(ދ. ކުޑަހުވަދޫ) އޭނާގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާ މެދު "ފުކެއްގެ" ޝައްކެއް އުފެދޭ ކަމެއް ނުފެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެއެވެ.

ދ. އަތޮޅުގެ ރަށްތަކަށް ރައީސް ސޯލިހް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޑަހުވަދޫ އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ބޮޑު ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވީ އޭނާ އަށް ފުރިހަމަ އަށް އިތުބާރު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އަޅުގަނޑަށް ފުރިހަމަ އަށް އިތުބާރު ކުރައްވާށޭ. އަޅުގަނޑުގެ އިހްލާސްތެރިކަމާއި ތެދުވެރިކަމާ މެދު ފުކެއްގެ ޝައްކެއް އުފެދޭ މިންވަރުގެ ކަމެއް އަޅުގަނޑުގެ ފަރާތުން އިރާދަކުރެއްވިއްޔާ ފެނިގެން ނުދާނެ،" އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހަތަރު ވަނަ ދައުރަކަށް ފުރުއްވަމުން ގެންދަވާ އަސްލަމް ވިދާޅުވީ ރައީސް ސޯލިހް އެނގިވަޑައިގަންނަވާތާ 30 އަހަރުވެފައިވާ ކަމަށެވެ. މާ ގާތްކޮށް ނޫޅުއްވި ނަމަވެސް ރަހްމަތްތެރިކަން އޮންނަތާ އެހާ ދުވަސްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އޭގެ ތެރެއިން ވިހި އަހަރަކީ އެމްޑީޕީ ތެރޭގައި އާއި ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި ވަރަށް އެކުގައި މަސައްކަތް ކުރެއްވި އަހަރުތަކެއް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. ރައީސް ސޯލިހްގެ މިޒާޖުފުޅާއި މަސައްކަތްޕުޅު ހުންނަ ގޮތް ވަރަށް ގާތުން ދެކެވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ ރައީސް ސޯލިހްގެ ލީޑަޝިޕް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ކުޑަހުވަދޫގައި ބޭއްވި އެމްޑީޕީ/އަދާލަތު އަދި އެމްޑީއޭގެ ކެމްޕެއިން ޖަލްސާގައި ވަނީ "އުފާވެރި ދިރިއުޅުން" ސިޔާސަތު ލޯންޗުކޮށްފައެވެ. މި ސިޔާސަތާ އެކީގައި ރައްޔިތުން ހިތްހަމަޖެހިގެން ރައީސް ސޯލިހަށް އިންތިހާބުގައި ވޯޓު ނުދޭންވީ ސަބަބެއް ނެތް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"މީގެ ތެރޭގައި ހިމެނޭ ވަރަށް ގިނަ ކަންކަމަކީ މިހާރު ހިނގަމުންދާ ކަންކަން. ދަމަނަވެށީގެ ހިދުމަތްތައް، އިމުގައިގެ ހިދުމަތްތަކާ ފަހުން ތައާރަފް ކުރެވުނު. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި އަދި ތައުލީމާއި ސިއްހަތަށް ކުރެވިފައިވާ އިންވެސްޓްމަންޓުތައް،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިއިން އެއްވެސް ސިޔާސަތަކީ ވޭތުވެދިޔަ ސަރުކާރުތަކުން އޯގާތެރިކަމާއެކުގައި ރައްޔިތުންނަށް ބަލާލެވިފައިވާ ކަންތައްތަކެއް ނޫން ކަމަށެވެ. ރާއްޖޭގައި ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދެވޭނެ ބޭފުޅަކީ ހަމައެކަނި ރައީސް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިހާރު ވެސް ކުރެއްވި މަސައްކަތްތަކާއި އެ މަސައްކަތްޕުޅު ނިންމަވާލެއްވުމަށް ވަގުތު ދިނުމަކީ މުހިންމު ކަމެއް. ބޭނުންތެރި ކަމެއް. މާލޭގައި ތޮއްޖެހިފައިވާ މީހުންނަށް، ގެދޮރުވެރިކަމުގެ ދަތިކަން ހައްލުކޮށް ދެއްވުމަށް ބިމުގެ ދަތިކަން ހައްލުކޮށް ދިނުމަށް ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ނިންމަން ނުކެރުނު ނިންމުން ނިންމައި މިހާރު އެ ވަނީ ގޯތިތައް ހަވާލު ކުރާ ހިސާބުގައި،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމްގެ ވާހަކައިގައި ވަނީ ކޮވިޑް-19 ގެ އާލަމީ ވަބާ އިން ރާއްޖެ ސަލާމަތް ކުރެއްވުމަށް ރައީސް ސޯލިހް ކުރެއްވި މަސައްކަތްޕުޅަކީ ފަހުރުވެރިކަމާ އެކީގައި ބަލައިގަންނަން ޖެހޭ ސަބަބެއް ކަމަށް ވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ބޯހަލާކު

