ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ އަށް ސްޕަ މެޖީރިޓީ ދިނުމުގެ ހިތި ފެންނާނެ ކަމަށް އަބަދުވެސް އެމްޑީޕީގެ ސިޔާސަތުތަކާއި ދެކޮޅަށް އަޑު އުފުއްލަވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިއަދު ވިދާޅުވީ އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ލިބިގެންދިޔައީ އިދިކޮޅު ޕާޓީތަކުން ޕްރައިމަރީ ބޭއްވުމަކާ ނުލައި "ތަބަކަކަށް ލާފައި" ޓިކެޓު ދިނުމުން ކަމަށާއި މިފެނުނީ ޕްރައިމަރީ ނުބޭއްވުމުގެ ހިތި ނަތީޖާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ ފެށުނީއްސުރެން އޭނާ ޕްރައިމަރީ ބާއްވަން ވަކާލާތު ކުރައްވަނީ މިފަދަ ކަންކަމާހެދި ކަމަށެވެ. "ޑީއާރުޕީގައި އަޅުގަނޑު ހުރިއިރުން ފެށިގެން ޕްރައިމަރީ ބާއްވަން ވަކާލާތު ކުރީ މިހެންވެދާނެތީ. އަދި ކިރިޔާ ޕްރައިމަރީ ނުބޭއްވުމުގެ ހިތި ނަޖީއާ ކުރިމަތިލާން މިޖެހުނީ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ގާތްގަނޑަކަށް އެއްލައްކަ ދިހަހާސް ވޯޓު މިފަހަރު ވެސް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އެވޯޓުވަނީ ދިހަ ބަޔަށް ބެހިގެން ގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ލިބިފައިވަނީ މިހާތަނަށް ބެލިބެލުމުން ގާތްގަޑަކަށް ހަތްދިހަ ހަ ހާސް ވޯޓު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އިދިކޮޅު ފަޅި އިންތިޒާމް ކޮށްފައި ޕްރައިމަރީއެއް ބާއްވާފައި ސިންގަލް ކެންޑިޑޭޓުން ނެރެ އެމްޑީޕީއާ ވާދަ ކުރިނަމަ އެޕާޓީއަށް ނުލިބޭނެ ރާއްޖޭގެ ވިހި ޕަސެންޓުވެސް،" ޢުމަރު ވިދާޅުވިއެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުގައި ޕްރައިމަރީއަށް ދޫދިނުމުގެ ވިސްމެއް ހުރި ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީ އިން ސްޕަ މެޖީރިޓީ އަށް ވުރެ ވެސް އިތުރަށް ވަނީ ގޮނޑި ކަށަވަރު ކޮށްފައެވެ. މަޖިލީހުގެ ސްޕަ މެޖޯރިޓީ އަކީ 58 އެވެ. ނަމަވެސް އެމްޑީޕީން ވަނީ 68 ގޮނޑި ކާމިޔާބު ކޮށްފައެވެ. އެހެންކަމުން ޤާނޫނު އަސާސީ ބަދަލު ކުރުމާއި ފަނޑިޔާރުން މަގާމުން ދުރުކުރަން މިހާރު އެމްޑީޕީ އަށް އެއްވެސް ހުރަހެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ޓިސްޓިސް

    ކަލޯ އުމަރާ ކަލޭ ދުނިޔޭގައި އެބަހުރިތަ؟ ފެއިލްވެގެން ކުނިގޮޑަށް އެއްލާލައިފައި ތިބި މީހުންވެސް ވަރަށް އަސަރުކުރޭ ދޯ؟

    70
    144
  2. ޢަހަންމާއު

    ކީއްކުރާނީ މިހާރު ދިވެހިންނަށް ދީނާ ގައުމަށް ވުރެއް މަދު ފައިސާކޮޅެއް ވެސް މާމުހިންމު. ޅޮލުން ނުރިއްޔާ ދެންހުރި ހުރިހާ ގުނަވަނަކުންވެސް ދިވެހިން ރޯތައް މިއަހަރު ނިމުމުގެ ކުރީން ފެންނާނެ. މިގައުމުގެ ދުވަސް މި ލާދީނީ ބައިގަނޑު ދުއްވާލާނެ. ދެންކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ﷲ އަށް ވަކީލުކޮށް ދެންވެސް އެކަތިގަނޑަކަށްވެ ކޮންމެވެސް މަސައްކަތެއް ކުރީބައިގަ ކުރެވޭތޯ ބެލުން ނޫންގޮތެއް ނެތް. ޔާ ﷲ މިގައުމުގެ ދީނާ މިނިވަންކަން ހިމާޔަށް ކޮށްދެއްވާންދޭވެ. ޢާމީން.

