ރާއްޖެ އަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށް އަދިވެސް ގަބޫލުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސްޕަ މެޖޯރިޓީއަށް ވުރެ ވެސް ގިނަ ގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހު ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ނަޝީދު ވިދާޅުވީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ކަމަށާއި އެމްޑީޕީގެ ފަލްސަފާ އަކީ އެއީ ކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަތިވާނެ ގޮތަށް އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު އަދިވެސް ދެކެނީ ދިވެހިރާއްޖެ އަށް އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް. އެ ނިޒާމު އަޅުގަނޑުމެންގެ ތެރެއަށް ތައާރަފް ވެގެން އަންނަންޖެހޭނީ އަޅުގަނޑުމެންގެ ޕާޓީގެ އެކިއެކި ގޮފިތަކުގައި ވެސް މަޝްވަރާ ކުރެވި، ޕާޓީގެ ކޮންގްރެސްގައި ވެސް މަޝްވަރާ ކުރެވި، ޕާޓީގެ ހުރިހާ ގުނަންތަކަކުން މި މަޝްވަރާ ކުރެވި އަދި ރައްޔިތުންގެ މަޖިލީހަށް މައްސަލަ އައިސް، ފެންނަ ނުފެންނަ ވޯޓެއް ނެގި، ވަރަށް ދިގު މަސައްކަތަކަށްފަހު" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މަސައްކަތް ފަށައިގަންނަން ވެސް ޖެހޭނީ ރައީސް ސޯލިހުގެ ރުހުމާއެކު ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ވެރިކަމުގެ ނިޒާމަށް ރާއްޖޭގައި ބަދަލެއް އަންނަންޖެހޭ. ދެން ކޮން ވަގުތެއްގައިތޯ އެ އަންނަނީ، އެއީ ރައީސް އާއި މުޅި ޕާޓީ އާއި އަދި ރާއްޖޭގެ ރައްޔިތުންނާއި ވެސް ވާހަކަދައްކައިގެން ނިންމޭނެ ނިންމުމެއް" ނަޝީދު ވިދާޅުވިއެވެ.

2007 ވަނަ އަހަރު ރައްޔިތުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓެއްގައި ނިންމާފައި ވަނީ ރާއްޖޭގައި އޮންނަން ވާނީ ރިޔާސީ ނިޒާމެއް ކަމަށެވެ. ނަމަވެސް އެ ވޯޓްގެ ނަތީޖާ ނަޝީދު ގަބޫލެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ފިލްވް

    ރަނގަޅު ވާހަކައެއް.

    4
    26
  2. ދފދވ

    ކަލެއައް ފެއްނަ ކޮންމެ ގޮތެއް ރަނގަޅުވާނެ

    23
    3
  3. އިޓްސްސޯލޯސޯލޯ

    ރާއްޖޭގައި ދެން ވެރިކަން ކުރަން ޖެހޭނީ ޕާރލަމެންޓްރީ ނިޒާމަކަށް ދުނިޔޭގައި ޕާރލަމެންޓްރީ ނިޒާމް ތައާރަފް ކޮށްފައިވާ މޮޑެލްސް ތަކަށް ބަލާއިރު ސިންގަޕޯރގައި އެޕްލައި ކުރާ މޮޑެލް އަދި ޖަޕާނުގައި އެޕްލައި ކުރާ މޮޑެލްސް ތަކަކީ އެއީ ރާއްޖެ އަށް ފިޓްވާނެ މޮޑެެލްސް ތަކެއް ކަމަށޭ މަމެން މިދެކެނީ ސިންގަޕޯރ އަދި ޖަޕާން ގެ ޕާރލަމެންޓް މޮޑެލްސް ތަކަކީ ހިއުޖް ޕޭޕަރ ވާރކްސް ހިމެނޭ ވަރަށް ޓްރާންސްޕޭރެންޓް މޮޑެލްސް ތަކެކޭ އައި ވޮނާ ޕާރލަމެންޓްސިސްޓަމް އައި ގޮޓާ ނޯ އަދަރ ޗޮއިސް އައި ވޮނާ އެޕްލައި އެޕްލައި އެޕްލައި އިޓް އިޓްސް ސޯލޯ ސޯލޯ ސޯލޯ އެވްރީބޮޑީ އިޓްސް ސޯލޯ ސޯލޯ އެވްރީބޮޑީ ޑާންސް ޑާންސް ޑާންސް..

