އުނު އޮރިޔާން ނިވާކުރަން އަނދެގެން އުޅޭ މުންޑު ނުބޭލެނީސް ގޮތް ދޫކުރެއްވުމަށްފަހު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ފަހަތްޕުޅަށް އަރައިވަޑައިގަންނަވަން ގާސިމް އެޑްވައިޒާރ އަދި ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން މި ސަރުކާރަށް ގޮވާލައްވައިފިއެވެ.

ރިޔާސީ ކެމްޕެއިނަށް ރ.ދުވާފަރަށް ވަޑައިގެން ނިހާން ވިދާޅުވީ މިސަރުކާރުގައި ނޫނީ ރައްޔިތުންގެ މަޖިލީސް ސަރުކާރަކަށް ލިބިފައި ނުވާ ކަމަށެވެ. އަދި މިހާރުގެ ހާލަތަށް ބަލާއިރު ދެވަނަ ދައުރެއް ރައްޔިތުން ދޭން މި އެމްޑިޕީން ބުނެގެން ނުވާނެ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުން ކުރިމަތީ އޮރިޔާން ނުވަނީސް ގޮތް ދޫކޮށް ގާސިމްގެ ފަހަތަށް އެރުމަށް ނިހާން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

"ލަދުހަޔާތުގެ ކަންފުޅެއް މިސަރުކާރަކު ނެތް. އިތުރަށް އޮނު އޮރިޔާން ނިވާކުރަން އަނދެގެން އުޅޭ މުންޑު ދިވެހި ރައްޔިތުންގެ ކުރިމަތީގައި ނުބޭލެނީސް އަޅުގަނޑު ދުވާފަރުން ދަންނަވާލާން މިއަދުގެ ސަރުކާރަށް ތިޔަ ބޭފުޅުން ކެމްޕެއިން ހުއްޓާލައްވާފައި ގެޔަށް ވަޑައިގެން ތި ތާއިދު ގާސިމް އިބްރާހިމަށް ދެއްވާށޭ.". ނިހާން ވިދާޅުވިއެވެ.

އަލީ ވަހީދުއަކީ މިސަރުކާރުގައިވެސް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅެއް ކަމަށާއި އެ ބޭފުޅާއަށް މިސަރުކާރުގެ ކަންތައް ހިނގަމުންދާގޮތް ވަރަށް ސާފުކޮށް އެނގޭ ކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.

ގައުމީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ދުވާފަރަށް ވަޑައިގަތުން

"ކޮންމެ ވާހަކައެއް ކޮންމެ މީހެއްގެ ބޮލުގައި އެޅުވިދާނެ. ކޮންމެ މީހެއްގެ އަނބުރު ކޮންމެ ގޮތަކަށްމެ ކޮށާ ކުދި ކުރެވިދާނެ. ނަމަވެސް ހަޤީގަތް ވާނީ ހަޤީގަތަށް.". ނިހާން ވިދާޅުވިއެވެ.

އަލީ ވަހީދުގެ ބޮލުގައި ތުހުމަތުތަކެއް އަޅުވައި މިސަރުކާރުން އޭނާ މަޤާމުން ވަކިކޮށްލީ ކަމަށް ނިހާން ވަނީ ތުހުމަތިކޮށްފައެވެ.

އަދި ހަމައެއާއެކު ގާސިމްގެ އިސްތަށިފުޅުގައިވެސް އެކަހަލަ ގިނަ ތުހުމަތުތަކެއް އަޅުވާފައިވާ ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވި ގޮތުގައި މިފަހަރު ޖޭޕީގެ މެނިފެސްޓޯގައި ހިމަނާފައިވަނީ ރާއްޖޭގެ އެކި ރަށްތަކުގެ ރައްޔިތުން އެދި ވަޑައިގަންނަވާ ކަންތައްތަކެވެ. އެގޮތުން ކޮންމެ ރަށަކުންވެސް ހާއްސަ ފަސް ކަމެއް ގާސިމްގެ މެނިފެސްޓޯގައި ހިމަނާފައިވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"މިފަހަރު ޖޭޕީގެ މެނިފެސްޓޯ ހާއްސަވަނީ އެރަށަކާއި ގުޅިގެން އެ ރަށެއްގެ ރައްޔިތުންނަށް އަޅުގަނޑުމެން ވެރިކަމަށް އާދެވިއްޖެ ކަމަށް ވާނަމަ އެރަށެއްގެ ރައްޔިތުން އެދިވަޑައިގަންނަވާ ހާއްސަ ފަސް ކަމެއް އަޅުގަނޑުމެންގެ މެނިފެސްޓޯގައި އެކުލަވާލުމަކީ އެމަނިކުފާނުގެ ހާއްސަ ވައުދެއް." ނިހާން ވިދާޅުވިއެވެ.

