ރ. މަޑުއްވަރީގައި މީހަކު ދަން ޖެހިފައި ހުއްޓާ ފެނިއްޖެއެވެ.

އުނގޫފާރު އޮންލައިންއިން ބުނެފައި ވަނީ ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ ފިރިހެނެއް ކަމަށެވެ.

އެމީހާ ދަން ޖެހެން މެދުވެރިވި ސަބަބު އެނގިފައެއް ނުވެއެވެ.

އިންސާނާއަށް ވަނީ ޚުދު އޭނާގެ އަމިއްލަ ނަފްސަށް ގެއްލުން ދިނުން ވެސް ޙަރާމް ކުރެވިގެންނެވެ

އިސްލާމް ދީނުގައި ދަން ޖެހުމަކީ މާތް ﷲ ނަހީކުރައްވާފައިވާ ބޮޑު ފާފައެކެވެ. ދަން ޖެހުމަކީ ކުފުރުގެ ތެރެއިން ހިމެނިގެންދާ ކަމެކެވެ. މާތް ﷲ ވަހީ ކުރައްވާފައި ގޮތުގައި، ކުފުރުގެ ހާލު މަރުވާ މީހަކީ ދުވަކު ނަރަކައިން މިންޖުވެވޭވެ މީހެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބޯ

    ތިމާެގެ ނަފުސު ތިމާ އަމިއްލަޔަށް ހަލާކު ކޮށްލުން މާތްﷲ ވަނީ ނަހީކުރައްވާފަ . އެކަކަށް ވެސް އެމީހާގެ ނަފުސަށް ގެއްލުން ދިނުން ހުއްދަ ވެގެންނުވޭ . ދަންޖެހުނު ކަމުގާ ވިޔަސް މަސްތުވާތަކެތިބޭނުން ކުރުމުން ކަމުގާވިޔަސް ކުރެވޭ ނުރަނގަޅު އަމަލެއްގެ ސަބަބުން ތިމާގެ ފުރާނަދުއްވާލުމަކީ ކުފުރުގެ އަމަލުތެރޭ ހިމެނިދާނެ ކަމެއް . ކާފަރުކަމުގާ ހުރެ މަރުވާމީހުންނަކީ އަބަދަށް ނަރަކަ ހައްގުވެފައިވާ ބައެއް.

    29
  2. ބާގިތު

    މިކުއްޖާ ދަންޖެހުނު އިރު ހުރީ ގެއަކުން 250 ރުފިޔާ ވަގަށްނެގިކަމުގެ ތުހުމަތުގައި 20 ދުވަހަށް ޝަރުޠުކޮށް ދޫކޮށްލާފައި. މުއްދަތަށް ގެންދިޔައިރު ފުލުހުންވަނީ ގާޟީ ކުރިމަތީގައި އިޢުތިރާފުވުމަށާއި، އިޢުތިރާފު ނުވެއްޖެނަމަ ޖަލަށްލާނެކަމަށް ބުނެ ބިރު ދައްކާފައި. އެހެންވެ މިކުއްޖާ ގާޒީ ކުރިމަތީގައި އިޢުތިރާފުވުމުން މިކުއްޖާ ޝަރުޠުކޮށް ދޫކޮށްލާފައި ހުރީ. އޭގެ ފަހުން މިކުއްޖާގެ ވައްކަމުގެ އެހެން މައްސަލަ ތަކެއްގެ ތަޙުޤީޤަށް ފުލުހުންވަނީ މިކުއްޖާ ގެންގޮސް ވަރަށް ބޮޑަށް ބިރުދައްކާފައި. މިމައްސަލަ ތަޙުޤީޤު ކުރެވެންޖެހޭ.