ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ލިބުނު ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ފައިސާގެ ތެރެއިން 1.8 ބިލިއަން ރުފިޔާ އަދިވެސް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ނުދައްކާކަން ފާހަގަ ކުރެވިއްޖެއެވެ.

ސަރުކާރަށް 100 ދުވަސް ފުރުން ފާހަގަ ކުރަން މިދިޔަ މަހު ފަހުކޮޅު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ މިސަރުކާރު ފެށުނު ފަހުން މިއަހަރު މިހާތަނަށް ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

"ހިލޭ އެހީގެ ގޮތުގައި ލިބޭ އާމްދަނީވެސް ވަނީ ބޮޑުތަނުން އިތުރުކުރެވިފައި. މި ސަރުކާރު ފެށުނު ފަހުން މިއަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ. މީގެ އެތައް ގުނައެއް އިތުރު ހިލޭ އެހީ މިހާރުވެސް އަންނަނީ ހަމަޖެހެމުން." އެބައްދަލުވުމުގައި ރައީސް ޞާލިހް ވިދާޅުވިއެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ވެސް ހިލޭ އެހީގެ ގޮތުގައި އޭޕްރީލް 11 ވަނަ ދުވަހާއި ހަމައަށް މި ސަރުކާރަށް ލިބުނު ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކަނީ 390.1 މިލިއަން ރުފިޔާ އެވެ.

އެހެންކަމުން ރައީސް ޞާލިހް ވިދާޅުވި 1.9 ބިލިއަން ރުފިޔާގެ ތެެރެއިން 1.87 ބިލިއަން ރުފިޔާ އަށް ވީގޮތެއް ނޭނގެއެވެ. ދައުލަތުގެ މާލިއްޔާ އަށް އެފައިސާ ވަދެފައިވާ ކަން ސަރުކާރުގެ ހިސާބުތަކަކުން ނުދައްކައެވެ. އެހެންކަމުން ބެލެވޭ ގޮތުގައި އެފައިސާ ވަނީ ދައުލަތައް ހިލޭ އެހީގެ ގޮތުގައި ލިބުނު ނަމަވެސް މާލިޔަތައް ވަނުމުގެ ކުރިން ގެއްލިފައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިއަހަރު މިހާތަނަށް ސަރުކާރަށް 390.1 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބިފައި ވާއިރު އަހަރު ނިމޭއިރު ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 1.3 ބިލިއަން ރުފިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. އަން

    އެފައިސާ މިފައިސާ ހިފާގެން ގެއަށް ދިޔާމަ ކާކުގެ އަންހެނުންތޯ ސުވާލުކުރީ ކޮންތާކުން ހޯދި ފައިސާތޯ؟ މަހްލޫފުގެ އަންހެނުން އެކަނި އެސުވާލު ކުރީ.

    75
    15
  2. ހަހަ

    ތި ވާނީ ކާލީ ކަމަށް.....ހެހެހެހެ

    83
    9
  3. ކުޑަބަޖަރާ

    އެފައިސާ އެއްނުންތަ އެމްޑީޕީން މަޖިލިސް އިންތިޚާބަށް އެބެހީ.؟

    119
    8
  4. ފަރުކޮޅު

    އޯކޭއޭ. ބިރަކާނުލާ ހިތުހުރި ގޮތަކަށް ފުރިހަމަ
    މިނިވަންކަމާއެކު މަޖާކުރެވޭނެ ގޮތަށް ޤާނޫނުތައް
    ބަދަލު ކޮށްދޭނެއޭ. މަސްއަލައެއް ނެތެއްނު.
    ބާރަށް އަތްޖަހާ.

    98
    7
  5. އެގަންޖާ 19

    ވަރަށް ސަލާމް

    71
    4
  6. ނައިންޓީ

    ނިމިގެން ދިޔަ މަޖިލިސް އިންތިޚާބުގައި ގޮނޑި ގަތުމަށް ރިޝްވަތު ދޭން ބޭނުންކުރީ އެފައިސާ