    2
    11
  4. ބުރޯ

    ރާއްޖެ އަށް ބަރުލަމާނީ ރަނގަލެއްނޫން. ބަރުލަމާނީ ގަ ހަމައެކަނި ގާނޫނުހަދާ މަޖިލީހުގެ ވޯޓްނެގީމަ ރައްޔިތުންގެ ބައި ނިމުނީ ހުރިހާކަމެއް ބޮޑުވަޒީރުގެ އަތްމައްޗަށް މުޅިއޮޑީގަ އެންމެ މީހެއް .ރައީސާއި މިނިވަން މުވައްސަސާތަކާ މަޖިލީހުގެ ރައީސްވެސް ކޮންޓްރޯލް ކުރާނީ ބޮޑވަޒީރު . ދިވެހި ރާއްޖެ ފަދަ ކުޑަ ޕޮޕިއުލެސަނަކަށް ބަރުލަމާނީ ނިޒާމްކަމަކު ނުދޭ ރައީސަކު ހޮވާނީ ގާނޫނުހަދާމަޖިލީހުގަ ނަގާ ވޯޓަކުން އިންޑިޔާގަ ލޯކަލް ގަވަރ މެންޓްތަކުގެ ގާނޫނުހަދާ މަޖިލީސްތަކާ ސެންޓަރަލް ގަވަނމެންޓް ގެ މަތިގެ އާ ތިރިގޭގެ ވޯޓް ރައީސް ހޮވުމަށް ބޭނުންކުރެވޭ ރާއްޖެ އަކު މިފަދަ މަޖިލިސްތަކެއްނެތް. މިހާރވެސް މިއަޑު އަރުވަނީ މިނިވަން މުވައްސަސާތައް ސަރުކާރުން ކޮންޓްރޯލް ކުރާވާހަކަ ބަރުލަމާނީ ނިޒާމުގަ މިނިވަން މުވައްސަސާ ތައް ހުންނާނީ ބޮޑުވަޒީރުގެ އުނގުގަ. މި އީ ނަސިދު ބޭނުންވާގޮތަކީ އޭރުން އަމަލާ ބަސް ދިމާނުވާނީ

    31
    2
  5. ނަޝީދު

    ތީތި ކަޑައޭ ނަޝީދު

    28
  6. މަންޖެ

    ބަރުލާމާނީ ގެނެސް ގެނެސް ލާދީނީ ބޮޑުވަޒީރު މުސްކުޅިވެއްޖެ

    28
  7. ދިސްވޭ

    ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުން ވަޒީރުންގެ އިންވޯލްވްމެންޓް އޮވެގެން ގާނޫނު ތަކަށް ބަދަލު ގެނެވޭނީ ގަވާއިދު ތަކަށް މަޖްލީހުން ބަދަލު ގެނެވޭނީ އެކަން އެހެން ވެއްޖެނަމަ މިނިސްޓަރުންނަށް މިނިސްޓްރީ ތައް ހިންގަން ވެސް ފަސޭހަވާނެއޭ މިފަަހަރު ވޯޓާއި ކައިރި ވެފައި އޮތްވާ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުންގެ ކަންކަމަށް ދިމާކޮށް ނެރުނު ގަވާއިދު ތަކަކީ އެއްވެސް ގޮތަކުން ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާނުކޮށް ނެރުނު ގަވާއިދެކޭ އެ ގަވާއިދު ގެ ސަބަބުން ދާއިރާގައި ޕްރޮފެޝަން ވިއްކައިގެން ދިރިއުޅޭ މީހުންގެ ދިރިއުޅުން ބޭންކްރަޕްޓް ވާނެއޭ އެއީ އެމްޑީޕީގެ ތިއަރީ އާއި ސީދާ ދެކޮޅަށް ނެރެފައިވާ ގަވާއިދެކޭ ބަރުލަމާނީ ނިޒާމް ގައި މިފަދަ ކަންކަން މިހެން ނުވާނެއޭ...

    15
  8. ޖައްސާތި

    ރާއްޖެތަރައްގީ ވާނީ އެއީ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލު ކޮށްގެން ކަން މިފަހަރު މަޖްލީހުގެ އިންތިޚާބުގައި މަޖްލީސް މެމްބަރުން ކުރި ކެމްޕެއިން ގައި ވަރަށް ރަނގަޅަށް އެގިގެން ދެއޭ އެގޮތުން ބަލާއިރު މާލެ ސަރަހައްދަށް ކުރިމަތި ލި ހުރިހާ ކެންޑިޑޭޭޓުން ވި ވައުދަކީ މާލެ ސަރަަހައްދުން ގޯތި ދިނުމޭ އެކަން ކުރެވޭނީ ޕާރލަމެންޓްރީ ނިޒާމެއް ރާއްޖެ އަށް އެޕްލައި ކޮށްގެންނޭ ދަ ބަނޑު އަކރިިންނޭ ރިޔާސީ ނިޒާމެއްގައި ވަޒީރުންނަށް ތިބެނީ އެމެންނަށް ރައްޔިތުންގެ ތާއީދެއް ނޯވެއޭ އެއްގޮތަކަށް ވެސް...

