ރާއްޖެގައި ކުއްލި ހާލަތު އިއުލާން ކުރީ ގާނޫން އަސާސީގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ފުރިހަމަ ބާރުގެ ދަށުން ކަމަށާއި، ގާނޫނު އަސާސީއިން ލިބިދޭ ބާރެއް ބޭނުންކޮއްގެން އެއްވެސް ގައުމަކުން ހިތްހަމަ ނުޖެހުން ފާޅުކުރާކަށް ނުޖެހޭނެކަމަށް ލަންކާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު މުޙައްމަދު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.

ކުއްލި ހާލަތާއި ބެހޭގޮތުން ގައުމުތަށް ދެކޭގޮތް އޮޅުންފިލުވުމަށް އިއްޔެ "ވަގުތު" އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން މުޙައްމަދު ހުސެއިން ޝަރީފް ވިދާޅުވީ ކޮންމެ ގައުމަކީ ވެސް މިނިވަން ގައުމެއް ކަމަށާއި، ކޮންމެ ގައުމެއްގައިވެސް އަމަލުކުރާ ގާނޫން އަސާސީއެއް އޮންނާނެކަމަށެވެ. އަދި އެގާނޫން އަސާސީއިން ލިބެދޭ ބާރެއް ބޭނުން ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާއަށް ލިބެދޭ ފުރިހަމަ ބާރެއް ކަމަށެވެ.

"ޔޫރަޕްގެ ބައެއް ގައުމުތަކުންނާއި، އަވައްޓެރި ބައެއް ގައުމުތަކުން އެބަ ހުރި ކުއްލި ނުރައްކަލުގެ ހާލަތާ ބެހޭގޮތުން ހިތްހަމަ ނުޖެހުން ފާޅުކޮއްފަ. ނަމަވެސް ރައީސުލް ޖުމްހޫރިއްޔާ އެ ގަރާރު ނެރުނީ ގައުމަށް ދިމާވި ކުއްލި ހާލަތުން އަރައިގަތުމަށް ގާނޫން އަސާސީއިން ލިބިދޭ ފުރިހަމަ ބާރުގެ ދަށުން. ރާއްޖޭގެ ދާހިލާ މިފަދަ މައްސަލައިގައި ބެރުގެ ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކޮށްގެން ނުވާނެ" ސްރީލަންކާގައި ހުންނަވައިގެން "ވަގުތަށް" ފޯނުން މައުލޫމާތު ދެއްވަމުން މުންދު ވިދާޅުވިއެވެ.

މުންދު އިތުރަށް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ދޭންޖެހޭ މައުލޫމާތުތަށް ބޭރުގެ ގައުމުތަކަށާއި ބޭރު މީޑިޔާތަކަށް ބަރާބަރަށް ދެމުން ގެންދަވާ ކަމަށާއި ނަމަވެސް ބައެއް ގައުމުތަކުން ސަރުކާރުގެ ބަހެއް ނުހޯދާ އެހެން ފަރާތްތަކުގެ ހަމައެކަނި ބަހަށް ވާހަކަ ދައްކަމުން ގެންދާކަމަށެވެ. އަދި މިހާލަތުގައި ގައުމުގެ ހާލަތު ބައްލަވާލެއްވުމަށް އީޔޫއަށްވެސް ދައުވަތު ދެއްވި ކަމަށް މުންދު ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވުނު ނަމަވެސް އާއްމު ދިރިއުޅުމަށް އަސަރެއްކުރާފަދަ އެއްވެސް ހާލަތެއް ނުހިފައްޓާކަމަށާއި އާއްމުން މިނިވަންކަމާއެކީ ރަށުތެރޭ އުޅުމުގެގެ ހައްގު ލިބިދީފައިވާއިރު ސްކޫލްތަކާއި އޮފީސްތަށްވެސް ބަރާބަރަށް ހުޅުވި ކުރިޔަށް ގެންގޮސްފައިވާ ކަމަށާއި ރާއްޖޭގެ ހާލަތު ބޭރުގެ ފަރާތްތަކަށް ރަނގަޅަށް އެގޭކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އާއްމުންނަށް ދިރިއުޅުމުގެ ނުވަތަ ކެއިން ބުއިމުގައިވިޔަސް އެއްވެސްކަހަލަ ހުރަހެއްނެތްކަމަށާއި ރާއްޖެއަށް އަންނަ ފަތުރުވެރިންނަށްވެސް އެކަމުގެ ސަބަބުން ނުރައްކަލެއްނެތްކަން މުންދު ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގުޑްގުޑް

    ތުހުމަތާއި ތަހުގީގާއި ދައުވާ، އުޑާއި ބިމާހާ ތަފާތު ވިނަމަވެސް އެއީ މަމެން ޕިންކީން ބަލަން ޖެހޭނެ ކަމެއް ނޫނޭ އެއަށް ވުރެން މަމެން ޕިންކީން ނަކީ ކުޅަދާނަ ބަޔެކޭ ވެރިކަން ކުރަން. މަމެން ޕިންކީންގެ ވެރިކަން ވައްޓާލާނެ ކަމުގެ ނިޔަތުގައި ރާއްޖޭގެ ކެޕިޓަލް ލޭންޑް ދަ ގްރޭންޑް މާލޭގައި މުޒާހަރާ ދަ ރާއްޖެތެރޭ މީހުން ކޮށްފިނަމަ އެމެންނަށް އަހުވަ ދައްކާލާނަމޭ މަމެން އެކަން ކަމުގެ ކުޑަ މިންވަރޭ އަދި ތަމެންނަށް ފެނިގެން ތިޔާ ދަނީ އަދި ވެސް އޮތީ ލާރޖް ކޮށް ޖެއްސުމޭ ތަމެން ތިޔާ ވަނީ ސްލީޕިންގް ލަޔަން އެއް ވޭކް އަޕް ކޮށްފައޭ މަމެން ދެން ސްލީޕް ކުރާނީ ތަމެން ރަންރީނދުލޭ މެންގެ ފިކުރު މިރާއްޖޭން ނެތުނީމައޭ މިކަމޭ ފެނިގެން މިދަނީ އަޅެ އެސްއޯއީ ނިމޭތީއޭ ކިޔާ ނިކުމެލަބަލަ މަމެންގެ ވެރިކަން ވައްޓާލާނެ ކަމަށް ހީކޮށް ތަމެން ތަންޑާ ވުން ނޫން އެއް ކަމެއް ވެސް ނުވާނެއޭ ޝަރީއަތް ނިމެން ދެން ބަންދުގައި ޝަރީއަތް ނިމެން ދެން ބަންދުގައި ޗެޕްޓަރ ކްލޯސްޑް ދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  2. އެޑަމް

    ރައީސްއަށް ލިބިދޭ ބާރަށްވުރެ އިތުރަށް ބާރު ހޯދައިގެން އުޅޭތީ މައްސަލައަކީ..... ރައީސްއަށް ބާރު ލިބިދޭނީ ޤާނޫނުން ޤާނޫނުގަ ނެތް ބާރެއް އަމިއްލައަށް ހޯދައިގަނެގެން އުޅެންޏާ އެއީ މައްސަލައެއް،