ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ނާކާމިޔާބުވީ ވަގުންގެ އަތުގައި ޖުމްހޫރީ ޕާޓީން ހިފުމުން ކަމަށް މިހާރު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވިދާޅުވުމުން ޖުމްހޫރީ ޕާޓީގެ ކައުންސިލް ވަޓްސް އެޕް ގުރޫޕްގައި ގާސިމް އިބްރާހިމް އެބޭފުޅުންނަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

ގާސިމް ވިދާޅުވީ 2009 ވަނަ އަހަރު މަޖިލިސް އިންތިޚާބުގައި ޖޭޕީން 30 ދާއިރާއެއްގެ ކެންޑިޑޭޓުންނަށް ޚަރަދުކޮށްގެން ހޮވުނީ އޭނާ އެކަނި ކަމަށެވެ.

"ބަލަ 2009 ގައި ވެސް ޖޭޕީއިން ޓިކެޓް ދީގެން އެއްވެސް ބަޔަކާ ބައިވެރިނުވެ 30 މީހަކަށް ހަރަދުކޮށްގެން ހޮވުނީ ގާސިމް އެކަނި، އެއީ ކީއްވެގެން ކާކު ކޮން ވަގަކަށް ވެގެން، ތިޔަކަހަލަ ވާހަކަ ދެއްކުމަކުން ނުސިހޭނެ، ތިޔަ ވާހަކަ ދައްކާ އެކަކު ވެސް މި އިންތިހާބު ކާމިޔާބު ކުރުމަށް ކޮށް ދެއްވި ކަމެއް އެބަ އޮތްތޯ،" ގާސިމްގެ މެސެޖްގައި ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކަމެއްކޮށް ނުދީ ތިބެގެން ފާޑުފާޑު ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެމްޑީޕީއިން އެންމެ ފަހު ދުވަހު ވާރޭހެން ފައިސާ އޮއްސާލި ކަމަށާއި ސަރުކާރުން އެކި ވަޒީފާތައް ދޭނެ ކަމުގެ ޔަގީންކަން ވެސް ދިން ކަމަށް ވިދާޅުވެ ގާސިމްގެ ތުހުމަތުތަކެއް ވެސް އެމްޑީޕީގެ މައްޗަށް ކުރިއެވެ.

"ވަގުގެ އަތުގައި ހިފައިގެނެއް ނޫން ގޮނޑިތައް ނުނެގުނީ، އެންމެ ފަހު ދެ ދުވަހު އެމްޑީޕީއިން ވާރޭވެހޭ ގޮތަށް ފައިސާ އެޅީ،" ގާސިމް ވިދާޅުވި އެވެ.

އިންތިޚާބުން ބަލިވި ދެވަނަ ސަބަބެއްގެ ގޮތުގައި ގާސިމް ވިދާޅުވީ ޖޭޕީގެ އިސް ބައެއް ބޭފުޅުން "ޖޭޕީއަށާއި ގާސިމަށް ބެވުމެވެ."

"އަނެއްކޮޅުން އަހަރެމެންގެ ތެރެއިން ޖޭޕީއަށާއި ގާސިމަށް ބަވަމުން ދިޔައީ އަހަރެމެންގެ ތެރެއިން ނޫންބާ މިހާރު ވެސް ތިޔަ ބަވަނީ ގާސިމަށް ނޫންތޯ، މާ އަޑުގަދަ ކުރައްވާނެ ކަމެއް ނެތް، ތިޔަ ބޭފުޅުންނަށް ފެންނަ ގޮތަކަށް ކަންތައްތައް ކޮށް ލައްވާ." ގާސިމް ވިދާޅުވިއެވެ.

މިހާތަނަށް ނަތީޖާތައް ދައްކާ ގޮތުން އިންތިޚާބުގައި ކާމިޔާބު ހޯދުނީ ޖޭޕީގެ ހަތް ކެންޑިޑޭޓަކަށެވެ. އެ ޕާޓީއިން ޖުމްލަ 41 ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު

56 ކޮމެންޓް

  1. ޖޭމުސްބޮންޑު

    ބަލިވީ ޤާސިމް ބެހި ބިލިއަންރުފިޔާތައް މީހުން ނަގާފަ ދޯކާދިނިމައޭ ބުނެބަލަ..

