ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ރާއްޖޭގައި ތިބެގެން ޑޮކްޓަރުކަން ކިޔެވޭނެ ގޮތް ހެއްދެވުމަށް ފެއްޓެވި ޕްރޮގްރާމަށް ރައީސުލްޖުމްހޫރިޔާ އިބްރާހިމް މުހައްމަދު ޞާލިހް މިރޭ ތައުރީފް ކުރައްވައިފިއެވެ.

ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވައިދޭން ފެއްޓެވި ފެއްޓެވުމަށް ރައީސް ޞާލިހް ތައުރީފް ކުރެއްވީ ގައުމީ ޔުނިވަސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ.

ޔާމީންގެ ނަން ފާހަގަ ނުކޮށް ނަމަވެސް ޑޮކްޓަރުކަން ރާއްޖޭގައި ކިޔަވައިދޭން ފެއްޓެވި ފެއްޓެވުމަށް ތައުރީފް ކުރައްވާ ރައީސް ޞާލިހް މިރޭ ވިދާޅުވީ މީހުން ބިނާކުރުމުގައި، ގައުމީ ޔުނިވަރސިޓީން އަދާކުރަމުން އަންނަނީ، ވަރަށް އުންމީދީ ދައުރެއް ކަމަށެވެ.

"މިދިޔަ އަހަރުގެ ތެރޭގައި މެޑިކަލް ފެކަލްޓީއެއް ޤާއިމުކޮށް، މިހާރު 23 ދަރިވަރަކު އަންނަނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރަމުން. އަދި މި މަހުގެ ތެރޭގައި ދެވަނަ ބެޗް ފެށިގެންދާއިރު، އިތުރު 30 ދަރިވަރުން ބައިވެރިވާނެ." ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ ގައުމީ ޔުނިވަރސިޓީ އުފެދިގެން އައީވެސް، ޞިއްޙީ ޚިދުމަތުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ތެރެއިން ކަމަށެވެ. ޤައުމީ ޔުނިވަރސިޓީގެ ބިންގަލަކީ، މީގެ 46 އަހަރު ކުރިން، 1973 ވަނަ އަހަރު އުފެއްދި، އެލައިޑް ހެލްތު ސަރވިސް ޓްރޭނިންގ ސެންޓަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް މީހުން ބިނާކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރަނީ ގައުމީ ޔުނިވަރސިޓީ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"ރާއްޖޭގައި ތިބެގެން ހިލޭ މެޑިސިން ހެދޭނެގޮތް ހަމަޖެހިފައިވާތީ، ޑޮކްޓަރުން ބިނާކުރުމަށް ދައުލަތުން ކުރަންޖެހޭ ހޭދަ، އެތައް ގުނައެއް ކުޑަވެއްޖެ. މިހާރު ފަށާފައިވާ މެޑިސިން ޕްރޮގްރާމް އިތުރަށް ތަރައްޤީކޮށް، އެކި ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން އުފެއްދުމަކީ، މި ޔުނިވަރސިޓީއާމެދު ދިވެހި ރައްޔިތުން މިހާރު ކުރާނެ، އެންމެ ފޮނި އުންމީދު." ރައީސް ޞާލިހް ވިދާޅުވިއެވެ.

ރާޢްޖޭގައި ތިބެގެން ޑޮކްޓަރުކަން ކިޔެވޭނެ ފުރުސަތު ޔާމީންގެ ސަރުކާރުން ފަހިކޮށްދެއްވާ ދަރުމަވަންތަ ހޮސްޕިޓަލްގެ ދެ ފްލޯއެއްގައި މެޑިކަލް ކޮލެޖްގެ ކެމްޕަަސް ބިނާ ކުރަން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ހުވާން

    ރައީސް ޔާމީން ވަނީ އެތައް ރޮގަކުން ޤައުމު ކުރިއަށް ގެންގޮސް ދެއްވާފަ ހަމައެކަނި މާލެއެއް ނޫން ރާއްޖޭގެ ހުރިހާ ރަށަކުންވެސް ތަރައްގީގެ ކުލަވަރު ފެންނާނެ މީ ޙަގީގަތް އެންމެ 5 އަހަރުތެރޭ ހުޅުލޭ ބަލާބަލަ ހިތަށް ފިނިކަން ލިބި އުފާވޭ. ރައީސް ޔާމީނަށް ހާސް ފަށުން ޝުކުރު ދަންނަވަން

