ސަލަފިއްޔާއަށް ނިސްބަތްވާ އިލްމުވެރިންނަކީ އެއްޖިންސުން ގުުޅުން ހިންގާ ބައެއް ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅު ކުޑަފަރީގައި ބޭއްވި ޖަލްސާގައި ވަރަށް ބޮޑަށް ކޯފާއިސްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ސީދާ ސަލަފިއްޔާ އިލްމުވެރިންނަށް ފިތުނަ ފަސޭދަ އުފެއްދުން ނޫންކަމެއް ކުރަން ނޭގޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ، އެއް މުސްލިމަކު އަނެއް މުސްލިމަކާއި ދިމާލަށް ކާފަރޭ ލާދީނީ އޭ ބުނާކަށް ޖާގައެއް ނޯންނާނެ ކަމަށެވެ. އެމްޑީޕީއަކީ މި ރާއްޖޭގައި އިސްލާމް ދީން ދެމެހެއްޓުމަށްޓަކައި ހާއްސަ ސިޔާސަތުތަކެއް ގެންގުޅުއްވާ ޕާޓީއެއް ކަމަށެވެ.

"މި ކުޑަފަރި ރައްޔިތުން ފުރަތަމަ ފަހަރަށް ނަމާދުކޮށްގެން ޖަލަށްލާފައި ތިބި މީހުން. އަޅުގަނޑު ޖަލުގައި އޮންނެވިއިރު،ޖެހިގެން އޮތް ގޮޅީގައި އޮތް މިރަށު ސްކޫލް ޕްރިންސިޕަލްގެ ގާތުގައި އަހާލިން. ކިހިނެއްހޭ ވެފަ ތިއޮތީ. ނަމާދުކޮށްގެންނޭ. އެހެން މީހެއް ކައިރިން އަހާލިން ރޯދައެއް ހިފައިގެންނޭ". ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ކުޑަފަރީގެ ގިނަ ރައްޔިތުންތަކެއް ޖަލަށް ލާފައި ތިބީ ނަމާދުކޮށްގެން ކަމަށެވެ. ނަޝީދު ވިދާޅުވީ، އެތަން ދެކިގެން ރާއްޖޭގެ ދަންނަބޭކަލުންނަށް ނަސޭހަތް ދިނުމުގެ ފުރުސަތު އިހުތިޖާޖްކޮށްގެން ހޯދި ކަމަށެވެ.

"މާލޭ ތެރޭގައި އުޅެއުޅެފައި ސަލަފިއްޔާއަށް ގޮސްފައި، އެތަނުގައި އެއްޖިންސުން ގުޅުން އުފައްދަން އުޅެއުޅެފައި ދެން ތިމަންނާމީ އެވެނިއެއްޗެކޭ މިވެނި އެއްޗެކޭ ކިޔާފައި އަންނަ ގޮތަށް ރާއްޖެ އައިސް މާ ދީނީ ބޭފުޅެކޭ ކިޔައިގެން ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުން ނޫންކަމެއް މިއަދު ނުކުރޭ" ސަލަފިއްޔާއިން ކިޔެވި ޝެއިޚުންނަށް ފާޑު ވިދާޅުވަމުން ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ސަލަފިއްޔާގެ ޝެއިޙުންނަކީ ފިތުނަ އާއި ފަސާދަ އަދި ﷲ އެންގެވި ހުރިހާ ނަހީކަންތައްތައް ކުރަމުން ހިނގާ މީހުން ކަމަށެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖެއަށް އިސްލާމް ދީން ހިމާޔަތްކޮށްދޭނެ ހަމައެކަނި ޕާޓީކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

62 ކޮމެންޓް

  1. ބޯހަލާކު

    މިމީހުން ނުކުރެވިގެން އުޅޭކަންތައްދޯ؟؟

    189
    20
  2. ތުބުޅި

    މިކަލޭގެ ދުނިޔޭގަ މާގިނަދުވަހު ހުރިއްޔާ ދުނިޔެ ފަސާދަކުރާނެ

    303
    36
  3. ސައްލޭ

    އާބިދާއޭ ކިޔާބަލަ! ކުރަފި.