    1
    15
  9. ދިސްވޭ

    ވެރިކަން ކުރާ ނިޒާމް އެބަޖެހޭ ބަދަލު ކުރަން އޭގެ ކުރިން އެބަޖެހޭ ގާނޫނު އަސާސީ އަށް ބަދަލު ގެންނަން އެގޮތުން ބަލާއިރު މިރާއްޖެ އަށް ކޮންމެހެން ބޭނުން ތަނެއް ނޫނޭ ސްޕްރީމް ކޯޓަކީ އޭގެ ބަދަލުގައި ހައި ކޯޓް ހުރުމުން އެނިމުނީއޭ ހައިކޯޓް އިން ނިންމާ ނިންމުން ތަކަކީ އެއީ އެންމެ ފަހުގެ ނިންމުން ކަމަށް ހަދަންވީއޭ ފުރަތަމަ ގާނޫނު އަސާސީން ބަދަލު ކުރަންވީ ޖުޑިޝަރީއާއި ބެހޭ ބާބު ދެން ލާމަރުކަޒީ ނިޒާމް ވެސް ރާއްޖެތެރެއަށް ކައުންސިލަރުން މާލެ އަށް މިނިސްޓްރީއެކޭ ހަދަންވީ..

  10. ބޯހަލާކު 8 އޭޕްރީލް 2018

    ބޯންއުޅުނު ބޮޑިބޮވުނީ ބާރަށް ކުރިއަށް

    26
  11. ޖައްސާތި

    ރައީސް އިބޫ އަށް ވެސް ނުނިންމޭނެ ރާއްޖޭގައި ވެރިކަން ކުރަން ޖެހޭ ނިޒާމެއް އަދި އެކަން ރައީސް އިބޫ އަމިއްލަ އަށް ފެނިގެން ރައްޔިތުންގެ ރިފަރެންޑަމް އަކަށް ނުދާނެއޭ އަލަށް ހޮވުނު މަޖްލީހުގެ ފުރަތަމަ ޖަލްސާ ގައި ފާސް ކުރަންވީ ގަރާރެއް ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ބާއްވަން މަޖްލީހަށް ފެންނަ ކަމަށް ދެން ސަރުކާރަށް މިކަމުގައި ފެންނަ ގޮތެއް ވަޒީރުންގެ މަޖްލީހުން ތިން ދުވަހުގެ ތެރޭގައި މަޖްލީހަށް އެެންގުމަށް އެއިރުން ދެން ވަޒީރުންގެ މަޖްލީހުން ޖެހޭނީ އެގޮތަށް ތަބާވާންއޭ...

    8
    1
  12. ވާނެއޭ

    ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލު ކުރުން އެކަން ޖެހޭނެއޭ މިއަހަރު ޑިސެމްބަރު މަސް ނިމުމުގެ ކުރިން ނިމެން މިކަމަށް ކިތަންމެ ބޮޑު ޚަރަދެއް ކުރަން ޖެހުނު ނަމަވެސް ދިވެހިރާއްޖޭގެ ހައްގު ގައި މިކަން ކުރަން ޖެހޭނެއޭ ދެން ލާމަރުކަޒީ ނިޒާމްގެ ތެރެއަށް މާލެ އަތޮޅާއި މާލެ ސަރަހައްދު ލައިގެން ނުވާނެއޭ އެއީ މައިސަރުކާރުން ވަކި މިނިސްޓްރީ އެއް ކަނޑައަޅައިގެން މާލެ ސަރަހައްދުގެ ކަންކަން ގަވަރން ކުރާނީ އެއިރުން ކައުންސިލަރުންނެކޭ ތަފާތެއް ނުވާނެއޭ މިނިސްޓަރު ހުރުމުން ވާނެއޭ...

