އެމްޑީޕީން ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހޯދި ތާރީޚީ ބޮޑު ކާމިޔާބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގެ ބާރުތަކުގެ ތެރެއަށް އެނބުރި އައި އައުމެއްގެ ގޮތުގައި ބައިނަލްއަޤުވާމީ ބޮޑެތި މީޑިއާތަކުން ސިފަކޮށްފިއެވެ.

މަޖިލިސް އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދިނުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވީ ނަޝީދެވެ. އެމަނިކުފާނު ވެސް ވަނީ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންފައެވެ.

އަލްޖަޒީރާ، ރޮއިޓާސް، ބީބީސީ، ބިޒްނަސް ސްޓޭންޑަސް ފަދަ ބޮޑެތި މީޑިއާތަކުން ބުނެފައި ވަނީ މިއީ ނަޝީދުގެ އެނބުރި އައުމެއް ކަމަށާއި މަޖިލީހުގެ ނިންމުންތައް ނިމިގެން ދާނީ ނަޝީދު ބޭނުންފުޅުވާ ގޮތައް ކަމަށެވެ.

ސީއެންއެން އިން ބުނީ އިންތިޚާބު ކާމިޔާބު ކުރީ ޗައިނާ އިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތަކުގެ މައްސަލަ ތަޙްޤީޤު ކުރުމަށް ގޮވާލާ ލީޑަރު ކަމަށާއި އެހެންކަމުން ޗައިނާ އާއި ރާއްޖޭގެ ގުޅުމުގެ މުސްތަގުބަލާއި މެދު މިހާރު ސުވާލު އުފެދިފައިވާ ކަމަށެވެ.

ބައިނަލްއަޤުވާމީ ބައެއް އެހެން މީޑިއާތަކުން ބުނާ ގޮތުގައި ރައީސް ކަމުގައި މިހާރު ހުންނެވި ރައީސް ޞާލިހަކީ ނަޝީދުގެ ނައިބެކެވެ. އެހެންކަމުން ސަރުކާރުގެ އެންމެ ބޮޑެތި ނިންމުންތައް ނިންމުމުގައި ދެން ވަރަށް ބޮޑަށް ނަޝީދުގެ ނުފޫޒު އޮންނާނެ ކަމަށް އެނޫސްތަކުން ބުނެއެވެ.

އިންތިޚާބުގެ ކާމިޔާބީ ފާހަގަ ކުރަން އެމްޑީޕީން ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވަނީ އަލަށް އިންތިޚާބު ކުރެވުނު މަޖިލީހާއި އެކު ރިޔާސީ ކޮމިޝަންތަކަށް ބާރުތައް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. ބައިނަލްއަޤުވާމީ މީޑިއާތަކުން ވަނީ އެކަން ފާހަގަ ކޮށްފައެވެ.

އަލަށް އިންތިޚާބު ކުރެވުނު މަޖިލީހުގެ މެންބަރުން ހުވައި ކުރައްވާނީ އަންނަ މަހުގެ ފަހުކޮޅުއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ސައިބޯނި

    ތިހެންއުޅުނު ފިރުޢައުނުވެސް. ހިތަކަށްނާރާ އެކައްޗެކޭވެސް. ބިރުގަންނަނީ އިސްލާމްދީން މިގައުމުން ނައްތާލަފާނެތީ.

    79
    13
  2. ނުރަބޯ

    “ލަނޑަޔާވާނީ ލަނޑަޔާ”ކަން އެނގޭ. އެމްޑީޕީ އިން މި ދެފަހަރުވެސް (ރިޔާސީ އިންތިޚާބާ މަޖްލިސް އިންތިޚާބު) ހެދި މަކަރާ ޙީލަތް ތައް ބައިނަލް އަގުވާމީ ފަރާތް ތަކަކަށް ނޭނގޭނެ. އިނގުނަސް އިނގޭ ކަމަކަށް ނުވެސް ހަދާނެ.