    102
    7
  7. އަލީ

    އެވާނީ ރައީސް ޔާމިނު ކާލީ ކަމަށް.... ބޮލަށް އެއްޗިހި ފައިބާ ސަރުކާރު

    82
    15
  8. ލަބީބު

    1.8 ބިލިޔަން ރުފިޔާއަކީ 18000 މިލިޔަން ރުފިޔާއެވެ. އެއީ ފަސްމަސްދުވަހުން ދައުލަތުގެ ޚަޒާނާއިން ވައްކަންކޮށް ކައްވާލެވުނު މިންވަރެވެ. މިއީ އެމްއެމްޕީއާރުސީގެ ޚިޔާނާތަށްވުރެ ބޮޑު ޢަދަދެކެވެ. އެމްއެމްޕީއާރުސީގެ 1.2 ބިލިޔަންރުފިޔާގެ ޚިޔާނަތުގެ ވާހަކަ ނޫނާރު ނަގާފަ ދެއްކި ވަގުންނަށް މިވާކަތައް ދައްކަން ނުކެރިފަ އެތިބީ ކީއްވެހެއްޔެވެ؟

    111
    7
  9. ޏޫވިލް

    ހުރިހާ ލާރިއެއް މި ނުރަބޯ ޕަކަޅާ ކޮށްލައިފި..މަޖިލިސް އިންތިޚާބުގަ ވޯޓު ގަންނަން ތަޅާ ބުރުވާލީ..ތިޔައީ ބޮޑު ވަގެއް!!

    86
    6
  10. ގުރަހަ

    ޚަރަދުތަކުގެ ތަފްޟީލު އަހަރީ ރިޕޯޓްތަކުގަޔާއި އޮޑިޓް ރިޕޯޓްތަކުގަ ހުންނާނެ..ކެތްކޮށްގެން އިހަށް ތިބެބަލަ އަދި ސަރުކާރަށް އަހަރެއް ނުވޭ ހަރަދު ރިޕޯޓްނުނެރެހެން ތިޔަ އުޅެނީ

    22
    79
  11. މިނިކާ ރާއްޖެ

    ހުސް ވަގުން ޔާމީންގެ ސަރުކާރުން ކާފަ ވެސް ރަށްޔަތުންނަށް ގިނަގުނަ މަސައްކަތްތަކެއް ކޮއްދެވި މިސަރުކާރުން ކޭވަރަށް ބަލާއިރު އަދި އެއްވެސް ނުކޮށް ދޭ

    83
    3
  12. ޖާބިރު

    ކާނޭވަރަކަށް ކެޔަސް ހެޔޮކަމަށް އެތިބީ ހޮވާފަ! އޯކޭނު؟

    34
    2
  13. ނައިބުތުއްތު

    އަމިއްލައަށް ފޭހުނު އިލޮށި އަމިއްލަ ލޮލަށް! ކެތްކޮށްލައިގެން ތިބޭ. ޢިލްމުވެރިން ވިދާޅުވާގޮތުން އެއްވެސް ބައެއްގެ ޙާލަތު އެބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށް ދާންދެން ﷲ ސުބުޙާނަހޫ ވަތަޢާލާ ބައެއްގެ ޙާލަތު ބަދަލުނުކުރައްވާ. މުސްލިމުންގެ ސަފުތައް ރޫޅާލަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޣައިރު މުސްލިމުންކުރާނެ. އެމީހުންގެ ފަރާތުން މަދަދާއި އެހީތެރިކަން ހޯދައިގެން ނިކުތްބަޔަކަށް ޤައުމު މިވަނީ ހިބައިން ދެވިފައި. ކޮރަޕްޝަނާއި ފަސާދައިގެ ބިރުބޮޑު މަޅީގައި ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުން މިތިބީ ބަނދެވިފައި. މާތްﷲ އަޅަމެންނަށް ހެޔޮވިސްނުން ދެއްވާށި. އަޅަމެންނީ ހެޔޮބަސްއަހާ އަދި ހެޔޮބަސް ޤަބޫލުކުރާ ބަޔަކު ކަމުގައި ލައްވާ އެކަމުގެ ހެޔޮ ތައުފީޤު މިންވަރުކުރައްވާށި.އާމީން

    36
    1
  14. ޞިރާޠު

    ވޯޓުވަގު ، ބަޖެޓް ވަގު ، ޚަޒާނަވަގު!

