އޮޕަރޭޓް ކުރަމުންދާ ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރެއްގެ މައްސަލަ ޖެހިި، މިއަދު މެންދުރު ފަހުން ފެށިގެން ދ. ކުޑަހުވަދޫއަށް ކަރަންޓް ދިނުން ދަތިވެއްޖެއެވެ.

އެ ރަށު ކައުންސިލުގެ ރައީސް އަހުމަދު ޝާމް ބައެއް ނޫސްތަކަށް ވިދާޅުވެފައި ވަނީ މިއަދު މެންދުރު ފަހުން ފެށިގެން ރަށުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ.

ކުޑަހުވަދޫއިން "ވަގުތު"އަށް މައުލޫމާތު ދިން މީހަކު ބުނެފައި ވަނީ މިއަދު މެންދުރުފަހު ދެއެއް ޖެހި ހާއިރު، މުޅި ރަށުން ކަރަންޓް ދިޔުމަށްފަހު ކަރަންޓް އައީ އިރުއޮއްސި 6:00 ޖެހި އިރު ކަމަށެވެ. އަދި އޭގެ ފަހުންވެސް ކަރަންޓް ދެމުން އައީ ރަށުގެ ތަންތަން ކޮޅަށް ކަމަށް މައުލޫމާތު ދީފައިވެއެވެ. އެރަށުން ވާހަކަ ދެއްކި މީހާ ބުނެފައި ވަނީ ޖަނަރޭޓަރުތަކުން އެކަށީގެންވާ ވަރަށް ކަރަންޓް ނަގައިނުދޭތީ، ކަރަންޓް ދަނީ ލޯޑު ނުހިފެހެއްޓުމުގެ ސަބަބުން ކަމަށެވެ.

ފެނަކައިން ކަރަންޓް ދެމުންދާ އެރަށަކީ 3،000 ވަރަކަށް މީހުން ދިރިއުޅޭ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގޯއަވޭ

    ޖަނަރޭޓަރުތައް ހަލާކުވެ ކުޑަހުވަދޫ އަަނދިރީގައި އެތިބެން އެޖެހެނީ އެއީ ފެނަކައިގެ އެމްޑީ އަކީ ނޮން ޓެކްނިކަލް މީހުންނަށްވީމައޭ ސްޓެލްކޯ އަދި ފެނަކަ ފަދަ ކުންފުނި ތަކަށް ކަމަކު ނުދާނެއޭ ދަ ކިއްލި ތަޅާ ކިޔަވައިގެން އަންނަ މީހުން އެމެން ޖެހޭނީ ރައީސް އޮފީހުގައި ބައިތިއްބަން ދަ ރާއްޖެތެރޭން އަންނަ ކައުންސިލަރޭ މެން ގޮވާ ކަނޑުކޮސް ގޮވުން ތައް އަޑު އަހަން ދޭ ޑޯންޓް އަންޑަރސްޓޭންޑް ފިރިހެންވަންތަ ސަބްޖެކްޓްސް ތައް ޑީލް ކުރަން އިޓްސް އޯލް އިން މީންސް

    10
  2. ޞބ

    ޖަޒީރާދިރިއުޅުމަށް މަރުޙަބާ!!!

    26
  3. ތަހުތަ

    ކޮއްކޯޖަޒީރާދޯމިހާރު އޯކޭވާނެ

    16
  4. އީޖާބޭރާއްޖެ

    އެހެންނޫންތޯވާނީ ބޯލްޕޮއިންޓެއް ޖީބައްލައިގެން ކުންފުންޏެއްހަދައިގެން ރަށްޔަތުންގެ ޖަނަރޭޓް ތަކަކާ ހަވާލް ވީމަ ވާނެ ހަގޮއްތިވަނީ ޖަނަރޭޓަރ ކިޔަންނޭންގޭ އެކްޓިވިސްޓުންނަށް އެމްޑީއިންނަށް ލީމަ ވާނެގޮތް މިވަނީ ރަށްޔަތުން މިނިވަން ކަމާއެކު ލިބުނުވަރަކުން ހިންގަމުން ގެން ދަނިކޮއް ގަދަކަމުން ކަހަލަ ގޮތަކަށް ޔުޓިލިޓީއޭ ކިޔާކުންފުންޏެއް ހަދައިގެން ޖީބައް ބޯލްޕޮއިންޓް ގަލަމެއް ލައިގެން ބަދަލުދޭނަމޭ ހިންގިދާނޭ ކިޔާފަ އަތުލީ ރަށްޔަތުން އަޅުވެތިކުރަން މިހާރު ރަނގަޅުވެއްޖެ ނޫންތޯ

  5. ޝަރފު

    މިއީ ނާގާބިލް މީހުންގެ ނާގާބިލްކަން. އަދިވެސް އޭތި ކޮށްޓަކޮށްޓާ ތިބެނީ. ރައްޔިތުންނަށް ކަރަންޓް ދިނުމަށް އެދެވޭ ހައްލެއް ގެނެސްދޭކަށް ނޭގިގެން ތިއުޅެނީ.
    މިހެންވެ ގިނަބަޔަކު ބުނަނީ ކައުންސިލުތަކަށް އާރާ ބާރު ދިނަސް އަދި އެތަނެއް ބެލެހެއްޓޭ ފެންވަރެއް ނެތޭ. ރިކަރަންޓް ޚަރަދާ، ތަރައްޤީއަށް ބޭނުންވާ ކަންކަމުގަ ސަރުކާރު ނުކުޅެދިފަ ވާއިރު ކައުންސިލުން ކިހިނެއް އެކަން ކުރާނީ.
    މިއަދު ފެނިގެން މިދަނީ ހުވަފެނީ މަންޒަރުތަކުން ރައްޔިތުން ވާ ވައްދާތަން. ކުރެވޭ އެއްވެސް ކަމެއް ނެތް. އަލަށް ފެށުނު މަޝްރޫޢެއް ނެތް. މިހާތަނަށް އެއްވެސް ޕްލޭނެއް ނެތް. މުޅިންވެސް މީޑިއާ ސްޓަންޓް. އަދިވެސް 100 ދުވަސް ހަމަނުވެގެން މިއުޅެނީ.
    މިނޫހުން އެބަޖެހޭ ސަރުކާރުގެ އިންތިޚާބީ ދައުރު ހަމަވާނެ ތާރީޚެއް ހޯދައިދޭން. ނުވަތަ ބުނެދޭން. މަޖިލީހުން ހަދާ ބިލަކުން ކަންކަން އޮޅުން ބޮޅުން އަރުވާލެވޭނެ ވަރަށް ގޮޑިތައް އެބަހުރި.

  6. އއއސ

    ކުޑަހުވަދޫ ކައުންސިލުން ކުޑަހުވަދޫ ރައްޔިތުންނަށްދޭ ރޯދަ ހަދިޔާ .24 ގަޑިއިރުގެ ކަރަންޓް 2 ގަޑިއިރަށް ޝުކުރިއްޔާ ކުޑަހުވަދޫ ކައުންސިލްގެ ރައީސް.

  7. ކުޑަހުވަދޫ

    ކުޑަހުވަދޫ ކުދިންނަން ވަރަށް ސަލާމް . ދެންތިބޭ ޖަޒީރާ ވެފަ މޮޅުވެއްޖެއްނު.