    123
    106
  2. ހައްޤުބަސް

    ދެން ތިޔަ ހެންކިޔާ...ތިޔަށްވުރެއް ގިނައިން ފައިސާ ބަހާ މެންބަރުން ގަންނަ މީހަކު ނެތް.. އަދި ވެސް ސައިޒުވާން ނުވޭދޯ؟ މާދަމާ ބުނާނެ ވޯޓު އޮޅުވާލީއޭ ކަރުދާހުގެ މައްސަލައެކޭ ފާހަގަ ފޮހެވެނީއޭ ދެލިފިލަނީއޭ.. ކިޔާފަ އަވަހަށް ކޯޓަށް ދުވޭ އިންތިހާބު ބާތިލުކުރަން

    104
    97
    • ނުވާނެ

      ކަލޯ ދެންއެހެން ވިއްޔާ ޖާބިރޯ

  3. އާނާ

    އެމްޑީޕީ މީހެއްގެ ހައިސިއްޔަތުން ބުނަމެވެ. ހިންނަވަރުދާއިރާ އިއްޔެއާހަމައަށްވެސް އޮތީ ޢަބްދުﷲ ނާޒިމަށެވެ. އެކަމާ ބިރުން އިބޫ އައިސް މިލިޔަނުން ރުފިޔަ އަޅާ ، ފަތްބޯ އެންމެން ގެނެސް ފެލިވަރުން މަޤާމުތައްދީ ހެދީ މި ލޮލުގެ ކުރިމަތީގައެވެ. ކުރިން ފެލިވަރުން ވައްކަންކޮށްގެން ކަނޑާލާފައިތިބި އެންމެން ގެނެސް އެމީހަކު އެދޭ ވަޒީފާއެއް އެމީހަކަށް ދިނެވެ. 150 ޕްރޮމޯޝަން ބެހިއެވެ. މިއީ ﷲ ގަންދީ ބުނާ ޙައްޤު ތެދެވެ.

    154
    172
    • ވަރަށްދެރަ

      އަހަރެމެން އެދެން މިއިންތިހާބު ރިޝްވަތުގެ ކުށް ސާބިތުކޮށް އަލުން އިންތިހާބު ބާއްވަން. މިއިންތިހާބުގަވެސް ކޮރަޕްޝަނާ ރިޝްވަތުގެ އެތައް ކަމެހިގައިފި. އަމިއްލަ ކެންޑިޑޭޓުންވެސް އިސްނަގައި މިކަންކުރަންވީ މިއީ ގައުމައްޓަކާ އެއްމެ ފަހު ނޭވަޔަށްވެސް ގުރުބާންވާންވީ ވަގުތު. ދެންވާނެގޮތެ ބަލަން ނުތިބެ ވަގުތުގެ ބޭނުންހިފާ. ގައުމު މިދިޔާ ވަރަށް ނުރައްކާތެރި އަދަވަޅަކަށް ﷲއައްޓަކާ އެއްމެ ފަހުގެ ކަމެއްގެ ގޮތުގަނަމަވެސް މިކަންކުރަންވީ.

      18
      8
  4. ނަހޫ

    ތިއޮތީ ބޮޑުތަނުން ބަލިވެފަ. ވަގުންނަށް މިގައުމުން ޖާގަނެތްކަން ހާމަވެފަ. އަދި ވަގުންނާ ގުޅުންއޮންނަ ބަޔަކައްވެސް މިގައުމުން ޖާގައެއްނެތްކަން ހާމަވެފަ. ދެންވެސް ވިސްނަބަލަ.

    92
    95
    • ޥިންދު

      އެއީ ހަމަ ވަރަށްބޮޑު ތެދެެއް. ޙަޤީޤީވަގުން ގިނައީ މަޖިލީހަށް ހޮވިފައިތިބި މީހުންގެ ތެރޭގައި. ﷲށް ޚިޔާނާތްތެރިވުން އެއީ އެންމެބޮޑު ވައްކަން. އެކަލޭނގެ ޙުކުމްފުޅުތައް ބޮލާލާ ޖެހުމަށްފަހު ޙަރާމްކަންތައްތައް ތިޔަ މަޖިލީހުން ފާސްކުރަމުންދާނެ އެއަށްވުރެ ބޮޑު ވައްކަމެއް. އަނިޔާއެއް ނޯންނާނެ.

      12
      3
  5. ހަސަން ނުވަވަނަ

    ފެންފޯއްވަޒީރުމެން ވަޒީފާގެ ބިރަށް އެއުޅެނި

    93
    14
  6. ވެރިން

    ގާސިމް ބުނަޏަސް ތީ ވަރަށް ބޮޑު ތެދެއް ލާރި ބަހާލީ ތިބާހެނެއް ނޫން.ދެން ގައުމުގެ ވެރި މީހާ ނުކުމެ މަގާމުގެ ނުފޫޒު ބޭނުން ކޮއްގެން ވަޒީފާ އޭ ގޯއްޗޭ ވޯޓު ދިނީމަ އޭ ކަންކަން ފަސޭހަ ވާނީ ކިޔާއިގެން ވޯޓަށް ނުފޫޒު ފޯރުވި އިރު ތަލަ ޝަރީފުހުރީ ކަންފަތް ބީރުވެފަ.