    77
    11
  3. ޖަހަން ތީރު

    މަތިވެރި މާތް ކުޅަދުންވަންތަ އާލަމްތައް ހެއްދެވި ޚާލިގުވަންތަ އޯގާވަންތަ ރަޙީމްވަންތަ ﷲއަށް ހަމްދު ކުރުމަށްފަހު މާތްވެގެންވާ މުހަންމަދު ރަސޫލާ އާލަމްތަކުގެ ސާހިބާގެ ފާފަ ފުއްސަވައި ރަހުމަތް ލައްވާތޯ ދުއާ ކުރުމަށްފަހު އެކަލޭގެފާނުގެ އާއިލާގެ މީހުންނާއި ތިމާގެ މީހުންނާއި އެމީހުންގެ ތިމާގެ މީހުންނަށްވެސް ފާފަފުއްސަވައި ރަހުމަތް ލައްވާތޯ ދުއާ ކުރުމަށް ފަހު ބުނަން. ނަޝީދު އެނބުރި އަޔަސް ދިވެހިން ރަންނަމާރި ގެނައިޖަހާލަތުގެ ދީނުން ބޭރު ކުރިޔަކަ ހަމަހިލާ ނުދޭނަމެވެ.

    57
    9
  4. ދާއިމު

    ބޮޑަތި ޢަދަދުތަކުން ރުފިޔާ ދީގެން ވޯޓުގަނެގެންނާ ، ވަގުވޯޓުއަޅައިގެން ނޫންގޮތަކަށް ތިވަރެއް ނޭރުވޭނެއެވެ. މިކަންކަން އަދި ފަޅާއަރާނެއެވެ.

    71
    12
    • Anonymous

      ވޯޓު ވިއްކާނީވެސް އީމާންކަން ނެތި ހަލާކުވެފަ ހުރި މީހަކު.

      27
      2
  5. މަހެބޫބު ޢަލީ

    މިއީ ބާރުތަކުގެ ތެރެއަށް އެބުރި އައުމާ ވެއްޓީ ދިއުމުގެ ސަބަބެއް! ކުރިންވެސް ބާރު ލިބުނު ވީކިހިނެއްތޯ ސިއެންއެންއާ ސުވާލުކޮށްލަން ބަލަގަ މީ ދިވެހިންގެ ގައުމެއް ހުޅަގުގެ ނުވަތަ އެމެރިކާގެ ވެރިކަމުގެ ބާރުގެ ދަށުގައިއޮތް ގައުމެއްނޫން މިފަހަރުވެސް ވަރަށް ރީތިކޮށް ލާދީނީ ނަޝީދުގެ ވެރިކަން ނިމުމަކަށް ގެންނާނަން!ސީއެންއެން ޚަބަރު ކިޔަން ތައްޔާރަށް ތިބޭ!އެމެރިކާ، އިންޑީޔާ މިދެގައުމު އެހެންގައުމުތަކުގެ ދާޚިލީ ކަންތަކުގެ ތެރެއަށް ވަންނަގޮތައް ޗައިނާ ދޭދޭ ގައުމުގެ ދާޚީލީ ކަންކަމުގެ ތެރެއަކަށް ނުވަންނާނެ!

    41
    8
  6. ހަސަން ނުވަވަނަ

    ދިވެހިން ބޯން އުޅުން ބޮނޑި ރަނގަޅަށް ބޮއެގެން މިތިބީ. ރިޔާސީ އިންތިހާބާ މިއިންތިހާބުގަ ލާރި އޮއްސީ އެމެރިކާ އަދި އިންޑިއާއިން. އެމީހުން ބޭނުންވާ އެޖެންޑާ ޔައުނީ އެޖެންޑާ 19ގެ މައި އެޖެންޓަކީ ކެރަފާ ނަޝީދު

