ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފްރީޒް ކޮށްފައި ހުރި އެ ކައުންޓުގައިވާ 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ، މާތް ﷲ ނަހީ ކުރައްވާފައިވާ ކަންތައްތައް ކުރެއްވުމަށް ދޫނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ނެރެފައި އޮތް އަމުރު ހައި ކޯޓުން މިއަދު ބާތިލް ކުރުމުން އެކަމަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝޯދު ވިދާޅުވީ، ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ އިން މީހުންނަށް ރިޝްވަތު ދޭން، އެ ފައިސާ ނުދެއްވާނެ ކަމަށެވެ.

"ވިދާޅުވި އެއީ ކެމްޕޭނަށް ދީފައި ހުރި ފައިސާ އޭ. ކެމްޕޭން ނިމިއްޖެ. ފައިސާ ހަރަދެއް ނުކުރި. އަދި އަޅުގަނޑުމެނަށް އެބަ އެނގޭ ކެމްޕޭނަށް ދޭ ފައިސާ ވެސް ރިސިޓް އާ އެކީގަ ކަން އަންނަނީ. ކާކުތޯ ކެމްޕޭނަށް ފައިސާ ދިނީ؟ ނޫން. އެއީ ވަގަށް ނަގާފައި ހުރި ފައިސާ ކަނޑައެޅިގެން ވަގަށް ނަގާފައި ހުރި ފައިސާ. ދިވެހި ރާއްޖޭގެ ރައްޔިތުންގެ ފައިސާ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ޔާމީން ގެ އެކައުންޓުގައި ހުރި ފައިސާ ހުންނާނީ ބޭންކު ގައި ކަމަށާއި، އެ ފައިސާ ދެން ވަންނާނީ، ދައުލަތުގެ ހަޒާނާ އަށް ކަމަށެވެ. އެ ނޫންތަނަކަށް އެ ފައިސާ ވަންނަން ނުޖެހޭނެ ކަމަށާއި އެއީ ރައްޔިތުންގެ ފައިސާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ނެރުނު އަމުރު ހައިކޯޓުން މިއަދު ބާތިލް ކުރިއިރު އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން އިތުރު އަމުރެއް ނެރެފައިވާ ކަމަށް ބައެއް މީޑިއާތަކުން މިރޭ ވަނީ ރިޕޯޓް ކޮށްފައެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ އެކައުންޓް ފްރީޒް ކުރަން އަމުރު ނެރެފައިވަނީ، ދައުލަތުގެ މާލީ އިދާރާތަކުން ފުލުހުންނަށް ހުށަހެޅި ސިޓީއާއި، ޔާމީންގެ ބޭންކް ސްޓޭޓްމަންޓްއަށް ރިއާޔަތްކޮށެވެ. އެ ހުކުމް ބާތިލުކޮށް ހައިކޯޓުން ބުނީ ބޭންކުގެ ކަސްޓަމަރުންގެ މައުލޫމާތުތައް ހޯދަން ވާނީ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ލިޔުމަކުން އެދިގެން ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އެކަމަކު އެ ގާނޫނުގެ ދަށުން ލިޔުމަކުން ދައުލަތުން އެދިފައި ނެތްކަން ޝަރީއަތަށް ހާމަވާ ކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ. ނަމަވެސް ރަސްމީ އިދާރާއަކުން އެކަން ކަށަވަރު ކޮށެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

52 ކޮމެންޓް

  1. Anonymous

    މީތި މިއުޅެނި ކިޔާނިއެއްޗެއް ނޭގިގެން ތޯއްޗެ މިކާަކުތަ ރ ޔާމީންއަށް އެއްޗެހިކިޔަން

    100
    4
    • Anonymous

      ކޯޓުތަކުގެ އަމުރު ބޮލާލާ ޖަހާ ހިސާބަށް ދިޔާމަ ރައްޔިތުން ދެން އުއްމީދު ކުރަންވީ ކޮން އަދުލުވެރިކަމަކަށް. މިމީހުން ބޭނުންނުވާގޮތަށް، މިގައުމުގެ ރައްޔިތަކު އަނގައިން ބުންޏަސް އެމީހެއްގެ ދުވަސް ދުއްވާލާނެ. މި އަދި ކުރީ ކޮޅު ފަރިތަވެލީމަ ދިވެހި މުސްލިމުން ތިބެންޖެހޭނީ، ރޮހިންޔާ މީހުންގެ ހާލުގައި.

      54
      1
  2. ޗިއްލޫ

    އަޅެމީނަމީކަކުތޯ ފައިސާ ނުދޭނަމޭ އަނެކައްޗެއްކޭކިޔާކަށް؟؟؟ ކަލެއަށް އަދިއެއް ބޮޑުވަޒީރު ކަމެއް ނުލިބެއެއްނޫންތޯ ކުރާނަމޭ ކުރިއްޔާކީއްހޭކުރާނީ ރައްޔިތުންނާ ދިމާލަ ބުނިގޮތައް ހަދަން!

