ހިފްޒުކޮށް ތަރާވީޙް ނަމާދުކުރުމަށް ރ.ވާދޫއަށް ގެންނަ ޙާފިޡަށް އިމިގްރޭޝަނުން ދޭންޖެހޭ ހުއްދަ އަދިވެސް ދީފައިނުވާކަމަށް އެރަށު ކަައުންސިލުން ބުނެފިއެވެ.

ވާދޫއަށް މިއަހަރުވެސް ގެންނަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރުވެސް އެރަށުގައި ތަރާވީޙް ނަމާދު ކުރި ހާފިޡެވެ. ސްރީލަންކާއަށް ނިޞްބަތްވާ މި ޙާފިޡް ނުގެނެވި ލަސްވެފައިވާތީ އެކަމާއި ގުޅޭގޮތުން “ވަގުތު“ އަށް މައުލޫމާތު ދެއްވަމުން ވާދޫ ކައުންސިލްގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވީ، ކައުންސިލުން ކުރަންޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި އިމިގްރޭޝަނުން ހުއްދަ ދިންހާ އަވަހަކަށް ގެނެވޭނެ ކަމަށެވެ.

ޙާފިޡް ގެންނަން އެޕްރީލް 9 ވަނަ ދުވަހު މިނިސްޓްރީންވެސް ވަނީ ހުއްދަ ދީފަ. އިމިގްރޭޝަނުން އެންމެ ފަހުން ބުނީ ފަސްދުވަސްތެރޭގައި ޖަވާބެއް ދޭނެ ވާހަކަ. އެކަމަކު އެއްވެސް ޖަވާބެއް ނުދޭ. މިއަދު މީ އޭނަ އަންނަން އޮތް ތާރީހް. މިކަމާއި ޒިންމާ ނަގާނެ މީހަކުވެސް ނެތް. ސަރުކާރުން އެބަ ޖެހޭ މިކަމުގަ ހައްލެއް ހޯދައިދޭން.” ވާދޫ ކައުންސިލްގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވިއެވެ.

މި އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް އަދާލަތު ޕާޓީގެ ފަރާތުންވެސް ވަނީ 43 ޙާފިޡަކު ރާއްޖެ ގެނެސްފައެވެ.

އަދާލަތުން ބުނި ގޮތުގައި ތަރާވީޚް ނަމާދުކުރުމަށް ގެނައި ޙާފިޡުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 42 ހާފިޡެއްގެ އިތުރުން ޕާކިސްތާނުން ގެނައި ޙާފިޡެކެވެ. އަދި މިހުރިހާ ޙާފިޡުންވެސް

ފޮނުވުމަށް ހަމަޖެހިފައިވާ ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެޕާޓީއިން ބުނެއެވެ.

އަދާލަތުންވަނީ މީގެ ދުވަސްކޮޅެއް ކުރިން އެޕާޓީ މެދުވެރިކޮށް ޙާފިޡު ގެނައުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާވެސް ލާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ކޮބާހޭ ރ.ވާދޫގަ އެމްޑީޕީއަށް ސަނާކިޔާ ބައިގަނޑު. ކަލޭމެން ވާދޫގެ ކައުންސިލަށް ފާޑުކިޔާހެން ސޯޝަލްމީޑިޔާގަ ސަރުކާރުގެ ފެއިލިޔާ ވާހަކަނުދައްކަނީ ކީއްވެހޭ؟ ހަމަ އިންސާފުން ވާހަކަދައްކާތީހޭ؟ މިވާހަކަވެސް އިމިގުރޭޝަން ޓެގުކޮށްފަ ފޭސްބުކުގަ ޖަހާބަލަ ތިހާ ރައްޔިތުންދެކެ ލޯބިވާ، އިސްލާހަށް ނަމުގަ އަނގަތަޅާއިރު!

  2. ފާތޭ

    މީވާދޫގެ ކައުންސިލުން ބޭނުންވާގޮތް. ކައުންސިލް ބަދަލްވެގެން ނޫނީ އެއްކަމެއްވެސް ރަނގަޅެއް ނުވާނެ.

    3
    1
    • ޑިމޮކްރަޓިސްޓް، ރ.ވާދޫ

      ވާދޫ ކައުންސިލުންތަ އެތައް ރަށެއްގެ އިމާމުންގެ ކަންކަން ނުނިމިގެން އެތެރެ ނުވެވި އެތިބީ. ކަލޭގެ ސަރުކާރުގެ ދޯހަޅިކަމުން. ތަނެއްދޮރެއް ނޭންގޭ ބުރާންތިން އުޅެންޏާ ރަނގަޅު އެއްކަމެއްވެސް ނޯންނާނެ. ސަރުކާރުގެ މައްސަލައެއް. ދެން ކަލޭ ސިނކުނޑީގަވެސް އުޅޭ މައްސަލައެއް.

      1
      1
  3. ތިމަންނަ

    މިވަރުގެ ކަމެއް މެނޭޖުނުކުރެވުނު ސަރުކާރަކަށް ކުރެވޭނެ މޮޅުކަމެއް ނޯންނާނެ.އެހެންނޫނަސް މިސަރުކާރަކީ ދީނީ ކަންކަމަށް އެހާ ސަމާލުކަމެއްދޭނެ ސަރުކާރެއްނޫން