    233
    37
    • ގެނޖ

      ސުބުހާނައްﷲ ހާދަ ދޮގު ހަދާ ލާދީނީ މީހެކޭ މީ. އަދި އަލަށް މި އަޑު އެހީ ވެސް މީހަކު ނަމާދު ކޮށްގެން ރާއްޖޭގަ ޖަލަށް ލީ ވާހަކަ މި ދޮގުވެރިޔާ ބުނީމަ

      164
      22
  4. Anonymous

    ކަލޭ ހާދަ ދަނެގެން ތިހިރަ އުޅެނީ އިންތިހާބަށްދޯ.

    240
    19
  5. ސިންބާ

    މީނައީ ސީރިޔާގެ ހަނގުރާމައިގެ ޚަބަރުތައް ގެނެސްދިނުމަށްޓަކައި ރާއްޖެއިން އެ ޤައުމަށް ކަނޑައަޅާފަ ހުންނަ ސަފީރުތަ؟ #އެގަންޖާ19

    218
    18
  6. އަރީ

    ތިޔައީ އަސްލު ވާހަކައެއްތަ؟

    88
    10
    • ޑދދ

      ޙުސް ދޮގުހަދާ ބޮޑު ލާދީނީ

      22
      6
  7. ގަލަން

    ތިޔަބުނާ ސަލަފިއްޔާއަށް އަމިއްލަ އަށް އަރުވާލެވިގެން ހުރެފަ ތިޔަބުނާ ހުރިހާ ގަނޑެއް ތެޅިފަ ތޯއްޗެއް މިހާރު އައިސް އެހެރީ.

    178
    12
  8. ީިިހިނި

    ލާދީނީ......އަންނި.....

    202
    13
  9. ކޮބާތަ

    އެއްޖިންސުން ގުޅުން ހިންގަން ބޭނުންވާ މީހުން ނަޝީދު ސަރުކާރުގައި އަޑުއުފުލާ އެއްވެ ހެދީ އެއީ ކޮންބައެއްތަ؟ އޭރަކު ނޫޅޭ ނަޝީދު ތިހެން ރުޅިއައިސްގެންނެއް. އެކަމާ އެއްޗެކޭވެސް ނުބުނޭ. އެހެން ބަޔަކު ނިކުމެ އެކަމާ ރުޅިއައިސްގެން އެމީހުންނާ ދިމާއަށް ގާއުކައި ހެދީ.

    216
    13
  10. ާަާމަ

    ދުލުގަ ގޮށެއް ނުޖެހެނިސް މައިތިރި ވާނެބާ މީނަ

    242
    15
    • ޙހހހހ

      ހައިރާން ވެއްޖެ

      29
      4
  11. ބަކުރުބެ

    މީހާދަދޮގުހަދަން ކުޅަދާނަމީހެކޭ

    201
    12
  12. Anonymous

    އަންނި ޖަލައްލީވެސް ރޯދަ ހިފައިގެން ދޯ

    198
    9
  13. ބުރޯ

    ނަސީދު އަކީ އަބަދުވެސް ނަސިދު ކުރައްވާ ގޯސް ކަންކަން އެހެން މީހުންގެ ބޮލަށް ކަޑާލާ ބޭކަލެއް . އަނެއްކާ މިއީ ނަސީދު ކުރައވާކަމެއް ނޫންބާ ؟

    124
    7
  14. މާމިގިލީ މީހާ

    ވަރަށް ރަނގަޅު ވާހަކަ އެއް ރައީސް ނަސީދު ތިޔަ ވިދާޅުވީ. ހަމަ އެއީ އެއްޖިންސުން ގުޅުން ހިންގާ ބައެއް.

    18
    180
  15. ކިނބޫ

    ނަމާދު ކޮށްގެނޭ! ރޯދަ ހިފައިގެންނޭ! ހެހެހެ ކަލޭ ތި ދެއްކި ވާހަކައަށްވެސް ބަޔަކު އަތް ޖަހާނެތާއޭ އަހަރެން ހިތަށް މިއަރަނީ. ހައްދެއް ނެތް ހިސާބަށް އަބަހައްދު ވެ މީހަކު މުރުތައްދު ވެއްޖެއްޔާ ކޮންމެފަދަ ކަމެއްވެސް ހަމަ ވެދާނެ. މިހެން ތިބި މުނާފިގުންގެ ސަބަބުން އާންމު ކޯފާއެއް އަޅަމެންނަށް ނުފޮނުއްވާފާނދޭވެ. އާމީން

