ހދ.ކުމުންދޫގައި 19 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް، އުމުރުން 40 އަހަރުގެ އެރަށު ފިރިހެނަކު ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންނާއި، ޖެންޑާ މިނިސްޓްރީ ގުޅިގެން ބަލަން ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެ ރަށު ކައުންސިލްގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ، މިކަމަކީ މިދިޔަ މަހުގެ ފަހުކޮޅު ހިނގާފައިވާ ކަމެއް ކަމަށާއި، އެކަން ހިނގި ދުވަހު، އެ މައްސަލަ، މޯލްޑިވްސް ޕޮލިސް ސާރވިސް އަށާއި، ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައާއި ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ޓީމެއް އެރަށަށްގޮސް އެ މަައްސަލައާއި ގުޅުންހުރި މީހުންގެ ބަޔާންތައްވެސް ނަގާފައިވާ ކަމަށާއި، ނަމަވެސް މިއަދާއި ހަމައަށް އައިއިރު އެ މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައި ނުވާކަމަށްވެސް ކައުންސިލްގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވިއެވެ.

އަނިޔާ ލިބުނު އަންހެން މީހާގެ އާއިލާ މެންބަރަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ، އެއީ ހިނގައިގެން އުޅޭ ކަމެއް ކަމަށާއި، ނަމަވެސް އޭނާ އަކީ ސިކުނޑީގެ އުނިކަން ހުންނަ މީހެއް ކަމުން، ޖިންސީ ގޮތުން ކޮށްފައިވަނީ ކޮން އަނިޔާއެއް ކަމެއް ސާފުކޮށް ބުނެދޭން ނޭނގޭ ކަމަށެވެ. ނަމަވެސް ޑޮކްޓަރުންގެ ރިޕޯޓު ތަކަށް ބަލާއިރު، އެ ފިރިހެން މީހާވަނީ އެ އަންހެން މީހާގެ ޖިންސީ ގުނަވަނެއްގައި ހިފާފައިވާކަން ކަށަވަރުވެފައިވާ ކަމަށްވެސް އެ މީހާގެ އާއިލާއިން މަޢުލޫމާތު ދިނެވެ.

"އެ ދުވަހަކީ އެ އަންހެން މީހާ ފިޔަވައި އިތުރު މީހެއް އެގޭގައި އުޅުނު ދުވަހެއް ނޫން. ފިރިހެން މީހާ އައިސް އޭނާގެ ކޮޓަރިއަށް ވަންކަން އެނގިގެން ހާއްސަ އެހީއަށް ބޭނުންވާ މީހާގެ ރައްޓެހި ކުއްޖެއްވެސް އައި އެމީހާ ކުރާ ކަމެއް ބަލަން. އައިއިރު ކޮޓަރިއަށް ވަދެ ތަޅުލައިގެން އުޅެނީ. ދެން އެ އަންހެންމީހާގެ ރައްޓެހި ކުއްޖާ ދޮރުގައި ތަޅަން ފެށީމަ ހުޅުވީ. ހުޅުވާފަ އޭނަ އުޅުނީ ކޮޓަރި ތެރޭގަ ހުރި ގިފިލި ފާރުމަތިން ފުންމާލައިގެން ދާން. ދާން ފެށީމަ އެ އަންހެން ކުއްޖާ އަތުގެ އޮތް ފޯނަކުން އެ މަންޒަރު ވީޑިއޯ ވެސް ކުރި. ނަމަވެސް އަދި އަދަށްވެސް އެ ފިރިހެން މީހާ އާއި ސުވާލުކޮށް ބަޔާން ނަގާފައި އޮތް ކަމެއްވެސް ނޭނގެ. އެމީހާ ހައްޔަރެއްވެސް ނުކުރޭ. ހަމަ މިނިވަން ކަމުގަ އެބަ އުޅޭ. މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް." އެ މީހާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާގެ އާއިލާއިން ބުނީ، ހާއްސަ އެހީއަށް ބޭނުންވާ ހުމީހާ ގޮވައިގެން ވީ އެންމެ އަވަހަކަށް މާލެ އަށް ދިއުމަށް ފުލުހުންގެ ފަރާތުން އެމީހާގެ އާއިލާއަށް އަންގާފައިވާ ކަމަށާއި، އެއީ އޭނާގެ އިތުރު ޓެސްޓުތަކެއް ހެދުމަށްކަމަށްވެސް ފުލުހުން ބުނެފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ގުޅުމުން، ފުލުހުން ވިދާޅުވީ، އެ މައްސަލައަކީ ތަޙުޤީޤު ހިނގާ މައްސަލަ އަކަށްވާތީ އެކަމާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް މި ވަގުތު ދެވެން ނެތް ކަމަށާއި، ނަމަވެސް ތަޙުޤީޤު ކުރިއަށްދާ މިންވަރަކުން ހާމަކުރެވެން ހުންނަ މަޢުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށެވެ.

ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަކީ ބޮޑެތި ކުށްތަކެއް ނަމަވެސް ފަހަކަށް އައިސް މިފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ބައެއް މީހުން ވެސް ހައްޔަރު ނުކޮށް ދޫކޮށްލާފައި ތިބޭކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ޕޮފުބާ

  ކީކުރާނި ހާލަތު

  1
  1
 2. ނާބެ

  ޙާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް އިހްސާސް ހުންނާނެކަން ދެނެގަންނަނަޖެހޭ! ތީގަ ބަލަންވީ ގަދަކަމުން އެމީހާއަށް ބެހިފަވޭތޯ؟ ދެމީހިން ގުޅިގެން އެއްބަސްވެގެން ކޮށްފަ އޮތްކަމެއްވެއްޖާ ގަވާއިދުން ދެވެން އޮތް އަދަބެއްދީ! އިތުރު އަދަބެއް ދެވޭނެކަމަށް ގަބޫލެއް ނުކުރެވޭ!

  6
  4
 3. ލިލިއަން♥️

  ޢެ ކުއްޖާގެ މުޅި ދިރިއުޅިން އެބިރުވެރި ކަމުގެ ތެރޭގައި އެއުޅެނީ.. ކިތަންމެ ފަހަރަކު އެކުއްޖާޔައް ޖިންސީ އަނިޔާ ލިބިފައިވޭ.. ކުމުންދޫ މީހުންނަކީ އެކަމުގެ ކުށުގެ ވެށި ބޮޑު ރަށެއް. ޢެރަށުގެ މީހުން ގެ ނާތަހުޒީބު ކަން މި ކަމުން އެނގޭ. ޙަމަ އެކަނި އަންހެން ކުދިން މޭކައަޕް ކޮށްގެން ފުއްޖެހި އަކަސް ނުވާނެ.. ތިރަށު ރައްޔިތުން އަޅެ މިކަން ހުއްޓުވަން ވެއްޖެ އެންނު. ގާކޮޅޭވެސް ކިޔަނީ ކަމަކު.

  8
  1
  • އަން

   ތިއީވާ ވަރުގަދަ ގާކޮޅެއް. އެތާގެ ވާހަކަ މިމަހުގަ ދައްކަން ހެޔޮނުވާނެ. ނުބައި ޘަޤާފަތެއް ދިރުވާފި މީހާ އެތައް ޖީލެއް ނެތި ފަނާކޮއްފި ފަދައެވެ.

   3
   1
 4. މާމިގިލީ މީހާ

  ފުލުހުން ނުކުރާނެ ތަހުގީގެއް. ފުލުހުންނަކީ ބޭކާރު ބަޔެއް ރާއްޖޭގައި ބައިތިއްބާ. ރައްޔިތުންގެ ލާރިން ލާރި ދީފަ ކުޅޭން ބައިތިއްބާ ބައެއް ފުލުހުން އެއީ.

  6
  1
 5. ކަންޖޫސް

  މުޅި ރަށަށް ވެސް ހުތުރު ،ދެރަ ކަމެއް މީ.