    57
    11
    • ޕަކާސް

      ވޯޓުލީވެސް ސީދާ އެމެރެކީ އަދި އިންޑިއާ މީހުން ތޯޗެ

      13
      7
  7. އޮނަސިސް

    މިދިޔަ އިންތިޚާބުން ފެނިގެން ދިޔައީ ނަޝީދު (އަންނި) މެއްސަކަށްވުރެ ކުޑަ ވެއްޖެކަމެވެ. ރާޢްޖޭގެ އެންމެ ތާއީދު ބޮޑު ސިޔާސީ ޝަޚްސިއްޔަތުކަމަށް ދައުވާ ކުރައްވަމުން ދަނިކޮށް މާލޭގެ ކުޑަކުޑަ ދާއިރާއަކުން މަޖިލިސް ގޮނޑިއަށް ވާދަކުރައްވައި ކުޑަ ތަފާތަކުން މޮޅުވުމަކީ ނަޝީދު ވަރުގެ ބޮޑުމީހަކު ލަދުގަންނަވަރު ކަމެކެވެ. މި ނަތީޖާއާއެކު މިވަނީ ނަޝީދުގެ އައުރަ ކަޝްފުވެފައެވެ. މިހާރު މިއޮތް ސަރުކާރަކީ އެމްޑީޕީ ސަރުކާރަކަށް ވާއިރު ނަޝީދު އެމްޑީޕީގެ ނަމުގައި ކުރިމަތިލީމާ ސަރުކާރުގެ ކެންޑިޑޭޓަކަށް ވާތީ އޮންނަ ބައި ކަނޑާލީމާ ނަޝީދަށް އެކަނި ލިބެނީ އެދާއިރާއަށް ކުރިމަތިލީ އިއްބެއަށް ލިބޭ ވަރަށް ވުރެ މާ މަދު ވޯޓުކޮޅެކެވެ. މި ހަގީގަތް ނަޝީދަށް ރަނގަޅަށް އެނގޭނެ. ވީމާ ބޭރުފުށުން ހެވިފަ ހުއްޓަސް އެތެރެއިން އުދާސް ނަގާނެ.

    51
    14
  8. އަހްމަދު

    "މަޖިލިސް އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދިނުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވީ ނަޝީދެވެ."

    މަށަކީ އަންނި ގެ ސަޕޯޓަރެއް ނޫން. އެކަމަކު އޭނަ ގެ އެހެރަ ހިތްވަރާ ބުންވަރު ފެނި މަ ހަމަ އަޖައިބު ވޭ. 1 މަސް ތެރޭ ގައިމު ކިތައް ރަށަށް ކިތައް ގެއަށް އޭނަ ދިޔަ އެމްޑީޕީ ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދޭން. އަހަރުމެންގެ ލީޑަރުންގެ މަދުވަނީ އެ. ރައްޔިތުން ކައިރިއަށް ވެރިން ދިޔައިމަ ރައްޔިތުން އުފާވޭ. ދެން ވިދާޅުނުވާތީ ރައީސް ޔާމީނު އޮތީ ޖަލުގައޭ. އެމްޑީޕީ ލީޑަރާ އެތައް ލީޑަރޝީޕް ބަޔަކު ޖަލުގައި ތިބި އިރުވެސް އެޕާޓީ ހިނގި. ޕީއެންސީ ލީޑަރޯ އަދުރޭ. އެކަމު އަދުރޭ ގޮވަިގެންވެސް ކެމްޕޭން ކުރަން ދާން ޖެހުނީ މުޅިން އެހެން ޕާޓީގެ ލީޑަރެއް. މިކަން ބަދަލުކޮށްގެން ނޫނީ ނެތް ރަނގަޅުވާކަށް

    31
    21
  9. ފިލްވ

    މަރުހަބާ ރައީސް ނަޝީދު. ކިތަންމެ ދެކޮޅަސް ތިޔަ ހިތްވަރާއި މުރާލިކަން އެހެން ސިޔާސީ ލީޑަރެއްގަ ކިބައިގަ ނެތް. އަހަރެމެންގެ ޕާޓީ ޕީޕީއެމް ބަލިވީ އެހެންވެ.