    135
    6
  16. ދދދދދދ

    ނަމާދެއް ކޮށް ރޯދައެއްވެސް ހިފާ މީހެއް ނޫން ދޯ ކަލޭ ތީ؟ ޖަލަށް ލާން ޖެހުނީވެސް ޓެރަރިޒަމާއި ވަގުފާރީގެ ކުށުގަ. ކީއްވެ ރޯދަ ނުހިފީ؟ ކީއްވެ ނަމާދު ނުކުރީ؟

    105
    9
  17. ހިސާ

    ދީނީ ޢިލްމުވެރިންގެ އަބުރު ކަތިލުން

    111
    7
  18. ޖުކަމް

    މި ކެނެރީގޭ ނަސީދުގެ ކިބައިން މި ލޮބްވެތި ޤައުމު ސަލާމަތް ކޮށްދެއްވާށި. އަދި ޒުވާނުންނަށް ހެޔޮ ވިސްނުނުން ދެއްވާ ނަސީދުގެ މަކަރުވެރި ރޭވުންތަކުން އެކުދިން ރައްކާތެރި ކޮށްދެއްވާށި

    152
    9
  19. ސަލީމް

    މީދެން މިޙާރު ވަރަށްބޮޑު މައްސަލަޔަކަށް ވެއްޖެ!! މީނަ މިކުރާކަމަކީ ވަރަށް ނުރައްކާތެރިކަމެއް! މިގައުމުގެ މީހުން މީނާދައްކާ ހިތްހެޔޮކަމާއި އެހެނިހެން ދަޅަތަކުގެ ސިހުރުގަ ޖެހިފަތިބިކަން ރަގަޅަށް ޔަގީންކޮށްގެން ދެން އެމީހުން ރަގަޅަށް ޓެސްޓް ކުރަނީ. މީނާ ކުރިމަތިލާ ދާއިރާގަ މީނާއާ ވާދަކުރަން ދީނީތަޢްލީމް ރަގަަޅަށް އެގޭމީހަކުވެސް އެހުރީ.- މިޓެސްޓުން މީނާއަށް ކާމިޔާބުވުން ވެގެންދާނީ އޭނާގެ އެޖެންޑާ 19 ލޯންޗްކުރަން ލިބޭ ފެހިސިގްނަލަކަށް ކަމަށް ގަބޫލުކުރެވޭ. (...إِنَّ اللَّـهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ ۗ.... )

    114
    7
  20. މުސްލިމް ދިވެއްސެއް

    އަޅުގަޑު ސަލަފިއްޔާ އަށްގޮވާލަން ހަމަމިހާރުންމިހާރަށް މިދޫނުބައި ނުލަފާކަލޭގެއަށް ދައުވާކުރަން.ނޫނީމިއީތެދެއް ކަމައް ޤަބޫލުކޮށްފާނެބަޔަކުތިބެދާނެކަމުގެބިރު އޮތީމަެެވެ އެއީ މިޖާހިލުކަލޭގެދަށްކާބައެއް ވާހަކަ ބައެއް މީހުން ހަޤީގަތްނުބަލަާގަބޫލް ކޮށްފާނެތީއެވެ ޔާﷲ މިކަލޭގެ ދުލުގެނުބައިކަމުން މިލޮބުވެތި ޤައުމުގެ އެއްމެހައި ލޮބުވެތިރައްޔިތުން ސަލާމަތް ކޮށްދެއްވާފާދޭވެ.

    135
    7
  21. ބޯބާ

    ކިހާބޮޑު ވަބާއެއް ދެންމި! ރައްޔިތުން ނިކުމެ މީތި ގައުމުން ބޭރުކުރަން ވެއްޖެއްނު މިހާރު. ދުނިޔޭގެ ހުރިހާއެއްޗެއް ބޮއެ ހެއްދެވިހާ ނުބައިކަމެއް ކޮށް އެހެން މީހުންނަށް އެފަދަ ކަންކަން ކުރުމަށް ފާޅުގަ ގޮވާލައިފަ ދެން މިނިކުންނަނި ދީނީ އިލްމުވެރިންގެ ބޮލުގަ އެކިކަހަލަ އިލްޒާމް އަޅުވަން. އެމީހުން ބަދުނާމުކުރަން. މީއްޗެއްގެ ކިބައިން އެބަޖެހޭ މިގައުމު ސަލާމަތް ކުރަން.