    91
    1
    • Anonymous

      މީނައަށް ޤާނޫނެއް ނުހިނގާ. މިއީ މާ މަތީ މީހެއް. މީނައަށް އެނގޭނީ މިގައުމުގައި ކުރާނެ ކަމަކާ ނުކުރާނެ ކަމެއް. މިހިރީ ދައްޖާލު ނުކުމެފައި. ދާއްބަ އެހުންނަނީ، މި ދައްޖާލު ކިޔާ ކޮންމެ އެއްޗެއް ރިޕީޓް ކޮށްލަ ކޮށްލާ. ވެރިކަމަށް މިވެރިން އައިތާ އަދި މިއުޅެނީ 5 މަސް ނުވެ. އެކަމަކު، ގާނޫނުތައް ބޮލާލާ ޖަހާ، ކޯޓުތަކަށް ދޮގުހެކި ދީ. ހިތުހުރި މީހަކު ބަންދުކޮށް. ހިތުހުރި މީހަކު ޖަލުން ނެރި މިއުޅެނީ، ތިމާމެންވަރުގެ އަނިޔާވެރި ބަޔަކު މިދުނިޔޭގައިވެސް ނެތްކަން ދައްކަންތަ؟

      15
  3. އަބޯ

    ނަސީދު ދައްކަން ތިޔައީ ރީތި ވާހަކައެއް ނޫން ނަސިދަކީ ﷲ ގެ ރަސޫލާ އަ ގުރްއާނަށް ފުރައްސަރަކުރާ ﷲ ބާވައިލެއްވި ހައްދުތަކަށް އިންކާރު ކޮށްގެންހުރި އިސްލާމުންގެ އަދުއްވެއް ތިފަދަ މީހަކު ތިޔަ ވާހަކަދައްކަން ލާއިގެއްނޫން.

    92
    1
  4. ޝޫލާސިރާޒް

    އެހެންވީމަ ކަލޭމެންނަ ވެރިކަން ތިކުރެވެނީ 3ބާރެއްނޫން އޮނަވިހި ބާރު ވަކިވަކިން. ޑިމޮކްރަސީގެ އައްޕަކަމަށްހެދިގެންއުޅޭ މުގާބޭމީ. މިހާރަކަށްއައިސް މާދެން ދީންވެރިމީހަކަށްވެގެން ހަލާލު ހަރާމް އެގޭމީހަކަށްވެގެން މިއުޅެނީ. ބަލަ ކަލޭ ގަންޖާބޯން ރައްޔިތުންގާތު ބުނާއިރު އެއީ ހަލާލު އެއްޗެތަ؟ކަލޭ ކިތައްމެ ބާރެލާފަ ރޔާމީނަށް ވަގަށްގޮވިޔަސް ތިޔަ ގަންޖާއަށް ޔާމީނާ ކައިރިނުވެވޭނެ. ފައިސާފޮއްޗެވިއްޔާ ކަލޭހިފާނެ. ކެންޕޭނަށް ދޭ ފައިސާއެއްވިއްޔާ ރިސިޓްހުންނާނެޔޭ ތިބުނަނީ އެއީ ބޭންކަކުން ލޯނުދީގެންތަ މިއުޅެނީ. 100މިލިޔަން އެކިމީހުން ވޮލެޓުގަޔާ ފޮށިފޮށީގަޔާ ސިޓީއުރައިގަވެސް ފަންޑުތަކަށް ފައިސާދޭ ކޮންރަސީދެ އެއެއްޗެހިން ހޯދާނީ. އެހެންނޫނަސް ކަލޭތީ ކާކު ފައިސާ ދޫނުކުރާނަމޭބުނަން. ކޮންހައިސިއްޔަތެ އޮތްމީހެ. ތިއީ ބޮޑު ޓެރަރިސްޓެ. ތިއީ ވައްކަންކުރިކަން ސާބިތުވެ ހުކުމްއިއްވިފަހުރިމީހެއް. ކަލޭ ނުކުމެ ޔާމީނާ ދިމާތިކުރަނީ. ހޭބަލިވަނީ ނުހޮވިދާނެތީ. ޔާމީން ބަދެގެންގެންގޮސް ކަލޭމެން ވަޅުލިޔަސް އޭނަގެ ސަޕޯޓްމިހާރުބޮޑީ. ވޯޓުން މިފަހަރު މޑޕ ލަދުގަންނަވަރުވާނެ އިންޝާﷲ.

    79
  5. ޙަސަނުބެ

    ކަލޯ ފާދިރީ މަހައް ދޭބަލާ ﷲ އިރާދަކުރެއްވިއްޔާ ހިއްދަތި ގޮތަކައް މިފަހަރު ބަލިވާނެ ތި ވެރިކަންވެސް ދުރުނޫން މުސްތަގްބަލެއްގާ ވެއްޓި ފުނޑުފުނޑުވާނެ މިހާރު އެކަމާ ބިރުން ތި ތެޅިބާލަނި މަރަށް މަރަށް ތެޅިބާލަނީ ތި

    88
    1
  6. ޫޔިތތިު

    ތިއީ ﷲގެ އަމުރުތަކަށް ގިންޖަހައި އަދި އެކަމަށް ހިތްވަރުދޭ މަޝްހޫރު ލާދީނީ.
    ކޮންބަޔަކު އޮޅުވާލަން ތިއުޅެނީ.

