ދައުލަތުން ހިންގަމުންދާ އެންމެހާ ކަންތައްތައްކާއި މެދު ނޫސްވެރިން ފާރަވެރިވެ، އެ ކަންކަން ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއު ގުޅިގެން މިނިސްޓަރ އިމްރާން ދެއްވި ކުރު މެސެޖުގައި ވިދާޅުވީ،ސަރުކާރުގެ ސިޔާސަތުތަކާމެދު ރައްޔިތުންގެ ވިންދާއި ރޫޙު ހުންނަގޮތް ރީތިކޮށް ފެންނާނެހެން ލިޔެ، އިއްވައި، ދެއްކުމަކީ ސަރުކާރު އެދޭގޮތްކަމަށެވެ.

އަދި ނޫސްވެރިކަން ކުރިއަރުވައި ތަރައްގީކޮށް، ގައުމީ ތަރައްގީ އާއި ދައުލަތް ހިންގުމުގެ ނިޒާމްގެ ތެރޭގައި ނޫސްވެރިންނަށް މިނިވަންކަމާއެކު އެ މީހުންގެ ދައުރު އަދާކުރެވޭނެ މަހައުލެއް ގާއިމް ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

"ސަރުކާރުގެ ސިޔާސަތުތަކާއި މެދު ރައްޔިތުންގެ ވިންދާއި ރޫހު ހުންނަގޮތް ރީތިކޮށް ފެންނާނެހެން ލިޔެ، އިއްވައި، ދެއްކުމަކީ ސަރުކާރު އެދޭގޮތް. އަދި ހަމައެއާއެކު ދައުލަތުގެ އެންމެހާ ކަންކަން ހިންގަމުންދާގޮތާއިމެދު ފާރަވެރިވެ، ކަންކަން ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަކީ ވަރަށް މުހިންމު ކަމެއް". މިނިސްޓަރ އިމްރާންގެ މެސެޖުގައި ވެއެވެ.

އަދި މިނިވަން ޑިމޮކްރެޓިކް ދައުލަތެއްގެ އެންމެ މުހިންމު އެއް މުއައްސަސާ އަކީ މިނިވަން މީޑިއާ ކަމަށާއި، ރައްޔިތުންގެ ހައްގުތައް ފުރިހަމަ އަށް ކަށަވަރުވެފައި އޮންނަ، ހެޔޮވެރިކަމެއްގައި އެންމެ އަސާސީ ސިފަ އަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުވެފައި އޮތުން ކަމަށް ހޯމް މިނިސްޓްރީން ނެރުނު މެސެޖުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަބީލާ

    ކަލޭ ކީކޭތަ ތިޔަ ވީދެނީ؟ ކަލޭ މިހާދުވަހު ފެލިއެރުވި ސަބަބީ މަތީ މަޤާމެއް ނުދީގެން ފެލުނު ފެލުނުކަން މިއޮތީ އެގިފައެވެ. ތިއޮތީ ޖާހާ ނުބައްދަލު މަޤާމެއް ދީފައެވެ. ބޭނުމަކީ ކަލޭގެ ނުބައިނުލަފާކަމުން ސަލާމްތްވެ ބޭނުން ގޮތަކަށް ދައުލަތް ހިންގުމަށް މަގި ފަހިކުރުމެވެ.

  2. ގިވްއިން

    ދައުލަތުގެ ކަންކަމަށް ނޫސްވެރިން ފާރަވެރިވެ، ރައްޔިތުންގެ ސަމާލުކަމަށް ގެނައުން މުހިންމު ކަމަށް ހޯމް މިނިސްޓަރު ވިދާޅުވާނަމަ މިރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެމެންގެ ގައުމަށް ފޮނުވުމަށް ޓަކައި އެމެން ހޯދާ އެމެން ބަންގާޅަށް ފޮނުވާލުމުގެ މަސައްކަތް ޕޮލިހުންނާއި އިމިގްރޭޝަން އިން ހަވާލު ނުކޮށްގެން އުޅެނީ އެއީ ކިއެއްވެތޭ ދެން ސަރުކާރުގެ ކޮންޓްރެކްޓްސް ތަކުގައި މަަސައްކަތް ކުރުމުން ފައިސާ ނުދެނީ އެއީ ކިއެއްވެތޭ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން ގިވް އިން...

  3. ބޯހަލާކު 3 މެއި 2019

    ނޫނޭ ނުބައިކަމެއް އެބަހުރި