(ދ. ކުޑަހުވަދޫ) އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް މި ރަށުން މިރޭ ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ހއ. އަތޮޅާއި ހދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ކެމްޕެއިން ދަތުރަށް ފަހު، މުއިއްޒު ވަނީ ހަތަރު އަތޮޅަކަށް ކުރައްވާ ކެމްޕެއިން ދަތުރު މިއަދު ފައްޓަވައިފައެވެ. އެ އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ ދ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ވ. އަތޮޅެވެ. މި އަތޮޅުތަކުގެ ގިނަ ރަށްތަކަކަށް މުއިއްޒު ވަޑައިގަންނަވައެވެ.

ކެމްޕެއިނަށް ޑރ. މުއިއްޒު 4 އަތޮޅަކަށް ފުރާވަޑައިގަންނަވައިފި

މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ ކުޑަހުވަދޫއަށެވެ. ކުޑަހުވަދޫ އަށް މިއަދު އިރުއޮއްސެނިކޮށް ވަޑައިގަތުމުން އެއާޕޯޓު ކައިރިން ވެސް މުއިއްޒަށް މަރުހަބާ ދެންނެވިއެވެ. އެކަމަކު، މުއިއްޒަށް ރަސްމީ ގޮތުން މަރުހަބާ ދެންނެވުން އޮތީ ކުޑަހުވަދޫގައި ހުންނަ ޕީޕީއެމް ޖަގަހަ ކައިރީގައެވެ.

މުއިއްޒު މިރޭ ޖަލްސާ ބާއްވަން އޮތް ސަރަހައްދަށް ވަޑައިގަތުމުން އޭނާ އަށް މަރުހަބާ ދެންނެވުމަށް ޕީޕީއެމް/ޕީއެންސީގެ ގިނަ އަދަދެއްގެ ބަޔަކު ޕީޕީއެމް ޖަގަހަ ކައިރި އަށް އެއްވެފައިވެއެވެ. ގާތްގަނޑަކަށް 300 އާ ގާތް ކުރާ އަދަދަކަށް މީހުން ވަނީ މުއިއްޒަށް އެ ސަރަހައްދުން ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

މުއިއްޒު މިރޭ ކުޑަހުވަދޫގައި. އޭނާ އަށް ހޫނު މަރުހަބާއެއް ދެންނެވި. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

އެއްވެ ތިބި މީހުން ގޮވާލާފައި ވަނީ އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މުއިއްޒު ވަރުގެ ބޭފުޅެއް ނެތް ކަމަށް ވެސް އެމީހުން ދިޔައީ ގޮވަމުންނެވެ.

މުއިއްޒޭ ގޮވާލާ އިރަށް، އެ ރަށުގެ ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުން "އެއް ބުރުންނޭ" ގޮވާލައެވެ. އަދި މުއިއްޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ "ދަރިވަރެއް" ކަމަށް ވެސް އެމީހުން ދިޔައީ ބުނަމުންނެވެ.

މުއިއްޒު މިރޭ ކުޑަހުވަދޫގައި. އޭނާ އަށް ހޫނު މަރުހަބާއެއް ދެންނެވި. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

"އަޅުގަނޑު ދަންނަވާނީ މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި އޭ ކުޑަހުވަދޫ އަށް ބޮޑެތި ބަދަލުތަކެއް އައީ. އެހެންވެ، ވެރިކަން ދޭން ވެސް މިތިބީ ތައްޔާރަށް،" ޖަލްސާގައި ބައިވެރިވާން ޕީޕީއެމް ޖަގަހަ ކައިރި އަށް ގޮސް ހުރި އެކަކު ބުންޏެވެ.

ކުޑަހުވަދޫގައި ތިބި ޕީޕީއެމް/ޕީއެންސީ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ފަހު، މާދަމާ ހެނދުނު މުއިއްޒު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ދ. މާއެނބޫދޫއަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބުޅާދިޔެ

    އިންސާﷲ މުއިއްޒު ކާމިޔާބުކުރާނެ

    44
    4
  2. އުފާ

    އުންމީދަކީ މައުމޫނުގެ ބާރު ޕީޕީއެމް އިން ދިޔަ ފަދައިން ޔާމީން ގެ ބާރުވެސް ދިއުން

    12
    16
    • އަދުހަމު

      ނައިބު ރައީސް ފައިސަލު ނަސީމު ކެމުޕޭން ކުރުވާފަ ނަގާ އެއްލާލި ފަދައިން މުއިޒު ކަންތައް ނުކުރައްވާނެ

  3. އުފާ

    އުންމީދަކީ މައުމޫނުގެ ބާރު ޕީޕީއެމް އިން ދިޔަ ފަދައިން ޔާމީން ގެ ބާރުވެސް ދިއުން. މުއިޒަށް ތާއީދު އޮންނާނެ

    10
    14
  4. Anonymous

    ދިވެހި ޤައުމުގެ އިސްތިޤުލާލާއި ސިޔާދަތާއި މިނިވަން ކަމަށް ޓަކައި މިފަހަރު ހުރިހާ ދިވެހިން ޑރ މުއީޒަށް ވޯޓް ދޭންވީ !

  5. ޢަގީ

    ތިކަންއެގޭ ޕާރކިންގް ސޮލޮޓްތަށް ބަހާލިގޮތުންނާ. ކަދުރުރުއްތަށްފެނިފަ

  6. ސަރަގު

    ރަގަޅުވާހަކައެއް. ތިވަރުގެ ވަގެއް މަކަރުވެރިއެއް ދިވެހިތާރީޚް ނުދެކޭ. ނިކަން ބަލާބަލަ ޔާމީނުގެ ސިޔާސީ ޙަޔާތް ފުނޑާލިގޮތް. ޔާމީންގެ ސަޕޯޓަރުންނަށް އަދި ހޭލެވޭނެ. މިކަހަލަ މަޑުމަޑުން ތިބޭ މީހުންގެ ހުރިހާ ކަމެއްވެސް ވަރަށް ނުބައިވާނެ.

  7. ނިކަމެތި އަޅާ

    އެންމެން ވެގެން އާއިލީ ވެރިކަމެއް ބަލަން ދާން ގޮވާލި އަޑުވެސް އިވޭނެ ތި ތަަނުން