ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ފެއިލް ވެއްޖެ ކަމަށާއި އެހެންކަމުން ސިޔާސީ މައިދާނުން ދުރަށް ޖެހިވަޑައިގަތުމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ގޮވާލައިފިއެވެ.
މިމަހު 6 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުން ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު ޕީޕީއެމްގެ ލީޑާޝިޕްގެ އިސް ބޭފުޅުން އިސްތިއުފާ ދިމުނަށް ފަހު އައު ލީޑާޝިޕް އަކަށް ފުރުސަތު ދިނުމަށް ގޮވާލަމުން އަންނަ ދަނޑިވަޅެއްގައި އިއްޔެ އޮތް މަޖިލިސް ޖަލްސާގައި ވާހަަކަދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީގައި އޭނާ ހުރި ދުވަސްވަރު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުން ނާކާމިޔާބުވުމުން ޕާޓީގެ ލީޑަޝިޕުން އިސްތިއުފާ ދެއްވުމަށްފަހު ދުރަށް ޖެހިވަޑައިގެންނެވި ކަމަށެވެ.
"އަޅުގަނޑު މިއަދު ވަރަށް އަދަބުވެރިކަމާއެކު އެދެން އަބްދުއްރަހީމަށް ވެސް ޕީޕީއެމް ދޫކޮށްލައްވާށޭ. ރައީސް ޔާމީނަށް ވެސް ދަންނަވަން ދޫކޮށްލައްވާށޭ. އެތަށް ބައެއްގެ ނަމުގައި ލިބޭ ލާރި، ދަރަނިތަކާ އެއްޗެހި ދައްކާ ހުރިހާ ކަމެއް ކޮށްފައި ތިމާ އަމިއްލަ އަށް ނުހުންނަވާށޭ. ފެއިލްވީމާ ދުރަށް ޖެހިވަޑައިގަންނަވާށޭ. ސިޔާސީ މުސްތަގުބަލު އެބަ އޮތޭ. ޕީޕީއެމް ހިންގަން ބޭނުންވާ ބަޔަކަށް ޕީޕީއެމް ހަވާލުކޮށްލާށޭ" މޫސަ ވިދާޅުވިއެވެ.
މޫސަ ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ޔާމީންގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވެފައެވެ. ނަމަވެސް ރިޔާސީ އިންތިޚާބަށް ފަހު އޭނާ ޕީޕީއެމް އާއި ދުރަށް ޖެހިވަޑައިގެންނެވިއެވެ. މަޖިލިސް އިންތިޚާބުގައި މޫސަ ވާދަކުރައްވާފައެއް ވެސް ނުވެއެވެ.
މަޖިލިސް އިންތިހާބުން އެމްޑީޕީ އަށް 65 ގޮނޑި ލިބުނުއިރު އިދިކޮޅު ފަރާތްތަކަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް އަށް ފަސް ގޮނޑި ލިބުނުއިރު ކޮންގްރެސް ޕާޓީ އަށް ލިބުނީ ތިން ގޮނޑިއެވެ.
އަދިވެސް ޔާމީނު ދޯ ދުރައްދާން ޖެހެނީ..
މޫސާމަ މަނިކު ކަކައް ނޭގޭނެ ޔާމިނު ކުރަން ޖެހޭ ކަން ތަކެއް
އެމްޕީ އަކައް ހޮވުނަކަސް އެވަރުގެ ގާބިލު ކަމެއް ހުރި މީހެއް ނޫން
ކަލޭ ތިހެން ގޮވައިލަން ފެނުނީ ޔާމީން އަށް އެކަނިވީމާ ގޯހެއް އެބައުޅެއެވެ. ކޮބައި މައުމޫނު؟ ކޮބައި ޢިމްރާނު؟ ކޮބައި ޤާސިމު؟ ކޮބައި ޝިޔާމު؟ ކޮބައި ކަލޭ؟ ބަލަ ކަލެއަށް ނޭުގުނަސް ރައްޔިތުން ދެނަތިބީމު ރައީސް ޔާމީން ބަންދުކޮށް ، ކެމްޕެއްިނަށް ފުރުޞަތު ނުދީ ، އެކައުންޓްތައް ހިފަހައްޓާފަ ، ދައުލަތުގެ މާލިއްޔާއާ މުދާ ޚަރަދުކޮށްގެން ކެމްޕެއްިންކޮށް އެތަކެއް މިލިޔަނުން ފައިސާ އަޅާލީމާ ދެން ވާނެގޮތާ ދިވެހިންނަކީ ފައިސާފޮއްޗެއްދީފިއްޔާ ފަހަށް ވިސްނުމެއްނެތި ކުޑަސޮރުވެސް ވިއްކާނޭ ބަޔެއްކަން! ކަލޭ ދުރަށްދޭ! ރައީސް ޔާމީން ފެޔަށްޖެހޭކަށް އަހުރެމެން ޤަބޫލެއް ނޫން!