    82
    2
  7. ބޭރި

    ކަލޯ ތީކާކުތަ؟ ކަލޯ ދީފަހުރި ފައިސާތައެ؟ ތީތަ ކަލޯތިކިޔާ އެޖެންޑާ 19 އަކީ؟ ޖުޑިޝިއަރީ އިސްލާހުކުރުމަކީތަ؟ ކަލޯ އެފަހަރަކު ބޭނުންވާހށ ގޮތަކަށް ހުކުމް ނިކުތީމަދޯ ކަލޯއަށް ޖުޑިޝިއަރީ އިސްލާހުވި ކަމަށްވާނި؟ މީ މިގައުމަށް ޖެހިފަހުރި ވަބާއެއް! ކެންސަރެއް! އަޅައިފަހުރި ފުޅައެއް! މީގެ ކިބައިން ސަލާމަތްވޭތޯ ދެނަމާދު ދޭތެރޭ ގުރުއާން ކިޔަވާ، ކޮންމެ ނަމާދަކަށް ފަހު ގުނޫތު ކިޔަވަންވެސް ޖޭހޭއެބަ! މިގައުމުގެ ދީނާއި މިގައުމުގެ ސަގާފަތާއި އާދަކާދައާއި އިގްތިސޯދުވެސް މީގެ ސަބަބުން ހަލާކުވެގެން މިދަނީ! ނުވިތާކަށް އިސްތިގުލާލާ ގައުމުގެ ކަރާމަތާއި އިއްޒަތްވެސް ވެއްޔާ މޮޑެވި އަޅުވެތިކަމާ ދިމާއަށް މިގައުމު މިއޮތީ މިސްރާބްޖަހައިފަ!

    70
    3
  8. އުނބަށް ޖެހުން

    ދީން ސިޔާސީ ކަންކަމަށް ބޭނުން ކުރަނީއޭ ގޮވާ މީހާއަށް މިފަހަރު މިވީ ކީއް؟ ކީކޭ މިކިޔަނީ؟ މިހާރު އެނގިއްޖެ ދޯ ކޮންމެ ކަމެއްގައިވެސް ފުރަތަމަ އޮންނަންވާނީ ދީންކަން.

    77
    2
  9. ސެނަ

    ﷲ ހަރާންކުރެއްވި ކަންކަން ކިޔާދެން ކޮބާލަދު، ﷲގެ ދީނައް ފުރައްސާރަ ކޮއްފަ،ގައުމުގެ ހަލާކު މީހަމަ، ޝައިޠޯނު، ޔާﷲ މިނުބައި ޝައިޠޯނުގެ އަތްދަށުން މިގައުމާ ރައްޔިތުން ސަލާމަތް ކުރައްވާންދޭވެ، އާމީން.

    84
    1
  10. މޯދީ

    އެ ނަޝީޑު ކަލޭ ހަމަތަ؟؟؟ ކަލޭ ދޭބަލަ އެހެން ގޮތެއް ހޯދަން އިންޑިޔާއަށް، ޑެންމާކަށް.... ކަންކަން ކުރަންވާނީ ޝަރުޢީ ހަމަތަކާއި އުސޫލުން. ޑރ.އަފްރާޝީމް ގެ ގާތިލުންނަށް ފަންޑްކުރީ ކަލޭގެ ޕާރޓީއަށް ނިސްބަތްވާ ވިޔަފާރިވެރިން ކަމަށް ތަޙުގީގު ރިޕޯރޓް އެބަ ބުނޭ. އެކަމު އެކަޝީގެންވާ ހެކި ނެތިގެން އެމީހުންވަނީ ދޫކޮށްފަޔޯލަ. ކަލޭވެސް 100 މިލިޔަން ސާބިތު ނުހިފޭ ވާހަކަ ނުދައްކާ ހުރޭ... ރިސްވަތު ދިނުމަށް ހިތްވަރެއް ނުދެން އެކަމު ނަޝީދުވެސް ޢަމަލުކުރިގޮތް ދިވެހިން ހަނދާން އެބަހުރި.... އެހެނީ މާބާރަށް ފލޭ ތޮއްޑޫ ކަރައެއް މަޖިލިސް ތެރޭގަ އެއްޒަމާނެއްގައި އުޅުނުތަނުން އެކަރާ ވަރަށް ބޮޑުއަގުގަ ރީނދޫ ކަރައިގެ ރަސްގެފާން ބައްލަވައިގަތިއްޔޯ... އޭގެފަހުން އެކަރާ ކުއްލިޔަކަށް މިއްސަނދިވެގެން ދިޔަގޮތް މި ދިވެހިން މިތިބީ ދެކިފަ. ރިޝްވަތުގެ ހުތުރު ޢަމަލޭ ކިޔާފަ އަނގަ ފުޅާ ކުރާއިރު މި ކަލޭގެ ލަދު ނުގަންނަކަން. ލަދުން ބޯހަލާކު މިސޮރަކާހެދި.

