މާލޭ ސިނާއީ ސަރަޙައްދުގައި އަންހަކު ބަރަހަނާވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ ގިނަބައެއްގެ ފާޑުކިއުން އޭނާއަށް އަމާޒުވެއްޖެއެވެ.

ސިނާއީ ސަރަޙައްދުގައި އާންމުންވެސް ގިނަ ޢަދަދަކަށް އުޅުނު ވަގުތެއްގައި މި ޢަމަލު ހިންގާފައި ވާއިރު އެ އަންހެން މީހާ އާއި އެކު އިތުރު ފިރިހެނަކުވެސް ހުއްޓެވެ. ނަމަވެސް އެ ދެމީހުން ބަދުއަހުލާޤީ ޢަމަލެއް ހިންގާފައިވާ ކަމެއް ނޭނގެއެވެ.

މިހާރު މީސްމީޑިއާގައި މިކަމާއި ގުޅެން ދައުރުވާ ވީޑިއޯއަކީ، މި ޢަމަލު ހިންގި ވަގުތު އެ ސަރަޙައްދުގައި ހުރި މީހަކު އެ ދެ މީހުންނަށް ނޭނގި ނަގާފައިވާ ވީޑިއޯއެއް ކަމަށް ވެއެވެ. އެ ވީޑިއޯއިން، ބުރުގާ އަޅައިގެން ހުރި އަންހެނަކު ސައިކަލެއްގެ މަތީގައި ހުރި ފިރިހެނަކާއި ކުރިމަތިލައި އޭނާއަށް ފެންނާނެ ހެން ބަރަހަނާވާ މަންޒަރު ފެންނަ ކަމަށް ވެއެވެ.

މި މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވާގޮތުގައި، އެ އަންހެން މީހާ އާންމު ތަނެއްގައި ބަރަހަނާވީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެން މީހާ އާއި މައްސަލައެއް ޖެހިގެން ހިނގި ޒުވާބަކަށްފަހު ފިރިހެންމީހާ އެ ސަރަޙައްދުން ދާން އުޅުމުންނެވެ. އޭނާ ދާން އުޅުމުން އަންހެން މީހާ އޭނާ ހުއްޓުވައި އެކި ފަހަރުމަތިން، މަތިން ލައިގެން ހުރި ހެދުން ހިއްލާލައި ބަރަހަނާވި ކަމަށް ވެއެވެ.

މިހާރު ދައުރުވަމުންދާ ވީޑިއޯއިން އަންހެން މީހާ އާއި ފިރިހެން މީހާގެ މޫނުވެސް ކޮންމެވެސް ވަރަކަށް ފެންނައިރު އެއީ ކޮން ބައެއް ކަމެއް ސާފެއް ނުވެއެވެ. މި ހާދިސާ އާއި ގުޅިގެން މިހާތަނަށް އެމީހުންނާއި މެދު އެއްވެސް ފިޔަވަޅެއްވެސް އަޅާފައިވާ ކަމެއް ނޭނގޭއިރު، ފުލުހުންނަށް މިކަމާއި ގުޅިގެން ރިޕޯޓެއް ކޮށްފައިވާކަމެއްވެސް ކަށަވަރުވާގޮތް ވަނީ ނުވެފައެވެ.

މާލޭ ސިނާއީ ސަރަޙައްދުގައި އަންހެނަކު ބަރަހަނާކޮށް އުޅުނު މި ހާދިސާއަށް އެތައް ބައެއްގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް އިއްޔެގެ ވަގުތެއްގައި އަންހެނަކާއި ފިރިހެނަކު މާލޭ ޓްރެކް ސަރަޙައްދުގައި ބަދުއަހުލާޤީ ޢަމަލު ހިންގަނިކޮށްވެސް ގިނަ ބަޔަކަށް ފެނިގެން ނުރުހުން ފާޅުކުރަމުން ދެއެވެ. ޓްރެކް ސަރަޙައްދުގައި ބުރުގާ އަޅައިގެން ހުރި އަންހެނަކާއި ފިރިހެނަކު ބަދުއަހުލާޤީ އަމަލު ހިންގަމުން ދިޔައީ ގިނަ ބަޔަކު އެ ސަރަޙައްދުގެ މޫދަށް އެރެން ގޮސް ތިއްބައި ކަމަށް ވެއެވެ. އޭގެތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިންވެސް ތިބި ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މާލޭ ޓްރެކް ސަރަޙައްދުގައ ިދެމީހަކު ބަދުއަހުލާގީ އަމަލު ހިންގަނީ