    10
  13. #ޕްރައުޑް ޓުބީ މައިނޯރިޓީ

    ތީގައި އަންނިގެ މައްސަލައެއްނެތް، އޭނަ އަބަދުވެސް އެހެން ބުނަމުން އެދަނީ، މިއަދު އެޕާރޓީއަށް މެޖޯރިޓީ ލިބުނީ ވޯޓުލީ މީހުންވެސް އެގޮތް ބޭނުންވާތީ...ދެން ކޮންވާހަކަ އެއް ދައްކަންއޮތީ؟ ކަން އޮތްގޮތް ވ.ސާފު

    16
    3
  14. ދިސްވޭއޭ

    ރާއްޖޭގައި ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށް އަދި ޕާރލަމެންޓް ކޮންމެ މެމްބަރަކަށް މާލެ ސަރަަހައްދުން 5 ހާސް އަކަފޫޓްގެ ގޯއްޗެއް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކުއްޔަށް ދިނުން 100 އަހަރަށް އަދި މާލެ ސަރަހައްދަކީ އެއީ މާލެ އަތޮޅު ކަމަށް ކަނޑައަޅާ މާލެ ސަރަހައްދަށް ކައުންސިލަރުން ހަމަ ނުޖައްސާ ގޮތަށް ގާނޫނު އަަސާސީ އަށް ބަދަލުގެނެސް އެހެން ބާބަކުން މާލެ ސަރަހައްދު ގަވަރން ކުރާ ގޮތެއް ހަމަޖެހުން އެއީ މަމެން ދެކޭ ހިތްވާ ދުވަހެކޭ...

  15. މަންޖެ 8ްއޭޕްރީލް2019

    އެބަރަގަޅު ވޭ އެންމެން އަތްޖަހާ ބާރަށް ކުރިއަށް

    11
    4
  16. ބަދަލުކުރަންވީއޭ

    އެމްޑީޕީ އަށް މިހާރު މަޖްލީހުގެ ގޮނޑި ތައް ކާމިޔާބު ކުރެވިފައިވާ ރޭޝިއޯ އަށް ބަލާއިރު މީ އެމްޑީޕީގެ ތާރީޚް ގައި ވެސް އެމްޑީޕީ އަށް ލިބޭނެ ހަމަ އެކަނި ފުރުސަތަކީ އެއީ ރާއްޖޭގައި ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން އެކަން ކުރެވޭނެއޭ މިހާރުވެސް އެމްޑީޕީގެ ގައުމީ މަޖްލީހުން އެކަން ނިންމައިގެން އަވަހަށް އެމްޑީޕީގެ ގައުމީ މަޖްލީހުގެ ޖަލްސާ އެއް ބާއްވާ ނިންމަންވީ ދެން ރާއްޖޭގައި ވެރިކަން ކުރަން ޖެހޭނީ އެއީ ބަރުލަމާނީ ނިޒާމަކަށް

    1
    7
  17. ލައި

    މީނަމީ ކުޅޭ މީހެއް ދޯ

    15
  18. ނޫރު

    ރާއްޖޭގެ ވެރިކަމުގެ ތަޢައްޔަރުކަން ފިލާނީ، ބަރުލަމާނީ ނިޒާމަކުން.

    2
    18
  19. އަލީރާޖާ

    ދުނިޔޭގައި އެންމެ ކާމިޔާބު ކަމާއެކު ހިންގަނީ ބަރުލަމާނީ ނިޒާމުތައް. މިސާލަކަށް، ސިންގަޕޫރު، މެލޭޝިޔާ، ޖަޕާނު. މިއީ އޭޝިއާގެ އެންމެ ކުރިއަރާފައިވާ ތަންތަން. ދެން އޮތީ އަވަށްޓެރިން. އިންޑިއާ، ޕާކިސްތާނު، ބަންގްލާދޭޝް ވެސް. ޔޫރަޕުގައިވެސް އެންމެ ކާމިޔާބު، ޖަރުމަނު، އިގިރޭސިވިލާތް، ނޯވޭ، ސްޕެއިން، އިޓަލީ، ޑެންމާކް. އަދި އޮސްޓްރޭލިޔާ، ނިއުޒިލެންޑްވެސް! ރައީސް ސޯލިހުގެ ދައުރު ނިމިގެން ދެން ފަށާ ދައުރަކާއެކު ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އަޅުގަޑު ތާއީދު.

    1
    15
  20. ކުޑަކަތީބު

    2007 ގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށްވުރެ ވޯޓުލީ މީހުންގެ އަދަދު ގިނަ. ވީމާ އަލުން ނިޒާމުގެ ވޯޓު ނަގަން ޖެހޭ.