    177
    41
  3. ނަދީމާ

    ސިޙުރާއި ، ފައިސާގެ ބާރު! އަޞްލު ތާއީދެއްނެތް! މިބަވަތުގެ ބާޠިލް ކަންކަން ނިމޭލެއް އަވަސްވާނެ އިންޝާއަﷲ

    177
    37
  4. ޢާއިޝަތު

    އަހަވަހަށް ހިތިނަތީޖާއަށް އިންތިޒާރު ކުރަން

    130
    26
  5. އައިންތު

    އުމަރު މިއަދު ވިދާޅުވީ އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ލިބިގެންދިޔައީ އިދިކޮޅު ޕާޓީތަކުން ޕްރައިމަރީ ބޭއްވުމަކާ ނުލައި "ތަބަކަކަށް ލާފައި" ޓިކެޓު ދިނުމުން ކަމަށާއި މިފެނުނީ ޕްރައިމަރީ ނުބޭއްވުމުގެ ހިތި ނަތީޖާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

    އަދިވެސް ގަބޫލު ނުކުރާނެ ޕީޕީއެމްގެ ގިނަ މީހުން. އަހަރުމެން ހާދަ ދުވަހެއް ވެއްޖޭ މިހެން ކިޔަނީ. ކުރީގެ ގޮތަށް މިހާރު ނުވާނެ. ދިޔަ އިރު ބޮޑު ތަނުން ބަލިވެގެން މިދިޔައީ. ދެރަ ދެން.

    106
    7
  6. ޙނ

    ހިތި ފެންނާނީ ކަލެއަށް. ރައްޔިތުންނަށް ފެންނާނީ ކުރިއެރުމާއި ތަހްޒީބު މުޖުތަމައެއް ބިނާ ވެގެންދާތަން.

    58
    157
  7. ސައުސަން

    ތީ ފޭލްވެފައި ހުރި މީހެއް. ތިބާވަތުގެ ވާހަކައަކުން ތިޔަ ފިކުރުތައް އެކެއް ނުވާނެ. މިއީ 2008 އަދި ބާރައެއް ނޫން. ކުރަންވީ ކަމަކީ ކަލޭއާއި ނިހާނު ފަދަ މީހުން ރިޓަޔަރ ކުރަންވީ. އަދި އެމްޑީޕީ ފަދައިން ސިޔާސަތުތަކެއް ހަދައިގެން ދެންތިބި ބަޔަކު ކުރިއަށް ދާންވީ. ލާދީނީ އާއި ގައުމު ހިފާ ފަދަ ދޮގު ވާހަކަތައް ނުދައްކަންވީ.

    51
    129
  8. ދޮންޖޭމު

    ހިތިވެފައި ގިތި ވެގެން ހުރެ ސަބްމެރިން ދުއްވަ ދުއްވަ ހުރެލާ. ދެން ލަލަލާ.

    42
    128
  9. ދޮންމޮހޮނު

    ނަމަ ނަމަ ޔަކު ރިހައެއް ނުކެކޭނެ ، އުމަރު މިހާރު އަގަފުޅާކުރަނި ގޮނޑިޔަކަށް ކުރިމަތިލާންވެސް ނުކެރުނު ، އަމިއްލަ ބުރަދަން މީހަކަށް ފެނިދާނެކަމަށް ، ދެންކޮން މޮޅުވާހަކައެއް ދައްކާކަށް

