މި ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ ސިއްހީ ދާއިރާ ހަރުދަނާ ކުރުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކޮށްފައިވާ ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިން ލެބޯޓްރީ ހުޅުއްވައިދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިން ލެބޯޓްރީ ހުޅުއްވައިދެއްވައި ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ ސިއްހީ ދާއިރާ ހަރުދަނާކޮށް އެއްވެސް މީހަކު ބާކީނުކޮށް އެންމެ ބޭނުންޖެހިފައިވާ މީހުނަށް އެ ބޭނުންތައް ފުއްދައިދިނުން ކަމަށެވެ.

އެގޮތުން މިއަދު ހުޅުއްވައިދެއްވި ލެބުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް އެކަމުން ފަސޭހަތަކެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އެ ލެބުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ނައިބު ރައީސް ވާހަކަދައްކަވާފައިވެއެވެ.

"ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުން ވަރަށް ގިނަ ކާމިޔާބީތައް ވަނީ ހާސިލްކުރެވިފައި. އެ ކާމިޔާބީތައް ހާސިލް ކުރުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ޝުކުުރުއަދާކުރަން." ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ މިއަދު ހުޅުއްވައިދެއްވި ލެބު ތަރައްގީކުރުމުގައި އިންޑިއާ ސަރުކާރުން ވެދެއްވި ދީލަތިއެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ސިއްހީދާއިރާގެ ޚިދުމަތްތަކާއި އެހެނިހެން މުހިންމު ހިދުމަތްތައްތައް ތަރައްގީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ކޮންމެ އާއިލާއެއްގެ ކޮންމެ މީހަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުންނަ މީހަކަށްވުމަށްޓަކައި ފުރިހަމަ ސިއްހީ ނިޒާމެއް ހާއިމްކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަގޭޚިޔާލުމީ

    "ހަރުދަނާ" މިބަހުގެ މާނައެއް ނޭނގެ. އެނގޭ ކަމަކީ ރަށްރަށުގެ ހޮސްޕިޓަލްތަކަށް ބައްޔެއް ވެގެން ދާއިރަށްށ ބުނާނެ އަވަހަށް މާލެދާށޭ. މިތަނުން ފަރުވާ ދެވޭކަށް ނެތޭ. މިނޫން ދުވަހެއް ބޭނުންވަނީ. ވިހަން އަތޮޅު ހޮސްޕިޓަލަށް ދިޔައިމަވެސް ބުނަނީ މާލެދާންް. ބަނޑެއްގަ ރިއްސާތީ ދިޔައިމަވެސް ބުނަނީ މާލެދާން. މާލެއިން ކުރެވެން ހުންނަ ހުރިހާ ފަރވާއެއް އަތޮޅު ހޮސްޕިޓަލުންވެސް ކުރެވޭވަރު ވާންޖެހޭ. އެއީ ހަރުދަނާ ވުމަކީ.

  2. ހަސަންދީ

    ސިއްހީ ދާއިރާ ރަގަޅުކުރަން މިސަރުކާރުން ކުރި ތާކުން ތާކު ޖެހޭ ހަމަ އެއްމެ ކަމެއްވެސް ނުފެނޭ! ތަމްރީނުކުރި އެންމެ ސްޕެޝަލިސްޓް ޑޮކްޓަރެއް މިދިޔަ 5 އަހަރު ފެންނާކަށްނެތް. ޢެޅުނު ހޮސްޕިޓަލެއް ނެތް. ހެސްކިޔާފަ އާސަންދައިން ބޭރުގެ ހޮސްޕިޓަލް ތަކަށް ޚަރަދު ކުރުމަކީ އެބުނާ ސިއްހީ ދާއިރާ ތަރައްގީކުރުން ކަމަށް ވާނަމަ އެކަން ކުރެވޭ. މިއޮޓް ހޮސްޕިޓަލާއި ރާޖަގިރީ ހޮސްޕިޓަލް އިން އައިސް އައްޑޫ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލްގެ ބަލާފަ، ރާއްޖެތެރޭ އަތޮޅު ހޮސްޕިޓަލް ގަވެސް ކުރެވޭ އޮޕަރޭޝަންތައް ކުރަން ބޭރަށްދާން އާސަންދަ ފޯމް ފުރާ ދޭކަމީ އެންމެން ދަންނަ ހަގީގަތެއް. މިއީ ތަރައްގީކަމަށްވާނަމަ، ވަރަށް ބާރަށް މިކަންތައް ހިންގާ!

    • ރައްޔތުން

      ވެންޓިލޭޓަރު ވަގު

  3. ނާނި

    ސަރުކާރުން އެންމެ އިސްކަމެއްދީގެން ސިއްހީ ދާއިރާ ކުރިއަރުވާފަ އޮތީމަ ހޮސްޕިޓަލެއް ނޭޅުނު ތަނުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ބޭނުން ހިފާލަން ވެސް ނޭގުނު. އަދި ވެރިކަން ލިބުނު އިރު ހުރި ފެންވަރުން އިންޗިއެއްވެސް ކުރި ނުހޯދާ 5 އަހަރު އެނިންމާލީ، ދެން އެހެން ދާއިރާ ތަކުގެ ހާލަތު އަންދާޒާ ކޮށްލާ އަމިއްލަ އަށް.

  4. ނަމަ

    ނައިބު ރައީސް އެހެން ވެގެންތަ ވެންޓިލޭޓަރު ތައް ނައިސްގެން މިއުލެނީ ހަރު ކަމުންތަ؟

  5. ޑައެލޯގް

    ކަލޭއަނގަނުތަޅާށެވެ. ހިލާލީގެއިން ބޭރުވާންއުޅޭށެވެ. ދެންއޮތީ ކުޑަދުވަސްކޮޅެކެވެ.