އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެނބުރި އައުމަށް މަގުފަހި ކޮށްފި ބަޔަކަށް ކުރިމަގުގެ ޖީލުތަކުން މާފު ނުކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ޔާމީން ވާހަކަފުޅު ދައްކަވަން ހުންނެވިއިރު ފަހަތުން "ނޫނެކޭ" ޖަހާފައިވާ ފޮޓޯއަކާ އެކު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީން އެނބުރި އައުމަކީ އެ އިންތިޚާބުގައި ކުރި އުއްމީދުތައް ފުނޑުފުނޑުވުން ކަމަށެވެ.

" އަނިޔާވެރި ކަމާ ދެކޮޅަށް ގިނަ ބަޔަކު ވީ ބޮޑެތި ގުރުބާނީތައް އޭރުން، ވާނީ ބޭކާރު،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ އެންމެންގެ ވޯޓު ތިލަފަތަށް ނުވަތަ އެމްޑީޕީ އަށް ދިނުމަށް ގޮވާލައްވައިފައެވެ.

މީގެ ކުރިން ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 19ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަކީ ޔާމީންގެ ވެރިކަމުގެ އަސަރު ޤައުމުން ފުހެލުމަށްޓަކައި ރައްޔިތުންނަށް ލިބިގެންދާ ވަރަށް މުހިއްމު ފުރުސަތެއް ކަމުގައިއެވެ.

" ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިކުމެ ވޯޓުލާ، ރައީސް ޔާމީން ވެރިކަން ނިންމި ނަމަވެސް އެ މަސައްކަތް އަދިވެސް އެއްކޮށް ނުނިމޭ " ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޔާމީންގެ ވެރިކަމުގެ އަސަރު އަދިވެސް ރާއްޖެއިން ފުހެވިގެން ނުދާ ކަމަށާއި ތަރައްޤީއާ ދެކޮޅަށް މަސައްކަތް ކުރާ މީހުން ބަލިކުރަންޖެހޭ ކަމަށާއި، އެކަންކުރެވޭނީ ރައްޔިތުންގެ ވޯޓުންކަމަށެވެ.

“ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިކުމެ ވޯޓުލާ، ރައީސް ޔާމީން ވެރިކަން ނިންމި ނަމަވެސް އެ އެ ވެރިކަމުގެ އަސަރު އަދިވެސް ރާއްޖެއިން ފުހެވިގެން ނުދޭ. މަޖިލިސް އިންތިޚާބަކީ ޔާމީންގެ ވެރިކަމުގެ އަސަރު ޤައުމުން ފުހެލުމަށް ރައްޔިތުންނަށް ލިބޭ ވަރަށް މުހިއްމު ފުރުޞަތެއް“. ޚަރިޖީވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ވަޠަނީ

    ކަލޭ
    މޮޔަފުޅު ވީތޯ.

    91
  2. ސމީ

    ތީތަ މީހުންނަށް މާފް ދޭމީހަކީ ޣައްދާރު

    91
    • ސަރަވަނަ

      ޕްރިޕެއިޑްގަ ތާށިވީމަތޯ މަޢާފް ނުކުރާނީ މާސީދާ މީހަކަސް ވެގެން ގެ އަޅުއްވާފަ ހުރި ގޮތުގެ ވާހަކަވެސް ގޮވާ ނެގީ ގޭ ދޮރުމަތީގަ ތިބެގެން ރީދޫ ކުދިން މަމެން ނެތިންއެވާހަކަދައްކާކަށް

      32
  3. Anonymous

    ކަލޭ ކައިރިން މައާފައް އެދެން ޖެހޭ ސަބަބެއްނެތް. ގައްދާރު ޝާހިދު. ރާއްޖޭގެ ސިފައިންނާ ހަނގުރާމައަށް އިންޑިޔާގަ ސަލާމް ޖެހި ގައުމުގެ ގައްދާރެއް ތިއީވެސް

    96
  4. ޖޮއްބެ

    ޔާމީން އެނބުރި އަންނަންވެސް ޖެހޭ އަދި ކަލޭމެން ރީނދޫ ވަގުން ގިއްގަޅުވާލާ މައިތިރިކުރަންވެސް ޖެހޭ.

