މ. އަތޮޅު މުލީގައި ޒުވާނަކު ދަންޖެހިގެން މަރުވެއްޖެއެވެ.

އޭނާ ދަންޖެހުނީ ގޭގައި ހުރި ބަނބުކެޔޮ ގަހެއްގައެވެ. މިއަދު ހެނދުނު 9:43 ހާއިރު އޭނާ ދަންޖެހިފައި ހުއްޓާ ފެނުނުއިރު، އޭނާ މަރުވެފައިވާ ކަމަށް އެރަށުން މައުލޫމާތު ދިން މީހަކު ބުނެފައި ވެއެވެ.

މަރުވެފައި ވަނީ އުމުރުން 35 އަހަރުގެ މީހެކެވެ.

އެޑިޓަރުގެ ނޯޓު:

ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."