ދުވަހަކު ވެސް މިނިސްޓަރ އައިޝަތު ނަހުލާ އާއި ވަކިވެ ވަޑައިނުގަންނަވާނަން ކަމަށް އެކަމަނާގެ ފިރިކަލުން ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގާސިމް ކެމްޕޭން ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި އައިޝާ އާއި ވަކިވެ ވަޑައިނުގަންނަވާނެ ކަމަށް ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ކުރިން ޖަލްސާގައި ވާހަކަފުޅު ދެއްކެވި މިނިސްޓަރ އައިޝާގެ ވާހަކަފުޅަށް އިޝާރަތް ކުރައްވައެވެ.

ޖަލްސާގައި މިނިސްޓަރ އައިޝާ ވެސް ވިދާޅުވީ ދުވަހަކު ވެސް ގާސިމާއި އެކަމަނާ ވަކިނުކުރެވޭނެ ކަމަށެވެ.

ގާސިމް ވިދާޅުވީ އައިޝާ އާއި އެމަނިކުފާނުގެ ގުޅުމަށް ވަކިވުމެއް ނާންނާނެ އޮތީ "ރޫހާނީ ސަބަބެއް" ކަމަށެވެ. އެއީ ވަރަށް ރަނގަޅު ދަރިންތަކެއް ލިބިވަޑައިގެންފައިވުން ކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑާއި އައިޝާ ވަކިވާނީ ފުރާނައާއި އެކީގައި." ގާސިމް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ތަކުރާރުކޮށް ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާއެއް ލިބޭ މަންޒަރު ދެކެން އެދިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑާއި ދިމާއަށް ކޮންމެ އެއްޗެއް ކިޔަމުންދާ މީހަކާއި ދޭތެރޭ ވެސް އަޅުގަނޑުގެ ހިތުގައި އެއްވެސް ހިތްބުރަކަމެއް ނެތް." ކަމަށެވެ.

ނަމަވެސް ގާސިމް ވަނީ ޖޭޕީގެ ޖަލްސާ އަށް ޖެއްސުން ކުރުމުގެ ގޮތުން އެސަރަހައްދުން އެމްޑީޕީގެ ސަޕޯޓަރުންތަކެއް ބާރަށް ސައިކަލް ދުއްވަމުން ގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ. ގާސިމް ވިދާޅުވީ "އެއީ ބަދުއަޙްލާޤީ" ކަމެއް ކަމަށެވެ.

"އެއީ އަނިޔާވެރިކަން. އެއީ ޖެއްސުންކުރުން. އެބާވަތުގެ ކަންކަން ކުރިއަށް ގެންދާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން." ގާސިމް ވިދާޅުވިއެވެ.

ޖަލްސާ ކުރިއަށް ދިޔަ ސަރަހައްދުގައި ފުލުހުން ތިބި ނަމަވެސް ސައިކަލްތައް ދުއްވުން ހުއްޓުވާފައި ނުވާތީ ގާސިމް ފުލުހުންނަށް ވެސް ފާޑުވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޢަލީ

    ކީއްވީތަ ވަކިވާ ވާހަކަ މިދައްކަންޖެހުނީ އަދިހަމަ ނޭންގުނު ކޮއްމެވެސް ކުއްޖަކު ހިންޓެއްދީބޭ ޕލޒ

    10
    3
  2. އައިޝް

    ޓުރޫ ލަވް ހުމްމްމް!?