    107
    103
  7. މާވަޑި ފަލާހް

    ސޭޓް ނޫނީ ލާރިބަހައިގެން އިންތިހާބު ކާމިޔާބުކުރަން މަސައްކަތްކުރާ މީހެއްނުހުންނާނެ އަދި ލާރި ދީގެން މެމްބަރުން ގަންނަ މީހެއްވެސް ނުހުންނާނެ. އެހެންނަމަވެސް މީހާރު ދިވެހި ރައްޔިތުންނަށް އެކަމަކީ މުސްތަޤްބަލްގައި އެއްވެސް ފައިދާއެއްވާކަމެއްކަމަކަށް ނުވޭ. އެހެންވީމަ މިފަހަރު ސޭޓްބެހި ފައިސާނަގާފަ އެންމެންވެސް ވޯޓްދިނީ ސޭޓާ އިދިކޮޅަށް

    82
    84
  8. ހިހި

    ކަލޯ ކަލޭ ބެހި ފައިސާ މަދުތަ؟

    59
    52
  9. އިއްބެ

    މިހާވަރައް ހާމަކަން ބޮޑު ކޮށް ފައިސާ އާއި މަސްތުވާތަކެތި ބެހި ފަހަރެއް ނުދޭ އެމްޑީ މިގޮވާ އިންސާފުވެރި އިންތިޚާބް މީ ގާސިމް ނުބުނިޔަސް ހުރިހާ ރައްޔިތުން ހެކިވާނެ ކޮބާތަ ތިބުނާ އޮބްޒާވަރުން ރައްތަކުން އެމީހުން ބޭލީތަ ކޮބާތަ ތިބުނާ އިންސާފްވެރި ފުލުހުން މީހުން ގެއްލެނީ ނޫނީ ވަގުސަރުކާރުން ވަގައް ނަގަނީ މިޔޮތީ މި މީހުންގެ ސުޕަމެޖޯރޮޓީ ލިބިފަ ހިނގާ ބަލަން ތިބެމާ

    60
    20
  10. ވެރިން

    ތިޔަ އޮތީ މޮޅުވެފަ،ކޮއްދޭން ބުނި ކަން ތައް ތައް ނުކޮށް އެހެން ކަންތަކާ އުޅެ ނުގެއް ނާތި، އޭރުން މަންޒަރު ވަރަށް ހަޑިވާނެ.

    43
    6
  11. Anonymous

    ސޭޓްބެހިއެއްޗެއްބެހީ

    27
    33
  12. އަންސަލް

    މިހިރަ ބޮޑު ސޭޓާ.. ކަލެއަށް ތި ކިޔޭ ނުކިޔޭ އެއްޗެއް އެބަ އިނގޭތަ. ކަލޭ ފައިސާ ދީގެންވެސް ކަލޭ ހީކުރިވަރު ނުވީމަ އެމްޑީޕީ ދޯ ގޯސްވީ........ ހަހަހަހަހހަހަހަހަަ

    40
    40
  13. އަންސަލް

    ޕީޕީއެމް މީހެއްގެ ހައިސިއްޔަތުން ބުނަމެވެ. އިއްޔެ އަޅުގަނޑަށް ހަމައެކަނި ގާސިމް އަތޮޅަށް ފައިސާ ބަހަން ހުންނަ ސޮރު އަޅުގަނޑު އަތަށް އެއްލައްކަ ފަންސާސް ހާސް ރުފިޔާ ދީފައި ބަހާށޭ ބުންޏެވެ. އެލާރި ހިފައިގެން ބެހީ ހަމަ ހުދު އަޅުގަނޑެވެ. އަދި އޭގެން ގިނަ ފައިސާ އަޅުގަނޑު ކާލީމެވެވެ.

    26
    39
    • ސަން

      ތި ފާޑައް ވާހަކަ ދައްކާ އުޅެނީ ހަމަ އެމްޑީޕީ ގުންޑާއިން ލާރިވެސްކާނެ ބުރަކައްޓައް ވަޅިހަރާނެ ދީންވެސް ގަބޫލު ނުކުރާނެ

      53
      19
  14. ނިހާނު ހުސެން

    ޝުކުރިއްޔާ ޤާސިމު، ޤާސިމު ގެ އަވާގަ ޖެހުނީމަ ޔާމިނަށް ވޯޓު މަދުވީ، ވޯޓުތައް ބެހިގެން ދިޔައީ! ޔާމީނު މީހަކު ނެރިފަ ހުރި ކިތައްމެ ދާއިރާއަކަށް ޤާސިމު ނެރިފަ ހުރި މީހާއަށް ޔާމީނު ބުނީ ތާޢިދު ކުރާށޭ، އޭރު ޔާމީނު ނެރުނު މީހާ ކެމްޕެއިން ކުރާތާ ކިތައްމެ ދުވަހެއް! އެމީހުން ނަށް ޔާމީނު ކެމްޕެއިން ކޮށްދިންނަމަ ނެގޭނެ ކިތައްމެ ގޮނޑިއެއް އެބަހުރި! އެކަމަކު ޔާމީނަކީ ދުރުވިސްނޭ މީހެއްނޫންކަމުން މި ބޮނޑިބުއީ! ޕަކާސް

    39
    8
  15. އަންސަލް

    "މިހާތަނަށް ނަތީޖާތައް ދައްކާ ގޮތުން އިންތިޚާބުގައި ކާމިޔާބު ހޯދުނީ ޖޭޕީގެ ހަތް ކެންޑިޑޭޓަކަށެވެ. އެ ޕާޓީއިން ޖުމްލަ 41 ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރި އެވެ."

