ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ޞިއްޙީ ދާއިިރާ އާއި ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް، ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޞިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އަމީން ވިދާޅުވީ، ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންގެ އަގު އަޅުގަނޑުމެން އަބަދުވެސް ވަޒަންކުރަންޖެހޭ ކަމަށާއި، ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަކީ އިންސާނީ ޚިދުމަތެއް ކަމަށެވެ.

ދުނިޔޭގެ ސިއްހަތުގެ ދުވަހާ ގުޅިގެން ބޭއްވި ހަފްލާގެ ތެރެއިން؛ ވަގުތު އިމޭޖްސް؛ މުހައްމަދު އަފްޒަލް
ދުނިޔޭގެ ސިއްހަތުގެ ދުވަހާ ގުޅިގެން ބޭއްވި ހަފްލާގެ ތެރެއިން؛ ވަގުތު އިމޭޖްސް؛ މުހައްމަދު އަފްޒަލް

"މިރެއަކީ އަޅުގަނޑުމެން އުފާކޮށް ހިތްހަމަޖައްސާލަންޖެހޭ ރެއެއް. އަޅުގަނޑުމެން އަބަދުވެެސް ޞިއްޙީ ޚިދުމަތްތެރިންގެ އަގު ވަޒަން ކުރަންވާނެ. މި ޚިދުމަތަކީ އިންސާނީ ޚިދުމަތެއް. ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅުގަނޑުމެންގެ މުވައްޒަފުން މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. އެ ހުރިހާ ފަރާތްތަކެއްގެ އަގު އަޅުގަނޑު ވަޒަން ކުރަން." އަމީން ވިދާޅުވިއެވެ.

މި ސަރުކާރުން، ލޭ ރައްކާ ކުރެވޭނެ ނިޒާމު ހުރިހާ އަތޮޅު ހޮސްޕިޓަލުތަކުގައި ގާއިމު ކުރައްވާނެ ކަމަށްވެސް މީގެ ކުރިން އަމީން ވަނީ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތުގެ ދުވަހާ ގުޅިގެން ބޭއްވި ހަފްލާގެ ތެރެއިން؛ ވަގުތު އިމޭޖްސް؛ މުހައްމަދު އަފްޒަލް
ދުނިޔޭގެ ސިއްހަތުގެ ދުވަހާ ގުޅިގެން ބޭއްވި ހަފްލާގެ ތެރެއިން؛ ވަގުތު އިމޭޖްސް؛ މުހައްމަދު އަފްޒަލް

މީގެ އިތުރުން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް ދާއިމީ ގޮތެއްގައި ލިބި ދިިނުމަށްޓަކައި، ބޭނުންވާ ބޭސްތަށް ހޯދުމަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން، އެސްޓިއޯ ގެ ހުރިހާ ބޭސް ފިހާރަތަކުން މިހާރު ލިބިގެންދާނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި ލެޔާ ބެހޭ ރިޔާސީ ވައުދުގެ ދަށުން، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް، ލޭ އެޅުމަށް ބޭނުންކުރާ ފިލްޓަރުވެސް ވެސް ހުރިހާ ރަށާކުން ލިބޭނެ އިންތިޒާމު ހަމަޖައްސާ، ތެލެސީމިއާ ކުދިންގެ އަދަދު މަދު ކުރުމަށްޓަކާ ގައުމީ ފެންވަރުގައި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް ފެށުމަށްވެސް ވަނީ ރާވައިފައި ކަމަށްވެސް މިނިސްޓަރ އަމީން ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ޞިއްޙަތުގެ ކައުނީހިޔާ - ކޮންމެ މީހަކަށް ކޮންމެ ތާކުން" މިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކެޔޮޅު

    ކުރެވުނު ކަމެއް ނުފެނޭ އަދިފެއއނަނީ ރ ޔާނީނު ކުރިކަމެއްދޯ؟؟

  2. ޑިޑި

    ރާއްޖޭގެ ސިއްހީ ފަރުވާގެ ނިޒާމް އަކީ ހަމަ ބޮޑު މައްސުނި ގަނޑެއް. އެއްވެސް ގޮތަކަށް ޑަކްޓަރުންނާއި ނަރުހުން ފަދަ މީހުން ޖަވާބު ދާރީ ކުރެވޭނެ ގޮތެއް ނޯވޭ. މީހަމަ ބޮޑު ވިޔަފާރިއެއްގެ ގޮތުގައި ކުރާ ކަމެއް، ފުރަތަމަ ފައިސާ، ދެން މީހުންނަށް ވާނުވާ ބެލޭނީ.

    08

  3. ކެޔޮޅު

    ތިމަސައްކަތްތައް ކުރުވަނީ ޖިންނީންގެ ގުރޫޕަކުންތަ އަމީނު ލޮލަކައް ނުފެނޭ!!

  4. ނުބުނަަން

    މިނިސްޓަރ އިސްތިއުފާއަށް ގޮވާލަން. މިސަރުކާރުން ސިއްހީ ހިދުމަތައްވަނީ ހިޔާނާތްވެފައި