    73
    2
  11. ޙަވޭލީ

    ތިޔަ އެމްޑީޕީ ކެމްޕެއިނަށް ހަރަދު އެކުރަނީ އެ ރުފިޔާއިންކަން ކަށަވަރު އެހެން ވިއްޔާ

    68
    2
  12. އެޖެންޑާ 19 ޞަޜީފޫ

    ބިރުގަތީ ނުހޮވިދާނެތީ

    75
    2
  13. މަވެސް

    ކެނެރީގޭވަގާ ކަލޭމާދީންވެރިވެގަނެގެން ތިޔައުޅެގީ ކޮންފަދަ ހީލަތްތެރި ދަނއތުރައެއް ގައިދިވެހިންޖައްސަންކަމައްތަ ކަލޭތީ ކާކުކަން ނުދަންނަ ހަމައެކަކުވެސް ނޫޅޭނެ ހުރެބަލަ ނިކަންރަނގަޅައް ގޮނޑިތައްދޭނަން إنشاءالله ،

    66
    2
  14. އަނެއް

    މިކަލޭގެ ނޫންތޯ ﷲ ނަހީކުރައްވާފައިވާ ކަންތަށް ކުރުމަށް ރައްޔަތުންނަށް ހިތްވަރުދެނީ ލާދީނީ ނަޝީދު.

    71
    2
  15. Anonymous

    މިކަހަލަ ލާދީނީ މީހަކު ދައްކަން ރީތި ވާހަކައެއް ނޫން ތިޔައީ . ވަގު ނަސީދު ދައްކާކަށެއް ތިވާހަކަ ރީއްޗެއްނޫން.

    64
    2
  16. ދަނޑުވެރިޔާ

    އެކަމަކު ކަލެއަށް ﷲ ނަހީކުރެއްވި އެއްޗިހި ބޮވޭދޯ. ﷲ ގެ ރަސޫލާއަށް މަލާމާތް ކިރެވޭދޯ.

    71
    2
  17. ޢާބިދާ

    ސުޕްރީމް ކޯޓު ހުކުމަށް ފާޑުކިޔައިފި، ހައިކޯޓު ހުކުމަށް ފާޑުކިޔައިފި. ކޯޓުގެ ހުރުމަތްކަނޑައިގެން އެއްވެސް ފިޔަވަޅެއް ނޭޅުނު. މީނާގެ ކެނޑިޑެސީ ބާތިލުކޮށް ހައްޔަރުކުރަންޖެހޭ.

    71
    2
  18. މޯދީ

    މުނާފިޤުންގެ ހުރިހާ ސިފައެއް މި ދައްޖާލު ގައިގަ އެބަހުރި
    ކަލޭ ތިޔަ ގޮތަށް އެއްފަހަރު ކޮންމެ ރަށަކަށް އަރާ ހަދީސް ފޮތްތައް ބަހާވެސް އުޅުނު. ފަހުން ގޮސް ރަސޫލާއަށް ބަދުބަސް ބުނެ ﷲ ވަހީ ބަސްފުޅަށް މަލާމާތް ކުރީ

    66
    1
  19. ބޮންދު

    ނުފުޒާ އި ބާރުގެ ތެރެއިން އަނެއްކާވެސް އަމުރެއް ނެރެ އެމަނިކުފާނުގެ ފައިސާ ހިފައްޓަން އުޅޭކަން މި ކަލޭގެ ނުސީދާކޮށް މި ބުނަނީ

    57
    2
  20. ައަހުމަދު

    އޭބުރާންޗާ ކަލެއަށް ކިހިނެއް އެނގުނީ އެއީ ވަގުފައިސާކަން. ކަލޭތީ ވެލާނާގެއިން ވައްކަންކުރިކަން ސާބިތުވެފއިހުރި ވަގެއް. ޔާމީނުގެ މައްޗަކަށް އަދިއެއްނެތް ވައްކަން ސާބިތުވެފައެއް. ދެން ހލލ

    64
    2
  21. މަސްވެރިޔާ

    އަސްލު މިކަލޭ މިހިރީ މޮޔަވެފަ، ކޯޓްގެ އަމުރުތަކަށް ގޮންޖައްސަވަނީ، ބަލަ ސްޕްރީމް ކޯޓުން ތިބާ ދޫކުރިދަދައިން އަނެއްކާވެސް އެމަށްސަލަ ރިވިއުވްކޮށް ބަންދުކުރުމުގެ ބާރު ކޯޓަށް ލިބިފައިވާނެއެވެ، އަދި އަބުދުﷲ ޤާޝީ އަމިއްލަފުޅަށް ދައުވާއެއްވެސް ކޮށްފާނެ ނުންތޯ. ކޮއްކޯ 100 މިލިއަން ރ އަކީ 7 މިލިއަން ޑޮލަރ، ނަޝީދުގެ ފައިސާގޮތުގައި ހުރެދާނެ ޖީއެމް އާރުން ދީފިނަމަ 30 މިލިއަން ޑޮލަރ، އެއީ ހަދިޔާ، ހަމަ ޔާމިނަށްވެސް ސައުދީންވެސް އެވަރުގެ އެއްޗެއް ދެއްވަފާނެ ނުންތޯ.ޒަކިއްޓޭއަށްން ނުންތޯ 15 މިލިއަން ޑޮލަރގެ ހަދިޔާ ޖީއެމް އާރުން ދިނީ. ބަލަ ގުދޯ ގުދޯ އޭ.... އަދީބުގެ ވޯޓުގައި ތިޕާޓީގެ މެންބަރުން ސަރުކާރުގެ ބިލަކަށް ލޯބިން ވޯޓް ދިނީ ހަމަ ޤައުމަށްޓަކާތޯ،، ޑރ. ޖަމީލް ބޭރުކޮށް އަދީބް އޮން ބޯޑް ކުރި ވޯޓްގައި ހަމަ ސާފްތޯއެވެ. ޖަވާބް ދެއްވާށެވެ، އަދިރި ފައިސާވަނީ ހުރިހާ އިސް ސިޔާސީމީހުންގެ ގޮހޮރުގަ. މައުސޫމް އކ 5 ޑޮލަރ އަދި އަފީފުގެ އކ 7 ލައްކަ ޑޮލަރ އެއީ 3 ވަނަ ފަރާތެއްގެ ހަދިޔާ.