    108
  5. Anonymous

    ޕްރީޕެއިޑް ޝާއްޑޭ ހާދަވަރަކަށް ރައީސު ޔާމީނަށް ބިރުގަނެގެން އުޅޭނީ، އަހަރުމެންނަށް ހެޔޮ ކަލޭ ދުވަހަކު މަޢާފެއް ނުކުރިޔަސް، މަޢާފަށް އެދެންޖެހޭ އެންމެފަރާތެއްވާކަން ކަށަވަރުކޮށްގެން އަހަރުމެން މުސްލިމުން މިތިބީ އެއީ ހައްދަވާބޮޑުކުރެއްވި އަދި އަޅަމެން އިމްތިހާނު ކުރައްވާފަރާތް ގަދަ ކީރިތިވަންތަ ﷲ އެވެ. ރައީސް ޔާމީނު ވެރިކަމަށް ގެންނަން މަސައްކަތްކުރާ ރައްޔިތުން މިގައުމުގަ ތިބިކަމަށް ކަލެއަށް އެބަ ގަބޫލުކުރެވޭކަން އެގިއްޖެ، ވީމާ އެމަނިކުފާނުންގެ ސަޕޯޓަރުންގެ އަދަދު 75ޕަސެންޓަށްވުރެ މަތީގައިވާކަމަށްވެސް ޤަބޫލުކުރޭ، އެތައް ރައްޔިތުންގެ ޙައްގު ނިގުޅައިގެން ސަވާރުވެފައިވާ ވެރިކަމެއް އިރާދަކުރެއްވިއްޔާ ރަނގަޅަކަށް ދެމި ނޮއޮންނާނެ، ﷲގެ އިރާދަފުޅުން މިކަލޭގެމެން އަވަސްގޮތެއްގާ ބަލިކުރައްވާށި އާމީން.

    93
    1
  6. Anonymous

    ކަލޭގެ ބިމެއްތަ މީ.

    86
    1
  7. އަނަރޫފަ

    އަސްތާ 4 އިނގިލިން ނުފޮހެ ފަސް އިނގިލި މިހާރު

    71
  8. Anonymous

    ޔާމީން އެނބުރި ވެރިކަމަށް ގެނައުމަށް މަގުފަހިކުރާ މިގައުމުގަތިބި އެމަނިކުފާނުގެ ސަޕޯޓަރުންގެ 75% ޕަސެންޓް ރައްޔިތުން ކަލޭކާރިން މާފެއްހޯދަން ބޭނުމެއްނުވާނެ، މިގައުމުގަ އެއްވެސް ޒަމާނީ ތަރައްގީއެއްނެތި ރައްޔިތުން ތަރައްގީއަށް ފެންބޮވައިގެންތިއްބާ ކުޑަދުވަސްކޮޅެއްގެތެރެއިން ހީވެސްނުކުރާފަދަ ކޮލިޓީ ބޮޑެތި ތަރައްގީތައް ގެނައީ އެމަނިކުފާނުގެ ވެރިކަމުގަ، ގިނަ ރައްޔިތުންތިބީ އެކަމަށް އަގުވަޒަން ކޮށްގެން، ކަލޭމެން ރިޝްވަތަށް ވެރިކަން ފޭރިގެންތިބީ ދޮތަ؟؟ ކަލޭ ކަންބޮޑުވެގެތިއުޅޭ އެނެއްސަބަބަކީ ރ.ޔާމީނުގެ ދައުރުގަ އެކަނި ކަލެއަށް މި ގައުމުން ނާޖާއިޒު ފައިދާ ނުނެގުނީ، ޑިކްޓޭޓް 30އަހަރުގައާއި އެމްޑީޕީ ގުންޑާ ވެރިކަމުގަ ކަލޭވަނީ ރިޝްވަތާއި ނާޖައިޒު އެތައްފައިދާތަކެއްނަގާފަ ވިއްޔާ

    86
  9. ޖާބިރ

    ހެޔޮ ކަލޭ މާފުނުކުރިޔަސް

    84
  10. ހުސޭނުބޭ

    ބިރުގަންނަވަން އުޅޭނެކަމެއްނެތް! އަހަރެމެން ކަލޭގެ ކިބައިން މާފެއް ނޭދެމު!

    58
  11. މަލާ

    މީ ކޮންތާކުންފެޅި އަނގައެއްތަ؟

    58
    1
  12. ނަސީދު

    ޑައުލަތުން 29މިލިޔަން ދަތުރުތަކައް ހަރަދުކޮއްގައުމް ވިއްކާލަން ވެސް މިދިޔަޢީ ރައްޔިތުމީހާގެ ޓެކްސްލާރިން

    60
  13. ސަންކަރު

    ދެންވީ މިކަލޭގެ ހިފާހައްޔަރުކުރަން މިދިވެހިންވިއްކަންލާފަހުރި ބޮޅައެށް

    51
  14. އޯހް

    އިދިކޮޅު ރައްޔިތުން ކަލޭގެ މަޢާފް ބޭނުމެއްނުވޭ. ހަމަ އެކަނި ރައްޔިތު ކަމުގެ ސެޓްފިކެޓް ލިބެނީ ރީނދޫ ހުން ޖެހުނީމަތަ؟؟

    51
  15. ޖީވަންޓޭ

    ކަލޭ ކައިރިން މާފު ހޯދަން ޖެހޭ މީހެއް މި ގައުމަކު ނުހުންނާނެ. ކަލޭ ޖެހޭނީ ރައްޔިތުން ކިބައިން މައާފަށް އެދެން. ޚިޔާނާތް ވެފަ ހުރީ ކަލޭ. ކަލެއަށް ރައްޔިތުންނެއް ޚިޔާނާތެއް ނުވޭ.