    37
    100
  10. ޓިނު

    އުމަރަކަށް ކަމަކިނުދާނެ ސަބަބަކީ ހަރުގަނޑު އުމަރާ އަރާ ހަމަކުރާނެތީ

    37
    103
  11. ހަސަން ނުވަވަނަ

    އަދުރޭމެން އެއްކައިރިވާންވީ ވަގުތު މިއީ. އުމަރު ޕީޕީއެމް ނަގާ ކޮޅަށް ޖަހަންވީ

    128
    32
  12. ސޮމެޮނެ

    ތެދެއް ވިދާޅު ވެއްޖެ

    29
    6
  13. ހަސަން

    ހަރުގަނޑުގެ ހިތިފެންނާކަށް މާގިނަދުވަހެއްދެންނެތް. ތައްޔާރަށް ހުންނަވާތި

    20
    24
  14. ހަރުގަޑުކުޑޭ

    އަނެއްކާ އަނެއް ކަންތައް. ވާދަ ކުރި އެންމެން އެއީ އިދިކޮޅު މީހުންތަ؟ ކަލޭ ބުއްދި ހަމައެއް ނޫން. ކެންޑިޑޭޓުންގެ ބަދަލުވެއްޖެ ނަމަ ވޯޓު ބެހިގެންދާ ގޮތްވެސް ބަދަލު ވާނެ. މީހުން ވޯޓުލަނީ ކެންޑިޑޭޓަށް ބަލައިގެން އެމީހުން ރުހޭ މީހަކަށް.

    12
    15
  15. ބައްބަރު

    ރޯދަމަހު ރަނގަޅު ރޯދަކުރުކުރަން މީނަގެ ޕުރޮގްރާމެއް ގެނެސްދިނުން.

    11
    22
  16. ޢަލީ އިބްރާހިމް

    ތިޔަ ބުނަނީ ޢުމަރު ހަދާފަހުރި ގޯސްތައްވެސް ބަލާނެ ވާހަގަކަދޯ!!
    ރަނގަޅު އޭގެ ހިތިވެސް ފެންނާނެ އުމަރަށް!!!

    10
    19
  17. ސަރީފް

    މިވޯޓުން އެނގުނީ ތިޔަ ބުނާ ޕްރައިމަރީ ބޭއްވުން ނޫންކަމަށާއި، ވަކި ދީނެއް ނުވަތަ ވަކި މަޒުހަބެއްވެސް މުހިއްމު ނޫންކަމަށާއި، ތަރައްޤީއާއި ތަމައްދުންވެސް ނޫންކަމަށާއި، ތައުލީމާ ތަޖުރިބާ ހުރި މީހުންވެެސް ނޫންކަމަށާއި އަދި ވަކި ފިކުރެއްވެސް މުހިއްމު ނޫންކަމަށެވެ. ނަމަވެސް، މިއާ ޚިލާފަށް ދިވެހިން ބޭނުންވީ ކެމްޕެއިން ތެރޭގައި ލިބޭ ކަޅުފައިސާއެއީ މާ މުހިއްމު އެއްޗެއްގެ ގޮތުގައެެވެ. އިންތިހާބު އެވެރިން ކާމިޔާބު ކޮށްގެން އެތިބީ މިކަން ކޮށްގެންނެވެ. ކުރާނެކަމެއް ނެތެވެ. މި ގައުމުދެން އަނބުރާ ހޯދުމަކީ ޔަޤީނުންވެސް ކުރެވޭނެކަމެއް ނޫނެވެ. މިކަމުގެ ހިތި އެބައެއްގެ ކަރުބުޑުގައި ލާނެއެވެ. ނަމަވެސް ވަގުތު ފާއިތުވެއްޖެއެވެ.

    37
    12
  18. 1111

    ހަމަ މަގަށް ވިސްނާ ކޮންމެ މީހަކު ޤަބޫލު ކުރާނެ ރާއްޖޭގެ ޝަރުޢީ ނިޒާމް އިސްލާހް ކުރަން ޖެހޭކަން. އެތަނުގެ ޢަމަލް ހުންނަ ގޮތުން މުޖްތަމައުގައި ވަރަށްސިނަ ފާސާދތަށް އެބަ އުފެށޭ. އެއްބަޔަކު އެއް ގޮތަށް ހުކުމް ކޮށްފިއްޔާ އަނެއްބަޔަކު އެއާ އިދިކޮޅަށް ހުކުމް ކޮަށްފާނެ! އެވަޔަކަށް ފެންނަ ގޮތަކަށް ޤާނޫން މާނަ ކޮށްގެން ބޭނުން ގޮތަކަށް ހުކުމްތަށް އެބަނެރޭ. އޭތާ ތިބި ކޮރަޕްތް ނާޤާބިލް މީހުން ހަމަ ނެރެން ޖެހޭ! އެކަމަކު ބުނާކަށް ނޭގޭ އެމްޑީޕީން އެކަން ކުރާނީ އެންމެ ރަގަޅަށޭ!