    124
    8
  22. ސަމިި

    ދީނަށް ހުރި ހަސަދަޔާ ނަފްރަތު ފެނިގެން އެދަނީ .ކިތަންމެވަރަކަށް ފޮރުވަނއުޅުނަސް ފާޅުކުރައްވާނެ

    130
    8
  23. ނަގޫގޮށްޖެހި

    ބަޔަކު މީހުންގެ ބޮލުގައި މިފަދަ ބޮޑު ބަދުނާމެއް އެޅުވުމަކީ ހާދަހާވާ ނުބައިކަމެކެވެ. މިކަން ސާބިތުކޮށްނުދެވޭނަމަ މިވާހަކަ ދެއްކި މީހާގެ ހެކިބަސް އުމުރަށް ބަލައިގަންނާކަށް ނުވާނެ. އަދި ހައްދުވެސް ގާއިމުކުރަންވާނެ. ހުރި ނުބައި ނުލަފާކަމެއްގެ ބޮޑުކަމާއެ! މާތްކަލާގެ މިނުބައި ކަމުންނާއި މިފަދަ ނުބައި ވާހަކަދައްކާ މީހުންގެ ކިބައިން އަޅަމެން ސަލާމަތްކުރައްވާށި! އާމީން

    112
    6
  24. ސައިބޯނި

    ނަޝީދަށް ދީނަކީ ކްރިޔަސްޓިޔަންދީން. އެހެންވީމަތާ އިސްލާމްދީނަށް އެހާ ނަފްރަތުއެކުރަނީ. ގައިމު ރަސޫލާއަށާއި އިސްލާމްދީނަށް ކިހާ ފުރައްސާރަކޮށް ޖޯކުޖަހާހެދި. ލާދީނީ އިބްރާމެން ކުރާ ކޮމެންޓްތައް ދިފާއުކޮށް ކިހާވާހަކައެއް ދެއްކި. ބޯންޖެހޭނޭ ބޮވެންޖެހޭނޭ އަބަދަކު ހަމައިގައިތިބެގެންނުވާނޭ މިބަދިވަރުތައް އަދި ހަނދާނުގައި އެބަހުރި. އެކަމަކު ދީން ހިމާޔަތްކޮށް ދީނީ ސަހޭހަތްމިދެނީ އެމްޑީޕީންނޯ. ކޮން ދީނެއްގެ ނަސޭހަތެއްބާ ކާކުބާދެނީ އާނިޔާތޯ

    105
    8
  25. ފިތުނަ

    ދައްޖާލުގެ ސިފަތައް މީނަގެ ކިބައިން ފެނެޔޭ ބުނެވެނީ މިހެންވެ، މިކަހަލަ ނޮހޮރޮއްޕާން ވާހަކަ ރޯމާދުވާލު ދެއްކީމަވެސް މީނަގެ ފަހަތުގަ އެނބުރޭ ގުނބޯތައް ތިބޭނެ އަތްޖަހަން، އާދެ! ޢާދެ! ކިޔާލަ ކިޔާލާ، މީހާގެ ހަމަބުއްދި ފިލާދާވަރަށް މީހެއްގެ ބަހައް މިފަހަކަށް އައިސް ދިވެހިން ހެއްލުނު މީހަކީ ކެނެރީގޭ ނަޝީދު...މީ ބިރުވެރި ކަމެއް...ދައްޖާލަކީ މިފަދައިން ހެޔޮ ރަނގަޅު މީހާވެސް ވާވައްދާނެ އެއްޗެއް!

    93
    8
  26. ސައިބޯނި

    ޝެއިޚުންތައް އެއްވެ މީނަޔާ ދެކޮޅަށް ނުކުންނަށްވީ މީނައަށް މިގައުމުން ޖާގައެއް ލިބިއްޖެނަމަ ހިތާމަ ކުރަންޖެހިދާނެ.

    111
    7
  27. Anonymous

    މިހިރަ މުރުތައްދު 2009 ވަނަ އަހަރު މiގައުމުގައި އެއްޖިންސުން ގުޅުންހިންގުމުގެ ރައިޓްސް ދޭން ޖެހޭނެ ކމައް ވަކާލާތކުރި.

    24
    1
  28. ޟަރީ

    މީނަ މި ބަލަނީ މީނަޔައް ލިބޭނީ ކިތައް ވޯޓު ތޯ ތަ؟ އެންމެންގެ އަނގަގޮއްވަިގެން.