އޭގެ އިތުރުން ރާއްޖޭގެ އާންމުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިން ވެސް ބަރަހަނާ ހާލުގައި އާއި ނިވާކަން ކުޑަތަކެތި ލައިގެން އުޅޭ މައްސަލަ ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ިޮފަލިނަރަ

    މީދެން ކިހާ ބޮޑު ކަމެއް ކޮން މީ މިހުން ކުރާ ކަންތައްތަ؟

    75
    7
  2. ކެޔޮޅު

    ބަރަހަނާ ސަރުކާރެއްގަ ބަރަހަނާ މީހުންވެސް ގިނަވާނެ އެކަމަކު ޒައިދުމެން އިޔާސް މެންނައް ނުފެންނާނެ

    140
    39
  3. ފިރުޓޭ

    ކޮންމެ ކަމެއް މިސަރުކާރާ ގުޅުވާ އިރު ނޭނގޭތަ މިއީ މިސަރުކާރު އައުމުގެ ކުރީގައި ތަރުބިއްޔަތު ދެވި ބޮޑެތިވެފައި ތިބި ބައެއްކަމެއް؟

    65
    83
    • ޒާރާ

      ޢަޅެ އިމްރާނު ހުންނަނީ ހޭބަލި ވެފަތަ މިފަދަ ކަންތައްތައް ހިނގާއިރު މީހަކު ރިޕޯޜޓް ނުކުރި ޔަސް ފުލުހުންނަށް މީޑިއާއިން ޢެނގުނަސް ޖެހޭނެ މިފަދަ ކަންކަން ބަލައި ފިޔަވަޅު އަޅަން މަ ހީކުރީ ޝައިޚަކަށް ޚާރިޖީ ވަޒީރުކަންދިނީމަ މިފާޑުގެ ކަންތައް ތައް ވަރަށް ރަގަޅުވާނެ ކަމަށް އެކަމަކު އިދިކޮޅަށް މިދި މާވީ އިމްރާނޫ ހޭއަރާބަލަ އިބޫ އެބުނީ ހުރިހާބާރެއް ދީފީމޭ އާއްމުންގެ ތެރޭގަ ހިނގާ މިފާޑުގެ ކަންތައް ހުއްޓުވަން މަސައްކަތް ކޮއްބަލަ

      43
      9
  4. މޯރީ

    100 ދުވަސް ގުނަމުންދާ އުސޫލުން ތިކަން ވެސް ތިދަނީ އިމްރާން މެން ވީތަނެއްވެސް ނޭގޭ
    ދޮންބެ ފްލެޓްތައް ބަހާފަ މި މީހުން ވައްދާ
    ދޮގު ހުވަޔަކުން ވެރިއަކު ގައުމަށް އައީމަ ވާގޮތް ތިވަނީ
    ދޮގުހުވައެއް ކޮށްފިއްޔާ އެތަނެއް ފަޅުވެދާނެ ކަން މީއީ ވިސްނަން ޖެހޭ ކަމެއް
    އަދި ރައީސް ދަތުރުކުރާ ލޯޗުގެ ލޯގޯގަ ސަތަރި ދެމުން ވެސް ބޮޑުމީހާގެ ވައްކަން ދެންދާނީ ހުސް ވައްކަމުގަ!!!!! ވަރަށް ހިތާމަ ކުރަން ގައުމު މިހާލަތައް ވައްޓާލުމަށް ވޯޓް ދެވުނީތީ !!!!!!

    35
    4
  5. Anonymous

    ޖަޒީރާ ރާއްޖޭގައި ތިކަހަލަ ފާހިޝް އަމަލްތައް ދާނީ އާންމުވަމުން.

    90
    17
  6. ބަލިވި ބެރީ

    އެޖެންޑާ 19 ގެ ދަށުން އޮންނާނެ ވަރަށްސާފު ބަހުން ލިޔެފަ އެމީހަކު ލިބޭ އުފަލަކަށް ހުރަސް ނޭޅުމަށް ދެފަރާ ރުހިންގެން ކުރާކަންތަށް އެކަމަކީ ނަޒާހަށްތެރިކަން ދެބަހުން އެށްބަހަކަށް އެޖެންޑާ ދެން ނަޒާހައްތަރި ބަލާ