    49
    4
    • Anonymous

      ރައީސް ޔާމީން ެެކަންކަން ކުރީ، ކާމިނީގެ ޔާމީންގެ ހައިސިއްޔަތަކުން ނޫން. ގައުމުގެ ހާކިމާގެ ހައިސިއްޔަތުން. ރައީސް ސޯލުހު ވެސް ކަންކަން ކޮށްދެއްވަންވީ ހާކިމާގެ ހައިސިއްޔަތު، ކެރަފާ އާއިލާގެ ދަނބި ދަރީގެ ހައިސިއްޔަތަކުންނޫން. ރައްޔިތުންނަށް ކަންކަން ކޮށްދޭންވީ. ނުނިމިހުރި ޕްރޮޖެކްޓް ތައް ނިންމަންވީ. އެޕްރޮޖެކްޓްތަކުގައި މައްސަލަ ހުރިނަމަ މިސަރުކާރުން ހިންގާ ޕްރޮޖެކްޓުގައި އެގޯސް ނަހަދާނީ. ނަފްރަތާ ހަސަދައިން އެމީހާއަށާ ގައުމަށް ލިބޭނީ އިންތިހާ ދަރަޖައިގެ ގެއްލުން. ހަލާކު. އޭގެ ފައިދާނަގާނީ އަޅުގަނޑުމެންގެ ދުޝްމަނު ހަސަދަވެރި ގައުމުތަކުން. އެއީ ވެރިކަމުގައި ދެމިތިބުމަށް ވިސްނާ ބަޔަކަށްވެސް މުސްތަގްބަލަށް ހުރި ބިރުވެރިކަމެއް. އެއީ ދިވެހިންނަކީ އެމީހުންގެ ބަޔަކަށް ދުވަހަކުވެސް ނުވާނެތީ

  2. ދދދދދދދ

    އެސޮރު ހަނދާން ނެތުނީ. ބޭސް ނުކައި ހުރެވުނީ ކަންނޭނގެ. ސިކުނޑީގެ ބަލީގެ ބޭސް ފަރުވާއަކީ މެދުކެނޑިއްޖެއްޔާ އަލުން ފަށަން ޖެހޭ އެއްޗެއް.

    33
    3
  3. ބުރޯ

    އެމްޑީޕީ ސަރުކާރު 2008 ގަ ވެރިކަމަށް އައިސް ރާއްޖެ އެތައްގުނަޔަކަށް ފަހަތައްޖައްސާނުލިނަމަ ތިޔަ ހިދުމަތް ފެށުނީހީ ޔާމީނުގެ ވެރިކަމަުގައެއްނޫން އެއަށް ވުރެވެސް ކުރިން .އޭގެ ހަގީގަނަތަކީ 2008ގަ އެމްޑީޕ ވެރިކަމަށް އައިއިރު އައިޖީއެމްއެޗްގެ މޫނުމަތީގަ ހުރި އިމާރާށތުގެ ކޮންކްރީޓް މަސައްކަތް ހުރީ ނިމިފަ . 2008 ންފެށިގެން 5 އަހަރު ވީއިރުވެސް އެއިމާރާތް ނުނިމޭ މި އިމާރާތް ނިންމީވެސް ޔާމީނުގެ ސަރުކާރުން . އޭގެ އިތުރުން 25 ބުރި އިމާރާތް ނިންމާ އެތަކުގަ މެޑިކަލް ކޮލެޖް ގާއިމު ކުރުމާ ، ހުސްނުވާ އަސަންދަޔާ ހިތުގެ ބަލީތަކަ ބެހޭ ޔުނިޓާ ، ކުޑަކަމުދާ ނިޒާމުގެ ޔުނިޓާ ކެންސަރު ބަލިތާބެހޭ ހުނިޓާ އެމއާރު އައި ސެންޓަރާ ޑައިލަސިސް ޔުނިޓާއި ޒަމާނީ ފެންވަރުގެ ލެބޯޓްރީ އަކާއި މިއީހައްތާވެސް ޔާމީނުގެ ސަރުކާރުން އިސްކަންދެއްވައިގެން ހިންގަވާފަހުރި މަސްރޫއުތައް. އެމްޑީޕީ ސަރުކާރަށް މައުމޫނު ގާއިމްކުރި މަދަނަ މަސްރޫއު ހިނަގާ ފުރިހަމަކުރުމުގެ ގާބިލްކަން ނެތުމުގެ އިތުރަށް މަދަނަ ބަގުރޫޓްވެ ބޭރުގެ ފަރާތަތަކަށް ފައިސާ ނުދެވިގެން މަދަނައިގެ ނަން އާސަންދަ ކިޔާ ނަންބަދަލުކޮށް އާސަންދަ ހިންގުން އެލައިޑް އިންސޫރަންސް އާ ހަވާލުކުރީ ބޭރުގެ ހޮސްޕިޓަލްތަކުން ރާއްޖެ އަށް ބޭސްފަރުވާކުރުން ހުއްޓާލާފަ އޮތުމުން. އަނެއްކާ މިފަހަރު ހުރިހާ އިމާރާތް ތަޅާލަން ޖެހޭ ހިސާބަށް ނުގޮސް ސަލާމަތް ވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅު.