    20
    3
  29. ދޮންބެ

    ނަޝީދޫ. ތަންފުކެއް މަތިވޭ އެބަ އިނގޭ. ދުނިޔެ ބޭނުންވެގެން ނޫޅޭބަޔަކު ކަލެޔާ ދެކޮޅަށް ތެދުވެފާނެ. ނަސޭހަތެއް މިދިނީ.

    23
    2
  30. ވަހީދު

    މިކަހަލަވާހަކަ ދައކައިގެން ބަޔަކުލައްވާގޯސްހައްދުވާފަ މިގައުމުގަ ޓެރަރިސްޓުން އެބައުޅެޔޭ އެކަންގުއްޓުވަން އިންޑިޔާސިފައިން މިގައުމައް ގެންނަންޖެހެޔޭކިޔާފަ އެކަންކުރާނެގޮތެއް މިހޯދަނީ

    24
    2
  31. Anonymous

    ދުލުގަ ގޮށެއް ނުޖެހެނިސް މައިތިރި ވާނެބާ މީނަ ނަސީދު އަކީ އަބަދުވެސް ނަސިދު ކުރައްވާ ގޯސް ކަންކަން އެހެން މީހުންގެ ބޮލަށް ކަޑާލާ ބޭކަލެއް . އަނެއްކާ މިއީ ނަސީދު ކުރައވާކަމެއް ނޫންބާ ؟

    17
    2
  32. އެލެކްސް

    އަންނިގެ ކަމަކީ ދީނީ އިލްމު ވެރިންނާއި ދިވެހިންނާއި ޖެއްސުން. އިލްމު ވެރިންގެ އަޑު ކަނޑުވާލުން. ލާދީނިއްޔަތަށް ގައުމު ހުޅުވާލުން. އިލްމު ވެރިންގެ އަގުވައްޓާލުން. ގައުމުގެ ދީނީ އިލްމު ވެރިން ލައްވާ ގޯސްތަކެއް ހައްދާ ގައުމުގައި ލޭ އޮހޮރުވުމެއް ހިންގުން.

    24
    2
  33. ނުރަބޯ

    އެމްޑީޕީ އިން ދީނީ މިނިވަންކަން ނުދެވިގެން އެއުޅެނީ ތިޔަ ބުނާ ކަންކަން ނުކުރެވިގެން ނޫންބާ؟ އެމްޑީޕީ އަށް މަޖްލިހުގެ މެޖޯރިޓީ ލިބިއްޖެނަމަ ތިޔަބުނާގޮތަށް އެއްޖިންސުން ކައިވެނި ކުރެވޭ ގޮތަށް ހަމަޖައްސާނެ ކަމީ ވަރަށް ޔަގީނާއެކީ އެނގޭކަމެކެވެ.

    22
    2
  34. އައްލެއިކަލޯ

    ވަރަށްބޮޑު ހިތާމައެއް. ދިވެހިން މަގުފުރެއްދުމުގެ ހަރަކާތްތައް އަންނި އެއޮތް އިފްތިތާޙު ކޮށްލީ. އޭނާ އެ ދެއްކި ވާހަކައަކީ ކޮންމެވެސް ގާނޫނެއްގެ ދަށުން ފިޔަވަޅު އަޅަން ވާނެ ވާހަކައެއް. ކޮބާ އަލްއަޚު އަލް ޢަޒީޒު މައުމޫން؟ ކޮބާ އިސްލާމިކް މިނިސްޓަރު؟

    17
    3
  35. ތުއްތޮންބެ

    މާކަނާ ކަލޯ ... ކޮބާ ހޭ މާކަނާ .. މީ މާކަނާ .. ތިވެސް މާކަނާ .. ދެންވެސް މާކަނާ ...

    4
    3
  36. ޖޮއްބެ

    ހިނދުކޮޅުގަ އެހެރީ ކޮންމެފަދަ އެއްޗެއްވެސް ކިޔާފާނެ.

    19
    3
  37. ހަގީގަތް

    އެމްޑީޕީއަކީ ރާއްޖެއަށް އިސްލާމް ދީން ހިމާޔަތްކޮށްދޭނެ ހަމައެކަނި ޕާޓީކަމަށެވެ.
    ނަމަވެސް ހަގގަތަކީ އެމްޑީޕީއަކީ ރާއްޖެއަށް އިސްލާމް ދީން ފޮހެލަން ފާޅުގައި މަސައްކަތް ކުރާ ހަމައެކަނި ޕާޓީ.

