ހދ. ކުޅުދުއްފުށި ސިޓީ އާއި ގދ.ތިނަދޫ ގައި އިމާރަތްކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރުމަށް ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

ކުޅުދުއްފުއްޓާއި ތިނަދޫގައި މިހާރު ވެސް ހޮސްޕިޓަލެއް ހުރެއެވެ. އެ ތަންތަނުން ހިދުމަތްތައްވެސް ލިބެމުންދާއިރު، މި ސަރުކާރުން އެ ދެ ހޮސްޕިޓަލުވެސް ވަނީ އިތުރަށް ތަރައްގީ ކޮށްފައެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ، މި ދެ ހޮސްޕިޓަލް ތަރައްގީ ކުރުމަށް ހަވާލު ކޮށްފައި ވަނީ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިންގ ކޮމްޕެނީ އާ ކަަމަށެވެ. މިއާއެކު އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފައެވެ.

މި މަސައްކަތް ކުރުމަށް އެ ކުންފުންޏަށް ދީފައި ވަނީ 30 މަސް ދުވަހުވެ. އަދި މަސައްކަތުގެ އަގު 38 މިލިއަން ޑޮލަރަށް އަރައެވެ.

މީގެ ކުރިން ގަމު ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރަން ސްޕެއިން ކުންފުންޏަކާއި ވަނީ ހަވާލު ކޮށްފައެވެ.

މި ސަރުކާރުން ވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޒަމާނީ ފެންވަރުގެ ޚިދުމަތްތަކާ އެކު ހޮސްޕިޓަލް އިމާރާތް ކުރަން ނިންމައިފައެވެ. އަދި ބައެއް ހެލްތު ސެންޓަރުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    ހަމަ ރަނަގަޅައްވެސް މި ސަރުކާރުގެ ކަންތައް މި ހުންނަނީ ފިރުއައުނު ޣަރަގު ވެގެންދިޔަ ވަގުތު ތައުބާވާން މަސަކަތް ކުރިހެން!!! ރައްޔިތުން ހަމަހޭގަ ތިބޭތި

    18
    2
  2. Anonymous

    ނިމެނީ ނިމެނީ. ނިމެނީ ނިމެނީ.

    13
    1
  3. ފަހަރިކަލޭގެ

    ކީއްވެބާ ވެރިކަން ނިމެން 7 ދުވަހަށްވިމާ ތި ހަވާލުކުރަނީ. މީގެ 4 އަހަރުކުރިން ހަވާލުކުރިނަމަ ގައިމު މިހާރު ރައްޔިތުންނަށް ޚިދުމަތްލިބި ވޯޓުވެސް ކަށަވަރުވާނެ. އަދި އެންމެ ބޮޑު ހިތާމއަކީ ހަމަ މި 2 ހޮސްޕިތަލް އަޕްގެރޭޑޭ ކިޔައިގެން ހަމަ ޓަރޝަރީ 2 ހޮސްޕިތަލް އެޅޭވަރަށް ހަރަދުކޮށްފި މި 5 އަަހަރުތެރޭގައި. އެކަމަކު 2 ހޮސްޕިތަލްއިން އެކަން ފެންނަން ނެތްއިރު، އެފައިސާއަށް ވީގޮތެއްވެސް ނޭގޭ. ހަމަ ކޮވިޑް 2 އަހަރުގެ ދައުލަތުގެ 50 ބިލިޔަން ބަޖެޓު ގެއްލުނު ގޮތަށް މިވެސް އެ ގެއްލުނީ.
    ވޯޓު ނުދޭތި މި ސަރުކާރަށް. ތިޔަ ޓަރޝަރީއާ ޕްރިމިއމް ހޮސްޕިޓަލް ތަކަކީ ރޔ ގެ 2 ވަނަ ދައުރުގެ މެނިފެސްޓޯގަ ހުރިކަންކަން. އަދި މިފަހަރުގެ ޑރ.މުއިއްޒުގެ މެނިފެސްޓީގަވެސް ހިމެނޭ.

  4. އާނ ރަގަޅު

    ޗައިނާ ވަރަށް ރަގަޅު އިންފްރާސްޓްތަކްޗާ ޕްރޮޖެޓުތަކާ ހަވާލުކުރަން. މިހާރު އެއަޅާ ބްރިޖުވެސް އެމީހުންނާއި ހަވާލުކުރިނަމަ. އެކަމަކު މާގިނަ ކަންތައްތައް އެމީހުންނާ ހަވާލުކުރުންވެސް އެހާ ރަގަޅެއްނޫން. ޖަޕާނުވެސް ހަމަ ރަގަޅު.

    4
    1