    59
    2
  22. Anonymous

    ޢޭ ޖައްބާރާ، ކަލެއަށް ލާހިކަ ކުޅަދާނަކަމެއްނުން، ޔާމީނަށް އެއްކަމެއްވެސް ކުރާކަށް، މިއީ ކަލޭގެ އެކަނި ގައުމުތަ؟ ކަލޭރަނގަޅީ އެއްކޮށް ހޭބަލިވެއްޖިއްޔާ.

    57
    2
  23. ޠާބޫތު

    މި ސައިތާން މިފެލެނީ މީ ރަސޫލާ އިސްލާމްދީނާ ﷲގެ ހުކުންފުޅުތކަށް ގޮންޖެއްސި ޔަހޫދީ އިސްލަމްދީނުގެ ދުސްމިނެއް މީ މަރާ ހީލަތުން މިތަން ފަނާކުރަން ދައްކާ ހޮޅިވާހަކާ ޔަހޫދީ ނަސީދު

    57
    2
  24. އަލީ

    މީހާދަ މާތްމީހެކޭދޯ ﷲ ނަހީކުރެއްވި ކަންތަކުން ތިމާ ދުރުވެގެން ހުރެވޭތޯ ބަލާބަލަ.. ކަލޯވެރިކަމުގަ ހުރެގެން ދައުލަތުން ކޭ ލާރިގަޑު ދއަުލަތުގެ ހަޒާނާ އަށް ވައްދަބަލަ.. ކޮބާ ޖީއެމްއާރު އަށް އެއަރޕޯޓް ވިއްކާލި ލާރިގަޑު އެވެސް ހަޒާނާ އަށް ވައްދާ...އަމިއްލަ ފޫކޮޅުގަ އޮތްގުއި ސާފުކޮށްފަ މީހުންގެ ވާހަކަ ދައްކާ

    59
    2
  25. ޒީރޯޓޮލަރެންސު

    ހުސްވަގުން އުޅޭތަނެއްގައި އެކަކުއަނެކަކަށްވެސް ވަގަށްގޮވާނެ. ދެންއެއަޑުއަހާ ބަޔަކު ހިނިއަންނާނެ.

    39
    2
  26. ވެރިނަ

    އައްދޭ އެއްކަލަ ގޮލާ ގަދަބަސް ބުނަން ފެށީދޯ،ކަލޭ ތީކާކު ކޯޓުތަކުން ކުރާ ހުކުމައް ގޮންޖަހަން.އެއްވެސް ހައިސިއްޔަތެއް ހުރިމީހެއްނޫން.މީނަޔައް ހީވާކަހަލަ ވެރިޔަކީމީނަހެން.އިންތިހާބައްފަހު ކަލޯއައް ރެޑީކޮއްފައިން ކުޑަގޮޅިއައް ވައްނަން ތައްޔާރުވޭ.

    54
    2
  27. ބަކުރުގެ ތަކުރު

    މިބޭފުޅާާއަށްﷲނަހީ ކުރެއްވި ކަންތައް އެނގޭބާ؟

    55
    2
  28. ކެނެރީ

    ބަލަ މިހިރަ ގަމާރާ ކަލޭ ތީ ކާކު؟ މި ޤައުމަށް އަރާހުރިރންނަމާރިއެއްތީ!

    55
    3
  29. ޜަސީދު

    ސުލާސަރާބީ ދައްޖާލު

    52
    3
  30. އެލެކްސް

    ހަމަ ރަނގަޅަށްވެސް ރައީސް ސޯލިހު އަތުން ވެރިކަން ފޭރި ގަންފި.

    50
    3
  31. ވޯޓްވަގު

    ކިހާބޮޑު ވަބާއެއްމީ، މީނަގެ ދުލާއި އަތުގެ ނުބައިކަމުން އަޅަމެން ސަލާމަތް ކުރައްވާންދޭވެ.

    47
    3
  32. ކުދިންނަށް

    ސްކޫލް ތަކުގައި ކިޔަވާދޭ ޓީޗަރުންގެ މުސާރަ ބޮޑު ކުރުމުގެ ބަދަލުގައި ރައީސް ޔާމީންގެ ވެރިކަމުން ކުރި ކަމަކީ އެއީ ޓެބްލެޓްސް ތަކެއް ގަނެގެން ބޮޑު ޚަރަދު ކުރުމޭ އެއިން ކުރި އެއްވެސް ފައިދާ އެއް ނެތޭ ފެންނާން އެއީ ވާނެ ކަމެއް ނޫނޭ ނޮން ޕްރެކްޓިކަލް ކަންކަމޭ އެއީ ދެން އޮތީ ރައީސް އިބޫގެ ސަރުކާރު އެ ސަރުކާރުން ކުރި ކަމަކީ މިލިއަނުން އެމެން ޕާރޓީގެ އެކްޓިވިސްޓުންނަށް ފައިސާ ދޭން ވެގެން ހެދުނުގެ ނާސްތާގެ ބަދަލުގައި މުޅަ ތަކެތި ކާންދިނީއޭ ސްކޫލް...