    ބޭކާރު މީހެއް، އިބުރާހިމު އަސާ އަކަށް ބޭނުން ކުރިޔަސް ރަށަށް ކަމެއްކުރާމީހެއްނޫން ކުރިންހެން ރުފިޔާ އަޅައިގެން ވޯޓުހޯދާ،

    29
    3
    • Anonymous

      ހަހަހަހަ. ނަޝީދުގެ ތައްޕާހުން ސިޔާސީ މައިދާނަށް ނުކުމެފަ މިހާރު ތިހުރީ ނަޝީދުގެ ދުޝްމަނުގެ ފަހަތަށް ވަދެ. އެހެންވީމަ ރައްޔިތުންނަށް އެނގޭ ކަލޭމެންގެ ނަފުސުގެ ތެދުވެރިކަން.
      އަހަރެމެން ޝައްކުނުކުރާނެ ކަމަކީ ކަލޭމެން ދުވާނީ އެންމެ ގިނައިން ފައިސާ އާ މުދަލާ ދިމާއަށްކަން. އެކަމާމެދު ކުޑަވެސް ޝައްކެއްނެތް.
      ކަލޭމެނަކީ މިގައުމާ ރައްޔިތުންނަށް ހެޔޮއެދޭ ބައެއްނޫން. އެހެން ނޫންނަމަ އަޑިނޭނގޭ އެއްބަސްވުންތައް އިންޑިޔާގެ ހިންދުވަތާ ޖަމާއަތާއެކު ނުހެދީސް.

      5
      1
  2. ސަންބެޑު

    ސޯލިބޭ ﷲ ރަމަހުމަތުން ފޭލިވެ އެއްބުރުން މިގައުމުދޫކޮށް ފިލާނެ ކަމީ ޝައްކެތް އޮތްކަމެއްނޫން ރަށްޔަތުން މިތިބީ ކުޅިބަލަން .

    27
    3
  3. ކަކުނި

    ކެކެކެ! ތިހާކޮށިކޮށް ތިހާދުލައް އުދަގޫކޮށް ތިހާ އޮޅިގޮތަކަށް ތިހެން ފުރަތަމަ ބުނަންޖެހުނީ ތިބުނީ އެންމެ ޒައްރެއްގެ މިންވަރަށްވެސް މީ ތިމައްނައަށް ނުހިފެހެއްޓޭނެ ކަމެކޭ. ބޯމޭޒުމަތީ ތިބެގެންދައްކާ ވައްތަރު ވާހަކަ. މިމީހާ ލޯހުޅުވޭނެބާ މެންދުރުވާ އިރުވެސް ދިވެހިން ވިސްނާލާ.

  4. ލޮލް

    ތިމާއަކީ ތެދުވެރިއެއް ކަމަށް އަމިއްލައަށް ސާބިތުކޮށްދޭން ތިއުޅެނީ ކީއްވެޔޯ؟ މީގެ ކުރިން ދޮގު ހަދާފައި އޮތީމަތަ؟ ތިމާއަކީ ތެދުވެރިއެއްނަމަ އަމިއްލައަށް އެކަން ސާބިތުކޮށްދޭކަށް ނުޖެހޭނެ. އާންމުން އެކަން ފާހަގަ ކުރާނެ.

  5. ކޮތަރު

    ފުކެއްގެ ޝައްކެއް، އޮށެއްގެ ކަށްޓެއް، ގަހެއްގެ ފަންޏެއް ކީކޭތަ މިކިޔަނީ.

  6. އިޔާޒް

    އެހެންވާނެ ކަލޭގެ ތެދުވެރިކަން މިހާރުވެސް ދިވެހި ރައްޔަތުންނަން ފެންނަންއޮތީ ކަލޭމެން މީހުނަން ހެދީ ނަޝީދު އަށް ތެދުވެރި ނުވިމީހަކު އިބްރާހީމް ސޯލިހަން ތެދުވެރިވާނެބާ

  7. ލަގން

    އިބުރާމިައް ލަނޑުދޭނެ އެެހެންވިއްޔާ

  8. 111

    ތެދުވިކަން،ދީންވެރިކަން، ރާ ނުބޯކަން ޕްރޫފް ކޮށްދޭން ނުޅޭނެ ކަށީގަ އެކަން ހުރިނަމަ.
    ކޮންމެވެސް ކަމެއްވީމަ ވަރު އަރުވާފަ ކަމެއް ޕްރޫފް ކުރަން އުޅޭނީ.