    32
    4
  4. ަައާނަ

    ރައީސް ޔާމީން ވަރެއްނެތް.. ޝުކުރިއްޔާ ރައީސް ޔާމީން. ތިޔައީ އަހަރުމެންގެ ރައީސް ގަވްމްދެކެ ލޯބިވާ ދަރީންތިބޭނީ ތިގޮތުގައި

    44
    2
  5. ޓަޕްއަޕް

    ރައީސް ޔާމީނުގެ ވެރިކަމުގެ 5އަހަރުތެރޭ 60 އަށްވުރެން ގިނަ ދިވެހި ޑޮކްޓަރުން ވަނީ އެކިއެކި ރޮގުތަކުން ޚާއްސަ ޑޮކްޓަރުންނަށް ވުމަށް ރާއްޖެއިން ބޭރު ގައުމުތަކަށް ސަރުކާރު ގެ ޚރަދުގައި ފޮނުވާފަ. އަދި އެއިގެތެރެއިން 20 ޑޮކްޑަރުން މިހާރު ވަނީ ކޯސް ފުރިހަމަކޮށްފަ އެބުރި އައިސް ޚިދުމަތް ދޭން ފަށާފަ. މިއީ އެއިގެ ކުރިން ދުަހަކުވެސް ނުވާވަރު. ދިވެހީން ޝުކުރުވެރިކަމާއި އެކު ބަލައިގަންނަނަމައެވެ.

    38
    3
  6. ރަށަށްދޭބަލަ

    ނެތިގެން މިއުޅެނީ އިލްމާ އެއްވަރަށް ހިކުމަތްތެރިކަމާ އެކު ކަންކުރާނެ މީހުން ކަމަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް ވިދާޅުވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އެމެން ޒީރޯ ޓޮލެރެންސޭ މެން ވެސް ބުނަނީ އެމެންގެ ސެރޓިފިކެޓް އޮތީ އޮމާން ޓިނުންނޭ ހަދާފައި އެހެންވެއްޖެނަމަ އެމެންނަށް ޕޮލިސީ އިނގޭނެއޭ އެކަމަކު އެމެން ނަށް ރައީސް އިބޫގެ ވެރިކަމަށް 9 މަސްވީއިރު ވެސް ރިސޯރޓްސް ތަކުން ދިވެހިންނަށް ވަޒީފާ ލިބޭނެ ގަވާއިދެއް ވެސް ނުލިޔެވުނޭ ދެން ސްޓޭޓަސް އެއްގެ ބޭނުމުގައި ދަ ރާއްޖެތެރޭ އާލާތުން ކިޔަވައިގެން އައިސް ރައީސް އޮފީސް ތެރެއަށް ފާވެގެން ޕޮލިސީ ސެކްރެޓަރީއޭ ބުނެ އަތުން ފައިން މަަސައްކަތެއް ނުކޮށް ސަރުކާރުގެ މުސާރަ ބަނޑު އަޅާލިއަސް ކަމަކު ނުދާނެއޭ ހިލްމް ނެރޭށޭ ނުރެވެންނާ ތަމެން ރަށަށް ދޭބަލަ ރަށަށް ރަށަށް ރަށަށް ދޭބަލަ..