    13
    22
    • Anonymous

      މުސާރަ ބޮޑު ކުރި. ޑަބަލް ބޮޑުކުރި. އެކަން އެނގޭނީ ޓީޗަރުންނަށާއި، އެޑިޔުކޭޝަން ދާއިރާގެ މީހުންނަށް. އެކަމަކު، ތަނެއް ދޮރެއް ނުދަންނަ ލާޗާރު ބިޗާރުންނަށް އެނގޭނެ އެއްޗެއް ނޯންނާނެ. އެނގުނަސް ބޮޑުވެގެންވީ ދޮގެއް ހަދާލުމުގެ ބޭނުމުގައިވެސް ތިހެން ބުނެދާނެ.

      24
      2
  33. ނުރަބޯ

    “ބޯންޖެހޭ ބޮވެންޖެހޭ ނުބޮއެއް އެކުދިންނެއް ސަލާމަތެއްނުވޭ.” މިއީ މާތްﷲ ޙަރާމް ކުރައްވާފައިވާ ކަމެކެވެ. އެކަމަކު ގައުމުގެ ރައީސްގެ ގޮތުގައި ނަޝީދު ހުރެ ހަރުއަޑުން މިކަމަށް ގޮވާލާ ހިތްވަރު ނުދެން ހެއްޔެވެ؟ މީހެއްގެ އަމިއްލަ އެކައުންޓެއްގައި ހުރި ފައިސާ އަކަށް ނަޝީދަކަށްވެސް ސަރުކާރަކަށްވެސް ބާރެއް ނުފޯރުވޭނެ އެވެ. އަދިއެފައިސާ ހިފެހެއްޓުމުގެ ޙައްގެއްވެސް ނެތެވެ. ސަރުކާރުން ކުރާ ތަޙުގީގެއްކޮށްފައި އެމީހަކު ދައުލަތުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ސާބިތު ވެއްޖެ ނަމަ އެ ޖެހިފައިވާ ޢަދަދަކަށް އެމީހާގެ އަތުން ފައިސާ އަތުލާ އެކުށަށް އެމީހަކަށް ދޭންވާ އަދަބެއް ގާނޫނީ އިމުގެ ތެރެއިން ދިނީމާ އެ ނިމުނީއެވެ. އެކަމަކު އެކަންވެސް ކުރަންވާނީ ނަމަކަށްނޫނެވެ. މިސާލަކަށް ނަޝީދުގެ ޚުދުމުޚްތާރު ވެރިކަން ނިމުނުއިރު ދައުލަތުގެ މާލިއްޔާއިން 4 ބިލިއަން ރުފިޔާ ގެއްލިފައި ވެއެވެ. ނަމަވެސް ސަރުކާރުން ގާއިމުކޮށްފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން އެމައްސަލަ ބަލާ އެފައިސާ ދައުލަތަށް ހޯދާދިނުން ހިމެނިފަ އެއް ނެތެވެ. އެއީ އެމްޑީޕީގެ ވެރިކަމެއްގައި ގެއްލިފައި ނުވަތަ ކައްވާލާފައިވާ ފައިސާ ކަމަށްވާތީއެވެ. މައުމޫނަކީ މިހާރު ރީނދޫ ޕަޕެޓަކަށްވާތީ އޭނާގެ ދައުރުގައި ހިނގި އެފްޕީއައިޑީގެ ޚިޔާނާތުގެ މައްސަލަ ބެލޭކަށް ނެތެވެ. އެހެންވީމާ މިއީ މައްސަލަ ބަލާ އިންސާފު ކުރުމެއް ނޫނެވެ. މިއަކަށް ބޭއިންސާފާ އަނިޔާ ނޫން އެހެން ނަމެއް ދެވޭކަށް ނެތެވެ. އިޚްލާޞްތެރިކަމުގެ ކަންފުޅެއްވެސް ނެތީމަ އެވެ.

    45
    1
  34. ހޭލުން

    ﷲ ނަހީކުރެއްވިކަންތަކުގެވާހަކަނަޝީދުމިހާރުދައްކަވަނީ ކުރިންދެއްކެވިވާހަކަފޮރުވަންތޯ ﷲ ނަހީ
    ކުރެއްވި ކަންތަކުގެ ވާހަކަ ނަޝީދުނުދައްކަވާ ހިމޭނުން ހުންނަވާ ތިއީވަރަށްފާޅުކަންބޮޑުގޮތަކަށް ﷲނަހީކުރެއްވިކަންތަކަށް އަރާގަނެ އެކަންކަމަށް ހިތަވަރުދެއްވާފަރާތެއް އެއީ ރާވިއްކައިގެން ފައިދާބޮޑުވެ މުއްސަދިވާނެކަން އިޝްތިހާރު ކުރެއްވުން ބަގުރަލާ،އޫރުމަސް ވިއްކެވުމަށް ހިތްވަރު
    ލިބޭގޮތަށް ވާހަކަދެއްކެވުން ޒިނޭކުރުމަށް ހިތްވަރުލިބޭގޮތަށް ވާހަކަދެއްކެވުން އިސްލާމްދީނާ ﷲ
    ފޮނުއްވި ރަސޫލްބޭކަލަކަށް ހަޖޫޖެހުން އަދިވެސް،..........