    13
  21. މުހައްމަދު

    ނަޝީދު! ކޮންދުވަހަކުން ތިޔައުޅޭ އަދާލަތު މީހުންނާ ދުރަށްދާނީ.
    މިހާރު އިގޭނެ އެއީކީވެސް އެއްވެސް ބައެއްނޫންކަން.

    6
    2
  22. ޑައެލޯގް

    ތިޔަ ނަޝީދަކަށް ދެނެއް މިޤައުމުގެ ވެރިކަމެއް ވޯޓަކުން ނުލިބޭނެ އިންޝާ ﷲ، އޭނާ ވެރިކަން ދެންޖެހޭނީކުރަން ރައްިޔތުންގެ ތާއިދާނުލައި ތިގޮތަށް ބަރުލަމާނީގެނެސް ފައިސާދީގެން މެންބަރުން ގަނެގެންނެވެ.

    15
  23. ބެއްޔާ

    ރައީސް ސޯލިހުވެސް މިހާރު އެއްބަސްވެފަ ހުންނަށްޖެހޭނީ. ކޮންގްރެސްވެސް ތިވީ އެއްބަސްވާން. އެއީ ލީޑަރުވިދާޅުވީމަ އެކަންޖެހޭނީ ކުރަން. ސްޕަރ މަޖްލިސްވެސް ތިވީގޮތުން ތިކަމަށް އެއްބަސްވާނެ. މަޖްލިސް ރުހުނީމަ ރައްޔިތުންގެ އިތުރުވޯޓެއް ނަގަން ނުޖެހޭނެކަމަށް ނިންމާ ބަރުލަމާނީގެނެސް ބޮޑުވަޒީރަކަށް އާދޭ. އެއިރުން އިބޫގެ މުސްކުޅި ސިކުނޑިއަށްވެސް ބާރުކުޑަވެ އިއްޒަތާ ޝަރަފްގަ ހިހޫތަނުން ކައިގެން އުޅެވިދާނެ އުމުރަށް. އިސްލާމްދީނަކަށް އެކަކުވެސް ބަލާނެކަމެއްނެތް މިދުނިޔެ ބަނޑުއެޅޭތޯ ގަދައަޅާ މަސައްކަތްކުރޭ.

    23
  24. އަސޭލާ

    މިއީ ހަމަ ބަހާނާ ކުންފުންޔެއް. މިހާރު ތިޔޮތީ ވެރިކަންވެސް ލިބިފައި، މަޖިލިސްވެސް ލިބިފައި، މަޖިލިސް ލިބުމުން ޖުޑިޝަރީވެސް އިސްލާހު ކުރެވޭނެ އެތަންވެސް ލިބުނީ. މިހާރު ދެން ބޭނުމީ ވެރިކަމުގެ ނިޒާމް ބަދަލުވާން؟ 3 ބާރު ލިބުނީމާވެސް ހިތް ނުފުރޭ. ހަމަ ބޭނުމީ ތިމާއަށް ވެރިކަން ލިބެން. މިހާރު ކޯލިޝަނެއް މިހާރު ނެތް. ކުރިން ބުނީ ކޯލިޝަނަށް ބާރު ދޭންށޭ! އެމްޑީޕީއާއި މިޔޮތީ ވެރިކަމުގެ ހުރިހާ ބާރެއް ރައްޔިތުން ހަވާލުކޮށްފައި. ދެން ވެރިކަމުގެ ނިޒާމް ބަދަލުކޮށްފައި ކޮން ކަމެއް ތޯ އެދޭނީ؟ އިންޑިއާގެ ސްޓޭޓް އަކަށް ވާންތޯ؟؟

  25. އައިޝާ

    މި އެއްޗަކު ބޯނުކޮއްޕާނެ ތަނެއް ނުހުންނާނެ. އެ އުޅެނީ ބޮޑުވަޒީރުކަން ބޭނުންވެގެން. ގައުމުގެ ހަލާކެއް ރީނދޫ ނަޝީދަކީ

  26. މީނަ

    މި ޤައުމަށް ޖެހިފަ ހުރި ބޮޑު އުނދަގުލެއް ކަހަލަ މީހެއް މީނަމީ..ދެން ބުނޭ މަ ބޭނުމީ މިޤައުމުގެ ރައީސްކަމޭ...މީނަގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާށި...

  27. ޚަލީމް

    ބަރުލަމާނީ، މިނަމުން ހިތައްވަންނަނީ ބަރުހެލިކަން. ނިޒާމުގެ ނަން "ރައްޔިތުންގެ ނިޒާމް" ނުވަތަ "އެކުވެރި ނިޒާމް" އަށް ބަދަލު ކުރަންވީ.