ނިހާނު ވިދާޅުވި ގޮތުގައި އިންތިހާބުގެ ކެމްޕެއިންތަކަށް ރަށްތަކަށް ކެނޑިޑޭޓުން ވާ ވައުދުތައް ރައީސް ކަމަށް ހޮވުމުން ހަނދާންނެތިގެންދާ ކަމަށާއި އެ ވައުދުތައް އޭރު އޮންނާނީ އެއްޗެއްގައި ލިޔެވިފައި ކަމަށެވެ.

އެހެންނަމަވެސް ގާސިމްގެ ސަރުކާރެއްގައި ރައްޔިތުންނަށް ވާ ވައުދުތައް އެމަނިކުފާނު ފުއްދާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ތުން ތުން

    ޢަންނަ ރިޔާސީ އިންތިހާބު އަށް ފަހު ރައިޔިތުން ނަށް 2ފިޔަ ގަޑު ވެސް ލިބޭނެ، ، ހެ ހެ ހެ.

    25
  2. ކޮވިޑް

    އޮރިޔާމާ ހުރެ ތިހެން ބުނީމަ ހިނި އަންނަނީ.

    40
    1
  3. ޕޮގުބާ

    މީހުންނަށް ބިރު ދައްކާ ޕާޓީއެއްތީ ތިވަށްތަރަށް ނުތެޅޭ

    38
    1
  4. Anonymous

    ރޮލެކްސްގަޑިނިހާނުއާއި ކޮންބެހޭކައްތަ މިގައުމުގެ ރައްޔިތުން އޮނު އޮރިޔާންވެފައި ތިބިއްޔާ، ކަލޭ ގާސިމު މަހުޖަނުގެ ފައްތާހުންވިޔަސް ކޮލިޓީ ހެދުންލައިގެން ހުރީމަ އޯކޭތާ؟؟ ތިހާވަރަށް ގައުމާއި ރައްޔިތުންނަށް ހެޔޮއެދޭ ބަޔަކު އަމިއްލަ އަމްބޮނޑި ބޮޑުކުރުމުގެ ނިޔަތުގައި ނިކަމެތި ރައްޔިތުން ބޮލަށް ޗިޕްޖަހައި އޮޅުވާލަން މަސައްކަތް ނުކުރާނެއެވެ. މީހަކު ފައިސާވެރި މަހުޖަނަކަށްވުމަކީ އެމީހަކު ރައީސަކަށް ހޮވަންޖެހޭ ކަމެއްނޫނެވެ. ރައީސެއްގެ ކިބައިގައި ހުންނަންޖެހޭނީ ޙިކުމަތްތެރިކަމާއި މަތީތަޢުލީމާއި ގާބިލުކަމެވެ. މިގައުމުގެ ފާއިތުވި ރިޔާސީ 5އަހަރުދައުރާއި މިހިގާ ވެރިކަމުގެ ދައުރާއި ކޮމްޕެއަރކުރީމަ ވަރަށް ސާފުކޮށް ރައްޔިތުންނަށް ތަޖުރިބާވެއްޖެ ތައުލީމީ ގާބިލު މީހަކު ވެރިކަންކުރީމަ ހުރި ތަފާތާއި ތައުލީމެއްނެތް ނާގާބިލު މީހަކު ވެރިކަންކުރުމުން ހުރި ތަފާތު، ކުރިއަރާފައިވާ މިގައުމު ވަނީ ވ.ދަށްލެވެލްއަކަށް ވެއްޓިފައިކަން ##

    35
    1
  5. މުއިއްޒު އެއްބުރުން

    5 އަހަރު ވައްކަން ކުރަން އުޅެފަ ދެން ތިވާހަކަ ނުދައްކާ!