    25
    39
  10. އައިންތު

    ބަހަނާ ދެއްކުން ހުއްޓާލާފައި ޕީޕީއެމް/ޕީއެންސީ ފާއިތުވި ދެ އިންތިހާބުގައި ކެމްޕޭން ކުރި ގޮތާ މެދު ވިސްނާ އިވެލުއޭޓް ކޮށްލަންވީ ވަގުތު މީ. ފަހަރުގައި ވެދާނެ އެމްޑީޕީއާ ދެކޮޅަށް ޕީީޕީއެމްއިން ބޭނުން ކުރާ 'ލާދީނީ' ކަހަލަ ޓެގްތައް މިހާރު ވަރކް ނުކުރަނީ ކަމަށް އޭގެ ބަދަލުގައި ޕީޕީއެމްވެސް ވެއްޖެ ކަންނޭގެ ޒަމާނަށް ފެތޭ ގޮތަށް ސިޔާސަތު ޕޮލިސީ ގަނޑެއްގައި ލިޔެގެން އެ ހިފައިގެން ރައްޔިތުން ކައިރިއަށް ދާން. މީ 1980 އެއް ނޫން ސިޔާސީ މީހުން އެކަކު ބޮލުގައި އަނެކަކު ދޮގު އިލްޒާމު އެޅުވީމަ ގަބޫލުކުރަން. ބަލިވީމަ ބަހަނާ ދައްކާފައި ކޮންމެ ފަހަރަކު ސާބިތު ނުހިފޭ ސަބަބު ވާހަކަ ދެއްކުމަށް ވުރެ ތަންކޮޅެއް ތަހްޒީބީ ގޮތްތައް ބޭނުން ކުރަން ވެއްޖެ ޕީޕީއެމްވެސް. އަދި ލީޑަރޝީޕްވެސް ބަދަލުވާން ވެއްޖެ ޕާޓީގެ. އަދުރޭ، ނިހާނު މެން ރިޕްލޭސްކޮށްފައި ޒުވާނުން ކިޔަވައިގެން ތިބި މީހުން ގެނައުން މުހިންމު.

    23
    8
  11. ދެރަމީހާ..

    ކޮންމެމީހަކު ކޮންމެއެއްޗެކޭކިޔަސް ދިވެހިރާއްޖޭގެ ސިޔާސީ އިސްއިމާމަކީ ރައީސް ނަޝީދު... އެއީ ހިތްތަކުގެރައީސް...

    13
    32
    • ޖޖޖ

      ޝައިޠާނާ އެއީ އެމީހާގެ އެހީތެރިޔާ ކަމުގައި ދެކޭ ކޮންމެ މީހެއްގެ ހިތުގެއާ މުޅި ހަށިގަނޑުގެ ރައީސް.

      16
      7
  12. ރޯނު އެދުރު

    ލީޑަރުންގެ ކިބައިގައި ހުންނަން ޖެހޭ ހަގީގީ ލީޑަރޝީޕް ފެންނަނީ ނަޝީދުގެ ކިބައިން. މީ އަހަރުމެން ޕީޕީއެމް މީހުން ގަބޫލު ކުރަން ބޭނުން ނުވިއަސް ހަގީގަތް. ކޮބައި އަހަރުމެންގެ ލީޑަރު އަދުރޭ ޕީއެންސީގެ؟ އޭނަ ލީޑަރެއްގެ ގޮތުގައި ފެނުންތަ؟ ބަލަ ތިކިޔާ އެމްޑީޕީ އެއްގެ މުޅި ލީޑަރޝީޕް ޖަލުގައި ލީޑަރ، ނައިބު، މަޖްލިސް މެންބަރުން ތިބި އިރުވެސް އެޕާޓީ ހިނގިއޭ. ކީއްވެ ތަ ޕީއެންސީއަށް ޕީޕީއެމަށް އެހެން ނުވަނީ؟ ޖަވާބު ސާފު. އަމިއްލަ ފައިދާއަށް އުޅެނީ އެންމެން. ލިބެނީ ކޯއްޗެއްތޯ ތިމާއަށް. އެމްޑީޕީ މީހުން އުޅެނީ ޕާޓީއައިގެން. އެލޯބި އަހަރުން ޕާޓީގައި ނެތީ. އެޕާޓީ ލީޑަރގެ އެެހެރަ ހިތްވަރު އަހަރުންމެންގެ ލީޑަރުންގެ ނެތީ. ދެން އެކްސްކިއުޒް ނުދައްކާ ސިވިލް ގޮތަކީ ބަލި ގަބޫލުކޮށް ކަންކަން ދެންވެސް ރަނގަޅުކުރުން