    41
    1
  35. ކަރިމްބެ

    ކަލޯ 13 އަހަރުގެ ޙުކުމް ތަންފީޒުނުކޮށް ނިޒާމުންބޭރުން ސަލާމަތްވެގެން ދީނާ ޤައުމަށް ފުރައްސާރަ ކުރަން ކަލޯތީ ކާކު. ތީ އަޅެ ނިކަން އުޅުން ރަނގަޅުމީހެއްތަ. (ބޯންޖެހޭނޭ ބޮވެންޖެހޭނޭ އެންމެނަކު އަބަދު ހަމައިގަ ތިބެންޖެހޭނެކަމަކަށް ދެކޭނެކަމަކުނެތޭ މާތްﷲ ގެ ވަޙީއާއި ރަސޫލާގެ ހަދީޘްފުޅުނޫން އެހެންގޮތެއް ހޯދަން އެބަޖެހެއޭ ތިމާގެ ހުރި ނުލަފާކަން ދައްކާލާނަމޭ ބުދު ބެހެއްޓިކަމެއް ތިމަންނައަކަށް ނޭންގޭ ތިމަންނުޖެހޭ އެކަލޭގެ މައްޗަށް ޞަލަވާތް ކިޔަވާކަށް) ބުނެ ކަލޯ ހިތުހުރިހާ ގޮތަކަށް އުޅެންވީހެއްޔެވެ. އަޖާއިބެއް ފަހެ ނުވާނެ ހެއްޔެވެ؟

    47
    1
  36. މާ

    މާތް ﷲ ހަރާމް ކުރެއްވި ރާ ވެސް އެކަމަކު ބައެއް މީހުން ގެ ގޭ ގެއިން ސުފުރާމަތިން ކާއިރު ފެނަކަށް ބޮނީ ބަނގު ރާ..... އަދި ސޫލާ ސަރާބީގެ ވާހަކަ މަޖިލީހުގައި ލޮލީ ޖާބިރު އިއްވަން އޮތް ދުވަހު މަޖިލިސް ހިސޯރު ކުރި ހަނދާން ވޭތޯ ހާމިދު އަބްދުލްގަފޫރުމެން އެކޮމެޓީގައި އޮތީ އެކަމުގެ ހިކި ވީޑިއޯގެ ޒަރިއްޔައިން ދައްކަން ނިންމާފައި ފަހުން ޖާބިރު ބްލެކް މައިލް ކުރީ .... މަޖިލީހުގެ ޔައުމިއްޔާ ބައްލަވާ އެހެން ވެ މާތް ﷲ ހަރާމް ކުރެއްވި އަދި ނަހީ ކުރެއްވި ކަންކަމުގެ ވާހަކަ މަނިކުފާނު ދެއްކެވުން ބުއްދިވެރިއެއް ނޫން އޭރުން ސޯޓް ބޭލޭނީ.... އިންސާނުން ގެ ގިނަ މީހުން ދުވާނީ ނުބައިމީހުންގެ ފަހަތުން މިސާލު އަބޫޖަހުލު. ފިރުއަނު. ސަލްމާނު ރުޝްދީ. މީ މަޝްހޫރު މީހުން އެމީހުންގެ ބަހައް ހެއްލުނު އެންމެން މިބިންމަތީގައި ފަހުން ވަނީ ނިކަމެތި ކުރައްވާ ދަތިހާލު ޖައްސަވާފައި އެކަމުގެ ހިތި ދުނިޔެ މަތީގައި ދައްކަވާފައި... އެންމެ ބޮޑު ފާފައަކީ މާތް ﷲ އާއި ރަސޫލާ އަށް އުރެދުން ފުރައްސާރަ ކުރުން އެފަދަ މީހުންނަށް ބިންމަތީގައި އަދި އާޚިރަތުގައި ވޭންދެނެވި ކަންކަން ތަހައްމަލު ކުރަންޖެހޭނެ މީ ހަގީގަތަކީ ވިސްނާ ފިކުރު ކުރޭ ....އޭ މީސް ތަކުންނޭ ވިސްނާ ފިކުރުކުރޭ...... ހެޔޮ މަގަށް ރުޖޫއަވޭ ނުބައި މީހުންގެ ފަހަތުން ނުދުވޭ

    19
  37. އިބޫ

    މިދެން ކާކުތަ ފައިސާހިފަހައްޓަން. އަމިއްލަ މުދާގަނޑެއްހެންހީވަނީ

    18
    1
  38. ޢާއިޝަތު

    ﷲ ނަހީ ކުރައްވާފައިވާ ކަންތައް ކުރަން ޔާމީނަށް ފައިސާ ދުލެއް ނުކުރާނަން – ނަޝީދު ވިދާލުވަނީ ކޮންހައިސިއްޔަތަކުންކަން ވިދާޅުވެދެއްވާ ޔާމީނަކީ މިގައުމުގެ ތަރައްޤީގެ ބާނީ ނަޝީދު އިސްކޮށް ހުންނަވައިގެން މިގައުމުގެ މުއައްސަސާތަކުގައި ހުޅުޖެހިކަން މިއީ އެންމެންދަނަނަ ހަގީގަތެއް ކޯޓް އަމުރަށް ހުރިހާ އެންމެންވެސް ތަބާވާންޖެހޭ މަނިކުފާނުގެ އެކައުންޓުގައި ހުރި ފައިސާ އަކީ ކިހިނެތް ލިބުނު ފައިސާ އެއްކަން ހާމަކޮށްދީ