    ގޮތް ދޫނުކުރުމުގެ ނަތީޖާ ވަރަށް ސާފުކަން އޮންނާނީ ސޭޓަށް އިނގިފައެވެ.

    35
    14
  16. އައިޝާ ސަނާ

    ތި ގޮވެނީ ގުދޯ ގުދޯ. ހެއް ހެއް .. އެމީހަކު ކުރާކަންކަން އެހެން މީހުން ވެސް ކުރާނެކަމަށް ވަރަށް ހީވާނެ .. ތިޔަޔަށް ކިޔަނީ ހަސަނަށް ހީވާނޭ ކެޔޮގަނޑު ކަނޑަންށޭ އެއުޅެނީ.. ތި ގާސިމެއް ނޫންތަ ކޮމްޕިއުޓަރާ ލެޕްޓޮޕާ ވަޒީފާޔާ ބެހީ .. މިހާރު ތައްޔިތުން މާ ހޭއަރައޭ. ތިހެން ޝާކަށް ފީޑްކުރާހެން ފީޑް ކުރިޔަސް ވޯޓްލާނީ ހަމަ ލާނެ ބަޔަކަށް .. ދެންވެސް ތިކަން ހުއޓާފަ ގޭގަ ހުރެބަލަ. މޮޔަފުޅުވީމާ ދެން މޮޔަނުވާ މީހުން ގާސިމުގެ ބަހެއް ނާހާނެ.

    18
    16
  17. އަހުމަދު

    ބަލަ ސަރުކާރުން ވީ ވަޒީފާއާ ގެދޮރުގެ ވައުދު ތަކުގާ ތި ޤާސިމުވެސް ބައިވެރިވެޔޭ، ކޯލިސަނެއް ނޫންތޯ؟

    23
    8
  18. އިން

    ތިބުނީ ވަރަށް ބޮޑު ތެދެއް......

    16
    3
  19. ބޮޑުބެ

    ދެންކުރާނެ ކަމެއްނެއް. ބޯންޖެހޭ ބޮނޑި ތިއޮތީ ބޮވިފަ. ޢަވަހަ ރައީސް ކަމުން އިސްތިއުފާ ދީފަ ވަޑައިގަންނަވާ

    20
    8
  20. މަސްވެރިޔާ

    ވަގަށްގޮވި 11 މެންބަރުންވީ ފެއިލް. މިއުޅެނީކޭ ވަގެއް މަކަރެއް ވެގެން ނޫން، ރައްޔިތުންގެ އަތުގަ ފައިސާ ނެތީމަ ފައިސާއަށް ވިކުނީ. ޑިމޮކްރެސީއަކީ މިކަހަލަ އެއްޗެއް، ޕީޕީ އެމުން، އަދި ޖޭޕީންވެސް ރަގަޅު ކެމްޕެއިނެއް ކުރުމުގެ ރޫހެއްނުފެނޭ. ... ރައްޔިތުން ބޭނުންވަނީ ޖީބަށް ފައިސާ ލިބެން... ރ.ނަޝީދަށް ބޮޑް ވަޒީރު ކަން ލިބެނީ. މިއޮތީވާ ކަމެއް.

    31
    3
  21. މަރީ

    ފުވައްމުލަކަށްވެސް އެންމެ ފަހު ވަގުތު ހާދަ ފައިސާއެއް ބެހިއޭ. ހަމަ ހައިރާންވެފަ މަ ހުރީ.

    30
    8
  22. Anonymous

    ވަގުކަލޭގެ ހީކުރާނީ އޭނާ ކުރާކަން ދެންތިބި ބަޔަކުވެސް ކިރާނެއޭ!
    މީނަގެ އެދުންވެރިކަން ބޮޑުކަމުން ޖެހޭތަކު މި ޖެހެނީ.

    17
    15
  23. މަރީ

    މިހާރު ނޫހަކީ ރާއްޖެއަށް އޮތް އެންމެ ބޮޑު ބިރު. އެމްޑީޕީގެ ނެގެޓިވް ހަބަރުތައް ގެނެސްދެނީ ވަރަށް މަދުން، ގެނެސްދޭއިރު ހުންނަނީ އެ ފޮރުވާފަ. އިދިކޮޅު މީހުންގެ ހަބަރު ގެނެސްދޭއިރު ބަސްތައް އަތުރާފައި ހުންނަނީ ދެމާނަ އެކުލެވޭ ގޮތަށް. އެހަބަރުތައް ފްރޮންޓް ޕޭޖަށްވެސް އަރުވާ. އެމީހުން ހާދަ ވަރުގަދަ ސައިކޮލޮޖިކަލް ގޭމެއް ކުޅެއޭ.