    19
    16
  13. އެލެކްސް

    ރައީސް ނަޝީދު އެނބުރި ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރެއަށް އެ ވަދެވުނީ އެމްޑީޕީ އަށް ދިވެހިން އެގޭ މިންވަރަށް އެހެން ބަޔަކަށް ދިވެހިން ނޭގޭތީ. ދިވެހިން މާއްދިއްޔަތަށް ގޮސްފައިވާ މިންވަރު ރައީސް ނަޝީދުއަށް އެގޭ އަދި ހަކުރު ދިނީމާ ބޮޑުބޭބެއަށް ވާކަންވެސް އެގޭ. މިހާރު މިއޮތީ މައުމޫނު ވެރިކަން ކުރި ފުރަތަމަ 25 އަހަރު ޤައުމު އޮތްގޮތަށް. ހުރިހާ ބާރެއް ވެރިކަމުގެ ނިޒާމުގެ ތެރޭގައި މަސްހުނި ވެފައި. އޭރު މިނިޒާމު ރައީސް ނަޝީދަކަށް ކަމަކު ނުދޭ، މިއަދު އެ ހުރިހާ ކަމެއްވެސް އެންމެ ހެޔޮ. ޤައުމިއްޔަތު ބޭރުގެ ބަޔަކަށް ހަވާލުކޮށް އިސްލާމް ދީނަކީ ޤައުމުގެ ދީން ގޮތުގައި އޮތް އޮތުން ބަދަލު ކުރާ ނަމަ ކޮންމެހެން ލިބެންޖެހޭ ބާރު ތަކެއް، ދިވެއްސަކީ މުސްލިމަކަށް ވާންޖެހޭނެ ކަމަށް ބުނާ ބުނުން ބަދަލު ކުރުމަށް ވަކާލާތު ކުރާ މީހުންނަށް އައުވި އުންމީދެއް. އަވަށްޓެރި ޤައުމުތަކުގެ ބާރު ރާއްޖޭގައި ގަދަކޮށް އަސްކަރީ ބޭސްތަކެއް އެޅުމަށް ލިބުނު ފުރުސަތެއް. ވެރިކަމުގެ ނިޒާމު ބަދަލު ކޮށް އެއްޖިންސުން ގުޅުން ހިންގުމާއި ކައިވެނި ކުރުމަށް ބޭނުންވާ މީހުންގެ މަސައްކަތަށް ލިބުނު ނަސްރެއް.
    ދިވެހިރާއްޖެ ކޮބާތޯ ސުވާލު ކޮށްލަންޖެހޭ. މީގެ 15 އަހަރު ކުރިން ދިވެހިން ގަބޫލު ކުރަމުންދިޔަ އަސާސްތައް ގެއްލިއްޖެ، އެއްބައެއް ވަންތަކަން ގެއްލިއްޖެ. އެކެއް އަނެކަކަށް ކުރާ އިހުތިރާމް ގެއްލިއްޖެ. ދިވެއްސަކަށް ވީތީ ވި ފަހުރު ގެއްލި އިސްލާމްދީނަށް ކުރި ލޯބި ގެއްލިއްޖެ.
    ރާއްޖޭގެ ވެރިކަމުގެ ތާޖް ބޭނުންވި ބައެއް މީހުންގެ އަމިއްލަ އެދުމުގެ ސަބަބުން، ހުދުމުހުތާރު ކަމުން އާއިލީ ވެރިކަން ކުރަން އުޅުމުގެ ސަބަބުން. ﷲ ހެކިވާނެ މިޤައުމު މިހާލަތަށް ވައްޓާލި މީހުން ނިކަމެތިވާނެ މައުމޫނާއި ޤާސިމް އަދި އިމުރާނު މިޤައުމަށް މިވީ އިހުމާލުގެ ބަދަލު ކޮންމެވެސް ދުވަހަކުން ދައްކަން ޖެހޭނެ.
    ވެރިޔަކަށް ލިބެން ޖެހޭ ބާރުތަކަށް ވުރެ އިތުރު ބާރުތައް މިހާރު އެވަނީ ރައްޔިތުން ދީފައި ޤައުމު ދެން ދަތުރު ކުރާ މިސްރާބު ވަޒަން ކުރަން ތިއްބަވާ. ޤައުމު ގާދޫ ކޮލުން ދިއަޔަ ނުދީ ދިވެހިރާއްޖޭގެ ގޮތުގައި ބޭއްވޭނެ ގޮތަކާއި މެދު ނަޒަރު ކުރައްވާ.