    19
  39. ކުޑަ ފޫޅު

    الله ނަހީކުރެއްވީ އެއްމެ ކަމެއްތޯ އެޖެންޑާ 19 އިން އެހެން ހުރިހާ ކަމެއް ހުއްދަ ވީތޯ

    21
  40. ޜިޒާ

    މިސާލަކަށް، މުނާފިޤުންގެ ވެރިޔާ "ޢަބްދުﷲ ބްނު އުބައްޔު ބްނު ސަލޫލް" ކިތަންމެ ވަރަކަށް ﷲ ގަންދީ ހުވާކުރިޔަސް، އެ ހުވާ ގައި އެއްވެސް ބުރަދަނެއް ހުންނާނެތޯ!

    22
  41. ނަޝީދަށް

    ތިފައިސާއަކީ ރައްޔިތުންގެ ފައިސާނަމަ.. ދައުލަތުގެ ހަޒާނާއަށް ވައްދާ ދެންތިބި ބައެއް ކެއުމުގެ ކުރިން.. ދިވެހި ހުރިހާ ރައްޔިތުންނަށް ބައްސަވާ.. ރައްޔިތަކަށް އެއް ލާރި ލިބުނު ކަމުގަވިއަސް... އިހުލާސްތެރިއެއް ކަމުގައި ވާނަމަ..

    9
    1
  42. އިބްރާ

    އަނެއްކާވެސް ތިޔަކުރައްވަނީ އަބްދުﷲ ޣާޒީ ހައްޔަރުކުރުން ފަދަ ކަމެއް. ކަލޯ އަނެއްކާވެސް ވަންނަންޖެހޭނީ ޖަލަށް ތިހެންއުޅެގެން. ކަލެއަކީ ކޯޓްތަ؟ ގާނޫނު އަސާސީތ؟ މިއީ މިރާއްޖެއަށް އިބިލީސް ކަނޑައަޅާފައިވާ އެޖެންޓެކެވެ.

    10
  43. އިބްރާ

    ތިޔަވިދާޅުވީ ﷲނަހީކުރައްވާފައިވާ ކަންތަށް ކަލޭކުރާނެ ކަމަށްދޯއެވެ.

  44. އޮރެންޖު

    ރައީސް ޔާމިނަކީ ފުރާވަރު އުމުރުން ފެށިގެން ދިރިއުޅުމަށް ގަދައަޅާ މަސައްކަތްކުރި ބޭފުޅެއް. މީހަކަށް ޑިޕެންޑްނުވެ އަމިއްލަފައި މައްޗަށް ތެދުވުމަށް މަސައްކަތްކުރައްވާފައިވާ ބޭފުޅެއް. އެއްބަފާ ބޭބެގެ ވަރިކަމުގައިވެސް ލާރިހޯދީ ސަރުކާރުގެ މަޤާމްތަކާއި މަޖިލީހުގައި މަސައްކަތް ކުރައްވައިގެން. އުމުރުގެ ދުވަސްތައް ބޭކާރުކުރީ މުޅި ދުނިޔޭގައި ބޭކާރު އަނގަތަޅާކަށްނޫނޭ. އެހެން މީހުންގެ އުއްބައްތިއަށް ފުމުގެ ބަދަލުގައި ތިމާ އަމިއްލައަށް އުއްބަތި ރޯކުރުން ބުއްދިވެރި ވާނެ.

    13
  45. ކޮމާ

    މިއައް ރަނގަޅުވާނެ ހަމައެކަނި ބަހަކީ " ލޮލް "

    10
  46. އަންނިބޯ

    ކަލޭ ވީނުން ތިބޯއެއްޗެއް ތިޔަށްވުރެ ގިނައިން ބޯްން

    11
  47. ޖަމްޝީދު

    ތިމާއީ މުސްލިމެކޭ އަނެކަކީ ކާފަރެކޭ ކިޔާގޮވައިރު، ތިމާ ފަސްވަގުތު ނަމާދު ނުކުރާކަން ހަނދުމަ ނުހުންނަނީ ހަމަ ދީންދެކެ ވާ ލޯތްބެގެ ބޮޑުކަމުންތޯ؟

  48. ...

    ކޮންމެވެސް މީހަކު ބުނެދީބަލަ. ނަސީދު އަސްލު ހުރީ ކޮން މަގާމެއްގަތަ؟ ރައީސްތަ؟ ނައިބުތަ؟ ކޯޓުގެ ގާޒީއެއްތަ؟ ފަނޑިޔާރެއްތަ؟ ބޭންކު މެނޭޖަރުތަ؟ ދީނީ ދަރުސްދޭ ޝޭޚެެއްތަ؟ ނުއޮޅޭވަރެއް ނޫނެއްނު؟

  49. ޣުދުރު

    މަނިކުފާނަށް ކިހިނެތްތޯ އެގުނީ