މާލޭގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި، ބޮޑުތަކުރުފާނު މަގުން ސައިކަލަކާއި ވޭނެއް ޖެހިގެންނެވެ.
މި ހާދިސާގައި އަނިޔާވި މީހާގެ އާއިލާގެ ފަރާތުން "ވަގުތު"އަށް މަޢުލޫމާތު ދީފައިވާގޮތުގައި، އެކްސިޑެންޓު ހިނގަން މެދުވެރިވީ ސައިކަލުގައި އިން މީހާ ސައިކަލު މަތީގައި މަޑުކޮށްލައިގެން ހުއްޓައި ފަހަތުން އައި ވޭނެއް ކޮންޓްރޯލްނުވެ އޭނާގެ ގައިގައި ޖެހިގެންނެވެ.
އެއާއި އެކު ސައިކަލާއެކު ސައިކަލުގައި އިން މީހާ ވޭނުގެ ދަށުވެ ވަރަށް ބޮޑަށް ޒަޚަމްވި ކަމަށާއި މިހާރުވެސް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށް އާއިލާއިން ބުނެފައިވެއެވެ.
މަންޒަރުދުށް ފަރާތަކުން ބުނިގޮތުގައި މި ހާދިސާގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ ހޭނެތިފައެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ފުލުހުންނެވެ.
އައިޖީއެމްއެޗުން ވިދާޅުވީ، އެމީހާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެގެން ފަރުވާދެމުންދާ ކަމަށެވެ.
މި ހާދިސާ އާއި ގުޅިގެން މިހާތަނަށް ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
އާމީން!
ކީއްވެ އެމް އެން ޑީ އެފް ގެ ވެހިކަލަކުންނޭ ޖެހުނީ ލިޔަން ނުކެރުނީ..... އެއް ކޮޅަކަށް ޖެހުނަސް ބޮޑުވަރުތީ