މަޝްހޫރު ބޮޑުބެރު ތަރި، އިންރާހިމް މަމްދޫހް (މަންޑޭ) އަށް ހެދިގެން ފޭކް ފޭސްބުކުން އަންހެން ކުދިންނަށް މެސެޖްކޮށް އެމީހުންނާއި ލޯބީގެ ގުޅުން އުފައްދައި، ބަރަހަނާ ފޮޓޯތައް ހޯދައި އެމީހުން ބެލެކްމެއިލް ކުރި ދ.ކުޑަހުވަދޫ / ފެންގަސް ޢަބްދުﷲ ހައިޝަމްގެ މައްޗަށް ހައިކޯޓުން ކުށް ސާބިތުވެއްޖެއެވެ.

އޭނާގެ މައްޗަށް އިއްވީ 47 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި -/60000 ރުފިޔާ އިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

އޭނާ ވަނީ 2017 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން، މަންޑޭގެ ނަމުގައި، ފޭސްބުކް އައިޑީއެއް ހަދައިގެން، ތަފާތު އެކި އަންހެން ކުދިންނާއ ވާހަކަދައްކައި، އެކުދިންނާ ލޯބީގެ ގޮތުން ގުޅި، އެކުދިންގެ ބަރަހަނާ ފޮޓޯ ހޯދާފައެވެ.

އޭނާގެ މައްޗަށް ދައުލަތުން ފުރަތަމަ ދައުވާ ކުރީ ކުޑަހުވަދޫ ކޯޓުގައެވެ. ނަމަވެސް އެކޯޓުން ކުށް ސާބިތުނުވުމުން ދައުލަތުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ.

ޢަބްދުﷲ ހައިޝަމްގެ މައްޗަށް ދައުލަތުން އުފުލީ ޝަހުސު އޮޅުވާލުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ. އެއީ އޭނާގެ ލެޕޮޓޮޕާއި ފޯނުން އަންހެން ކުދިންތަކެއްގެ އޮރިޔާން ފޮޓޯތަކެއް ފެނިފައި ވާތީ އާއި އޭނާ މަންޑޭއަށް ވެގެން އުޅެފައި ވާތީއެވެ. ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ ޝަހުސު އޮޅުވާލުމުގެ ދައުވާ އެވެ.

ހައިކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވާ ގޮތުގައި މި މައްސަލައިގެ ފެށުން ބިނާވަނީ މަންޑޭގެ ނަމުގައި ޞައްޙަ ނޫން އެކައުންޓެއް މީހަކު ހަދައިގެން އުޅޭތީ މަންޑޭގެ އަބުރަށް ހުތުރުވާކަހަލަ ވާހަކަތަކެއް މީހުންގެ ފަރާތުން އެނގި، މަންޑޭގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދިއުމުން، މި މައްސަލަ ތަޙްޤީޤުކޮށް ދިނުމަށް ފުލުހުންގެ ޚިދުމަތަށް ހުށަހަޅައި، މި ހާދިސާ އެގޮތުގައި ހިނގިކަމަށް ހެކިވެރިން ކިޔައިދޭ ކިޔައިދިނުމުގެ މައްޗަށެވެ.

މަންޑޭ އަށް ހެދިގެން އުޅުނު އަބްދުﷲ ހައިޝަމް އާއި ވާހަކަދެއްކި ދެއަންހެން ކުއްޖަކު މިމައްސަލައިގައި ހެކިބަސް ދީފައި ވެއެވެ. ސިއްރުން ހެކިބަސް ދިން ދެމީހުން ވެސް ބުނީ އެމީހުން އޭނާ އާއި ވާހަކަދެއްކީ މަންޑޭ ކަމަށް ހީކޮށް ކަމަށެވެ. ޗެޓްގެ އިތުރުން އޯޑިއޯ ކޯލް ވެސް މަންޑޭ އަށް ހެދިގެން އުޅުނު މީހާއަށް ކުރިކަމަށް ދެއަންހެން ކުދިން ވެސް ބުނެފައި ވެއެވެ.

ސިއްރުން ހެކިބަސް ދިން ތިންވަނަ މީހަކު ބުނީ އޭނާ ފޭކް އައިޑީއަށް ފްރެންޑް ރިކްއެސްޓް ފޮނުވީ ވެސް އެއީ މަންޑޭއަށް ހެދިގެން އުޅޭ މީހެއްކަން އެނގިހުރެ، އެމީހަކު އަތުލައިގަތުމަށެވެ. އެކަން ކުރީ މަންޑޭ އެދިގެން ކަމަށް އެމީހާ ކޯޓުގައި ހެކިބަސް ދެމުން ބުންޏެވެ. ފުލުހުންނަށް އަބްދުﷲ ހައިޝަމް އަތުލައި ގަތުމަށް އެހީތެރިވެދިނީ އޭނާ އެވެ.

މީހުންގެ ނަމުގައި ފޭކް އައިޑީތައް ހަދައިގެން މީސް މީޑިއާ ބޭނުން ކުރުމަކީ ރާއްޖޭގައި ވެސް ވަރަށް އާއްމު ކަމެކެވެ. ނަމަވެސް މިއީ މިފަދަ މައްސަލައެއްގައި މީހެއްގެ މައްޗަށް ހުކުމެއް އިއްވި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ކޮރަލް

    47 ދުވަހުގެ ޖަލު ހުކުމެކެވެ. އަނެއްކާ އަލުން 47 ދުވަސް ފަހުން އެމަސައްކަތް ފަށަން ފުރުސަތު ދިނީ އެވެ. ދެމަސް ހަމަ ނުވާ ޖަލު ހުކުމެކެވެ.

    29
    2
  2. ޑަ

    ފިރެހެނަކު ފެންނަ އިރަށް އޮރިޔާން ފޮޓޯ ފޮނުވަން ޖެހެޭތަ

    76
    1
  3. Anonymous

    މަންޑޭ ބުނެގެން އޮރިޔާންވުން ...

    33
  4. ހަތްދުވަސް

    ބަރަހަނާ ފޮޓޯ ފޮނުވަން ޖެހޭތަ ވަކި މީހަކު ބުންޏޭ ކިޔާފަ. ބަރަހަނާ ފޮޓޯ ފޮނުވި އަންހެން ވެރިންނަށް އެއްވެސް އަދަބެއް ލިބުނުބާ..

    55
    1
  5. މޫސާ

    ހާދަ ހެއްވައޭ ދޯ، ފޮޓޯ ފޮނުވި އަންހެން މީހުންނައް ހުކުމެއް ނާދޭ. އެމީހުންނެއް ނޮއް އޮރިޔާން ކާޑު ހެދީ.

    49
    1
  6. ޣާބިރު

    އެވަރުގެ ބޮޑު ކަމެއް ކުރީމަވެސް 47 ދުވަސް ؟ މީ ވާ ކޯޓެއް

    23
    4
  7. ހުސޭނުބޭ

    މީހަލު ބެރަކު ތަޅާގަންނައިރަށް އަވަހަށް އޮރިޔާންވާންޖެހޭތަ؟

    44
    1
  8. ފޮޓީ

    އޮރިޔާން ފޮޓޯ ފޮނުވި އަންހެން ކުދިންނަށް އަދަބު ނުލިބެނީ ކީއްވެ؟؟؟ އެއީ ހުއްދަ ކަމެއްތ؟ މީހުންނަށް އޮރިޔާން ފޮޓޯ ފޮނުވުމަކީ!

    40
    2
  9. ދަރަނި ދަންތުރަ

    ސާބަސް އަންހެންކުދިންނަށް މަންޑޭ ބުނީމަ ވަގުތުން އޮރިޔާން ، ރިތިކު ރޯސަން ބުނީމަ ވަގުތުން ޒިނޭ

    29
    2
  10. އިމްތިޔާޒު

    މީމަންޑޭއޭ ހަމަ ބުނާ އިރަށް ބަރަހަނާ!!

    24
    1
  11. ސަނީ

    ތަނަކުން ބެރެއް ޖަހާލާއިރައް އޮރިޔާން ވާންޖެހޭތަ

    22
    1
  12. ރަން ރީނދޫ

    މިއީ ރާއްޖޭގައި ބެރެއްގައި ތަޅާ މީހެއް ހެން ހީވާ މީހަކު އެއްޗެކޭ ބުނާ އިރަށް އަންހެން ކުދިންނަށް ވީ ވަރު. ކޮބާ އަދި މަޝްހޫރު މީހަކު ނަމަ ވާނެ ވަރު. ސާބަސް. ރަން ރީނދޫ ފަތިހަކަށް ހަމަ ރަނގަޅަށް ޢަލީ ވިލިއްޖެ.

    16
  13. ބޮލި މުލައް

    ބޮޑުބެރު މަންޑޭއަށް ވިއްޔަ އަންހެންކުދިން ޖެހޭތަ އޮރިޔާން ދައްކަން

    10
  14. ގަލަން ތުނޑު

    ވަކިމީހަކުބުނާއިރަށް ހުރިހާވައްތަރެއްގެ ފޮޓޯ ފޮނުވަންޖެހޭތަ؟ ހޭބަލިވެފަދޯ

  15. ޑޭވިޑް ބެކަމް

    އޭތް މަމީ ޑޭވިޑް ބެކަމް އޭ.. އަވަހަށް ހުރިހާ އާލާތުން
    މޮޔަވެގެން މަށަށް ބަރަހަނާ ފޮޓޯ ފޮނުވަން ފައްޓާ..

  16. ކުޗުކުޗު

    ސަލާމް
    މީކޮންކަހަލަ ހަމައެއް އޮއި ތަނެއްބާ!! އިންސާ ފައް ހަމަމީތަން ނެއިންގި ހަމަޔައް އިންސާފް ހޯދާނުފެނުނީމަ ދެންކިހާ އުދަނގޫވާނެ ދެރަނިކަމެތިންނައް

  17. ކާޑު

    އޮރިޔާން ކާޑު ހެދީ އަންހެން މީހާ އެއީ މައްސަލައެއް ނޫންދޯ! ހަމަ ސަދޫމުގެ ގަވާޢިދު