ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ނަމަ އިންތިހާބު ބޭއްވިޔަ ނުދެއްވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު އެހެން ވިދާޅުވީ ރޭ ސަންގު ޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ. މުންދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދައިގެން ޔާމީނަށް އަނިޔާކުރަން އުޅުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ޔާމީންގެ ނަންފުޅު ރިޔާސީ އިންތިހާބުގެ ކަރުދާހުގައި ނެތް ނަމަ އެ އިންތިހާބު ބޭއްވިޔަ ނުދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ޔާމީން ވެރިކަމަށް ގެންނަން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވޭ. އެމަނިކުފާނުގެ ނަންފުޅު ވޯޓުކަރުދާސްކޮޅުގައި ނެތްނަމަ އެ އަރައިގަނެވެނީ ގިނަ ބައެއްގެ ހައްގަށް." މުންދު ވިދާޅުވިއެވެ.

މި ފަސް އަހަރު ލިބުނު އަނިޔާ އިތުރު ފަސް އަހަރު ލިބެން ބަލަހައްޓައިގެން އެ ރައްޔިތުން ނުތިބޭނެ ކަމަށާއި އެކަން ވިޔަނުދޭނެ ކަމަށް މުންދު ވިދާޅުވިއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީނަށް އަރުވާފައިވާ އިރު އެމަނިކުފާނާ ދެކޮޅަށް މިހާރުވެސް ކޯޓުތަކުގައި ދަނީ ވ. އާރަށުގެ މައްސަލަ ހިންގަމުންނެވެ. އެ މައްސަލައިގައި ދައުލަތުން ޔާމީންގެ މަށްޗަށް އުފުލާފައި ވަނީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާއެވެ.

އެ ދައުވާތައް ސާބިތުވެއްޖެނަމަ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. މުއް ކުރު

    ކަލޭމެން ގެ ހަރުކަށި ވާހަކައިގެ ސަބަބުން ރިޔާސީ އިންތިޚާބުން ފެއިލްވީ؟

    18
    4
  2. ކަރުކެހޭ

    ތީދެން ކާކު ތިކަހަލަ ވާހަކަ ދައްކަން. ބުނަން ޔާމީނު ބައިވެރިކޮށް ބަލިކުރަން ރައްޔިތުން ތިބީ. ކޮންމެހެން ބައިވެރި ނުކުރާކަން ނޫން. ސާލިހަކީ ޔާމީން ކަހަލަ މީހެއްނޫން. އެއްމެން ޖަލަށްލާކަށް.

    19
    18
  3. އަސް

    މި ގުރޫޕު ދޯ ކީ ޔާމީނޭ 2018 ގަ ހުވާ ކުރާނީވެސް.

    19
    8
  4. ދޮންބެ

    މުންދު ކަލޯ ކަލެއާ ޔާމީނާ ގޮޅީގައި ބާއްވާފައިވެސް އިމްތިޙާބު ބާއްވާނަން.

    19
    18
  5. ބޮކި

    މީކާކު މިކަހަލަ ވާހަކަ ދައްކަން ؟؟؟؟؟

    18
    9
  6. Anonymous

    ހެހެހެ. ކަލޯ ބޮޑުބަސް ނުބުނޭ. ތިއީ ކަލޭމެންނަށް ވާނެ ކަމެއް ނުން. އެއްވެސް އާރެއް ބާރެއް ނެތް ޕާޓީެއެއް.

    19
    11
  7. ޅަހުއްތު

    މީދެން ކާކު، ގައުމުގެ ކަންކަމުގެ ބަސްބުނަން.. އަޅެ ފަހެ މީނާގެ އެކަނި ގައުމެއްތަ މީ؟

    ހާ ބޮޑާ ކިބިރުވެރި އިންސާނެއް ދޯ..

