ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން، މީގެ ކުރިން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން މިމަހުގެ 21 ގެ ނިލަޔަލަށް ޝައުގުވެރިވާ ފަރާތަތްކުން ފޯމު ހުށަހެޅުއްވުމުގެ މުއްދަތު ހަމަވާނެއެވެ.

ނަމަވެސް މިއަދު އެ ކޮމިޝަނުން ވަނީ އެ މަގާމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައެވެ. އެގޮތުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ދެ ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވޭނެކަމަށް ވަނީ ބުނެފައެވެ.

ފަނޑިޔާރުކަމުގެ ޝަރުތަކީ ގާނޫނީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމެވެ.

އެ އިއުލާނުގައި ބުނެފައިވަނީ ކޮންމެ ކޯޓަކަށްވެސް ހޯދަން ބޭނުންވަނީ 2 ފަނޑިޔާރުން ކަމަށެވެ.