ސިއްހީދާއިރާގެ ޓެކްނޮލޮޖީގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި ޖަޕާނުގެ އެންމެ މަގްބޫލް ނިހޯން ކޯޑެން ބްރޭންޑްގެ ވެންޓިލޭޓަރ އާއި ޖީ ފައިވް މޮނިޓަރ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން، ރާއްޖޭގެ ސިއްހީދާއިރާއަށް ތައާރަފްކޮށްފިއެވެ.

ނިހޯން ކޯޑެންެގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފު ކުރަން ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަމް
ނިހޯން ކޯޑެންެގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފު ކުރަން ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަމް

ކްރޮސް ރޯޑްސްގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އުފެއްދުންތައް ތައާރަފްކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޯރީއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ސްޓޭޓް ފޮރ ހެލްތް އަޙްމަދު އާދިލް، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު އަދި، ނީހޮން ކޯޑެން ސިންގަޕޫރުގެ މެނޭޖިންގ ޑިރެކްޓަރ ހިރޮޓްސޫނީ ކޮބަޔާޝީ ބައިވެރިވެވަޑައިގެންނެވިއެވެ.

ނިހޯން ކޯޑެން މި ވަސީލަތްތަކަކީ އިމަރޖެންސީ ރޫމާއި އޮޕަރޭޝަން ތިއޭޓަރު އަދި އައިސީޔޫ ތަކުގެ އިތުރުން ހޮސްޕިޓްލުގެ ކޮންމެ ޑިޕާރޓްމެންޓެއްގައިވެސް ބޭނުންކުރެވޭނެ ވަސީލަތްތަކެކެވެ. ރާއްޖެއަށް އަލަށް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ މި ވަސީލަތްތަކަށް އަހުލުވެރިކުރުމުގެގޮތުން އެސްޓީއޯއިން ވަނީ ނަރުހުންނާއި ޑޮކްޓަރުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް އޯގަސްޓް މަހުގެ 14 އިން 16 އަށް ކުރިޔަށް ގެންދިއުމަށް ނިންމާފައެވެ. މި ޕްރޮގްރާމްގައި ޖަޕާނުން ތަޖުރިބާކާރުން ބައިވެރިވަޑައިގަންނަވާނެއެވެ.

ނިހޯން ކޯޑެންެގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފު ކުރަން ބޭއްވި ރަސްމިއްޔާތުގައި ބައެއް އުފެއްދުންތައް ދައްކާލަނީ - ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަމް
ނިހޯން ކޯޑެންެގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފު ކުރަން ބޭއްވި ރަސްމިއްޔާތުގައި ބައެއް އުފެއްދުންތައް ދައްކާލަނީ - ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަމް

މި ތަމްރީނުގެ ތެރެއިން ނިހޯން ކޯޑެން ބްރޭންޑްގެ ވެންޓިލޭޓަރ އާއި ޖީ ފައިވް މޮނިޓަރގެ ފީޗަރސްތަކާއި، އެކި ބޭނުންތަކުގެ އިތުރުން އެކި ހާލަތްތަކުގައިވާ ބަލިމީހުންނަށް ފަރުވާދޭނެގޮތް މި ވަސީލަތްތަށް ބޭނުންކުރާނެ ގޮތް ދަސްކޮށްދޭނެއެވެ.

އެސްޓީއޯ އަކީ ރާއްޖެ އަށް ސިއްހީ ދާއިރާގެ ސާމާނު އެތެރެކޮށް، ސަޕްލައި ކޮށްދިނުމުގައި އެންމެ ފާހަގަ ކޮށްލެވޭ އެއްކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރޮށި އަލީ

    ދިމާވެގެން މިއުޅެނީ ހިދުމަތްދޭން ބޭނުންކުރާ މެސިނަރީމައްސަލައެއްނޫން. ފަންނީ މީހުންނާއި އިލްމީ މީހުންގެ އެކަހެރި ކުރާމައްސަލަ.

  2. Anonymous

    މެޝިން މޮޅުނުވެގެންތޯ ބަލިމީހުންނަށް ފަރުވާނުދެވި ފުރަފުރައިގެން އެގިގައުމަތަކަށް ދަނީ. ފަންނީ މޮޅު ޑަކްޓަރުން / ނަރުހުން ތިބެ ގެން ނޫނީ ބަލިމީހުންނަށް އެކަށީގެންވާ ފަރުވާ ނުކުރެވޭނެ. ކިތައްމެ މެޝިން މޮޅަސް މެޝިނާ ކުޅަަންވެސް ނޭގެ އެކަމުގެ ޓްރޭނިން ނެއް މީހުން ގެނަސްގެން ވާނީ މޮޅު މެޝިން ތައް ހަލަކުވުން ނޫނީ މީހުންގެ ގައިގައި ނެތް ބަލި އަށް ބޭސްކޮއް މީހުން ހަލާކުކުރުން.