    31
    13
    • ކޮތަރު އިމްރާނު

      އެކުދިންނަށް ހާދަ ލާރިއެއް އަޅައޭ.

      6
      1
  24. ޢަލީ މާލެ

    މިވެރިކަމުގަ ލިބުނު އެހީގެ ތެރެއިން 1.8 ބިލިއަން ރުފިޔާަގެއްލިއްޖޭ ރައީސް ސޯލިހް ބުނިވާހަކައިން ވެސްއެނގޭ ރައީސް ސޯލިހަކީ ބޮޑު ވަގެއްކަން

    35
    15
  25. ކިޔުންތެރި

    "ބަލިވީ ވަގަކާ ހެދިއެއް ނޫން، އެމްޑީޕީން ފައިސާ ބެހީމަ - ގާސިމް "
    މައުނައީ: ވަގެއް ކަން ގާސިމް އައް އެގޭކަން، އަދިއެވަގުގެ އަތުގަ ހިފިކައް

    16
    11
  26. އަޙްމަދު

    މަޖްލީހުގެ ސުޕާރ މެޖޯރިތީ އެމްޑީޕީއަށް ލިބުމަކީ ބޮޑުމައްސަލައެއް! އުއްމީދު ކުރަނީ ރަނގަޅަށް ދާނެކަމަށް!

    25
    7
  27. ޙަސަން

    ސާބިތު ކޮއްދެވޭނެ

    10
    3
  28. ޝާން

    7 ގުދު އޮތް މީހާ 1 ގުދު އޮތް މިހާއާއި ދިމާލަށް ގުދޯ ގުދޯ އޭ ގޮވީމަ ކަމަކުނުދޭ. ޤާސިމް މިއިންތިހާބަށް ކުރިމަތިލީ މީހުންނަށް ބަހަން ދިންފައިސާ ގެ އަދަދު ހުދު ޤާސިމްއަށް ވެސްނޭގޭނެ.

    10
    5
  29. ދަވޭ

    ވޯޓުން އެމްޑީޕީ ފުރާލައި، ފަޚުރުވެރިކޮށްފި ނަމަ ދެން ވެސް އެމްޑީޕީން ރާއްޖެ އިންޑިއާ އަށް ވިއްކާލުމަށް ޓަކައި އެމެން ގާނޫނު ތައް ހަދާނެއޭ ވެލާނާ އެއާރޕޯރޓް ގައި 6 ހާސް އިންޑިއާ ސިފައިން ބަރު ހަތިޔާރާއި އެކު ތިބެން އެކަން މަނާ ކުރުމަށް ޓަކައި އެބަޖެހޭ އިދިކޮޅު ޖޭޕީ އާއި ޕީޕީއެމް އަދި ޕީއެންސީ އާއި ދެން ހުރި ޕާރޓީ ތަކުން ކޯލިޝަން ހަދައިގެން އިދިކޮޅު ވަރުގަދަ ފޯރސް އެއް އުފައްދަން އޭގައި ލީޑް ކުރަން ނެރެންވީ އުމަރު ނަސީރުއޭ އެއިރުންނޭ ދެން ހިނގާނީ

    14
    6
  30. އަލްޖިބްރާ

    މީގެ ކުރިން އަދުރޭ ،ނިހާނު މިޒާތުގެ މީހުންގޮވަމުން ދުވީ ވޯޓް އޮޅުވާލީއޭ ، ފާހަގަ ވެއްޓެނީއޭ، ޤަލަމުގެދެލި ފިލަނީއޭ ! މިހާރު ބުރުމާ މިގޮވަނީ ފައިސާ ބެހީމައޭ ! ބަލަ ކަލޭވެސް ތީ ފައިސާބެހުމުގެ މުލުވަގެއްނު ؟ ފައިސާހުރެގެން ނުބެހީ ކީއްވެތަ ؟ ކޮންމެ މީހަކު ބަލިވީމަ މޮގޮވަނީ މިކަހަލަ ބޯގޯސް ވާހަކައެއް ! އަސްލު ހަޤީޤަތަކީ ކަލެއަކީ ބާޣީއެއް ! ބަޣާވާތް ކުރުމުގައި ހުރި ނުބައިކަމުގެ ރަހަ ކަލޭގެ ކަރުބުޑުގައިވެސް ލާނެ ! ތިޔަދަނީ ކޮޅުމަތި ފެންނަމުން ! ތިހެން ގޮސް އާޚިރުގައި ހުރިހަ ކަމަކުން ފެއިލް ވާނެ !

    8
    11
  31. ގަމު ކުއްޖާ

    ކަލޭ ދިން ފައިސާގަ މަވެސް ހިފިން..

