ވެމްކޯއިން މިސްކިތު ފަންޑަށް ފަންސާސްހާސް ރުފިޔާ ހަދިޔާކޮށްފިއެވެ.

ވެމްކޯއިން މިއަދު ވަނީ، އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ދަރުމަ ކަމާކެމި ހަރަކާތުގެ މިސްކިތު ފަންޑަށް ފަންސާސްހާސް ރުފިޔާގެ ރަމްޒީ ޗެކް ހަދިޔާ ކުރަ މަންޒަރު ފެންނަ ފޮޓޯއެއް މީސް މީޑީއާގައި ހިއްސަކޮށްފައެވެ.

"ދަރުމަ ކަމާކެމި" ނަމުގައި ހިންގާ އެ މިސްކިތްތަކަށް އެހީވާން ބޭނުންވާ އާއްމު ރައްޔިތުންނަށް ހުޅުވާލި ފުރުސަތެކެވެ.

މި ހަރަކާތަކީ އެމިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ފަންޑުތައް ދިރުވައި އާލާކޮށް އެއަށް ފައިސާހޯދުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެ ފަންޑަށް އާދިއްތަ ދުވަހުގެ 18:00އާ ހަމައަށް މިސްކިތު ފަންޑަށް 709458.54 ރުފިޔާ ލިބިފައިވާ ކަމަށާއި އަދި ދީނީ ފަންޑަށް 126،534.59 ރުފިޔާ ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ތިތާ ތިބިހާ މުވައްޒަފުން ކަނޑާފަ، ޞަދަގާތް ތިކުރަނީ، އެއަނިޔާވެރިކަމުގެ ކައްފާރާއަކަށްތަ؟

  2. Anonymous

    ތިއީ، ދިވެހިންގެ ލޮލުގައި އަޅުވާ އަނދުން. ރައްޔިތުންގެ ތެރެއިން އެތަށް 100 މީހުނެއް ވެމްކޯއިން ވަޒީފާއިން ވަކިކޮށްފި. މިސްކިތްފަންޑު ކިޔާފަ ފައިސާ ނަގަނީ، ދީނަށް މާ ހެޔޮއެދޭ ބަޔަކަށް ހެދެން. ކަލޭމެން އިސްލާމްދީނަށް ތިކުރާ ފުރައްސާރައާއި ކަލޭމެންގެ ހިތުގައިވާ ފާސިޤުކަމުގެ ސަަބަބުން ކައިރި މުސްތަޤްބަލެއްގައި ކަލޭމެންގެ ކަންތައް ހަލާކުކުރައްވާ ނިކަމެތިކުރެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާދަންނަވަން. އާމީން.

  3. ރައްޔިތުމީހާ

    ފައިސާ ހަދިޔާކުރީމާ ނިމުނީ. މަހެެއްގެ މައްޗަށް 10 ދުވަހާއި 12 ދުވަހުގެ ޢަދަދަކަށް ކުނިބަލާ ނާދެ. އެކަމު ޤަވާޢިދުން ކުނީގެ ފައިސާ ދައްކަންޖެހޭ. ޝަކުވާކުރިޔަސް ވާކަމެއް ޙަރާމް. ނާންނަ ދުވަސްތައް އެދުނަސް ފައިސާ އުނިކޮށް ނުދެ. ޙަލާލުވާނީ ކުނި ބަރާބަރަށް އުކަންޏާ. ޙަރާމް އެއްޗެއް ހިމެނޭކަމަށްވާނަމަ ޞަދަޤާތްކުރިޔަސް މަންފާއެއްނެތް.