ހުޅުމާލޭގައި ދަންޖެހިގެން މީހަކު މަރުވެއްޖެއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުގައި، ދަންޖެހިގެން މަރުވެފައި ވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ދަންޖެހިފައި ހުއްޓާ ފެނިގެން ހޮސްޕިޓަަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިރޭ 9:16 ހާއިރުއެވެ.

މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

އިސްލާމް ދީނުގައި ދަން ޖެހުމަކީ މާތް ﷲ ނަހީކުރައްވާފައިވާ ބޮޑު ފާފައެކެވެ. ދަން ޖެހުމަކީ ކުފުރުގެ ތެރެއިން ހިމެނިގެންދާ ކަމެކެވެ. މާތް ﷲ ވަހީ ކުރައްވާފައި ގޮތުގައި، ކުފުރުގެ ހާލު މަރުވާ މީހަކީ ދުވަކު ނަރަކައިން މިންޖުވެވޭވެ މީހެއް ނޫނެވެ.