    6
    10
  32. ސަޒަން

    ބަލަ ކަލޭ ނުބަހަންތަ ޓީވީ ތަކާ ފައިސާއެއް .... ހާދަ ހެއްވާވާހަކައެކޭތީ! ބަލަ ކަލޭމެން ފައިސާ އަޅައިގެން ކަންކަން ނިންމާވަރުން ނުކުޅަދާނަވެގެންނެއް ނޫންތަ އެމީހުންވެސް އެކަންފެށީ؟

    6
    10
  33. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ބަލިވީ ރައްޔިތުންގެ ހަރާންކޯރުކަމުން. ރައްޔިތުން މިޔަދު ވިސްނަނީ ގައުމުގެ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިޔަސް އެމީހާގެ އަމިއްލަ ޖީބު ބޮޑުކުރުމަށް. ރިޝްވަތުގެ އަލިފާންކައި އަމިއްލަ މީހާއަށް ލިބޭ ވަގުތީ އުފަލަށް. އަދިވެސް އަހަރެން ކުއްވެރިކުރާނީ ހަރާމްކޯރުވި ރައްޔިތުން.

    27
    7
    • ޙައްގުބަސް

      އަސްލު ބަލިވީ މައުމޫނާ ގާސިމާ ޝައިޚު އިމްރާނުގެ ޙަރާމްކޯރުކަމުން! އަދި މިމީހުންގެ ބަހަށް ހެއްލުނު ބައެއްގެ ސަބަބުން! އަމިއް އެދުން ގައުމަށްވުރެން އިސްކުރުން! މިއޮތީ އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ލިބިފަ! ނުވަތަ ވޯޓް ދީފަ! މީގެތެރޭ ވަގުތީ ފައިދާއަށް ވޯޓް ވިއްކި މީހުން މަދެއްނޫން! ވޯޓް ނުލާ ގައުމީ ގޮވުމަށް އިޖާބަ ނުދިން މީހުންވެސް ހަމަ ގިނަ! ދެން ސުޕަ މެޖޯރިޓީ ލިބުނީމަ ގައުމުގެ ހެވާލާބަޔަށް މަސައްކަތްކުރާތަން ދެކެން ބޭނުންވަނީ! އިދިކޮޅަށް ގޮނޑި މަދުން ކާމިޔާބު ކުރުމަށް މެދުވެރި ކުރުވި ހުރަހަކަށްވި ވަގުތުން ނެގި ޕޯލް! ޕޯލްއިން ކުޑަތަފާތަކުން ގިނައިން ފެނުނީ އިދިކޮޅާއި އަމިއްލަ ކެންޑިޑޭޓުން ކުރި ހޯދާފައިވާކަން! އެހެންކަމުން ސަރުކާރުން ނުވަތަ އެމްޑީޕީން ކުރިކަމަކީ އެފަރަގު ނައްތާލަން ކުރެވުނު ކަމެއްކުރީ! އެއީ ވަޒީފާ ދޭން ބުނުމާ ބޯހިޔާވަހިކަން ދޭން ބުނުމާ ބިރު ދެއްކުމާ ފައިސާ ބެހުން! ވަގުތުގެ ނަތީޖާ އަނެއްކޮޅަށް އެނބުރުނީ! އަލްހާން ބަލިވީވެސް ވަގުތުގެ ނަތީޖާގެ ސަބަބުން!

      5
      1
  34. ހަސީނާ

    މަ ލޮލުންދެކުނިން ރަސްރަނި ބަގީޗާގަވެސް އެންޑީޕީ މީހުން ލާރިބެހިތަން މަދުށިން

    18
    6
  35. ހޭވައްލާ!

    ދެބައިމީހުން ޖޭޕީ އާ ޕީޕީއެމް ރަގަޅަށް އަތުގުޅާލެވުނުނަމަ މިހެނެއްނުވީސް.. ޤާސިމްކައިރީގައި ތިޔައުޅޭމީހުންގެ ސަބަބުން މިހެންވަނީ.. އެމީހުން ޕާޓީއަކަށް ހެވެއްނޭދޭ.. އަމިއްލަ އެދުމައިގެން އުޅެނީ.. އަތޮޅުތަކުން ގިނަގޮޑިތައްގެއްލިފައިވަނީ އެމްޑީޕީއަށް ސަޕޯރޓް އޮވެގެނެއްނޫން.. އިދިކޮޅުމީހުން އެއްގަލަކަށް ނޭރުނީމާ .. އެހެންދިމާވީ އިސްތިޢުފާދިން ލާދީނީ ބްރޭންޑް ރައީސްގެ ފަނިތައް ޖޭޕީގައި ގިނަކަމުން..

    15
    6
  36. ބަލިވީ

    ބަލިވީ ރާއްޖޭގެ މޭޖޮރިޓީ ބޭނުންވީ ރާއްޖެއަށް ސެކިޔުލަރިސްމް ގެންނަން. ރާއްޖޭގައި ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ގެންނަން. ބިރަކާނުލާ މަޖާކުރަން. މިހާރުގެ ގާނޫން އަސާސީ ބަދަލުކުރެވޭނީ ތިންބާރު އަތުލައިގެން، ރާއްޖެއަށް ބަރުލަމާނީވެރިކަމެއް ގެނެސްގެން.
    އެމްޑީޕީއަށް ސަޕޯޓްކުރި އެންމެންނަށް ނާކާމިޔާބުވުން މިންވަރުކުރައްވާށި!