    14
    15
  19. އެހެރީ ފާޅުވެފަ

    5 މީހުން ކުރިމަތި ލާފަ ތިއްބާ އަނެއް 4 މީހުން ކުރެ މީހަކަށް އެންމެ ގިނަ ވޯޓު ނުލިބި އެމްޑީޕީއަށް އެންމެ ގިނަ ވޯޓު ލިބުނީ ކީއްވެޔޯ؟ މަށަށް ހީވަނީ އެއީ ވޯޓުލީ މީހުންގެ ތެރެއިން އެންމެ ގިނަ މީހުން އެ ގޮތް ބޭނުން ވެގެން ވޯޓުލީމާހެން. ކަލެއަށް ވިސްނުނު ހައްލަކީ ދެން ތިބި އެންމެން ކުރިމަތި ނުލުންދޯ؟

    15
    15
  20. ކަލޭދެންތިއީކާކު

    މިއީ ބަލިވާނެކަން އިގޭތީ މަޖިލީހަށް ކުރިމަތިލާންވެސް ކެރުނު މީހެއް ނޫން. ދެން މިހާރު ކޮންހާ ބޭކާރު ވާހަކައެއް؟

    12
    20
  21. އަލްޖިބްރާ

    ކަލޭ ތިހެންބުނި ކިތަންމެ ކަމެއް ކަމެއް ކަލެއާއި އިދިކޮޅަށް ފަނުފުލުން ލައިގެން ދިޔަ ތަނެއް ނުފެނޭތަ ؟ އަދިވެސް އަގައެއް

    11
    16
  22. ބަނީ

    ޢުމަރު، މަގޭ ރައީސް ޔާމީން އޭ ކިޔާފަ ހުރި އެށްޗެހި އަދިވެސް ހަނދާނުގަ އެބަހުރި.

    15
    9
  23. ޙިބާ

    މިގޮލާއަށް ނުކެރުނު ކުރިމަތި ލާކަށް. ކޮންހާ ވާހަކައެއް. ޙަޖަމް ޕުލީޒް

    17
    13
  24. ލައިލާ

    ކީކުރާނީ އުމަރު މެން ކަހަލަ ބޭފުޅުން ތިއްބަވަނީ ފިއްލަވާގެން، އަޅުގްނޑުމެންގެ ލީޑަރެއްނެތް، ޔާމީނު އަށް 2 ފަހަރަށް ވޯޓުދީފިން މިހާ ހިތް ދަތިވެފަ ހުންނަ އިރުވެސް ހިތްވްރުގެ ބަހެއް އިއްވާލާނެ މީހެއް ވެސް ނެތް

    22
    1
  25. ރުޒާނާ ޗޮއްޕަޓު

    ޝައްކެއް ނެތްތާ. އެކަމަކު ބުނަން. ގިނަ ދިވެހިން ބޭނުމީ އެމީހުންގެ ސެކިއުލަރ ނިޒާމު.

    16
    4
  26. އަލިބެއްޔާ

    ހިއްޗަސް ފޮންޏަސް %75 ދިވެހިން ބޭނުންވާގޮތް އިނގޭތޯ! ނަސްރު ދެއްވާނީ ޙައްގައް.

    12
    14
  27. ޒިންމާ

    އެންމެންވެސް ނިކަން ދީނީ ކަންކަމަށް އިސްކަމެއް ދީ! އެއީ ހަޤީޤީ ކާމިޔާބު ލިބޭނެ ގޮތަކީ.

    24
    2
  28. ޒިމްޒިމް

    7 ފެބްރުއަރީ2012 ގައި ކުރި ބަޢާވާތް ތަހުޤީޤްކުރުން އެޖެންޑާގަ އޮންނާނެ.. ކަލޭތީ ޖަލުގަ ހުންނާނެ މީހެއް..

