ދިވެހި ލަވަކިޔުންތެރިއެއް ދަންޖެހިފައި ހުއްޓާ ފެނިއްޖެއެވެ. އޭނާ މިހާރު ވަނީ މަރުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އައްޑޫ ސިޓީ ހުޅުދުއަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާ ވަނީ މަޝްހޫރު ބައެއް ބޭންޑްތަކަށް ރެޕް ލަވަތަކާއި އަދި އެހެން ބައެއް ލަވަތައް ވެސް ކިޔާފައި ކަމަށް ވެއެވެ.

އޭނާގެ މަރާއި ގުޅޭ ގޮތުން ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. އެހެންވެ އޭނާ ދަން ޖެހުނީ އަމިއްލައަށް ކަމެއް ނުވަތަ މަރާއި ގުޅިގެން ޝައްކު ކުރެވޭ ކަމެއް އޮތްކަން ނުވަތަ ނެތްކަން ވެސް އަދި ކަށަވަރެއް ނުވެއެވެ.


އެޑިޓަރުގެ ނޯޓު:
ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. އަމިއްލައަށް މަރުވުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.

ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ހިމެނެއެވެ.

އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢަނީ

    ގިނައިން ލަވަކިޔާ މީހުން މިގޮތަ ނިމިދަނީ

    44
    7
  2. ނަސީ

    އިސްލާމީ އަގީދާއާއި ބީރައްޓިހި އަދި ޢައިރު މުސްލިމުންގެ ވައްޓަފާޅިއަށް ޒުވާނުންނާއި ބޮޑެތިމީހުން ގެއްލެނިވިވާވަރަކަށް އަމިއްލަ ނަފްސުމަރާލުން ފަދަ ބޮޑެތި ފާފަތަށް ދާނީ ގިނަވަމުންނެވެ. ބަޔެއް ޒުވާނުން ދެކޭ ގޮތުގައި އިސްލާމްދީނާއި އެދީނުގެ ހަގީގަަތަކީ ފެއާރީ ޓޭލްއެއް ކަހަލަ އެއްޗެކެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ ނާޒުކު ވަގުތުތަށް ނަގާލަމުން ބަޔެއް ޒުވާނުންދަނީ އާޚިރަތަކީ ނެތް އެޗެއްކަމަށް ދެކިގެން އަދި ދުނިޔޭގައި ތިމާއަށް އޮތީ ތިމާ ހިތްއެދޭ ހުރިހާމަގަކުން އުޅެގަތުންކަމަށް ވެފައެވެ. އެކަމަކު އެއްއަގީދާއެއް ނެތަސް ތިމާއާއި މަރު ބައްދަކުރުމާއި އެކު އިސްލާމްދީނުގެ ހަގީގަތް ކޮންމެ ނަފްސަކަށްވެސް ޔަގީންވެެގެންދާނެއެވެ. މާތް ރަސްކަލާނގެ އިންސާނުންނާއި އަދި ކާއިނާތު އުފެއްދެވީ އެއްވެސް ސަަބެބެއް ލަނޑުދަނޑިއެއް ދުނިޔޭގެ ހަޔާތަށް އައްޔަން ނުކޮށެއް ނޫނެވެ.

    35
    2
    • އަހުމަދު

      އެއީ ގުރުއާނުގައި އަންގަވާފައިވާ ފަދައިން، ﷲ ހަނދުމަކުރުމުން އެއްކިބާވާ މީހުން، ﷲ އެމީހުންގެ އަމިއްލަ ނަފްސުތަށް ހަނދާންނެތިގެން ދާގޮތް މެދުވެރިކުރައްވާ.

      14
      3
  3. ކަލޯ

    އުފާލެއްކަމަ ތިޔަބުނަނީ ވަރަމޮޅު ލަވަކިޔާމީހަކޯ ކީމައޭނަޔަލިބޭނެ ފައިދާއެއް އެބައޮއްތޯ..އީމާންތެރިކަން ކުޑަަކަމުން ވަމުންދާގޮތް އޭނާގެ ފުރާނަފުޅަ ހެއުރަހުމަތް ލައްވާށި.

    7
    1
  4. އެދުރު

    سبحان الله.. ހުރި ހިތާމައެއްގެ ބޮޑުކަމާ.. ﷲ މައްޔިތާގެ ފާފަފުއްސަވައި ރަހުމަތް ލައްވާށި..

    10
    1
  5. ޑެނީ

    އޭނާ ފޭސްބުކްގައި ހިއްސާ ކޮއްފައި ހުއްޓާ ދުށިން 22.12.22 ނިދާލަން ސަޅި ތާރީހެއް ހިތާމައަކީ އެވަރުގެ ސުޓޭޓަސް އެއް ފެނުމުން ގާތް މީހުންނަށް އޭތި ފަހުމް ނުވީމަ..( މަށަށް ފެނުނީ މަރުވި ފަހުން ކުއްޖަކު ދެއްކީމަ )

    5
    1
    • ޚކކކ

      ކާކުތަ އެއީ

  6. Anonymous

    އިސްލާމްދީނުގައި މިއުޒިކުކުޅުމާއި ނުބައި ލަވަތައް ކިޔުމާއި ނެށުން ފަދަ ޝައިޠޯނީ ކަންކަން ޙަރާމްކުރައްވާފައިވަނީ ދަންޖެހުން ފަދަ ބޮޑެތި އަނިޔާތަކުން އިންސާނުން ސަލާމަތްކުރެއްވުމަށްޓަކައެވެ. ނަމަވެސް ހުޅަނގުގެ ކާފިރުންގެ ބަހަށް ހެއްލިފައިވާ މީހުންނަކީ އިސްލާމްދީނާ އިދިކޮޅު ހުރިހާ ކަމެއް ކުރާ ބަޔެކެވެ. ނަތީޖާއަކީ އަމިއްލައަށް މަރުވުމެވެ.

    9
    1
  7. ހުސޭނުބޭ

    ތި ކީ ލަވަތަކުގެ ފައިދާއެއް މި ދުނިޔެއަކު އަދި ދެން އަންނަން އޮތް ދުނިޔެއަކުވެސް ނުއްވެއްނު

    13
    1
  8. Anonymous

    ލަވަކިޔުންތެރިން ޚާއްސަކޮށް މަޝްހޫރު ލަވަކިޔުންތެރިންގެ ސިޔަރަތު ގައި ހައްތާވެސް އޮންނަނީ ޑްރަގް ބޭނުންކުރުން ނުވަތަ އަމިއްލަ އަށް މަރުވުމުގެ މައްސަލަތައް

    4
    1