ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ޕީއެންސީއާ މިއަދު ގުޅިވަޑައިގެންފި އެވެ.

ނިހާން ޕީއެންސީއަށް ވަޑައިގެންނެވުމުގެ ކުރިން، އެ ޕާޓީގެ ލީޑާޝިޕް ފެއިލްވެފައިވާ ކަމަށާއި ލީޑާޝިޕް ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ނިހާން އެކި ފަހަރުމަތީން ވިދާޅުވެފައެވެ. އަދި ދާދި ފަހުން އޭނާ ވަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު ކަމުން އިސްތިއުފާ ވެސް ދެއްވާފަ އެވެ.

ނިހާން ޕީއެންސީއަށް ސޮއި ކުރެއްވި އިރު އަންނަ ހުކުރު ދުވަހު އެ ޕާޓީގެ ކޮންގްރެސް ބާއްވާނެ ކަން ވަނީ ހާމަކޮށްއެވެ. އެ ކޮންގްރެސްގައި ޕާޓީގެ އިސް މަގާމްތަކަށް ދާއިމީ ބޭފުޅުން އިންތިހާބު ކުރުން އޮންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މިފަދަ ހައްސާސީ ވަގުތެއްގަވެސް މިވެރިންގެ ކަމަކީ ސިޔާސީ ކުޅިވަރު ކުޅުން..އެއްވެސް ޒިންމާދާރު ކަމެއް ނެތް..ކީއްތަވާނީ ކުޑަމިނުން އެކަން ކުއްވެރި ކޮށްލިއްޔާ

    2
    9
  2. ސާބަސް

    އެއްބައިގަޑެއް ހަމަ.

  3. ރައްޔިތުން

    ޕީ.ޕީ އެމް އުވާލަން ފެނޭ - އެކަމަކު އެކަންވެސް ކުރާނީ ކިހެނެއް- އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި ނުންނިންމައިދޯ.؟؟؟؟؟