    ﴿وَمَـاتَوْ فِيقِىٓ إِلَّا بِااللِه﴾
    އަދި ﷲގެ ހަޞްރަތުން މެނުވީ އަހުރެންނަށް ތަޢުފީޤެއް ލިބިމެއްނުވެތެވެ. ﴿ ހޫދު.88 ﴾

    24
    6
    • ގނގނ

      ރައީސް ނަޝީދުގެ ހިތްވަރާއި ރައްޔިތުން ދީފައިވާ ލޯބި މިއަދު ގަބޫލުކުރެވިއްޖެ. ހާދަ މަސައްކަތެކޭ އެ ކޮށްލީ. ޕީޕީއެމްގެ މެންބަރަކަށް ވެ ހުރެ ލަދު ގަނެއްޖެ. ޔާމީން ނޫން މީހަކު ހުރެގެން ދެން މިކަން ވާނީ.

      13
      13
  14. ރައްޔިތުމީހާ

    މާ ކަންތައްފަލަވަންޔާ ނިކުމެވައްޓާލާނީ.....ނަމަވެސް އެއީ ކަނޑައެޅިގެން އިސްލާމްދީނުގެ ޝަރީއަތް ނިކަމެތިކޮށްލާފަދަ ޖަރީމާތަކެއް ފެނިއްޖެނަމަ. މީހަކު ޖަލަށްލައިގެން ނުވަތަ ލާރިގަނޑެއްކާލިޔަކަސް ވެރިކަންވައްޓާލަން އިސްލާމީ ތާރީޚުގަވެސް މުސްލިމުން ނިކުމެފައެއްނެތް. އެހެނީ އެއީ ސުންނަތް ގޮތެއްނޫން. އަދުގެ މުސްލިމް ޤައުމުތައް ހަލާކުވީ ޑިމޮކްރަސީގެ ސުންޕާކަމުން. އަޅުގަނޑާ އަޅުގަނޑުގެ އަނބިދަރިން ބުނާނީ ޑިމޮކްރަސީއަށް "ނޫނެކޭ"

    8
    2
  15. ނީނު ޕޕމ

    ޕީޕީއެމްގެ ކެމްޕޭން ކުރާ ޓެކްނިކް ބަދަލުކޮށްލީ އެމްޑީޕީ ގޮތަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން ކަންތައްތައް އިންތިޒާމު ވެގެން ގަވައިދުން ކައުންސިލް ބައްދަލުވުން ބާއްވާ ހިންގާ ޕާޓީއަކަށް ހެދީމަ ސަޅި ވާނެ. ލާދީނީ، ކެރަފާ އަންނި، ގައުމު ވިއްކުން، މި ޓެގް ތައް ބޭނުން ކޮށްގެން އަންނި ވެސް އެމްޑީޕީވެސް ބައްޔެއް ނުކުރެވުނުތާ. އެހެންވީމަ އެހެން ގޮތެއް ވިސްނަން އެބަޖެހޭ. ރައްޔިތުންވެސް މިހާރު މާ ހޭލުންތެރި.

    10
    5
  16. ސަކީނާ

    އެހާވަރަށް ނަޝީދު ފޭލްކޮށްލަން ދީނޭ ވަހުދަތޭ ކިޔާލަކިޔާލާތިއްބާ އެދިޔައީ ޗޮކުން. ދިވެހި ރައްޔިތުންގެ ނިންމުމަށް އިހްތިރާމްކޮށް ދެން ހަޖަމްނުވާ ކުދިން ހާޖްމޯލާ ގުޅައެއްކާލާ.

    6
    11
  17. ދޮންބެ

    ކަލޭމެން ބަލާތި ކޮންމެސް އެއްޗެކޭ ކިޔައިގެންވެސް ނުބައި މައުލޫމާތެއް ފެތުރޭތޯ!

    7
    8
  18. Anonymous

    ތިއީ ހަމަ ދައްޖާލު. ދިވެހިން ގެއްލި ހަލާކުވެއްޖެ. ނުބައި ނިމުމެއް އަޅަމެންނަށް މިންވަރު ނުކުރައްވާށި. އާމީން

    14
    5
  19. އާސިފު

    ދުނިޔޭގެ އެދުމާ ހަސަދައާ އިންސާނުންގެ އަބުރު ކަތިލުން އިންތިހާއަށް ގޮސްފައިވާ މުޖުތަމަޢެއްނަމަ އަނިޔާވެރި ނިމުމެއް ނޫނީ ނުލިބޭނެ.