    39
    2
  15. އަލި

    ޝަހީދުންގެ ދުވަހުގެ ޖަލްސާ އަށްވެސް ނުގޮސް ޕާޓީ ކުދިންގެ އެއްވުމުގައި ރައީސް ބައިވެރިވީ. އެއްދުވަހަކާ ދިމާ ކުރީ ގަސްތުގައި މިހިރީ ގައުމިއްޔަތަށް ހުރި ލޯބި. ތޯރިގް ކޮބައިތަ

    40
    1
  16. ލޯންސްޓަރ

    މަޖިލިސް މެޖޯރިޓީ ހޯދަންވެގެން ވޯޓްލުމުގެ ކުރިން ބަހާ ހުސްކޮށްލާފި. ދެން ތިފައިސާ ނުފެއްނާނެ

    43
    1
  17. ސަޓޯ

    ކާލީ.. އެއީވީގޮތަކީ.. ހުދުމުހުތާރު ކަޅު ކާޅު ގަނޑު... ވެރިކަމުގެ ހުރިހާ ބާާރާއި މަޖިލިސް އޭނަގެ ބަނޑު ދަށައްލައިގެން އުޅޭ ހުދުމުތާރު މީހެއް އެއީ... އިންޑިއާއަށް ރާއްޖެ ވިއްކާލާފަ ލާރިތައް ކާލީ.. އެއްވެސް ތަރައްގީއެއް ނެތް....

    39
  18. ދެންލަލާ

    ނޫނޭ ތިވެސް ޔާމިން ބޮލަށް ކަނޑާލާ، އިންތިހާބުގެ މެޖޯރިޓީ ހޯދަންވެގެން ބަހާލީ، 1.8 ބިލިއަން،

    39
  19. ނުރަބޯ

    ކެކެކެކެ ސޯލިހު އަދިވެސް އެއުޅެނީ ކުރީ ސަރުކާރުން ކުރި ކަންކަން ބަލަން ކަމިޝަން ނުހެދިގެން. އޭނާގެ ސަރުކާރުން ކައްވާލި ލާރިގަނޑާ އަންނިގެ ސަރުކާރުން ކައްވާލި ލާރިގަނޑުގެ ވާހަކައެއް ނުދައްކާ. ސޯލިޙު މި ކައްވާލި ލާރިގަނޑުގެ ކަންކަން ބަލާ އެހޯދަން ނުއުޅެ ތިބެއްޖެނަމަ އެވާނީ ހަމަ ހުދުކާފޫރަށް ޔައުނީ ހުލިވެގެން ދިޔަ އެއްޗަކަށް.

    36
    1
  20. މިއާ

    ލިބުނުވާހަކަތަ ، ސަރުކާރަށް ޖަމައުވި ވާހަކަތަ؟

    20
  21. އަހުމަދު

    19 ވަނަ މަޖިލިސް އިންތިހާބައް ރަށްރަހަށް އަރާ އެބެހީ އެފައިސާ... އެބުނީ އެންޑީޕީ ކެނޑިޑޭޓުން ލާރި ވަރަށް ބެހިކަމައް...

    34
  22. ޢަދުރޭ

    ކެމްޕޭންނައްޚަރަދުކުރީ މިހާރު1.8ބިލިޔަންއައްވީގޮތްއެނގޭނެކަމައް އުއްމީދުކުރަން

    12
  23. ކަނބުލޮ

    ތީ ހަމަ ހިޔަޅުވެރިކަމެއް

    12
  24. Anonymous

    ކާނެ ނުކާ މީހަކު ނާރާނެ ވެރިކަމަކަށް.

    12
    2
  25. ހުސޭނާ

    ކޮބާ ޖަޒީރާ ވައްކަން ޑޮކިއުމެންޓަރީ ؟
    މި ސަރުކާރުގެ ވައްކަން މި ފެށުނީ އިންތިހާބުން
    މިއިންތިހާބުން މިވަނީ މި ފާއިސާ ބޭނުންކޮށްފަ ދައުލަތުގެ އުހީ ލޫޓުވާފަ ،މި ކަމަށް ތުހުމަތު ކުރެވޭތީ އޭސީސީ އާއި އޮޑިޓް އޮފީހުން މިކަން ބަލަން ހަރުއަޑުން ގޮވާލަން

    15
  26. ދދދދދދ

    1.8 ބިލިއަނާއި "ފޭރުނު" ފައިސާ ބޭބޭފުޅުގެ ބޭރު އެކައުންޓަށް ޖަމާ ކުރީނު. ނޭނގިފަ ކޮބާ!