާ ސްޓްރަކްޗާ މުހައްމަދު އަސްލަމްއެވެ.

އިމިގްރޭޝަނުން ބުނީ، މި ތަމްރީން ޕްރޮގްރާމަކީ އޭވިއޭޝަން ދާއިރާ އާއި ދިވެހިރާއްޖޭގެ ބޯޑަރ ބެލެހެއްޓުމުގެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ބާއްވާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގައި މޯލްޑިވްސް އިމިގްރޭޝަނުގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް އާއި މޯލްޑިވްސް ޕޮލިސް ސާރވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސްގެ ފަރާތުން ބައިވެރިވާ ކަމަށެވެ.

އަދި މި ޕްރޮގްރާމްގައި ކޮންމެ އިދާރާއަކުން ހަތް ބައިވެރިން ބައިވެރިވާނެ ކަމަށާއި، މުޅި ޖުމްލަ 114 ފަރާތަކުން މި ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ، މި ޕްރޮގްރާމްގެ މަގްސަދަކީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ޝާމިލްވާ ފަރާތްތަކުގެ ހުނަރާއި ގާބިލްކަން އިތުރުކޮށްދީ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު