ބަދުއަހުލާގީ އަމަލުތައް ދައްކުވައިދޭ ވީޑިއޯތައް އާންމުކުރަމުންދާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޗްއާރްސީއެމުން މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިމިވަނީ ބަންގަލްދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް އާއިއެކީ ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް މީސް މީޑިއާގައި އާންމުވަމުންދާ ދުވަސްވަރެއްގައިކަން ފާހަގަ ކޮށްލެވެއެވެ.

އެގޮތުން އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރު މީޑިއާގައި ދައުރުކުރަމުންދާ ބަދުއަހުލާގީ އަމަލުތައް ދައްކުވައިދޭ ވީޑިއޯތައް އާންމުކުރުން އިތުރުވަމުންދާއިރު، މިއީ ޖިނާއީ ކުށަކަށްވުމުގެ އިތުރުން، ކުށްކުރި ކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ކަމަށް ބުނެ އެކިއެކި ފަރާތްތަކުގެ ވަނަވަރު އާންމުކޮށް މީސް މީޑިއާގައި ދައުރުކުރުމަކީ ބައެއްގެ އަބުރާއި ކަރާމާތަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ.

މިފަދަ އަމަލުތަކުގެ ސަބަބުން އަދުލު އިންސާފު ގާއިމުކުރުމުގައި ވެސް ދަތިތަކާއި ކުރިމަތިވާނެ ކަމަށާއި މިފަދަ ކަންކަމަކީ އާއިލާތަކާއި މުޖުތަމައުގެ މެދުގައި ހަމަނުޖެހުމާއި ފިތުނަ ފަސާދަ އުފެދި އާއިލާތައް ރޫޅި ދިއުމުގެ ބިރު ވަރަށް ބޮޑަށް އޮތް ކަމެއް ކަމަށްވެސް އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

"މިފަދަ ވީޑިއޯތައް އާންމުކުރާ މީސް މީޑިއާގެ ޕްލެޓްފޯމްތަކަކީ ކުޑަކުދިން ވެސް ބޭނުންކުރާ ޑިޖިޓަލް ޕްލެޓްފޯމްތަކެއް ކަމަށްވުމުން އުމުރާ އެކަށީގެން ނުވާ އަދި ފާހިޝް އަމަލުތައް ދައްކުވައިދޭ މަންޒަރުތަކުން ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތައް ދަނީ ހުށަހެޅުމުން. މިއީ ރައްކާތެރިކަމާއެކު ހެދިބޮޑުވުމުގެ ހައްގަށް ހުރަސްއެޅިގެންދާ ކަމެއް ކަމުގައި ދެކެމެވެ." އެ ބަޔާނުގައިވެއެވެ.

މިފަދަ މައްސަލަތަކުގައި އަދި އެހެން މައްސަލަތަކުގައި ވެސް ވީޑިއޯއެއް ނުވަތަ މައުލޫމާތެއް ލިބިފައިވާނަމަ އެފަދަ ކަންކަން ތަހުގީގު ކުރުމުގެ ބާރު އޮތް އިދާރާތަކަށް އެ މައުލޫމާތު ހިއްސާކޮށް އިދާރާތަކުންނާއި މުއައްސަސާތަކުން މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ތަހުގީގުކޮށް އަޅުއްވަން ޖެހޭ ފިޔަވަޅުތައް އެޅުއްވުމަކީ މުޅި މުޖުތަމައުގެ ހަމަޖެހުމަށާއި ހާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ނުހަނު މުހިންމު ކަމެއް ކަމަށްވާތީ އެގޮތުގެ މަތިން އަމަލު ކޮށްދެއްވުމަށް ވެސް އެޗްއާރުސީއެމުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޓ

    ބަލަ ކަލޭމެން ސަރުކާރަށް ގޮވާލަބަލަ ބަރަހަނާ ސައިޓްތައް ބަންދުކުރަން....މި މީހުން ނިދިން ހޭލީ ދޯ
    މުޒާހަރާ ކުރިމީހުން 60 ދުވަހަށް ބަންދު މުއްދަތު ޖަހާ ވަނަވަރު ހާމަ ކޮށް ޓެރަރިސްޓުންނަށް ހެދި އިރު ކަލޭމެން ކޮބައިތަ...