    48
  16. ދދ

    ޔާމީން އެނބުރި ރާއްޖޭގެ ތަޚްތަށް ވަޑައިގަންނަވާ
    ދުވަސް ވަރަށް ކައިރިވެއްޖެއެވެ ރ ޔާމީނަކީ
    މިގައުމުގެ ތަރައްގީގެ ބާނީއެވެ އަދި ބިނާކުރަނިވި
    ރައީސް އެވެ މޑޕ އާއި އެމުޑުދާރު ފިކުރު
    ވިއްކުމަށް އަރުވާޖަހައިގެން މިއުޅޭ ރޮނގާލިންނަކީ
    މިގައުގެ ހަލާކެވެ.

    56
  17. ބެއްޔާ

    ކަލޭގެ ކިބައިން މަޢާފަށް އެދެންޖެހޭ ސަބަބެއްނެތް. ފުރަތަމަ ޝާހިދު ޖެހޭނީ ރައްޔިތުންގެ ކިބައިން މަޢާފަށް އެދެން. ރައީސް އޮފީސް ހަދަންގެނައި ތަކެތިން 10 ބުރީގެ ގެއެއެއް އެޅުމާއި 2 ލިފްޓް ހަރުކުރުމާއި މައުމޫނު ދުވަސްވަރު ސަރުކާރުން ނުދައްކާގޮތަށް ފައިސާ ނަގާފައިހުރުމާއި... މިއީ ހައްތަހާވެސް އެމްޑީޕީން ގޮވި ގޮވެލިތައް.

    55
    1
  18. ޔަހުޔާ

    ޔާމީނު ދެކެ ހާދަ ބިރެއް އެބަގަނެޔޭދޯ. ތިޔަށްވުރެން ރަނގަޅުވާނެ ލަންޑަނުގައި ތިބި ކަލޭގެ ދަރިންނާއި އަނބިންގެ އޮރިޔާން ނިވާކުރަން އުޅުނިއްޔާމު.

    37
  19. ދޮންބެ

    މިގައުމު އިންޑިޔާއަށް ވިއްކާލާ، ބަރުލަމާނީ މިގައުމަށް ތަޢާރަފްކޮށް ލާދީނީ އަންނިޔަށް މިގައުމު ހިބަކޮށްދޭން މަސައްކަތްކުރިބަޔަކަށްވެސް މަޢާފެއްނެތް. އަދިކަލޭމެންގެ މަޢާފެއްބޭނުމެއްނުވެސް ވޭ އަމުދަކުން.

    33
  20. ޢަލީ

    ތިހެން ކިޔަންވެސް ޖެހޭނެ، ތީ އާވާހަކައެއްނޫން، މަޤާމް ގެއްލިދާނެތީ ތިވާހަކަ ދައްކަނީ، ކޮންމެހެން ޔާމީނު ކަމެއްކޮށްގެންނޫންދޯ؟

    28
  21. ޏަމްޏަމް

    މިވެރިކަން ނިމުނުހާ އަވަހަކަށް މިކަލޭގެ ޖަލައްވައްދާނަން އަދި އުމުރުން ދުވަސްވެ ގައިބާރު ނެތި ވަރުދެރަވެފައި ހުއްޓަސް އަހަރުމެން ޝާހިދަކަށް މައާފެއް ނުކުރާނަން.

    31
  22. ބުރޯ

    ޔާމީނު ވެރިކަމަށް ގެނެސް ސާހިދު ޖަލަށް ލާނީ ގޭގެ ތަހުގީގު ހިންގުމަށް ފަހު ސާހިދުގެ ދުލުން އިއުތިރާފަ ކުރުވާފަ،

    32
  23. ސާކިރު

    ޝިއުނާ އައްތަ މޮޔަފުޅު ވެގެން.. އުޅުއްވާ ގޮތެއް..