    32
    • …މުއިއްޒު…

      މުއިއްޒުގެ މެނިފެސްޓޯ ކިޔާލިންތަ…އެއަރޕޯޓާ ރިޒޯޓާ މިހާރުވެސް ލިބޭ މީހުންނަށް އިތުރަށް ލިބޭނެ ދޭނެ އެހީ ގެ ވާހަކަ އޮތީ…ބަލާލާ ރަނގަޅަށް ވިސްނާލާ…ފްލެޓާ އެއަރޕޯޓާއި ރިޒޯޓާ ލިބޭ މީހުންނަށް ދެވޭ ލޯންގެ ސަބަބުން ރައްޔިތު މީހާ ގެ ފުދުންތެރިކަން އިތުރުވިތޯ ވިސްނާލާ…ވަރަށް ހީލަތްތެރި ބައެއް ސިޔާސީ މީހުންނަކީ…ވަކި ރަނގަޅު އެކަކުވެސް ނުހުންނާނެ…ގާސިމް ވާ އޭނަ ގެ އަމިއްލަ ފައިސާއިން އާންމުންނަށް ބޮޑެތި އެހީތައް ވެފަ ހުރީ އެވަރުވެސް ވި އެހެން މީހެއް ތިތާކު ނެތް ދޯ…މަ ނުބުނަން ގާސިމަށް ވޯޓް ދޭށެކޭ…ގާސިމާ އަޅާ ކިޔޭނެ އެކަކުވެސް ނެތް ތިތާކު

      0
      29
      • ކާސިމު

        މައުމޫން ދައުރުގަ ސަންއައިލެންޑް ރިޒޯޓް ހަދަންވެގެން ވޯލްޑްބެންކުން ސަރުކާރު މެދުވެރި ވެގެން ގާސިމައް ވަރައް ބޮޑު އަދަދެއްގެ ލޯނެއް ހޯދައިދިން އިރު އެއްބަަސް ވުމުގަ ވާގޮތުން ގާސިމް ކޮއްދެންޖެހޭ ކަންތައްތައް ކޮއްފަހުރީ ކީއްވެބާ މިހާރު ތިޔަ ގާަސިމު ރައްޔިތުން ނައް ކަންތައް ނުކޮއްދެނީ

  6. ހުސެންފުތާ

    ނިހާނޫ ތެހެލާނު ހިތައް އެއްޗެއް އަރާތަ؟ ކިތަންމެ ގިނަވައްތަރެއް ޖެއްސިއަސް މިފަހަރު މިއީ ގާސިމަށް އެއްމެމަދުން ވޯޓްލިބޭނެފަހަރު.

    30
    • ރަނާ

      މަހިތުން ގާސިމަށްވުރެ މަދުން ލިބޭނީ އަންނިގެ ކެންޑިޑޭޓަށް

      1
      1
  7. ހިމް

    މިފަހަރު އަލީ ވަހީދުމެން ކަހަލަ ޖިންސީ ފުރައްސާރަވެރިން ލައިގެން ޖޭޕީ އަބަދު މިއުޅެންޖެހެނީ އޮރިޔާމުގެ ވާހަކައިގައި. މުންޑޭ ސޯޓޭ ކިޔައިގެން މި މަލާމާތް ކުރަނީ މިހާރުވެސް ގާސިމަށް ތާއީދުކުރާ އުއްޗުއަށް ދޯ؟

    28
    • ކައިދާ

      ޢުއްޗުގެ ތާއީދު އޮތީ އިބޫއަށް

  8. ހިކި ކިރު

    ޔާމީން ޖަލަށް ލާފައި މިހާރު ސޭޓުގެ ތިޖޫރީ ފޫ ދުއްވާލަން ނުކުމެ އުލޭ ބައިގަނޑެއް މިއީ!

