ވިޔަފާވެރިޔާ އަބްދުﷲ ޖާބިރަކީ ރާއްޖޭގެ ފަތުރުވެރިކަން އާ އުސްމިންތަކަކަށް ގެންދެވޭނެ ފަދަ ގާބިލް ބޭފުޅެއް ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ޖާބިރު އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުން އޭނާގެ ވައުދުތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ކާށިދޫ އާއި ގާފަރުގައި ހިންގަން ޖާބިރު ނިންމާފައިވާ މަޝްރޫޢުތަކުގެ މައުލޫމާތު ގިނަ މީޑިއާތަކުން ވެސް މެދުކެނޑުމެއް ނެތި ދަނީ ގެނެސްދެމުންނެވެ.

ޖާބިރަށް ތައުރީފް ކުރައްވާ ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާށިދޫ ދާއިރާގެ މެންބަރު ކަމަށް އިންތިޚާބު ވެފައިވާ ޖާބިރަކީ ރާއްޖޭގެ ފަތުވެރިކަން އާ އުސްމިންތަކަކަށް ގެންދެވޭނެ ފަދަ ގާބިލް ބޭފުޅެއް ކަމަށެވެ.

ގެސްޓް ޝޮޕް ހިންގުމުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާ އަށް ވެންނެވި ޖާބިރު ވަނީ އޭގެ ފަހުން ސަފާރީ އުޅަނދުގެ ވިޔަފާރި ފައްޓަވާ އަދި އޭގެ ފަހުން ރިސޯޓްތައް ވެސް ބައްލަވައި ގެންފައެވެ. ޖާބިރު ފާހަގަ ކުރެވެނީ ވަރަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުޑަ ވިޔަފާރި އަކުން އެންމެ ބޮޑެތި އިންވެސްޓްމަންޓްތައް އުފެއްދެވި މަދު ބޭފުޅުންގެ ތެރޭގައެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އެހެނިގެން ދާއިރާތަކުން ވެސް ކާށިދޫ ދާއިރާގައި ވަސީލަތްތައް ގާއިމް ކުރަން ޖާބިރު ވަނީ ގިނަ ޕްލޭންތަކެއް އިއުލާން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަލްޖިބްރާ

    ނިހާނު އަނެއްކާ އަނެކަކު ޅޮސްއުދޯއްޔަށް ލައިގެން ހެލަން ފެށީ އުތަ ؟ ތިކަމަކު ކަލެއަކަށް މަޖްލީހުގެ ގޮޑިއެއް ނުލިބޭނެ !

    42
    14
  2. މަސާރީ

    ކުޑަގޮތެއް ހުންނަހެން ހީވާތީ ބޯކާލުމުގެ މަސައްކަތް ފެށީތާ؟ އެކަމަކު ކުޑަގޮތެއް ހުއްޓަސް އަލިފާނާއި ފެނާ ވަކިކުރަން ޖާބިރަށް އެނގޭނެ

    38
    14
    • ރައްޔިތުމީހާ

      100 ގައި ހުރެގެންތަ އެނގޭނީ. 100 ހަމައެއް ނުވޭހެން ހީވަނީ ބައެއްފަހަރު އެއަށްވުރެ މަތިން އަނެއްބައި ފަަހަރު އެއަށްވުރެ ދައްކޮށް އުޅެނީ. 50 ތިރިވެއްޖެއީއާ ދުވަސްދިޔައީ.

      13
      1
  3. ހުސްތަން ފުރުން

    ޖާބިރު ފާހަގަ ކުރެވެނީ ވަރަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި .................... ވިޔަފާރި އަކުން އެންމެ ބޮޑެތި ....................... އިންވެސްޓްމަންޓްތައް އުފެއްދެވި މަދު ބޭފުޅުންގެ ތެރޭގައެވެ.
    ކިޔުންތެރިންނަށް

    6
    4
  4. ރައްޔިތުމީހާ

    ނަނެއް އެއްލީދޯ

    17
    2
  5. ޥަގު

    ޖާބިރުބުނިދުވަހަކުވެސޔާމިނަކަމާފނުކުރާނަމެ

    10
    2
  6. ދިނަށަ

    ޖާބިރު ދަބެސްޓް. ނިހާނަށް ޝުކުރިއްޔާ.

    11
    5
  7. ލަދުކުޑޭ

    ޖާބިރު ލަވަން ފެށީ. ސޭޓަށް ހެދިހެން އެއްކަލަ ކުޅިވަރު ފެށުނީ.

    11
  8. ސީސީސީސީ

    މިހާރު ޤާސިމު ކަމަކުނުދޭ އަނެއްކާ ޖާބިރު އަތުން އެއްޗެއްހޯދަންވީތަ ؟

    10
    2