    11
    2
  7. ނެތީމޭ

    ނެތިގެން މިއުޅެނީ އިލްމާ އެއްވަރަށް ހިކުމަތްތެރިކަމާ އެކު ކަންކުރާނެ މީހުން ކަމަށް ރައީސް އިބޫ ވިދާޅުވުން އެއީ އުފާ ކުރަން ޖެހޭނެ ކަމެކޭ ސަބަބަކީ މިހާރު އިބޫގެ ކެބިނެޓް އިން ކުރާ ކަމެއް ވެސް ނެތޭ އަދި ދަމަކުން ބަޑިއެއް ޖަހާ އުސޫލުން ކުރާ ކަންކަން ކުރަނީ ޕްލޭނިންގް މިނިސްޓްރީން ކަމަށްވާއިރު އެމިނިސްޓްރީ ސޮއި ކުރާ ކޮންޓްރެކްޓްސް ތަކުގައި ވެސް ސޮއި ކުރަނީ ޕީއެސްއޭ މިނިސްޓަރުން ތިބެނީ ފިލާއޭ އެއީ ޒިންމާ އުފުލުމުން ބަރީއަވާން ވެގެން އެމެން ކުރާކަމެކޭ އެއީ ބޮޑޭވާން ވެގެން ދަ ރާއްޖެތެެރޭ އާލާތުން ކުރާ ކަމެކޭ މިނިސްޓަރުންނަކީ އެއީ ބޮޑޭވެފައި ތިބެން ޖެހޭނެ ބަޔެއް ނޫނޭ ރައްޔިތުންނާއި ގުޅުން ހުރި ކަންކަމުގައި ފްރަންޓް ލައިނަށް ނިކުންނަން ނުކެރޭ މިނިސްޓަރުން އިސްތިއުފާ ދިނުން މާ ބޮޑަށް ވެސް އައުލާ ކަން ބޮޑޭ ބުނަން މަމެން ނެތީމޭ...

    5
    3
  8. ބަފާބެާ

    ސިޔާސީ ވާދަވެރިންނަކީ ޒާތީ ދުޝްމަނުންނެއްނޫން، އެމީހުންނަކީ "ސިޔާސީ ވާދަވެރިން" އެކަކު ކުރާ ކަންތަށް އަނެކަކު ގޯސްކޮށް ރައްޔަތުންނަށް ދައްކަނީ އިންތިޚާބުތަކާ ކައިރިވީމަ އެޑުވާންޓޭޖު ނަގަންވެގެން! ދެ އިންތިޚާބުވެސް ނިމުނީ، ދެން ޔާމީނު 5 އަހަރުތެރޭ ކޮށްފަ ހުރި ރަނގަޅު ކަންތަކުގެ ވާހަކަ ދެއްކޭނެ! ރަނގަޅުނޫން ކަންތައްވެސް ބައިވަރު ކޮށްފަ އެބަހުރި ފަސް އަހަރުތެރޭ.
    ކައުންސިލަރުން ހޮވާ އިންތިޚާބަކީ އެއީ ބުރަދަނެއް ހުރި އެއްޗެއްނޫން. އެމްޑީޕީ އިން އެއަށްވެސް ވާދަކުރާނެ އެކަމަކު މާބޮޑުކަމަކަށް ނަހަދާނެ!