    37
  9. Anonymous

    އޮރިޔާމުންހުރެ ގާސިމުފެލައގެން މިދުވަސްވަރު ކަލޭތިއުޅެނީ ކަލޭގެ ތިނުބަިދުލުން އަދީބައްވެސް ސަނާކި

  10. ލަކީ

    ޙެހެ ނިހާނު އަޅުގަނޑު މި ކޮމެންޓް ކިޔާ ލީމަ އެންގެނީ ނިހާނު ގައިގަ ހުރި ސިޔާސީ ބުރަދަން ހެހެ މިހާރު އެންމެންނަށް ވެސް އެންގޭ ގާސިމް ފެލާލަން ވެގެން ކަން ތި ގުރޫޕް ގަންޑު އުޅެނީ އަދި ގާސިމް އަމިއްލަ ފުޅައް ވިދާޅުވާނެ އިންތިހާބު ނިމުނީމަ ހަމަ މިގޮތަށް ބަލަން ހުންނާތި

  11. މޮހޮރު

    ތިޔަ ގާސިމަކީ މިސަރުކާރާ ގުޅިގެން ގައުމު މިހާލަތަށް ވައްޓާލުމުގެ އެންމެބޮޑު ޒިއްމާއެއް ނަގަންޖެހޭ މީހާ އެންވީމާ ގާސިމުގެ ޤައްދާރުކަން ވަކި ކުޑައެއްނޫން އޮރިޔާންވާނީ ނިހާނުމެންކަން ހަދާންކުރާތި ޤައްދާރުންގެ އަދަބު ލުޔެއްނުވާނެ؟

  12. ނަމަ

    ނިހާން އަނެއްކާ ގާސިމްގެ ފަހައްމާ ރަގަޅީތަ

  13. ދިވެހި ޒުވާނުން

    އުނު އަނުން ބޭލި އޮރިޔާމުން ހުރެ ނިހާން ތި ދައްކާ ވާހަކައިގާ ނެން އެއްވެސް އޮށްޓަރެއް ޔާމީނު ސަރުކާރުން ފައިސާ ގޯނި ހިފައިގެން ދުއްވައިގަތީމާ ޔާމީނުގެ ފަރާތުން އަތުވެދާނެ ހަމަލާތަކުން ސަލާމަތްކޮށްދޭން ސިޔާމު ގާތަށް ދުވެ ރޮއި އާދޭސް ކުރިމަންޒަރުތައް އެހެރީ ކެމެރާތަކުން ފެންނަން އަދިވެސް އެބަގޮވައެއްނޫން ހުރެގެން

  14. ކަދުރޭ

    ޢޭއި މިހިރަ ނިހާން. ޙުވަދޫ މީހުން މަގުމައްޗައް ނިކުމެ އެކަކު އަނެކާއި ޒުވާބު ކޮއް އޮރިޔާން ވިޔަކަސް އަހަރަމެން އެގޮތައްނޫޅެން. ކަލެ އައްނުފެނޭތަ ގާސިމައް ރައިއްޔަތުންގެ ތާއީދެއް ނެތްކަން. ކަލޭގެ މުންޑު ފައިބުޑައް ނުވެއްޓެނީސް ކަލޭ ކޮއްމެވެސް އެހެން ކަމަކާ އުޅެންވީނުން.

  15. ނަރުގިސް

    ތިކަހަލަ ކިތައް ބާސާ ކެޑި ރައީސް މައުމޫނު އަރިހުގައި ނިހާނު އުޅުނު އިރުވެސް! ނިހާނު ދައްކާ ވާހަކަ ޚޮދު ބުރުމާވެސް ގަބޫލު ކުރާނެ ހެނެއް ހިއެއްނުވޭ!

  16. ފަހަރިކަލޭގެ

    މުންޑު ބާލާ ވާހަކައާ ޖަގިޔާ ބާލާ ވާހަކަ. މުޅިން އޮރިޔާޟުގެ ވާހަކަ. މީ ވެސް ވައުދުބާ.؟؟؟

  17. އއއއ

    ކިތައްމެ މަސާއްކަތެއް ކުރިޔަސް މި މޫސުމް ގާއިމްނުވެ ޖެހޭ ވައިގަ 75 އަހަރުވެފަ އޮތް ތިމަޑިނޭރުވޭނެ.! ތިއެތި ތިއޮތީ ކޮޥިޑުތެރޭ ގުދަނުގަ އޮވެ އޮވެ މާބޮޑައްބާވެ ބަރުވެ ތަތްމުޑުވެފަ .!!!