    17
  2. ޙަދިސައިބު

    ހޭލެވުނީތޯ ނޫނީ އެވީޑިޔޯ ބަލާފައި އެގޮތަށް އުޅެންބޭނުންވީތޯ؟

    14
    1
  3. ހުސެއިން

    ކަލޭމެންނަށް ބޮޑުުމުސާރަ ރައްޔިތުންގެ ފައިސާއިންދެނީ ކުއްވެރިން ހިމާޔަތްކުރަންތޯ؟؟؟ މިހާރުތިޔައުޅެނީ އަލަމްގިރި ގުރޫޕްގެ ދިފާއުގަދޯ، މިނުބައި މީހުންބޭރުކުރަން އެބަޖެހޭ ރައްޔިތުންނިކުމެ!!!

    15
  4. ގުރާ

    ބަލަގަ ކަރާމާތަކާ އަބުރެއްވަނީ ވަކިބަޔަކު ކުރީމަތަ؟ ރާއްޖޭގެ ވެރިއަކާދިމާލަށް ކިއީހާ އެއްޗެއްސޯ؟ މިހާރުގެ ވެރިމީހާޔާދިމާލަށް އެ ބޮނޑިވަރު ގޮވިމީހެއްނަމަ މިހާރު މިއިން ނޫހެއްގަ ލިޔާކަށް، ކޮމެންޓުކުރާކަށް ، ޓުވީޓު ކުރާކަށް ނުހުންނާނެ. އެވަރުންވެސް އޯގޭވެރި ވަނީ ވަކި ފިކުރެއްްގެ ރައީސެއް. މިނިވަންކަމެއް އޮންނަނީ ވަކި ފިކުރެއްގެ ވެރިކަމެއްގަ. ލީކުވެސް ވާނެ. ފަޟީހަތްވެސް ވާނެ. ދައްކަވަން އޮތްތަނެއް ދައްކަވާނެ.

  5. ދޮންތު

    ކަންތަކާ ޖެހެނީ ދެން ކިޔާނެ ހުރިހާ ލަވައެއް ދެން ނިކުން ނާނީ އެހެން ނަމެއްކިޔާ ޖަމުޔާއެއް މިކަހަލަ ވާހަކަތައް ސިއްރު ނުކޮއް ރައްޔިތުން ނައް ބަޔަކު އަންގާތީ

    10
  6. Anonymous

    ސިޔާސީ ބަަޔަކު ހިމެނޭތީ ތިޔަ ކަންބޮޑުވަނީ!!!
    ޑުރަގާ ވައްކަންކުރުމާ މާރާމާރީ ހިންގާ މީހުންގެފޮޓޯއާ ވޯޑިއޯ އާންމުކުރާއިރު ކަލޭމެން ތިޔަހެނެއް ނުބުމޭ ގައިމު؟

  7. ޒާ

    ބޮޑު މުސާރަ ނަގައިގެން ތިބެ ތިޔަށްވުރެން ނާއިންސާފުން ކަންބޮޑުވާ ބަޔަކު ނެތް.

    10
  8. ސޮނިބެ

    އެއްވެސް ކުށެއް ނެތް ބަޔަކު ހިފާ ހައްޔަރު ކުރާ އިރު މިޝަނަރީ އެޗް.އާރު.ސީ.އެމް ނިދާފަ..

  9. އަލްޖިބްރާ

    ބަރަހަނާ ފޮޓޮއާއި ވީޑިއޯ އޭ ކިޔައިގެން އަގަތަޅާ މީހުން ފުރަތަމަ އައުރަ ނިވާކޮށްބަލަ ! މައްސަލަ ބަލާ މީހުންނޭ ކިޔާފަ ޖަހާފަ ހުން ފޮޓޯގަ ކަލޭމެން ބަރަހަނާ ހާލުގަ ތިބެގެން ތިޒާތުގެ ވާހަކަ ދެއްކުމަކީ ދެއުޅި އެއްނުވާ ބައެއްކަން ސާބިތު ވާކަމެއް !