ރީކޯ ކަލޭވެސް. ޕލސ
މޫސަވެސް ވީ ސިޔާސީ ދާއިރާއިން ދުރައް ޖެހިލާފަ އަލުން ފިލްމީ ދާއިރާއަށް ނިކުންނަން. މޫސައާއި ގުޅެނީ ފިލްމުކުޅުން. ސިޔާސީ ދާއިރާގައި ފެއިލްވެފައި ހުރި މީހެއްތީ މިހާރު.
މޫދުގައި އުޅޭ މަސްތައްއަބަދުވެސް ދުވާނީ ފެންހޯދަން، ރިޔަލު ދޯނިފަހަރަށް ދަތުރުކުރަންފަސޭހަވާނީ ވައިޖިހޭކޮޅަކަށް އޮޑިދީލާލީމައި އެހެންނޫންތޯ މިއީ ކޮންމެއިންސާނެއްގެ ތޮބީއަތުގައި ހުންނަސިފައެކެވެ. އަޑިގަނޑަކަށްފަހު އުސްގަޑެއް އަންނާނެ މިއަދު މުއްސަނދި މީހުން މާދަމާ ފަގީރުވެދާނެ އަދި މިއަދު ފަގީރުމީހުން މާދަމާ މުއްސަނދިވެދާނެ އިހައްދުވަހު އަދައިގެ ދިރިއުޅުމެއްގައި އުޅެމުންދަޔަމީހަކަށް 80 ކިލޯގެ މާވަހަރެއްލިބުން އެއީ މިކަމުގެ މިސާލެއްނޫންތޯ
މޫސަތޯޔާމީން ސިޔާސީ މައިދާނައް ނެރުނީ
މޫސައަކީ ސިޔާސީ ގޮތުން ވަރައް ތަޖުރިބާ ހުރި މީހެއް..
މީ އަނެއް ދެފުއްކެހެރި. މިހާރު އުޅެނީ ވެރިކަމުގަތިބިމީހުންގެ ރުހުންލިބޭތޯ. ހައްހައްހާ
ކުކުޅަށްވުރެ ބިސްދޮށިވެގެން ނޫޅުމަށް ރީކޯއަށް ގޮވައިލަން!
ރީކޯ ގުންޑާ، ކަލެއާއި ކޮންބެހޭކަމެއްތަ ޔާމީނު ސިޔާސީކަންތަކުން ދުރުވިއްޔާ ނުވިއްޔާ؟؟ކަލެއަކީ ފެށުނީއްސުރެން ރަތްލާޖެހި އެމްޑީޕީ ސޮރެއްކަން ނެއެނގޭ ކުކުޅެއްވެސް މިގައުމުގެ ނެތް، ޔާމީނުގެ ވެރިކަމުގަ އެމަނިކުފާނުގެ ބޮލަށްހެރިގެން އަރިސްވެގެން އުޅުނީ ނާޖާއިޒު އަމިއްލައެދުންތައް ފުއްދަން، މިކަލޭގެއަށް ހީވާކަހަލަ މިހާރުގެ ސަރުކާރުން ނާޖާއިޒު ފައިދާނެގޭނީ ޔާމީނަށް ބަހުގެހަމަލާ ދިންވަރަކަށްކަމަށް، ހަޔާތްކުޑަ ޑާކޫއެއް
ކަލޭ ކޮންމެހެންވެސް ހުންނަން ޖެހޭނެ ސިޔާސީ މައިދާނުގަ. ފެއަށް ނުޖެހޭތި އުމުރު ހުސް ވިޔަސް.