    25
    3
  38. ފުރޭތަ

    ޢެހެންވެ ދޯ އެކަހަލަ އެންމެ ވެސް ކެލޭގެ ފަހަތުން އެދުވަނީ..

    12
    3
  39. މުހައްމަދު

    މީބޮޑުވަގެއް ހުރިހާކަމަކުން ވައްކަންކުރުން ކަމަކީ މިވެސް އެހެން ޕާޓީތަކުގެވޯޓްތައް ވަގަށްނަގަން ކުރާ ޖާހިލު މުޑުދާރު ނަޖިސް ކުޅިގަނޑެއް އެބުނި ނަޖިސްކުޅިވެސް ކުޅުނީ އަދި ކުޅެނީވެސް މިވަގު ކަލޭގެ މިފަހަރުގެ އިންތިޚާބުވެސް ހޯދަން ޖެހޭނީ މަކަރާ ހީލަތުން ވަގަށްނަގައިގެން އެނޫން ގޮތަކަށް ވަށްކަން ނުކޮށް ހަމައެއްކަމެއްވެސް ނުކުރެވޭނެ ކެނެރީގޭ ބޮޑުވަގު މިޖާހިލު މިހާރު ނޯންނާނެ ކިޔާފަނުކިޔާނެ އެކައްޗެއް ވެސް އިންސާނިއްޔަތުކަމެއް އަގަލެއް އަދަބެއް އިހުތިރާމެއް ދަންނައެއްޗެއްނޫން މިވަގުކަލޭގެއަކީ ކެނެރީގޭ ބޮޑުވަގު ހެހެހޭ

    7
    2
  40. ގުރާބު

    މިވާހަކަ އަދި ކޮމެންޓް ކުރާމީހުންނަށް އަދި މީޑިޔާއަށް މަާނަ ކުރެވިގެން އުޅެނީ ނުބައިކޮށް ކަމަށް ބުނެ މާދަމާ މީގެ ތަރުޖަމާ ނިކުންނާނެ... މުޅި ގައުމު ފަސާދަ ކުރަނީ. ދިވެހިން ހޭއަރަާނީ ކޮން އިރަކުންބާ..

    17
    1
  41. ގަންޖީޒް ފީވަރ

    ޝިގައްލާ ، ފައިލޭރިއަރ ، މެލޭރިއަރ ، މި ރާއްޖޭން ފިލާގެން ދިޔައިރުވެސް މި މި ނުރައްކާތެރި ވައިރަލް ފީވަރ ، ސިއްކަ ގޭ ގަންޖީޒް ފީވަރ ، މި ރާއްޖެޔަކުން ނުފިލި ، ދިއުޅި ހަމަނުވާ އަނގައިން ދައްކާ ކޮސް ވާހަކައިން ބޯހަލާކު ، ޔަހުޔާ އެއްޒަމާނަކު ކާޅެއް ކާޅެއް ހިފި ގޮތައް ، މި މޫރިތި އިސްލާމީ ދައުލަތުގެ ، ވެރިޔަކަށް ރައްޔިޔުން ހެދީމާ ވެރިކަން ކުރަން ވެސް ނޭނގުނު، އެންމެ ފުރަތަމަ މިރާއްޖޭގައި އޯޕަން ކޮށް ' ފުރީޓަމް އޮފް ސެކުސް' ގެ މުޒާހަރާއެއް ކުރީ ވެސް މި ސޮނިބެގެ ވެރިކަމުގައި ، އާރޓިފިޝަލް ބީޗްގައި ، ދެންކޮން ފުފުލެއް ތޯ މި ފަޅުއްވަނީ ، ކަލޯ މި ދިވެހީން ނަށް ތި އީ ކާކުކަން އެގިއްޖެ ،

    17
    2
  42. ޢަފ

    ޙިތައް އަރާ އަތުޖެހިއްޖެއްޔާ، މީނާ ލުނބޮޔެއް ފެލާހެން ފެލާލާނަމޭ.

    13
    1
  43. ޙައްޤު ބަސް.