    17
    1
  9. Anonymous

    މިގައުމު ކުރިއަރާ ދާނީ ދައުލަތުވެ ވެރިންނަށް އަންނަ މީހުން އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ރައްތިތުންންގެ ލާބައާ މަންފާއަށް ކުރާ ކަންކަން ބަލައިގަނެ އެކަންކަން ކުރިއަށް ގެންގޮސް ރައްޔިތުންނަށް ފައިދާ ހުރިގޮތަށް ވިސްނީމަ. ހަސަދަވެރުކަމާ ނަފުރަތަކީ ފަނާކުރަނިވި ކަންކަން. މިގައުމުގެ ރައްޔިތުން ތިބީ މިނުބައި ވިސްނުމަށް ގެއްލި ހަލަޚުވެފަ. ވެރިންށް ހުތުރު ބަސްތައް ބޭނުންކުރުމާ ވަނަންތަކުން ގޮވުމާ އަބުރާބެހި ނަފުރަތު އުފެއްދުން ހައްދުފަހަނައަޅާފަ މިއޮތީ

  10. އޮޅާލީތޭ

    އިލްމާއި އެއްވަރަށް ހިލްމް ނެތީ އެއީ ސީދާ ރައީސް އިބޫގެ ވެރިކަމުގައި ރައީސް އޮފީހުގައި ތިބި މީހުންގެ ނޫންތޭ އެކަން އެބައިނގެއޭ ވަރަށް ރަނގަޅަށް އިބޫގެ ވެރިކަމަށް 6 މަސް ވާން ކައިރިވަނީއޭ އެކަމަކު ކުރެވޭ ކަމެއް އަދި ކުރާ ކަމެއް ފެންނާން ނެތޭ އިބޫގެ ވެރިކަން މަމެން ގުނަ ފަށަނީ ސެޕްޓެމްބަރު މަހުން ފެށިގެންނޭ ސަބަބަކީ ކުރީ ސަރުކާރުން އެއްވެސް ކަމެއް ކުރިއަނުދިން އެމެން ކޮބާތޭ ތަމެންގެ ވެރިކަމުގައި މާލެ ސަރަހައްދުން ދޭން ބުނި ގޯތި ތައ އެއޮޅާލީތޭ

  11. ވާނެގޮތް

    އުމަރު އަދި ޑރ. ޖަމީލް ޕީޕީއެމް އާއި ބައިވެރިވެއްޖެނަމަ ދެން ޕީޕީއެމް އިން ނެރެން ޖެހޭނެ ރިޔާސީ ކެންޑިޑޭޓް އަކީ އެއީ އުމަރު ނަސީރު ނުވަތަ ދެން ޕީޕީއެމް އިން ނެރެން ޖެހޭނެ ބޮޑުވަޒީރަކީ އެއީ އުމަރު ނަސީރު މަމެންނަށް ލަފާ ކުރެވޭ ގޮތުގައި މިއަހަރު ނިމޭއިރު ރާއްޖެ ބަރުލަމާނީ އަކަށް ބަދަލުވެ ރައީސް އިބޫ މަގާމުން އިސްތިިއުފާ ދީ އަދި ރައީސުލް ޖުމްހޫރިއްޔާގެ ބަދަލުގައި އިބޫ ހުންނާނީ ރަމްޒީ ރައީސެއްގެ ގޮތުގައޭ ބޮޑު ވަޒީރު އެއީ ކެނެރީގެ ނަޝީދުއޭ މީ ދެން

  12. ދިސްއިޒްއިޓް

    ގަމާއި މުންޑޫ ގުޅުވުމަށް ވުރެން ރަނގަޅުވާނެއޭ އައްޑޫ ހުޅުދޫ މީދޫ އާއި އައްޑޫ ގަމާއި ދެމެދު ބްރިޖް އަޅާ ގުޅުވާލާ އައްޑޫ ހުޅުދޫ މީދޫން މީހުން ބާލާ އެތަން ޗައިނާ އަށް ޗައިނާގެ ފްރީ ޓްރޭޑް ޒޯން އެއް ކަމަށް ހަމަޖެއްސިއްޔާ އެއިރުން ރާއްޖެ އާއި ތޯޅެން އެމެރިކާ އަށް ވެސް އަދި އިންޑިއާ އަށް ވެސް ނުކެރޭނެއޭ ދެން އައްޑޫ ހުޅުދޫ މީދޫ މީހުން މާލެ ގެނެސް މާލެ ސަރަހައްދަށް އަޅާލީމާ ހުންނާނީ ރަނގަޅަށޭ ދިސް އިޒް އިޓް..