ޔާމީން ހަމަ ދުރަށް ދާންވީ
ރައީސް ޔާމީން ޕޕމ އިން ދުރަށްދާން ނުޖެހޭ! ކީެްވެތޯ ދާންވީ! ޕޕމ އަކީ ރައީސް ޔާމިން. ޕޕމ ގެ ރައްޔިތުން ތިބީ ރައީސް ޔާމީން ފަހަތުގައި. ދެން ކީއްވެތޯ ރައީސް ޔާމީން ފަހަތަށް ޖެހެންވީ
ރީކޯ މޫސައަށް ހާދަ ބާރެއް އެބަކުރެއޭ ރޔާމީން ސިޔާސީދާއިރާގަ މަގުބޫލުވީމަ. ފޭލްވެފަ ހުރިނަމަ ރޔާމީން ކޮއްމެތާކު ހުއްޓަސް ކޮއްމެކަމެކުރިޔަސް އެކަމާ އަޅާލާނެމީހަކު ނުހުންނާނެ އެއީ ބޭނުން ނުހިފޭ އެއްޗެކާދޭތެރޭގަ ވިސްނާބަޔަކު ނޫޅޭނެ. އެއްޗެގެވާހަކަ މީހުން ގިނައިދައްކާ އަދި ލޮލުގަ އަޅައިގަންނަނީ އެއްޗެއްގަ އޮފްކަމެ ދަޅައަޅާ ކޮލިޓީވީމަ އޭގެ އަގު އުފުލެނީ. އެގޮތުން ރޔާމީންއަކީ މިއަދުގެ ސިޔާސީ ވެށީގަ ރޔާމީނާ ޗެލެންޖް ކުރެވޭނެ އެހެންމީހަކުނެތް. ރިޔާސީ އިންތިހާބުގަ ރޔާމީން ބަލިވީ ރީކޯމޫސަމެންގެ ސަބަބުން ގަސްދުގަ ރޔާމީން ބަލިކުރަން އަޑިއަޑިން ހިންގި ކަންތައްތަކުންކަން މިއަދު އެގޭ. ރިޔާސީ އިންތިހާބަކީ އޮޅުވާލާފަވާ ކެހިވެރި އިންތިހާބެ ފޭރިންގއންފަވަނީ އެއިންތިހާބުގެ ނަތީޖާ. ރޔާމީނަށް މިއަދުވެސް ތާއީދުކުރާމީހުން ތާއިދުކުރޭ އަދި އިތުރުވަމުންދަނީވެސް ރޔާމީންގެ ކޮލިޓީ އެގެނީ އެމަނިކުފާނުގެ މަސައްކަތާ ފާޑުކިޔާ ތުހުމަތުކޮށްފަ އައި މީހުންނަ ކަމެނޭގޭތީ ރައްޔިތުން މިތިބީ މާޔޫސްވެފަ.. އެހެންވީމަ ރީކޯ ދެން އަމިއްލަޔަށް ސިޔާސީދާއިރާއިން ދުރަށްދާން އަހަރެމެން ގޮވާލަން. ރޔާމީންގެ ސިޔާސީ ކެރިއާ އަކީ ރީކޯމޫސަމެންގެ އެހީގަ ފެއްޓިކަމެނޫން އެނިންމަން ރީކޯ ގޮވަން. އަދީބު އަދީބަކަށްހެދީވެސް ރޔާމީން އަދީބުގެ އެހީގައެއްނޫން ރޔާމީން ސިޔާސީ ދާއިރާގަ މަޝްހޫރުވީ. އެމީހާގެ ސައިޒާ އެއްވަރުގެ ވާހަކަދައްކާ..
