އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ މެމްބަރުންނާ ބައްދަލުކުރި އިރު އެތަނުގައި ހުރި ޗެނަލް-13 ގެ ނޫސްވެރިއަކަށް އިންޒާރުދީ ބިރު ދެއްކި ކަމަށް ބުނާ މައްސަލަ އެޗްއާރުސީއެމް އިން ދޮގޮކޮށްފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަށް ކުރި ތުހުމަތު ކޮމިޝަނުން ދޮގުކުރި ނަމަވެސް ނޫސްވެރިޔާގެ ފޯނު އާދަމް ރިފާއު އަތުލާ މަންޒަރު ފެންނަ ވީޑިއޯ ޗެނަލް-13 ވަނީ އާއްމު ކޮށްފައެވެ.

ޗެނަލް-13 ނެރުނު ބަޔާނެއްގައި ބުނީ ބުދަ ދުވަހު ޕީޕީއެމްގެ މެމްބަރުން އެޗްއާރްސީއެމްގައި ތިއްބެވި އިރު އެސަރަހައްދުގެ ޚަބަރުތައް ކަވަރު ކުރަން ހުރި ނޫސްވެރިޔާ މަރިޔަމް އިއްސާދާ އަށް އާދަމް ރިފާއު (ޑަމޭ) ނަމަކަށް ކިޔާ މީހަކު ބިރުދައްކައި އިންޒާރު ދީފައިވާ ކަމަށެވެ. ޗެނަލް-13 އިން ބުނީ ކޮމިޝަންގެ މެންބަރަކު ކޮމިޝަނުން ނިކުންނަވަންދެން އެމަންޒަރު ވީޑިއޯ ނުކޮށް ނޫސްވެރިޔާ އެސަރަހައްދުން ދިއުމަށް އާދަމް ރިފާއު އިންޒާރުދިން ކަމަށް ޗެނަލް-13 އިން ބުނެއެވެ.

ފުރަތަމަ އާދަމް ރިފާއު އައިސް މީހެއްގެ ފޯން ކޯލެއް ކަމަށް ބުނެ ފޯނު ދިން ކަމަށާއި އެޗްއާރްސީއެމްގެ ބޭރުގައި ނޫސްވެރިން ތިބުމުން ކޮމިޝަންގެ މެންބަރު ކޮމިޝަނުން ނުނިކުމެވިފައި ހުރި ކަމަށް ފޯނު ވާހަކަ ދެއްކި މީހާ ބުނި ކަމަށް ޗެނަލް-13 ގެ ބަޔާނުގައި ވެއެވެ.

ނަމަވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށާއި އަދި އެފަދަ ކަމެއް ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުދެއެވެ. ޗެނަލް-13 އިން ބުނީ މި މައްސަލަ ޗެނަލް-13 ގެ ފަރާތުން ފުލުހުންނަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެ މައްސަލަ ހޫނުވެފައިވާ އިރު ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ޝަރީއަތް ކުރިއަށްދާ ގޮތުން އެޗްއާރުސީއެމްއިން މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ބުނެ އެ ކޮމިޝަންގެ މެމްބަރުން މަގާމުން ވަކި ކުރަން ހުށަހަޅުއްވާނެ ކަމަށް ވެސް އިއްޔެ އިދިކޮޅުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބޯދިގުޒައީމް

    ތިބައިގަނޑު ހޭލީތަ 5 އަހަރުވުމުންއިންތިހާބައް؟ ސިޔާސީ ނޫންއެތައްކަމެއް އެތައްމަރެއްހިނގާފި މިކުޑަ ގައުމުގަ މިމީހުންނެގީ ހަރަދުކުރީހަލާލު އުޖޫރައެއްތޯވެސްބަލާލުންރަނގަޅު މިމެގުނަން ސަރުކާރުންް ބޭނުން ބަޔަކު ބޭނުންވަރަކައް ދިޔާވުމުގެ ކުރިން ބޮއެލާފާ ލަކުޑިކޮޅުޑަސްބި ނައްއަޅާފަ ތުންފެހެން ފުރުސަތުދީގެންތިބީމިދައުރު ނިމުމުން ބަޑުގެވޭންއަޅާނީ ކާލިތަކެތިންކުޑަގޮޅީގެ ހުރި ތިރިތަޝިތަކުން ފަރުވާލިބޭނެ ކާލިތަކެއް ޗައް އޭރުން އަސްލުސީ ފެއްނާނީ އެޗްއާރްސީ އައްވެސް

    17
    1
  2. އާދަނާ

    ރައްޔިތުންނިކުމެ ތިކަހަލުގެ ނާތަހުޒީބީ އަމަލުހިންގާ ހުރިހާމީހުން އެޗްއާރުސީއެމުން ބޭރުކުރަންވީ! އެޗްއާރުސީއެމަކީ ކަރަޕްޝަނުގެ ހާއްޔަކަށް މިމީހުންހަދައިފި!

    20
    1
  3. ޒާ

    އެޗްއާރުސީއެމް އޭ ކިޔާ ބައިގަނޑަކީ ބޮޑުމުސާރަ ނަގައިގެން ގޮނޑިހޫނުކޮށް ބޮޑާކަން ދައްކަން ތިބި ބައެއް.

  4. ނޫނޭ ނުލަފާ

    ކެތްކުރޭ ކުދިންނޭ. އެމީހުން ޖަހާނެ ސަކަރާތެއް ޖަހަން އޮތީ މަދު ދުވަސްކޮޅެއް. އެ ހުރިހާ ބާރުތަކެއް މަދު ހިނދުކޮޅެއްގައި ފިލާ ހިނގައިދާނެ. އެ ދުވަސް އޮތީ ވަރަށް ކައިރީގައި. ކެތްތެރިވޭ. ކެތްތެރިވޭ!!

  5. ސަލާން

    އެޗް އާރް ސމ އަކީ ޒަމާނުއްސުރެން ވަގުންނާ މުޖުރިމުންނާ 'ޑިމޮކަރަސީ'އޭ ކިޔައިގެން އުޅޭ ބައިގަނޑުގެ މަސައްކަތުގައި ހޭބޯ ނެތި ތެޅޭ މުއައްސަސާއެއް. ދެގޮތެއް ނުވެ، އާންމުންނާ އިދިކޮޅަށް މަސައްކަތް ކުރާ ބައިގަނޑެއް.

  6. މާމުނު

    އެހެން ގައުމުތަކުގައި ތިފަދަ މަގާމުތަކުގައި ތިބެނީ ތަޖުރިބާކާރު ދުވަސްވެފައިވާ މީހުން.
    އެފެންނަ މެންބަރު ހުރިގޮތް ބަލާބަލަ. ކުޑަކުއްޖެއް. ދެން ހުންނާނީ މަތީވެރިންނަށް ބިރުގެންފައި. ދެންވާނީ ކޮންކަމެއް. އެޗްއާރުއެމްސީއަށް ސަލާމް.

  7. ޙަލޯ

    ޏުފެންނަ ވައްތަރުގެ އެޗުައާރުސީއެއްދޯ