  3. ފެހި

    ލައިލާ އާއި މަޖުނޫން، ޝީރީނާއި ފަރުހާދު، ދޮންހިޔަލަ އާއި އަލިފުޅު ޤާސިމާއި އައިޝާ.
    ރަލާއި އަންނި، ލާދީނިއްޔަތާއި އަންނި، އާމާލު ކުލޫނީއާއި އަންނި، މާރިޔާއާއި އަންނި، ރިޗާރޑް ބްރޭންސަނާއި އަންނި، ވެރިކަމާއި މައުމޫނު، މައުމޫނާއި ނަސްރީނާ،ސިދާތާއާއި އިމުރާނު، ފަހަރިއާއި އިމްރާނު، އިންޑިއާ އާއި އިބޫ، މޯދީ އާއި ކިނބޫ އަކީވެސް ފުރާނައާއި އެކު ނޫނީ ވަކި ނުކުރެވޭނެ ލޯބިވެރިނެވެ.

    26
    9
  4. ނުރުބާލި

    ހާދަ ހީވޭ ވަރިކުރަން އުޅޭހެން..

    10
    5
  5. ނުރަބޯ

    ހަމަ ކޮންމެ ދެމީހަކުވެސް ވަކިވާނީ ފުރާނަޔާ އެކީގަ ނޫންތޯ.....؟؟؟

    15
    1
  6. ތޮބަޢީ

    ކާސިމްބެ އައިސާ އާ ވަކިވާދުވަހު އައިސާގެ މިނިސްޓަރުކަމެއްނޯންނާނެ.

    15
    1
  7. ބޮލި މުލައް

    ތީ ޤާސިމު ދެކޭގޮތްތާ އެއަށްވުރެ އާސަ މިނިސްޓަރުކަން މާބޭނުމޭ

    17
    2
  8. ކަތްދަ

    ކަލޭ އިދެ ވަރިކުރާ މީހުންނާއި ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނާ އޮތީ އަޅެ ކޮން ގުޅުމެއްތަ؟ ގައުމަށް އެކަމުން ވާނެ ފައިދާއެއް ނޫނީ ގެއްލުމެއް އޮތީތަ؟

    19
    3
  9. Anonymous

    ފުލުހުންނަކީ މިހާރު ބޭކާރު ބައެއް. ގައުމުގެ ދަރިން ނުކުންނަންވީ ވަގުތު އައިސް ޖެހިއްޖެ.

    17
    1
  10. ގ ކެނެރީގޭ ގަންޖާބޯ ވަގު

    ގާސިމް ތިހިން ތެޅިތެޅި ހުއްޓާ އައިސާ ދަމައި ގަންނާނަން

    10
    1
  11. އަލްޖިބްރަ

    ދިވެހި އަންހެނަކު ތިޔަބީދާއިން ވާހަކަ ދައްކައިފނަމަ ކަލޭމެން ދެމީހުންގެ ގުޅުމަށް ބުރޫ އަރާނެކަމަށް ލަފާކުރެވޭ ! މިހާރުވެސް އެހެންފިރިހެނަކު ތިކަން ކާމިޔާބު ކުރާނެކަމަށް އެބަހީވޭ ! ބުރުމާ އުޅުނު ގޮތް ހަދާން އެބަހުރިތަ ؟ އެހެން މީހުންގެ އަބިން ވަރިކުރުވައިގެން ޖަހައިގަނަެގެން ގެންދިޔައީވެސް ހަމަ ތިޔަ ބުރުމާ ! ކަލެއަށްވެސް އެދުވަސް ދެއްކެވުމަކީ ދުރުގާ އޮތް ކަމެއް ނޫން ! މިހާރުގެ " ތެޔޮނާށި " ކާޅު ޖަހައިގަނެގެން ދިއަސް " ކަމަނާ " ވަނީ ދުވަހަކުވެސް ވަކިނުކުރެވޭނެ ސަބަބުތަށް އުފަން ކޮށްދީފަ !

    2
    1
  12. ސަޓޯ

    އަޅުގަނޑާއި އައިޝާ ވަކިވާނީ ފުރާނައާއި އެކީގައި ސަބަބަކީ އަހަރެން އެތައް މިލިއަން ރުފިޔާއެއް ދީގެން އެމަސްގަނޑު ގަނެފައިވާތީވެ– ރޯމިއޯގާސިމް

    5
    2