ބަލަގަ ރައީސް ޔާމީން ފަހަތަށް ޖެހެންވީމާ އެގޭނީ ޕޕމ ގެ ރައްޔިތުންނަށް ކަލެއަކަށް ނޫން
ރައީސް ޔާމީން ފަހަތުގައިމިތިބީ ވީ އެއްޗެއް ވާން! ރީކޯ އަށް ސަލާމް
ރައީސް ޔާމީނަށް މިގައުމުގެ ސިޔާސީ މަސްރަހު ވަރަށް ރަގަޅަށް އެގޭ. ފަހަތަށް ޖެހެން އަޅުގަނޑުމެން ރައްޔިތުން ރައީސް ޔާމީނަށް ދުވަހަކުވެސް ނުދަންނަވާނަން
މިތިބީ ރައީސްޔާމީން އާޢިއެކު ސާބިތުކަމާއެކު
ކެއްތެރިވާން ދަސް ކޮއްބަލަ މިއީވެސް އިމްތިހާނެއް މާދަމާ ވެސް އެބައޮތް
ރީކޯ އަކީ ދެފުއް ކެހެރި އެއް. ރީކޯ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންއަށް ކެންޕޭން ކޮއްދިނީ އެމް ޑީ ޕީ އަށް ވެރިކަން ހޯދާދެން. ރީކޯ އަކީ ރަތްލާޖެހި އެމް ޑީ ޕީ ގޮލައެއް. ސިޔާސީ ކަންކަމުން ދުރައްދާންވީ ރައީސް ޔާމީނެއް ނޫ. އަހަރެން މިހާރުން މިހާރައް ގޮވާލަން ރީކޯއަށް ސިޔާސީ ކަންނަކަމުން ދުރައް ޖެހެން.
ދިވެހި ރައްޔިތުން ނައްޓަކާ ތިޔަބޭފުޅާ ކިބިއްސެއްވެސް އެޅިންތޯ ، އަމިއްލަ މަގާމް ހޯދަންކުރި މަސައްކަތް ފިޔަވާ ؟؟
ޕީޕީ ކުދިން ރޮއެހޭރި ކިތަންމެ ވަރަކަށް އާދޭސް ކުރިޔަސް ޔާމީނު ސިޔާސީ މަޢިދާނުން ފިލާނެ! އޭނާއަކީ ބޮޑުވެގެންވާ ފިނޑިއެއް އަދި ރަށްލާޖެހިވަގެއް. އެކަލޭގެއަށް ހައްޤުވަނީ ހުރަގެ. ޕަކާސް
އަމިއްލައަށް ދުރަށް ދޭބަލަ. މީހުންނަށް ނަސޭހައިނުދީ
މޫސާ ކަލޭ ތިހުރީ ފެއިލްވެފައި ކަލޭ ދެން ދުރުގަ ހުރޭ ތީ ދެފުށް ކެހެރި ކީހެއް ކަލޭ މެޑަމް ގާތު ހުރެ ޔާމިން ފެެއިލްކޮށްލީ ތީ ބޮޑު މުޖުރިމެއް
ސިޔާސީ މައިދާނުގައި އިދިކޮޅު ބަސް އިއްވުމަށާއި
ހަރަކާތްތައް ހިނގުމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ރ ޔާމީނެވެ އެމަނިކުފާނަކީ ވަރުގަދަ
ޖައްބާރެއް ހައްޔަރުކޮށް ގާނޫނީ ޙުކުމް ދަމަހަޢްޓަން ކެރިވަޑައިގެންނެވި ގަޓް ހުރިހަރުދަނާ
ލީޑަރެކެވެ ދެންވެސް ޕޕމ އަށް ކާމިޔާބު ހޯދުމަށް ހިއްވަރުހުރި ކެރޭ މަސަޢްކަތްތަކެއް ކުރެވޭނީ ރ ޔާމީނަށެވެ ޕޕމ ނާކާމިޔާބީ ގުޅފައިވަނީ އެޕާޓީގެ ލީޑަރޝިޕް ފޭލްވެގެން
ކަމަށް ބެލެވޭނެ ޖާގައެއް ނެތެވެ.
މޫސާ ދެން ސިޔާސީ ވާހަކަ ނުދައްކަވާނީ ކޮން ދުވަހަކުންތޯ. މޫސާ އެއީ ފެއިލްވެފައި ހުރި މީހެއް ނޫންތޯ