    ދިވެހި ލޮބުވެތި އަކުންނޭ ޢެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެނަމަ ޢިލްމުވެރިންގެ ހަލާކު. ޢެންމެން އެކެއްޗެއް ކިޔައްގެން ނޫނެކޭ ބުނަމާ ހިނގާ

    13
  44. ދޮންއާދަނު

    ޢިލްމުވެރިންނޭވެ! މިއަށްވުރެ ނުބައިކަން ބޮޑުވެގެންވާ އިލްޒާމެއް ތިޔަބޭފުޅުންގެ ބޮލުގައި އެޅުވިދާނެތޯ އެވެ. އެނުބައި ނުލަފާ ވެގެންވާ މީހާގެ ކިބައި މިޤައުމު ސަލާމަތް ކުރަން ތިބޭފުޅުން ނުކުޅެދިފައިވާ މިންވަރު މުޅި ޤައުމަށާއި ދުނިޔެއަށް ސާބިތުށްދެނީ ނޫންތޯއެވެ. އެންމެހައި ޢިލްމުވެރިން އެކުގައި ނުކުންނަވައި މީނާގެ ކިބައި ސަލާމަތް ވުމަށްޓަކައި ދަންވަރު ނުކުންނަވައި ﷲ ޙަޟުރަތުގައި ދަންނަވައި ދެއްވާށެވެ!

    11
  45. ޢީސަދަރި

    ތިޔަ މުނާފިޤު ކަލޭގެ ޤަޒުފުގެ ހައްދު ޖެހުމަށް ކޯޓަށް ހުށައަޅާނީ ކާކުބާ ކޮމެންޓް ކުރާ މީހުންގެ ތެރެއިން.

  46. ސަލީމް

    މުނާފިގާގެ ޢަލާމާތް 3: (1) ވާހަކަ ދައްކާނަމަ ދޮގުހެދުން، (2) ވަޢްދެއް ވެއްޖެނަމަ އެވަޢްދަކާ ޚިލާފުވުން، (3) އަމާނާތެއް ޙަވާލުކުރެވިއްޖެނަމަ ޚިޔާނާތްތެރިވުން.... އިންސާނާ ވާ އެންމެ ބޮޑު ވަޢްދަކީ ތިމަންނަ ދެޝަހާދަތްކިޔައި އިސްލާމް ވެއްޖައީމޭ ބުނެ، އިސްލާމްދީނަށް ވަނުން ކަމަށްވާއިރު ނަޝީދު، ތިމަންނާ ޔަކީ މުސްލިމެކޭ ބުނަމުން އެއުޅޭގޮތްތަކާއި ދައްކާ ވާހަކަތަކާއި އޭނާ ﷲ އަށް އެވީ ވަޢްދާއި ދިމާވޭބާ؟ ދައްކާ ވާހަކަ ތެދުބާ؟ މިހާތަނަށް ޙަވާލުވި އަމާނާތްތަކާއި ވަޢްދުތައް ދިޔައީ ކިހިނެތްބާ؟؟ ދިވެހީން ވިސްނަން އެބަޖެހޭ. ރާއްޖެ މިއޮތީ 4 އަގޮލިއެއްގަ. މިމަހު 6 ގަ އަޅާނެގޯޅިއެއް ނިންމަން ތައްޔާރަށް. ނުބައިމަގު ޚިޔާރު ކޮށްފިނަމަ އެބުރިއައުން ވަރަށް އުދަގޫވެދާނެ! ﷲ އަޅަމެން ސަލާމަތް ކުރައްވާށި!

    15
  47. ވަގު

    ކޮބާ މިހާރު ސޭހު އިމުރާނު އެހެރީނަގޫ ފިއްތާލާފަ

    12
  48. ވަގު

    މިކަހަލަ ތާކުންތާކު ނުޖެހި އުޅޭ ގަމާރުންނާ އެކީވެސް ވިސްނޭމީހުން އުޅޭތިދެރަވަނީ

    10
  49. އައްޑޫމީހާ

    އެއްޖިންސުން ގުޅުން ހިންގާ މީހުން އެެއްމޭޒެއްގެ ދޮށައް ހާޒިރުވެ އެކަން ކުރަން ގޮވާލީ އެމް.ޑީ.ޕީ އަކުން ނޫންބާ؟ ހުރިހާ ދީނަކަށް މިގައުމުގަ ފުރުސަތު އޮންނަން ވާނެއޭ ބުނީ ދީން ހިމާޔަތްކުރަންބާ؟ ކީރިތި ޤުރްއާނާއި ރަސޫލާގެ ހަދީސްތަކައް ގޮންޖަހާ އަލްޓްނޭޓިވް ނޭރޭޓިވް ހޯދަން ގޮވާލީ ދީން ހިމާޔަތް ކުރަންބާ؟ މިގައުމުގަ ތިބި ރައްޔިތުންގެ ކިބައިގައިހުރި ރީތި އަޚްލާގު ހަލާކުކޮށް ވެއްޔާމޮޑެލީ ތިޔަބުނާ ދީން ހިމާޔަތްކުރުމަށް އަޑު އުފުލަންބާ؟ ކެއްނާރި ދަންނަ ނުދަންނަ މާފަތް އެދުރު ކަލޭގެފާނު މުލިއާގޭގައި ހުރެގެން ރާފޮދު ހިއްޕެވީ ދީން ގެ ދިފާއުގަ އެތާންގަ ހުރެގެން މީސް މީހުންނަށް ދީން އުގަންނަވާ ދެއްވީ ތޯއްޗެއް!!

