މިއަދު އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން 66 ގޮނޑި ކާމިޔާބު ކުރުން ގާތް ކަމަށް މިހާތަނަށް ލިބިފައިވާ ނަތީޖާ އިން ދައްކައިފިއެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ޖޭޕީ އަށް ކާމިޔާބު ކުރެވޭނީ ހަ ދާއިރާ އެވެ. މައުމޫންގެ ތާއީދާއި އެކު 20 ކެންޑިޑޭޓަކު ވާދަކުރިއިރު އިންތިޚާބު ކާމިޔާބު ކުރެވުނީ އެންމެ ބޭފުޅަކަށެވެ.

ޕީޕީއެމްއަށް އެންމެ ތިން ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ބެލެވޭއިރު ޕީއެންސީ އަށް ވެސް ކާމިޔާބު ކުރެވުނީ އެންމެ ތިން ގޮނޑިއެވެ. އަދާލާތު ޕާޓީ އަށް ވެސް ކާމިޔާބު ކުރެވޭނެ ކަމަށް ބެލެވެނީ އެންމެ ގޮނޑިއެކެވެ. ބާކީ އަށް ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ މިނިވަން ކެންޑިޑޭޓުންނެވެ.

ބައެއް ދާއިރާތަކުން ވަރަށް ކުޑަ ތަފާތަކުން ކެންޑިޑޭޓުން ކުރީގައި އުޅުއްވާތީ އަދަދުތަކަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައުން ވެސް އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހިރިޔާ

    އިއްޔެގެ އިންތިޚަބުން މިދައްކައިދިނީ އެމްޑީޕީގެ ފިކުރު ރާއްޖޭގައި އޮތްމިންވަރެއްނޫން ރާއްޖޭގެ ގިނަ ރަޢިއްޔަތުންގެ ސްލޫކީ މިނަގަނޑު ރައްޖެއަށްބެނުންވަނީ ތަޢުލީމީ މީހުންނޫންކަމާއި ބޭނުންވަނީ އަދަބާއި ސަދަބު ވެސް ނޫންކަން މިފަހަރުގެ މަޖިލިހަށް ކުރިމަތިލެއްވި ތަޢުލީމީ ބޭފުޅުން ހޮއްވެވިނަމަ އަހަރެމެންގެ ދަރިންނާއި ދަރިންގެ ދަރިންގެ މުސްތަގުބަލަށްއެއްމެފައިދާހުރިގޮތުގައި މިގައުމުގެ އަދާލަތު ރާވަލަނެ ފެންވަރުގެ ތަޢުލީމީ ބޭފުޅުން މިފަހަރުގެ މަޖިލިހަށްވަނީ ކުރިމަތިލައްވާފައި

    17
    8
  2. ޞިރާޠު

    އިދިކޮޅު ލީޑަރު ބަންދުކޮށް ، އިދިކޮޅަށް ޚަރަދުކުރެވޭނޭމަގުތައް ބަންދުކޮށް ، އިދިކޮޅު ޓީވީގެ އަޑު ކަނޑާލާ ، ދިހަހާހުން ، ފަނަރަހާހުން ރުފިޔާބަހާ މިވަރުން ދިޔާމާ ތިވަރުވެސް މަދެވެ.

    18
    6
  3. ....

    إنا لله وإنا إليه راجعون. ގައުމަށް އައި ކަޅު ދުވަހެއް