    25
    9
    • ޢަހުމަދު ހިތަދޫ

      ނަސީބެއް ތިކަން އިގޭ މަދު ބަޔަކު އުޅޭކަން...ދެން ސިފައިން ަ ޕޮލިހުން ބޭނުންކުރާނެ

      4
      1
  37. އަލިތަކުރު

    މައުމޫނު ހީފުޅު ކުރެއްވީތޯ ސަރުކާރާ އެއްކޮޅައް އަރައި ކެމްޕޭން ކުރީމަ އެމްޑީޕީ މީހުންގެ ހަމްދަރުދީ އާއި ތާއީދު ލިބޭނެ ކަމަށް. ދަންނަވަންތޯ އެއީ ކުންހީއެއް.. އެމީހުން އަބަދުވެސް މައުމޫނަށް ނަފްރަތު ކުރޭ.. އަދި ހަޖޫޖަހާ.. އެކަން ފެނިގެންދާނެ ސަރުކާރުން ކުރާ ގޯސްކަމެއްގެ ވާހަަކަ މައުމޫނު ދައްކަވާ ހިސާބުން. ހިތާމައަކީ ސިޔާސީ ހަޔާތުގަ އުޅެއުޅެ މުސްކުޅިވިއިރުވެސް މިވަރު ނޭނގުނީމަ. މިއަދު މައުމޫނަށް ވަފާތެރި މައުމޫނު އާހެދި ދަން ޖެހުނު އެތައް ސަޕޯޓަރުންނެއް ގެއްލި އެމީހުން ސިޔާސީ ގޮތުން މައުމޫނު މަތިން މުޅިން ފޫހިވުން.. ދެރަކަމެއް.. އާދަޔާ ހިލާފު ބޮޑު މެޖޯރިޓީއެއް މަޖިލީހުން އެއްވެސް ބަޔަކަށް ލިބުމަކީ ވަރަށް ބިރުހުރިކަމެއް. ހިތާމައަކީ މިކަން އެނގިހުރެ އަމިއްލައެދުން އިސްކުރީމަ. މިއަދު މިރާއްޖޭގަ ސިޔާސީގޮތުން ސަރުކާރު ޖަވާބުދާރީ ކުރުވޭނެ އިދިކޮޅު ހަރަކާތެއް ނުވަތަ ބުރަދަންހުރި ޕާރޓީއެއްވެސް ނެތް. މިއީ ހަޤީޤަތް. ޒިންމާ ނަގަންޖެހޭ ލިސްޓްގެ ކުރީސަފުގަ.(މައުމޫނު/ޤާސިމް/އަދާލަތު) ވީއެންމެ އަވަހަކަށް ރައްޔިތުންގެ ކިބައިން މާފައްއެދި ޕާރޓީތައް އުވާލާ އާ ސިޔާސީ ހަޔާތަކަށް ފުރުސަތު ދިނުމުގެ ގޮތުން ތިޔަ އެންމެން ފަހަތައްޖެހިވަޑައިގަންނަވާ..

    7
    1
  38. ދުރުމި

    މިއިންތިހާބަށް ހަރަދުކުރީ އިންޑިޔާއިން އިންޑިޔާއިންބުނީ ހާސްނުވާށޭ ކަލޭބުނިވަރަކަށް ލާރިދޭނަމޭ އެކިއެކި ނަންނަމުގަ އިންޑިޔާއިން ދިޔައީ ބަހަމުން އަދި ސަރުކާރުގެ ނުފޫޒާބާރު ރައްޔަތުންގެ މުދާ ކެންޕޭނަށް ބޭނުން ކުރަމުންދިޔައީ ކޮބާ ޓްރަންސްޕޭރެންސީ މޯލްޑިވްސްކިޔާ ބަޔަކު އުޅޭނެ ވަކިބަޔަކު ކުރީމާ އެމީހުންނަކަށް ނުފެންނާނެ.

    6
    1
  39. ކޭ ބީ

    އެހާ ކޮރަޕްޓް ޕާޓީ އަކާއެކުވެސް ކޯލިޝަން ހައްދަވައިގެންތޯ ތިހުންނެވީ

    1
    3
  40. ސައްޕެ

    ބުރޯ އެމްޑީޕީއިން ލާރިއަޅާވަރެއް ނުވާނެއެއްނު ދޯ، ހަމަ ގައިމުވެސް ހެއްދިވިފަރާތް ދެނެވޮޑިގެންވާނެ އަހަރެމެންގެ ދާއިރާ އުނގޫފާރު ދާއިރާއައް އިލްހާމު ލާރި ބެހިވަރު، ސޭޓު ތިހެންބަހާ ރުފިޔާއަކައް މި އެމްޑީޕީ މެމްބަރުންނެއް ނުގުޑާނެ ވަރައްސާފްކޮށް މިބުނީ...