    29
    • ޒީރޯ ކަރަޕް

      މިހާރުވެސް މީނަ ގޭގަ އިން ލިފްޓަކީ މައުމޫން ސަރުކާރުގަ ރައީސް އޮފީހައްގެނައި ލިފްޓް އަދި މިވިދެތިން މަސްތެރޭ 29 މިލިޔަން ރުފިޔާ ކާލައިފި އެކަމަކު ޒީރޯ ކަރަޕްޝަން ﷲ އަޅަމެން މިއަނިޔާވެރިންގެ ކިބައިން ސަލާމަތް ކުރައްވާށި

  24. ބާރީ

    ފާތިހާ އިމާރާތުގެ ބޮޑެތި ވަގުން ރައީސް އޮފީސް އިމާރާތް ހެދި އިރު ހިންގި ބޮޑެތި ވައްކަމާ އިގިރޭސި ވިލާތުން ގަނެފަ ހުރި ބޮޑެތި ބިޔަ ގެތަކުގެ ވަގުން ދެން އަގަ ހުޅުވިޔަ ދީގެން ނުވާނެ. 6 އެޕްރިލް އަކީ މިޒާތުގެ ވަގުންގެ ދޫބުރިވާ ދުވަސް. ރަކިވާ ދުވަސް. ސިޔާސީ ހަޔާތް ކަމަށްބުނާ ހަޔާތްވެސް ނެތިކޮށްލެވޭ ދުވަސް. މިޒާތުގެ ވަގުން މިހާރު ތިބީ ހަމަ ތުރުތުރު އަޅާ ބަލިޖެހިފަ

    10
  25. އަހުމަދު

    ރައީސް އޮފީހުގައި ހުރެގެން ކިތައް މީހުންނަށް މައުމޫން ވިދާޅުވިއޭ ކިޔާފައި ކަލޭ ބޭނުން ގޮތްގޮތަށް ޖަވާބު ދިނިންތަ ... ކުރިން ކަލެއަކީ ޔާމިންގެ އެއް އަތް އެހާ އެތުބާރު ކުރި މިއަދު ކަލެއަށް ވީގޮތަކީ... ދަންތުރައެއްގައިޖެހެވުނި.... އަތަމާ އިބްރާހިމް ދީދީ އަށް ކަލޭ ދިން ލަނޑު ކުޑަތަ މާ މާތް މީހަކަށް ވެގެން ތިއުޅެނީ ކުރިމަތީގައި ބޮޑު މިސްކިތެއް ހުންނަ އިރު ނަމާދަށް އަރާލަން ކިރޭތެ...... އަދިބުނަންތަ ޖީ އެމް އާރު އަތުން ކަލެއާއި ތަސްމީން ނެގި ފައިސާގެ މައްސަލަ އަހަރެމެން ބަލާނަން އަދި ތިޔަ ގެ އެޅުނު ގޮތްވެސް ކަމިޝަނެއް ހަދިގެން ބަލާނަން ........ ކަލޭގެ ގޭންގް އެޖެންޓަކީ ޗާނދަނީ ސުޖާއެއްނު ... މިސަރުކާރުން ވެސް އޭނާއަށް ވަޒީފާއެއް ހޯދާ ދީފީމެއްނު..... މިސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކަލޭ ވަނީ ދަތުރު ތަކަށް 29 މިލިއަން ރުފިޔާ ޚަރަދު ކޮށްފައި .... މިގައުމުގެ މިހާރުގެ ޖީވަން އަކީ ކަލެއޭ ވެސް ސައި ހޮޓާ ތަކުގައި ކިޔާ އުޅޭ

  26. ނަޝީދާ އަޙްމަދު

    ކަލޭ ބިރުން ތެޅޭނޭކަމެއް ނެތެވެ. އިންޝާއަﷲ ތަރައްޤީގެ ބާނީ ރައީސް ޔާމީން އެނބުރި ވެރިކަމަށް އައުން އޮތީ ދާދި ގާތުގައެވެ. ކަލެޔަށްވެސް ރަގަޅުވާނީ ވަގުތު އޮއްވާ ގޭގައި މަޑުކުރުމެވެ. ހިލޭލިބުނު ރުފިޔާގެތެރެއިން 1.8 ބިލިޔަން ރުފިޔާ ފަސްމަހުގެ ތެރޭގައި ތިތިބީ މަޅާލައިގެންނެވެ.

  27. އިބިރިހިންބެއްޔާ

    ޔާމީންއެއީ ފުރޭތައެއްތޯ. އެވެސް ކައްޓާ މަހުން ހުރި އިންސާނެއްވިއްޔާ އިރުއިރު ކޮޅުން ބިރުވެރިކަމެއް ވާން އުޅޭހެން އެބޭފުޅާ ތިޔަ ސިފަކުރަނީ