ކައުންސިލްތަކުން ރޯދަ އިނާޔަތް ދިނުން މިހާރު އާންމު ވެއްޖެއެވެ. ހަގީގަތުގައި އެކަން ވެގެން ދަނީ ރީތިވެސް މަންޒަރަކަށެވެ. ހާއްސަކޮށް އާންމުންނަށް ހަރަދު ބޮޑު މަހެއްގެ ގޮތުގައި ރަމަޟާން މަސް ފާހަގަކޮށްލެވޭ އިރު، އެ މަހާ ދިމާކޮށް ދެވޭ ކޮންމެ އެހީއަކީ ބޮޑު އުފަލެކެވެ. ރައްޔިތުންގެ ބޭނުންތަކަށް، ރައްޔިތުންގެ ކަންކަން ބަލަން ތިބޭ އެންމެ އިސް ފަރާތުން ރައްޔަތުންގެ ހާލަށް ރިއާޔަތްކޮށް ދޭ ރޯދަ ހަދިޔާ މިހާރު ވަނީ "ޓްރެންޑް"އަކަށް ވެފައެވެ.

ރައްޔިތުންގެ އިންތިޒާރަކަށް މިހާރު އެކަން ވެފައިވާ އިރު، ތަފާތު ތަކެއްވެސް ވަނީ އަންނަން ފަށާފައެވެ. ހާއްސަކޮށް އެކި ރަށްރަށުން ވާދައިގައިވެސް އަންނަނީ ހަދިޔާތައް ދެމުންނެވެ. ފިޔާ ބަސްތާއިން ގޮސް އަލުވި ބަސްތާގެ އިތުރުން މަސްދަޅު ކޭހާއި ކަރަންޓް ބިލާ ކުނި ބިލްތަކުންވެސް ރޯދަ އިނާޔާތްތައް އަންނަނީ ދެމުންނެވެ. އަދި ބައެއް ރަށްރަށުން ފަން، ދަރު އަދި ކާށި ފަދަ އެއްޗެހި ވަލުން ހޮވުމަށް ދޭ ހުއްދަވެސް ރޯދަ އިނާޔަތެއްގެ ގޮތުގައި ދެމުންދެއެވެ.

މި ކަމަކާ ކިހާ ހިސާބަކުން ފެށުނު ކަމެއްތޯ ސުވާލު ކޮށްލެވެއެވެ. އެންމެ ފުރަތަމަ ރޯދަ އިނާޔަތެއް ދިނީ ކޮން ކައުންސިލަކުންތޯ ކުރެވޭ ސުވާލަށް ޖަވާބު ދޭން އޮތީ އއ. ބޮޑުފުޅަދޫ ކައުންސިލެވެ. އެ ކައުންސިލްގެ ރައީސް އާދަމް ޝުޖާއި ވިދާޅުވެފައި ވަނީ ބޮޑުފުޅަދޫ ދެވަނަ ކައުންސިލުން ރޯދަ ހަދިޔާގެ ނަމުގައި ކަރަންޓް ބިލް އެއްކޮށް ހިލޭ ކޮށްލީ 2014 ވަނަ އަހަރު ކަމަށެވެ. އެއީ ރާއްޖޭގައި ކައުންސިލްތަކުގެ ރޯދަ ހަދިޔާ ފެށުނު ހިސާބު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރޯދަ ހަދިޔާ ދޭން ފެށީ ވަރަށްވެސް ފޮނި އުންމީދުތަކަކާއެކު، އެކަމުގެ ހަގީގީ ކުލަވަރު ފެންނަމުންދާތީ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ. މާތް ﷲގެ ރަހުމަތުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުން މިކަން ފެނިގެން ދިޔުމީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށްވެސް ބޮޑު އުފަލެއް. އެފަދަ ރައްތަކުގެ ރައްޔިތުންނަށް ލިބިގެންދާ ލުއި ކަމެއް،" އާދަމް ޝުޖާއު ވިދާޅުވިއެވެ.

ބޮޑުފުޅަދޫ ކައުންސިލުން ވަނީ މިފަހަރުވެސް ރަށުގެ ރައްޔިތުންނަށް ރޯދަ ހަދިޔާ ދޭން ނިންމާފައެވެ. ކަރަންޓް ބިލްގެ 50 ޕަސެންޓް ކައުންސިލުން ދައްކާ ގޮތަށް ނިންމާފައިވާ އިރު، ކައުންސިލުން ވިދާޅުވީ ކަރަންޓް ބިލް އެއްކޮށް ނުދައްކަނީވެސް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށެވެ. އެގޮތުން އެއީ އިޝްރާފެއް ކަމަށް ނުހެދުމަށާއި، ހަމަހަމަ އުސޫލަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އުނގޫފާރު

    ރ.އަތޮޅު އުނގޫފާރުގައި މީގެ 6 އަހަރު ކުރިން ރޯދަމަހު ކަރަންޓްބިލް ހިލޭކުަންފެށި މިއަހަރު މިއީ ކަރަންޓްބިލް ހިލޭކުރާ 7ވަނަ އަހަރު. ދެން ކިހިނެއް ބޮޑު ފޮޅުދޫން 2014ވަނަ ފެށިކަމެއް އާކަމަކަށްވަނީ.

  2. މިއަދު

    ބޮޑުފޮޅުދޫކައުންސިލްގެ ރައިސް އަމިއްލަފުޅަށް އިސްތިހަރެއްވުމަށް ތިގޮތަށް ވިދާޅުވިނަމަވެސް ތިއަކީ ޙަގީގަތެއްނޫން ކާށިދޫކައުންސިލުން ރަޢިއްޔަތުންނަށް މަސްދަޅު ދޫރާތާވެސް 5 އަހަރުވެއްޖެ މިއީ 6 ވަނަ އަހަރު އިންޝާﷲ މިފަހަރު ދޭނީ މަސްދަޅާއި ގެރިކިރު އެއްމެ އިންޝާފުވެރިކޮށް މިކަން ކުރެވޭކަމަށްޤަބޫލުކުރާ ކާށިދޫކައުންސިލުން ރަޢިއްޔަތުންގެ ފައިސާދޫކުރަނީ ރަޢިއްޔަތުންނަށް މިބުނީ ކޮންމެ މީހަކަށްވެސް ވަކިމިންވަރެއް މީގެ ކުރިން މިދިނީމީހަކަށް 5 ދަޅުމަސް މިފަހަރު 5 ދަޅުމަހާއި 3 ދަޅު ގެރިކިރު ގެއަކަށްވަކިވަރެއްދިނުމަކީ އިންސާފެއްކަމަށް ޤަބޫލެއް ނުކުރެވެ. ކައުންސިލުން މިކުރާ ރޯދަ ސަދަގާތުގައި ރަށުމީހުންނެކޭ ރަށުގައި ދިރިއުޅޭ ރަށުންބޭރުމީހުންނެކޭ ތަފާތެއްނުކުރެވެ
    މީގެ އެތައްދުވަހެއްކުރިން ކައުންސިލުން އިސްނަގައިގެން މަރުވާމީހުންގެ ކަށުކަމާކެމީގެ ހުރިހާޚަރަދެއްވެސް ކައުންސިލުން ބަލަހައްޓަތާ 4 އަހަރުވެއްޖެ މިއަކީ ކޮންމެހެން މީޑިޔާތަކަށް އިސްތިހާރުވުމެއްނޫން ނަމަވެސް ބަޔަކު އަމިއްލައަށް ކަންކަމުގައި އިސްތިހާރުވަތީ ކަންއޮތްގޮތް ސާފްކޮށްލަދިނީ ޝުކުރިއްޔާ