  9. Anonymous

    އަންނި އަތުން އެމްޑީޕީ އަތުލުމުގެ މޭސްތިރިޔާ އަދި ފައިސަލް ނަސީމްގެ އަތުން ނައިބުކަން އަތުލުމުގެ މޭސްތިރިޔާ. ވެރިކަން ލިބުމާއިއެކު އިބޫ ނަގާ ހޫރައިލާނެ ކަމާމެދު ޝައްކެތް ނުކުރަން.
    އައްޑޫއަށް ވެރިކަން ބަދަލުކުރުމުގެ ފެށުން މިއައީ.
    މި އަސްލަމް އަކީ ޤާނޫނުއަސާސީ އިސްލާހު ކުރިއިރު ދިވެހިރާއްޖޭގެ ދިދައެއްގެ ގޮތުގައި ސުވައިދީބު ދިދަ ކަނޑައަޅަން އެ ދިދައިގެ ފޮޓޯއެއް ހިފައިގެން މަޖިލީހުގައި އުޅުނު މީހެއް.
    އަދި ފަހުން އަންނި ރައީސްކަމުން އިސްތިޢުފާ ދިނުމުން އަލުން އައްޑޫގައި ވަކި ވެރިކަމެއް އަންނިގެ އެދުމަށް އިންޑިއާގެ އެހީތެރިކަމާއެކު ގާއިމްކުރަން އުޅުނު މީހެއް.
    މިވަރު މީހެއް ހެޔޮނުވާނެ ބާރުތައް ޙަވާލުކުރަން.

  10. މެޔޮނައިސް

    2023 ޕީ.ޕީ.އެމް...ޕީ.އެން.ސީ..އިންޝާﷲ...

  11. ހުސޭނުބޭ

    ތެދުވެރިންގެ ފޯނުބިލަށް ދިހަބާރަ ލައްކަރުފިޔާ އަރާނެ! އަދި އެ ފައިސާ ސަރުކާރުގެ ލާރިން ދައްކާނެ!

    12
    1
  12. ހަގީގަތް

    ދޮގުން ފުރިގެން ވާ ބަޔެއްކަން ރައްޔިތުންނަށް އިނގޭ.
    އޭގެ ކުޑަ މިންވަރެއް ސޯލިހު ބުނި ތަކެތީގެ އަގުވީ ކުޑައޭ

    10
    1
  13. ރަން ރީނދޫ

    މަސައްކަތެއް ނުކުރެވޭނެ. އެއަށްވުރެ ބަލި މިހާރު އަސްލަމް.

  14. ސަންތިމަރިޔަބު

    “އޭނާގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާ މެދު "ފުކެއްގެ" ޝައްކެއް އުފެދޭ ކަމެއް ނުފެންނާނެ”
    ފުރަތަމަ ދައުރަަށް މަޖިލިހަަށް ހޮވުމުން ބުނީ 2 ދައުރު ހަމަވުމުން މަޖިލިހަށް ކުރިމަތިނުލާނެކަމަށް
    ޙެ ހެ ހޭ 2023 ނުލިބޭ ނެ ލަލަ ލާ

  15. the Maldivians

    އައްޑަު ރައްޔިތުން ނަށް މިވީ ހާތަނަށް އައްޑޫ ދާއިރާ ގޮޑި ހޫނުކޮއް އާއިލާ މީހުން ނަށް އެކަނި މަންފަ ކުރުވާ ބޭކާރު ބޮލެއް. ނިކަން ފައިސާ ބަހާނެ. އަޢްޑޫ ރައްޔިތުން ނަށް ބުނެލަން އޮތީ ފައިސާ މީނަ ދިނީމަ ނަގައިގެން މުއިއްޒަޢް ވޯޓް އަޅާށޭ. ތިޔަ ޒުވާނުންގެ ކާރު ތަށް ދުރަށް ދުއްވާލަން ހިތަދޫ އާއި މީދޫ ގުޅުވާދޭނެ މީހަކި މުއިްޒުކަން ޔަގީނޭ

  16. ޖެރާޑް

    ނައިބުކަން ނުދީގެން ޖެއްސި ވައްތަރު ފެނުން..

  17. ާަމަރީ

    ޙެނދުނު ހޭލެވިއްޖިއްޔާ އިރުއަރާ މަންޒަރުގެ ފޮޓޯއެއް ފޮނުވާލާތި..