    13
    1
  50. އެމްޑީޕީ

    މިކަލޭގެ ދޫ ބަންދުވެ ހަދާނެގޮތެއް ނޭނގި ތެޅިބާލާތަން މާގިނަދުވަހެއް ނުވެ ﷲ ދައްކަވާށިއެވެ އާމީން.

    12
    1
    • ކަބޮލު.

      އާމީން އާމީން އާމީން

  51. ާަަެހގގތ

    ކިތަންމެވަރަކަށް ދީނަށް ފުރައްސާރަ ކުރިއަސް ބޮނޑިބަތް ކެވިފަ ތިބި މީހުންނަށް އަންނި ވާނީ އަލިފަކަށް

  52. ޕޮރޮޕެގެންޑާ 19

    މި ދިވެހިރާއްޖޭގައި އިސްލާމަދީނާ ޑިމޮކުރްސީ އާ ހެދިފަހުރި ގަވައިދުތަށް މިވަނީ ނެއްއެއްޗަކަށްވެފަ#އެހެންނޫންނަމަ ނަސީދު މިހާރު ހުރީހީ ހައްދުޖަހާފަ..ކެނޑިޑެންސީ ބާތިލްކޮއްފަ...ދެން ބާރަށް އަތްޖަހާ

  53. މިތުރު

    މިހާރު މިޤައުމަށް ޖެހިފައިވާ އެންމެ ބޮޑު މުޞީބާތަކީ ތިޔަކަލޭގެ، އެންމެން ނުކުމެ މިޤައުމުން ފަހާލަމާ!

  54. ކަނޑި

    އޭޕްރިލް ފޫލް ...

  55. ގަވަރނަރ

    ނަޝީދަކަށް ތާއީދެއް ނުކުރަން..އެކަމުއޭނަ ބުންޔަސް ތެދެއްވާނީ ތެދަކަށް... ރާއްޖޭގަ ޖަލުގައި ޑިއުޓިކުރަން އުޅުނުމީހެއްގެ ބަސް ހޯދީމަ އިނގޭނެ ބަޔަކު ލާދީނީ މުދިމެއްގެ ޖަމާޢަތުގަ ނަމާދުނުކޮށް ވަކިން ކުރާތީވެ ޖަލަށްލިކަން... ރާއްޖޭގަ މައުމޫނު ފަލަކީ އިލްމަށް ބިނާކޮށް ރަމަޟާން މަހުގެ ފަހުދުވަހު (މުޅިއިސްލާމީ އުއްމަތާއި ޚިލާފަށް) އީދުދުވަހުގެ ގޮތަށް ނިންމުމުން އެކަން ގަބޫލުނުކޮށް ރޯދަހިފިމީހުން ހައްޔަރުކުރިކަން..އަދި ސަލަފިއްޔާގެ ބައެއް ޝޭޚުންނާއި ދެކޮޅަށް އެކަންކަން ތަޖުރިބާކުރިފަރާތްތަކުން އެފަދަ ފާހިޝްކަންކަމުގެ ތުހުމަތު ކޮށްފައިވާކަން ވެސް ދެނަހުރިން.

  56. މުހައިމިނު

    ހިތި ގޮތަކަށް ނިމުން އަންނާނެ މަޔާ ހުއްކެއްހެން ހީވާ ވަރަށް

  57. ނަޖްވަ

    ތި ސަލަފިއްޔާ އަކީ އުޑެއް ބުޑެއް ދަންނަ ބަޔެއް އުޅޭ ތަނެއް ނޫން! ހެޔޮ ނުވާނެ އެތަނަަށް ދިވެހިން ކިޔަވަން ފޮނުވަން!

    • ޢަނީ

      މީ ހަޤީޤަތެއް ބާ؟