    36
    5
  7. ވަގުތު

    މިކަހަލަ ފާހިޝް ވާހަކަ ހަބަރުގެ ގޮތުގާ ލިޔުމަކީ ނޫސްވެރިންނާއި މެނޭޖްމެންޓުގެ ފެންވަރު ވ.ރަނގަޅަށް ހާމަކޮއްދޭ ކަމެއް. ޙަބަރުގެ ގޮތުގައި ލިޔަން ޖެހޭނީ މުޖުތަމަޢަށް ބޭނުން ހިފޭ/ އިގެންޖެހޭ އެއްޗެހި. ބަދުއަހުލާގީ އަމަލު ހިންގަނީ ކަމަށް ލިޔެ ފޮޓޯލާފަ އިނުމުން ދޭހަވަނީ މި ދިވެހި ރާއްޖޭގައި ނޫސްވެރިކަން ކުރުމަށް ތިބޭފުޅުން ކުފޫ ހަމަ ނުވާކަން.

    31
    24
    • ީީިިކުފޫ

      ކޮންމެހެން ކުފޫ ހަމަ ނުވޭ ކިޔަނިކަމެއް ނެތް..... ނޫހުގަ ޖަހާ މީހާ ގޮސް މިވަނީ އެކަން ކުރި މީހުނެއް ނޫން... ދެން ކިހާ ރަނގަޅު...ނުހުގަ ޖަހަން ޖެހެނި މުޖުތަމަަޢަށް ބޭނުން ހިފޭ ޙަބަރޭ ބުނީ ކާކު؟؟ ކޮން ފޮތެއްގަ އޮތް ވާހަކައެއް؟؟

      17
      6
  8. ނަގޫގޮށްޖެހި

    މާލެ މާލެއަކަށްވާނީ ނާސިގެވެސް ހުރެގެންނޭ ބޭފުޅަކު ވިދާޅުވިއެވެ. ހަމަ އެހެންމެ މާލެ މާލެއަކަށްވާނީ ބައެއް މީހުން މިހެން މިނިވަންކަމާއެކު ބަރަހަނާ ވީމާ ކަމަށް މިހާރު ދެކެނީ ތޯއްޗެކެވެ. އެހެން ނޫންނަމަ މި ހުތުރު އަމަލު ހިންގާ މީހުން ހިފައި ހައްޔަރުކޮށް ކުނިކޮތަޅު ބެހެއްޓި މީހާގެ ނަން ރަށްމެދަށް ނެރުނުހެން ނެރޭނެ ނޫންހެއްޔެވެ؟

    33
    6
  9. ޓެކުސީ

    ޖަޒީރާ ރާއްޖެއަށް އެޖެންޑާ 19 އައުމުގެ ކުރިން ބާއްވާ ރިހާސަލްތަށް މިފެންނަނީ މުސްތަގުބަލުގައި މިފަދަ އެހެން ރިހާސަލްތަކެއް ފެނުން އެކަށީގެންވޭ ރައްޔަތުން ބަލަންތިބޭތި އިންތިޒާރު ކޮށްލައްވާ .

    34
    5
  10. ޒިންމާ

    ތަރުބިއްޔަތު ކުރަނީ މައިން ބަފައިން...ދެއްތޯ!! މާތް ﷲ ހަޞްރަތްގައި ޖަވާބުދާރީ ވާނީ ސަރުކާރު ނުވަތަ މުދައްރިސް ނުވަތަ މައިންބަފައިން ތޯ؟؟

    27
    5
  11. ނަަނނަ

    ؟؟؟؟؟ ??‍♂️

    6
    3
  12. އަކުސޭ

    ވިޔާނުދާމީހުން ވެރިކަމަށް ގެނެސް ދެންކޮންހާ ހާސަރެއް ...ރަޑަހާވައިގެން ތިބޭއަތްޖަހަން. ބަލަމާލޭ މަގުތައްވެސް މުޑުދާރުވާވަރު ހުސްކުނި ދުވާވަހުން ނޯއްދމާނުލެވޭ.. މުދާބާލާވަކިގަޑިއެއް ހެދީމަ ކަމަކުނުދިޔަ .ފިޔާބިސް އަލުވި ކުނިވާންފަށައިފި އިރުއަރާތަނުން. ކިޔާނިކަމެއްނެތް ..ގޮތްނޭނގޭ ކިތައްމަރު ކޮންމަކމެއް ތަހުގީގުކުރެވުނީ..ފާދުފާޑު ކޮމިޝަންތައް ހަރާމުން ހަރާންވާކަމެއް. ބޮޑުމީހާ މުދީގަ ސަތަރިއަލަިގެން ކެންޕެއިންގަ.

    22
    5