    10
  10. ކޮރަލް

    ބަޔަކު އެއްޖިންސުން ގުޅުން ހިންގައިގެން އެޗްއާރުސީއެމް އިން ކަންބޮޑު ވެގެން އެވާހަކަ ނުދައްކަ އެވެ،

    11
    1
  11. ރެއިންބޯ އެޗުއާރުސީއެމް އައުޓް

    ލިވާތު ކުޅި ކުޅޭތީ މިބާގަނޑު ކަންބޮޑެއް ނުވާނެ. ހިއުމާންރައިޓްސެ އަކީ ކާފަރުން އިސްލާމީ ގައުމުތައް ހަލާކުކޮއް ފަސާދަކުރަން ކިޔާ އެއްޗެއް

  12. ޕޮގުބާ

    ބަރަހަނ ވީޑިއޯ އާންމުކުރާތި ކަންތަށް ބޮޑުވާނީ އެވީޑިއޯ ކުޅުނީމަ ބަރާބަރު ދޯ

  13. ޙާމަ

    ޙާދަލަހުން ތިޔަހޭލެވުނީ..ހުރިހާކަމެއްވެ ނިމުނީމަ ބަސް ބުނަން އޮއްނަ މުއައްސަސާއެއްތަ ތިއީ..

  14. ކޯލީޝަން

    އެޗް އާރ ސީ އެމް ގެ މި ބަޔާންކީ ވަރަށް ރަނގަޅު އިންސާފުވެރި ބަޔާނެއް. ކުރިއަށް އޮތްތާގައިވެސް އިންސާފުވެރި ބައެއްގެ ގޮތުގައި ތިބުމަށްއެދެން.

  15. ދަންނަ

    ހިއުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފައި އެވަނީ 2 ކަމަށް އެއްވަރަކަށް ނޫންތޯ؟ ވާނުވާ ނޭންގުނަށް ތީ ބޮޑުވަރު ދޯ.

    1
    1
  16. ރާހި

    ބައަކު ކިތަންމެ ރަގަނޅު ވާހަކައެއް ބުންޏަސް ޤަބޫލެއް ނުކުރެވޭ. ޒާތީވިއަސް ތީ ފުކެއް ބޮޑުވަރު.

    1
    1
  17. ބަލަކު

    ލިވާތު މައްސަލަތައް ފުލުހުން ބަލަމުންދާގޮތް ފާރަވެރިކަމާއެކު ބައްލަވާދެއްވުން އެދެން.

  18. ިހިތްވަރު

    އެޗް އާރ ސީ އެމްގައި މިހާރު ތިތިއްބެވި ބޭފުޅުންނަކީ ކަންކަން އިންސާފުން ބެއްލެވުމުގައި ވަރަށް ޤާބިލް ކުދިންކޮޅެއްކަމަށް އަޅުގަނޑު ޤަބޫލުކުރަން. ބައަކު ކިޔާއެއްޗަކަށް ނުބަލާ ކުރިއަށް ދިއުމަށް ގޮވާލަން.

  19. ޖޮނަތަން.

    އެޗްއާރުސީއެމް އަކީ މިހާރުން މިހާރަށް އުވާލަންވީ ތަނެއް.އަބަދުވެސް ކުށްވެރިންގެ ހިމާޔަތުގަ ތިބޭނީ.ލިވާތު ނުކުރިނަމަ ނުބުނާނެ.ތޯތޯ ވާހަކައެއް ނުން .ވީޑިއޯއިންފެނުނީމަވެސް ނަމެއް ނުބުނެވޭތަ؟ކަންކަން ފޮރުވުމަކީ އެކަންކަމަށް ހިތްވަރު ދިނުން.ފުށްޓަރު ފަރާތަށް ގޮސް ނިކަން ވިސްނާލަބަލަ ތިމާމެންގެ މުސާރަ ހައްގުވޭތޯ..ރަނގަޅު ނިޔަތުގަ މަސައްކަތް ކުރެވޭތޯ.އަބަދުވެސް މިކަހަލަ ކަމެއްވީމަ މިމީހުން އުޅޭކަން އިނގެނީވެސް.