އޭޕްރިލް މަހު އޮންނަ މަޖިލިސް އިންތިޚާބުގެ ކެމްޕޭން އިސްތިހާރު ކުރުމަށް "ވަގުތު" އިން އަގުހެޔޮ ޕެކޭޖްތަކެއް ތަޢާރަފްކޮށްފިއެވެ.

"ވަގުތު" ގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިންތިޚާބުގެ ކެމްޕޭން ކުރުމުގެ އެންމެ ފަހު ދިހަ ދުވަހަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޕެކޭޖްތައް ވަރަށް ބޮޑަށް އަގުހެޔޮ ވުމުގެ އިތުރުން ކެންޑިޑޭޓުން ބޭނުންވާ ކަންތައްތައް ވެސް އެޕެކޭޖްތަކުގައި ހިމަނާފައި ވާނެ ކަމަށެވެ.

"މިޕެކޭޖްތައް ޑިޒައިން ކޮށްފައި ވާނީ ކެންޑިޑޭޓުން ބޭނުންވާ ގޮތައް ކެމްޕޭންގެ ހުރިހާ ހަރަކާތެއް ވެސް ކަވަރު ކުރާ އުސޫލުން. އަގުތައް ވެސް ވާނީ ކޮންމެ ކެންޑިޑޭޓަކަށް ވެސް އެބޭފުޅެއްގެ ބަޖެޓަށް ފެތޭ ގޮތައް ކަނޑައަޅާފައި. މިޕޭޖްތަކަކީ މިހާރު މީޑިއާތަކުން ލިބެން ހުރި އެންމެ ފުރިހަމަ ޕެކޭޖަށް ވެެގެންދާނެ." އޮފިޝަލް ވިދާޅުވިއެވެ.

"ވަގުތު" އިން އަލަށް ތަޢާރަފް ކުރި ޕެކޭޖްތައް ވިއްކުމަށް ހަމަޖެހިފައި ވަނީ "ވަގުތު" އިން އެކްސްކްލޫސިވް ކޮށް އިސްތިހާރު ޕެކޭޖް ވިއްކާފައި ނުވާ ދާއިރާތަކަށެވެ.

އަލަށް ތަޢާރަފް ކުރި ޕެކޭޖްތަކުގެ މައުލޫމާތު ހޯއްދަވަން ގުޅުއްވާނީ 7907173 އަށެވެ.

"ވަގުތު" އަކީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ދޮޅު ލައްކައަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރާ ވެބްސައިޓެކެވެ. "އެލެކްސާ" ރޭންކިން ބުނާ ގޮތުން އެންމެ ގިނަ ދިވެހިން ވަންނަ ރާއްޖޭގެ ވެބްސައިޓަކީ "ވަގުތު" އެވެ.

"ވަގުތު" އިންމިހާރު ވެސް ގެންދަނީ ކެންޑިޑޭޓުން އިސްތިހާރުކޮށް، ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.