  13. ލަބީބު

    ރައީސް ޔާމީން ރުކުރުވައިލި ޤަވްމީ ތަރައްޤިގެ ގަސްތަކުން މޭވާ ބިންނަން އައި މީހެއްދޯ މިއީ؟ އަދި ނީވޭ މިނޫން އަޑެއް.

    10
    1
  14. މަސްވެރިޔާ

    ހަގީގަތުގައި މިކަން ކުރުން އޮތީ ވ ފަސްވެފަ، ރާއްޖެއަށް ދުނިޔޭގެ އެންމެ މަތީފެންވަރުގެ ޑރ. ޒިޔާރަތްކުރޭ އަބަދުވެސް، ރާއްޖޭގެ ތަރައްޤީގެ ބާނީއަމީ މ.ރ.ނާސިރެވެ، 1973 އަހަރު އެލައިޑް ފެށިއިރު ރާއްޖޭގެ ރައްޔިތުންނަށް ވެސްޓަން މެޑިކަލް ނިޒާމާއި ބޭސް އެހާރަގަޅަށް ނޭގެއެވެ. އެދުވަސްތައް މާޒީވެދިޔަސް އެއީ ވަރަށް ހިތްވަރުގަދ ދިވެހިންތަކެކެވެ، ހެލްތް ވޯކަރުންނާއި ކޮމިއުނިޓީ ހެލްތް ވޯކަރުންނާއި، ފޫޅުމައިންނެވެ.
    ކޮލެރާއި، ޝިގައްލާ ފަދަ ބޮޑް ބަލިމަޑުކަމަކުން ރާއްޖޭގެ ރައްޔުތުން ސަލާމަތްކުރުމަށް ރެއާއި ދުވާލު ދިވެހި މެޑިކަލް ޓީމު ތަކުން ބުރަ މަސައްކަތް ކުރިއެވެ، ޑރ. ގޮތުގައި ތިއްބެވި ދިވެހި މަދު ޑރ ލަފަޔާއެކުގައެވެ. ގޯލްޑަން ރޭސް ވެގެން ދިޔައީ ކަނޑުމަތީ ހޮސްޕިޓަލަކަށެވެ. މިނިކަމެތި އަޅުގަޑުވެސް ހެލްތް ވޯކަރކަން ކިޔަވަން ރަށުއޮފީހުން ފޮނުވިއެވެ. އަދި އެލައިޑްގެ އިންޓަރވިއުން ފާސްވިއެވެ، ނަމަވެސް މާލޭގައި ހުންނާނެ ތަނެއްނެތުމުން ޖެހުނީ ރަށަށްދާށެވެ.ވ.ބޮޑަށް ޝުކުރިއްޔާ ރ. ޔާމިން، ޝުކުރިެްޔާ ރ.ސޯލިހު، ހިތުގެ އަޑިން ޝުކުރިއްޔާ ރާއްޖޭގެ އެހާރާއި މިހާރުގެ މެޑިކަލް ދަރިންނަށް.

  15. އަބުދުއްލޯ ރަސީދު

    ރިއީސް ޔާމިނުގެ ތިކަހަލަ ކިތައްމެ ކަމަކައް ނުގަބޫލުގަވެސް ޖެހޭނީ ތައުރީފު ކުރަން
    ސުކުރިއްޔާ ރައިސް ޔާމިނު ،

    13
  16. ދޮންބެ

    ތައުލީމު ނެއް މީހަކު ތައުލީމުލިބި ގުރެޖުވޭތު މީހުން ނައް ނަސޭހަތް ދިނުން ފަހު ޒަމާނު އަލާތް

  17. ލަޠީފާ

    މިއަދު ރައީސް ޔާމީން ވެރިކަމުގައި ހުނެވިނަމަ ރާއްޖޭގައި އިންސާނުންގެ ގުނަވަންތައް ބަދަލުކުރުމުގެ އޮޕްރޭޝަންތައްވެސް ހުރީހީ މިހާރު ފެށިފަ! ދިވެހިން ފައިސާއަށް ވިކި ޤާބިލްވެރިއެއް ދުއްވާލީމާ ޤަވްމު ކަރުނައަޅާ! މިކަން އިޙްސާސްކުރެވޭނީ އަދި ދުވަސްކޮޅަކުން.