    16
    9
  8. ކާކު

    ކަލޭތީ ކާކުތަ އަޅެ ހެހެހެހެހެ

    18
    9
  9. ސަސު

    މުއްދުގެ ހާރިޖީ ތަޖުރިބާ، ހިންގުމުގެ ތަޖުރިބާ ތިޔަ ގުރުބާން ކުރަނީ ވައްކަންކުރާ މީހަކު ރައީސްކަމަށް ގެނެވޭތޯ.

    16
    17
  10. އަހައްމަދޫ

    ހައްހައް. މީ އިލެކްޝަން ކޮމިޝަނަރ ތަ، ނޫނީ ގައުމުގެ ރައީސުލަޖުމްހޫރިއްޔާތަ ގަދަބަސްބުނަން

    9
    6
  11. ފުނަމާ

    ކަލޭހަމަ ހަޅޭލަވަލަވާ ހުންނަންޖެހޭނީ އިންތިޚާބުވެސް އޮންނޭނެ.

    8
    6
  12. ގިނި

    އިރާދަކުރެއްވިއްޔާ. ޔާމީން 2023

    10
    7
  13. ނަމަސްތޭ

    އޭ ކަލޭ ކޮންތާކު އުޅެފަ ތިއައީ . . ހާދަ ދުވަހެއް ވެއްޖޭ . . ސީ ޒަންއަށް ރެޑީވަނީދޯ . . . ވަރަށް ބޮލަށް ތުރާވާ މީހެއްތި

    4
    6
  14. ރަބަރޭ

    މުންދުއަށް ފައިދާ ތަކެއްވާތީ ޔާމީނު ވެރިކަމަށް ގެންނަން ވެގެން ތިޔަތެޅެނީ

    4
    4
  15. ދިވެހި ޒުވާނުން

    ޔާމީންއާ ނުލާ ރިޔާސީ އިންތިހާބު ބޭއްވިޔަ ނުދޭނަން: މުންދު
    އަލެ މުންދޫ ޫ ޫ ކަލެއް ތިބާރު އޮވޭތަ ؟؟؟

  16. އީދު

    ރިޔާސީ އިންތިހާބަކީ ކަލޭ ގޭގަ ބާއްވާއެއްޗެއްތަ.

    1
    2
  17. ދިވެހި ރައްޔިތުން

    ޔާމީނުޓީމު ކުދީން ބުނީ ބާރުލާފަ ބުނީ ރައްޔިތުން އެކަކު ވޯޓް ޔާމީނަށް ނޭޅިޔަސް ވޯޓް ކާމިޔާބު ކުރާނީ ޔާމީނު ކަމަށް

  18. ޖަޒުބާތް

    އެހެންނު ވާނީ ޔާމީނު ނުލާ ނުކުރެވޭނެއެއްނު މުންދުމެންގޭ ގަރާޖުގަ ބާއްވާ ޖަމްބޯސޭލް އެއް ވިއްޔަ ރިޔާސީ އިންތިހާބަކީ!! އެހެންނު!!!

    1
    4
  19. މުދި މުދި

    އިންތިޚާބަށް ކަނޑައެޅިގެން ހުރަސް އަޅަން ބުނާނަމަ ފިޔަޅު އަޅަންޖެހޭ އެއްވެސް މިހަކަށް ގާނޫނައްތުރެ މަތީގަނުހުރެވޭނެ...

    1
    2
  20. ބަރުގޮނު

    މުންދޫ.. މުންދޫ ... ތިޔަ އުޅެނީ މާމަތީގައި. ކަންކަން ވަނީއަކީ އަދި ނުވަނީއަކީ މުންދު ރުހުމަކުން މުންދު ނުރުހުމަކުންނެއްނޫން. މަތި ބަލާލާފައި ތިޔަބުނި އެއްޗަކާމެދު ވިސްނާލަ.

  21. ާަމުންދު

    ޔާމީނު ތެޔޮ ލާނީ 2023ގައި ކުޑަ ގޮޅީގައި އިނދެގެން..

    2
    2