    3
    5
  41. ދެޔޯ

    ސިޔާސީ ޕާޓީހަދައިގެން އުޅޭމީހުންގެ ފެންވަރު މިފެންނަނީ. މާސިންގާ އިންތިހާބެއް ބޯމަތިވެފައޮއްވާ އަގުވެއްޓޭ ހުރިހާ ކަމެއްކޮށްފި. އެއްވެސް ކަލްކިއުލޭޝަނެއް ހެދުމަކާއިނުލާ ހިތަށްއެރި ކޮންމެކަމެއްކުރީ.

    3
    2
  42. ޔަގީނޭ

    ވޯޓުން އެމްޑީޕީ ފަޚުރުވެރިކުރެވޭނެ ނޫންތޭ 35 މިލިއަނާއި އަދި ބޯޑަރ ކޮންޓްރޯލް ސިސްޓަމްގެ 18 މިލިއަން ޑޮލަރާއި ވެލާނާ އެއާރޕޯރޓް އިންޑިއާގެ ވަގު ހަތިޔާރު ވިއްކާލާ މީހަކަށް ވިއްކާލުމަށް ޓަކައި ޑީލް ހަދައިގެން ލިބުނު ފައިސާ ގަނޑުން ކަޓް ބެހުމުން ތަމެންނަށް މަޖްލީހުގެ މެޖޯރިޓީ ލިބުނީ ނޫންތޭ ބަލަން ތިބޭތި ރޯދަ މަހު ފިޔާ ކިލޯ އެއް ބާޒާރުގައި އުޅޭނީ 1000 ރުފިޔާ އަށް ބަލަން ތިބޭތި މިނޫން ވަރެއް ތަމެންނަށް ވާނެ ތޯ ނުވާނެ ކަން މަމެންނަށް ޔަގީންވެ ކަށަވަރޭ

    1
    1
  43. ރާކަނި ސައްތާރު

    ތާހިރު ވެއްޖެ އެއްނު. ޢަދިވެސް އަނގަ އަރުވާ..

    4
    1
  44. ހެޔޮބަސް

    ރިޝްވަތުހިފުމާއި ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމާއި، އެފަދަކަމެއް ކުރަން އުޅުނުކަން އެނގިއްޖެނަމަ، އެކަން އެމީހަކަށް އެނގޭ ތަފްސީލަކާއި އެކު ނާންގައި ހުރުމަކީ 2 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލެވިދާނެ ނުވަތަ އަރުވާލެވިދާނެ، ނުވަތަ ގޭގައި ބަންދުކުރެވިދާނެފަދަ އަދަބެއް ކަނޑައެޅިފައިވާ ކުށެކެވެ.

  45. މާވަޑި ފަލާހް

    ސޭޓް ތިބުނިގޮތުން އޭނައަކީ ވަގެއްކަމަށް ސޭޓްވެސް ޤަބޫލުކުރާކަން ޔަޤީންވެއްޖެ.

  46. ކައްޕިތާން

    މިއިންތިހާބަކީ މިހާތަނަށް ދުވަހަކު ބާރާއި ނުފޫޒާ ފައިސާއިން ފެންވެރުވި އިންތިހާބެއް މުޅިކެބިނެޓްކަހަލަގޮތަކަށް ރަށްރަށަގޮސް ކަންކަން ނުކޮއްދޭނަމެ ނުފޫޒް ފޯރުވާފައި އޮތީ އެހެރީ ދެއްކި ވާހަކަތައް ޔޫޓިޔުބުގަ ރެކޯޑިން ބަލާލި ކޮންމެ މީހަކަށް ފެންނާނެ އަނެއްކާ 2 ގަޑިެިރު އިތުރުކުރީ ކަނޑަ އެޅިފައިވާ ގަޑިޔަށްވުރެ އިތުރަށް އިރާދަކުރެއްވިއްޔާ ދުނިޔޭގެ ތިބި ބަޔަކަށް އެނގޭނެ ތިޔަ 3ބާރު އެއްކޮއްލައިގެން ޑިމޮކްރަސީ ހިންގާ ގޮތް އަދިއެބުނާ ފަޅުތަކާ އެއަރ ޕޯޓް ތަކާ ތުންމެޓާބަހާތަން ކުޅިބަލަން މިތިބީ

    5
    2
  47. ނަޖްވާ

    ތި ޤާސިމަކީ މި ޤައުމުގެ ހަލާކުކަން މިހާރު މީހުންނަށް އެނގޭ! ފައިސާ ބެހީ ކޮން ބަޔެއްކަން އެނގޭނު!

  48. Anonymous

    ލޮލް. މީނަވަރުގެ ބޮޑު ފަގީރެއް މި ރާއްޖެއަކު ނޫޅޭނެ

  49. އެލީ

    އުމުރުން ދުވަސް ވާ ހެން ހަމަނުޖެހޭ ވާހަކަ ދައްކާކަން ފާހަގަ ކުރެވޭ.