  8
  1
 6. ނަން ނޭންގޭ

  މިކަހަލަ ޖިންސީ ގޯނާގެ މައްސަލަތަކުގައި އެ ކަމެއް ދިމާވި މީހާ އެކަން ހިނގިގޮތް ކިޔާދީ އަދި އެއީ ކާކުކަން ބުނެދިނުމުންވެސް މިކަހަލަ ނުބައި ނުލަފާ މީހުން މުޖްތަމަޢު ތެރޭ މިނިވަން ކަމާއެކު ދިރިއުޅުމަކީ ވަރަށް ދެރަ ކަމެއް. މިފަދަ މީހުންނަށް ހަރުކަށި އަދަބު ދޭންޖެހޭ އެހެންނޫނީ އެމީހުންނަށް އަނެއްކާވެސް އެހެން މީހަކަށް ޖިންސީ ގޯނާކުރުމަށް ލިބޭ ހިތްވަރަކަަށްވާނެ.

  4
  1
 7. ޖ

  މީޖަޒީރާ ރާއްޖެނުވާނެރަގަޅެއް ކުއްްވެރިންގެރާއްޖެ ޕޮލިހުން ކުއްވެރިންދެކެ ބިރުގަންނަރާއްޖެ

  5
  1
 8. ޅަބޭބާ

  ތިބާވަތުގެ ކަންކަމުގައި ވެސް ހުންނަނީ ހުސްއަޑު، ވާކަމެއް ހަރާމް. މާއުގޫދޫގައިވެސް މިދޭތެރެއަކުން ބަފަޔަކު 20އަހަރުގެ ދަރިޔަކާ ބެހޭމައްސަލައެއް ފުލުހަށް ހުށައެޅި. ގުރޭޑް 6 ހިސާބުން ފެށިގެން ބެހެމުން އަންނަކަމަށް އެމަންޖެ އެބުނަނީ މަންމައަށް އެކަން އެގޭ. އެކަމަކު ވީކަމެއް ނެތް. އެމީހާ ދޫކޮށްލާފައި. ޔެލޯ އެކްތިވިސްޓެއްވީތޯއްޗެ.

  8
  1
 9. މިސާލު

  ހޯރަ އިއްބެތަ

  6
  1
 10. ނައިބުތުއްތު

  ކޮބައިތޯ މިނިސްޓަރ އިބްތިހާލު؟ ތި އާއިލާއަށް ދުވަހަކުވެސް އިންޞާފެއް ނުލިބޭނެ. އިބުތިހާލު މިނިސްޓަރ މޮޅުވާނެ. ހުސް އަނގަތަޅަން އެއީ އެއްކަމެއްވެސް ކުރެވޭމީހެއްނޫން.

  5
  1
 11. މާމިގިލީ މީހާ

  ކުމުންދޫގެ ގާކޮޅަކީ މަސްހޫރު ވާހަކައެއް. ކަތީބު އަމާގެ ގަޔަށް އެރި ވާހަކަ. ދަރިފުޅާ އަމާ، އަމައެއްލަމައެއް ނޯންނާނެ.

  3
  1
 12. އިބްރާހިމް

  ކުމުންދޫގަ މިކަހަލަ ނުބާ އަމަލު ކުރާމީހުން ވަރަށް ގިނަ. ފުލުހުން ތިބެނީ ޑިއުޓީ ކުރަން އެކަނި. ކަމެއް ހިގައިގެން ގުޅީމަ ތަޚްޤީޤް ކުރަން އާނދެވޭނީ ދެހަފްތާ ފަހުން.

  2
  1
 13. ވަޙީދް

  އިސްލާމް ދީނުގަޢަންގަވާފައިވަނީ އަންހެން ކުއްޖާ ބާލިޚް ވުމުން ކައިވެނި ކުރަން 18 އަހަރު ފުރުމުން ކައިވެނި ކުރުމަކީ އިސްލާމް ދީނާ ޚިލާފް ކަމެއް. ކީއްވެބާ މިއުޅޭ ސޭކުން މިކަމާ ބެހޭގޮތުން ވާހަކަ ނުދައްކަނީ.