    14
    1
  20. ހހހހ

    ދިވެހިން އުފާކުރަންވީ. 2008 ގަ ދިވެހިން މައުމޫނުބެއާ ދެކޮޅަށް ނުކުތީ ޑިމޮކްރަސީ ކިޔާ 3 ބާރު ވަކި ޖިޒާމު ގެނައުމަށް. މިއަދު ދިވެހިން މިއުފާ ކުރަނީ، އެ ނިޒާމު ބޮލާލާ ޖަހާ ސަރުކާރަށް/ރައީސުލްޖުމްހޫރިއްޔާއަށް ހުރިހާ ބާރެއް ދެވުނީމަ.

    10
    4
  21. ބައެނަލް އަޤުވާމީ.

    އިންތިހާބު ތަކުގައި ފައިސާ ބެހުމާ ފައިސާ ހިފުމަކީ ވަރައް ޢާއްމުވެފައިވާކަމެއް. ޢޭގެ އިތުރުން ވެރިކަމުގަ ތިބޭ މީހުން ސަރުކާރުގެ ވަޒީފާގަ ތިބޭ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކާ މަޖުބޫރުކުރުން އެއީ ކުރަމުންދާކަމެއް. މިދިޔަ އިންތިޚާބުގަވެއް އެކަން ވަރައްބޮޑަށް ހިގި. މިކަމުގައި ރައީސް ސާލިހުވަނީ ވަރައްބޮޑައް ހިމެނިފައި. ކަރެޕްޝަނާ ދެކޮޅުކަމަށް މީހުންނަށް ވިސްނާދޭން މަސައްކަތްކުރާއިރު. ރައީސްސާލިހުގެ ކަރެޕްޝަނާއި ޚިޔާނާތް އަދި ބިރުދައްކާ ނުފޫޒު ފޯރުވުމުގައި ހައްދުފަހަނަޅާ ދިޔަތަން ފެނިގެންދިޔަ. ޢެމްޑީޕީ ކެންޑިޑޭޓުން ބެހިފައިސާ ލިބުނީ ކޮންތާކުންކަންވެސް ރަގަޅަޢްއެގޭނެ. އެފައިސާހޯދީ ކޮންގައުމަކުންކަންވެސް އެގޭނެ. އޭގެ ބަދަލު ޤައުމު އަޅުވެތިވެގެންދާނެ. މި ވޯޓުގެ ނޭދެވޭ އަސަރު ރާއްޖޭގެ ރައްޔަތުންނަށް 10 ނުވަތަ 15 ވަރަކަށް އަހަރުތެޜޭ ކުރާނެ. ﷲ މިޤައުމު ސަލާމަތްކޮއްދެއްވާށި. އާމީން.

    1
    1
  22. ހަސަން

    ރައީސް ނަޝީދު ވަރެއް ނެތް. މަގޭ ވޯޓު ދެންފަހަރަކުން އެމްޑީޕީއަށް ދޭން ނިންމައިފިން. ޕީޕީއެމުން އަހަރެމެންގެ ބޮލުގައި އެޅުވީ ތެތް ގޯނި. ޕާޓީ މި ފުނޑުނީ މައުމޫން ބުނި ގޮތް ނުހަދައި އަދުރޭއާއި ޔާމީންގެ އަމިއްލަ އެދުމާއި ހުރެ.

    6
    5
  23. އަލީ

    ތީ ހަގީގަތަކީ އިބޫ އަކީ އަންނި ކުޅެން ގެންގުޅޭ ބުދެއް

    5
    2
  24. Mary

    ހަޖަމު ނުވަނީ ހަމަ މީހުންނަށް. މަމީ އެއްވެސް ޕާޓީއެއްގެ މީހެއްނުން. އެކަމަކު އަންނި އެންޑް އިބޫ ލީޑް ކުރާލެއް ވަރަށް ސަޅި.

    6
    6