ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ފައިނޭންސް ފެއާއާއި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މާލޭ ސަރަހައްދުން ފައިނޭންސް ފެއާ ބާއްވާފައި ވަނީ ހުޅުމާލެ ރެހެންދި ސްކޫލްގައެވެ. އަތޮޅުތެރޭން ފައިނޭންސް ފެއާ އަދި ކުޑަކުދިންގެ ހަވީރު ބާއްވާފައިވަނީ ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ އަދި ގދ. ތިނަދޫގައެވެ.

ގދ. ތިނަދޫގައި ބޭއްވި ފައިނޭންސް ފެއާ އަދި ކުޑަކުދިންގެ ހަވީރަށް ވަނީ އެއް ހާހަށްވުރެ ގިނަ ފަރާތުން ޒިޔާރަތްކޮށްފައިވެއެވެ. އަދި ހދ. ކުޅުދުއްފުށި އަދި ލ. ފޮނަދޫގައި ބޭއްވި ހަރަކާތްތަކަށް ވަނީ ކޮންމެ ރަށަކުން ފައްސަތޭކަ އަށްވުރެ ގިނަ ފަރާތުން ވަނީ ފެއާއަށް ޒިޔާރަތްކޮށްފައެވެ. ހުލޫމާލޭ ރެހެންދި ސްކޫލްގައި ބޭއްވި ފައިނޭންސް ފެއާއަށް ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

ފައިނޭންސް ފެއާގެ އަމާޒަކީ ދަރިވަރުންނަށް ގަނެވިއްކުމުގެ ހުނަރު ދަސްކޮށްދިނުމެވެ. އެގޮތުން މި ފެއާގައި ދަރިވަރުން ވަނީ އެކި ބާވަތްތައް އަމިއްލައަށް އުފެއްދުމަށްފަހު އެތަކެތި ވިއްކާފައެވެ.

މާލެ އާއި އަތޮޅު ތެރޭގައި މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ މާލީ ރަށު ކައުންސިލްތަކާއި މާލީ އިދާރާތަކުގެ ވަރަށް ބޮޑު އެހީތެރިކަމާއި އެކުގައެވެ.

ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ އަދި ގދ. ތިނަދޫގައި ޔޫތްއެންޓަރޕްރެނާސް ފޯރަމް އިއްޔެ ވަނީ ބާއްވާފައެވެ.