ލ. ގަމުގައި އަޅާ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް ސާފު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތާ ހަވާލުވެގެން އުޅޭ އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން، 11,830 އަަކަ މީޓަރުގެ ސަރަޙައްދެއްގައި 130 އެނދުގެ 2 ފަންގިފިލާ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މިއީ 30.68 މިލިއަން ޔޫރޯ ގެ މަޝްރޫއެކެވެ.

ލ. ގަމުގައި ޓާޝަރީ ހޮސްޕިޓަލު އަޅަން ސްޕެއިން ކުންފުންޏަކާ ހަވާލުކުރީ މިދިޔަ ޖެނުއަރީ މަހުއެވެ. އެއީ ސްޕެއިންގެ އެޗްއޯއެމްޓީ އެސްޕަނާ އާއެވެ.

ގަމުގައި އަޅަނީ ހުރިހާ ވަސީލަތްތައް ހިމެނޭ، މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ ހޮސްޕިޓަލެކެވެ. އަދި އެ ހޮސްޕިޓަލުން އެ ސަރަހައްދުގެ އާބާދީއަށް ޓާޝަރީ ފެންވަރުގެ ހިދުމަތް ދެވޭނެ ކަން ހެލްތް މިނިސްޓްރީން ހަމަ ކުރައްވާފައި ވެއެވެ.

ގަމުގައި ޓާޝިއަރީ ހޮސްޕިޓަލެއް އަޅާއިރު އެ ރަށުގައި ކެންސަރު ހޮސްޕިިޓަލެއް ވެސް އަޅަން މި ސަރުކާރުން ވަނީ ވައުދުވެފައެވެ.

ލ. ގަމުގައި އަޅަން ނިންމާފައި ވަނީ 50 އެނދުގެ ކެންސަރު ހޮސްޕިޓަލެކެވެ. އެންމެ ފުރަތަމަ މި ހޮސްޕިޓަލު އަޅަން އުޅުނީ ހުޅުމާލޭގައި ނަމަވެސް މި ސަރުކާރުގެ ލާ މަރުކަޒީ ސިޔާސަތާ އެއްގޮތަށް އެ ހޮސްޕިޓަލް ގަމަށް ބަދަލުކުރީއެވެ.

އިންޑިއާގެ އެހީގައި ހަދާ އެ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފަށަން އެކި ތާރީހުތަައް ދިން ނަމަވެސް އެ މަސައްކަތް އަދިވެސް އޮތީ ވާނުވާގަ އެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މިދިޔަ އަހަރު އޭޕްރީލް މަހު ހެލްތު މިނިސްޓަރު މުހައްމަދު ނަސީމްއާ ސުވާލުވެސް ކުރި އެވެ.

އޭރު މިނިސްޓަރު ވިދާޅުވީ އެ ހޮސްޕިޓަލު އަޅަން ދަނީ ތައްޔާރުވަމުން ކަމަށެވެ. ނަމަވެސް އޭގެ ހަބަރެއް ފަހުން ވެސް ނުވެއެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުއިއްޒު 2023

    ވޯޓައް 2 ދުވަހަށް ވީމަ ވަރަށް ލާރި ތަކުގެ ހުވަފެން ދައްކާނެ. ގަމުގެ މަސްވެރިންނަށް މުސާރަ ނުދީ އުޅޭއިރު ކޮން ފޮންޏެއް ތި ކަނޑަނީ؟

  2. ޜައްޔިތުމީހާ

    ލ. ގަމުގައި ޓާޝަރީ ހޮސްޕިޓަލު އަޅަން ސްޕެއިން ކުންފުންޏަކާ ހަވާލުކުރީ މިދިޔަ ޖެނުއަރީ މަހުއެވެ. އެއީ ސްޕެއިންގެ އެޗްއޯއެމްޓީ އެސްޕަނާ އާއެވެ.
    ރައްޔިތުންވިސްނާތި މިވެސް އިންތިހާބައްޖަހާކަޑަ

  3. ސޮރު

    ލާމު އަތޮޅަކީ ފެށުނީއްސުރެން ކޮންމެ އިނތިހާބަކަށް ސާފުކޮށް، ކަޑަ ޖަހާ ބިންގާ އަޅާ އަތޮޅެއް މުޅި އަތޮޅު ގުނބޯ ހައްދާފަ ވަކި ޕަރޓީ އެއް ވެރިއެއްނެއް ޢެންމެން އެއްގޮތް

  4. ގަމުމީހާ

    މިޔޯ ވެރިން ކޮޅޭން ގެންގޮޅެން ފުއްގަޑެއް

  5. ޜަފިއްޔާ

    ކެމްޕއިނާއި ދިމާކޮށް އެކިކަންކަން ފެށުމަކީ ދައުލަތަށްވެވޭ ހިޔާނާތެއް