    11
    22
  29. ޖަހާންގިރި

    އަސްލު އެމްޑީޕީއަކަށް މެޖޯރިޓީއެއް ނުލިބޭނެ މިދިޔަ ރިޔާސީ އިންތިހާބުގައި ބޭނުންކުރި އިންޑިއާގެ ވަގު ޓެކުނޮލީ ބޭނުންކޮށްގެން ހޯދިކާމިޔާބީއެއް އެހެންނޫންނަމަ އަންނިއަކަށް ކޮންމެރަށަކުން ތިމަށްނަމެން ކާމިޔާބު ހޯދާނަމޭ ބުނަން އެނގޭނީ ކިހިނެއް މިއީ މަކަރާހީލަތުން އެމްޑީޕީ ހޯދި ކާމިޔާބީއެއް އީސީ ސަރީފުއަދި ތިކަން ހާމަ ކުރާނެ މާގިނަދޔވަހެއްނެތް ވަﷲ އައުލަމް.

    23
    13
  30. ހުވަދޫ

    ޢުމަރު އެދައްކަނީ ރަނގަޅު ވާހަކަ. ދިވެހިން ބޯން އިޅުނު ބޮނޑި އެއޮތީ ބޮވިފަ.

    15
    1
  31. މިގޮތް ކިހިނެއް

    އުމަރު ބޭނުންވާ ޕާޓީއެއް އެކަނި ވާދަކުރާ ގޮތަށް ހެދިޔަސް މޮޅުވާނެ.

    2
    5
  32. ހޯރަބޭ

    އުމަރު ގާސިމް ޔާމީން މިދެން ކޮންބައެއްމިގައުމުގަ ހެހެހެ

    6
    11
  33. ގ ކެނެރީގޭ ގަންޖާބޯ ވަގު

    ބަޅެކު ބުންޏަސް ތެދުވާހަކައެއް ބުނެއް ޖެއާ ވާނީ ތެދުވާހަކައެކައް އުމަރު ބުންޏަސް ތިތަން ފެންނާނެ

    13
  34. ރާޑިވީތަ

    ބަލަ ކުރިން ބުނީ އެމްޑީޕީއަކަށް މާ ގިނަ ގޮޑިއެއް ނުލިބޭނެއޭ. މިހާރު ލިބުނީމާ ތިޔަ ބުނީ އެހެން އެއްޗެއް!

    4
    9
  35. ޝައިޚް

    ޢުމަރާ، ތީކީ ރާއްޖޭގެ ސިޔާސީ މާހައުލު އެނގޭމީހެއްނޫން، ތިމާ މާމޮޅުވެގެން އުޅުނަސް ސިޔާސީ ގޮތުން ތީ އެއްވެސް މީހެއްނޫން، ކަންވެ ނިމުނީމަ ގޮތް ކިއަންއެނގެނީ، އެހެންވީނަމަ، މިހެންވީނަމަ،

    2
    9
  36. މަ

    އުމަރުނަސީރަށް މަތާއީދު.

    13
    5
  37. އެދުރު

    އަދުރޭމެން އެއްކައިރިވާންޖެހޭ ވަގުތު އައިސް ޖެހިއްޖެ ،އިދިކޮޅަށް މިހާރު ބޭނުންވަނީ ޢުމަރު ކަހަލަ ބޭފުޅެއް ،، ރައީސް ޔާމީންވެސް ކަމަކުނުދޭ ޕާޓީ ހިންގާކަށް ،ގޭގަ ފިލާ އޮވެގެން މިކަމެއްނުވާނެ

    6
    2
  38. އުމަރާ

    ހަލާކު އައިސް ޖެހުނީމަ ދެން ކުރާނެ ކަމެއް ނޯންނާނެ. ދީނީ މީހުން މަދުވެ ލާދީނީ މީހުން ގިނަވެ މާއްދީ އެދުންތައް ގިނަވީމަ މިހެންވަނީ.

    11
    1
  39. Anonymous

    އުމަރުނަސީރަށް މަވެސް ތާއީދު.

  40. ލައްބަ

    ތީ ހަގީގަތަކީ... ލާދީނީ ބަޔަކުއައި

  41. ރޮޒޭ

    އަޅެމީ ކާކުތަ؟ސިޔާސީ ގޮތުން މިހާރު އެއްވެސް އުރެއްޕެއްހުރި މީހެއްނުން.ނައީމާއްތަވެސް މީނަޔަށްވުރެން ސިޔާސީގޮތުން ވަރުގަދަ.ސަބްމެރިންގަ ކަނޑު އަޑިޔަށްގޮސް މަށްޗައްނާރާ އޮވެބަލަ.އެއިރުން މިތާގަ ހިނގާކަންތަކެއްނޭގޭނެ.ތަންކޮޅެއްހިތަށްފިނިވާނެ.