ޖެންޑާ މިނިސްޓްރީގެ މައްސަލަތައް އަވަހަށް ނިންމުމުގެ ގޮތުން މިނިސްޓަރ ޝިދާތާ ޝަރީފް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއާ މަޝްވަރާކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝިއަލް ސާވިސްގެ މައްސަލަތަށް އަވަސް ކުރުމާ މެދު މަޝްވަރާ ކުރުމަށް މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެނދުނުއެވެ.

ޖެންޑާ މިނިސްޓްރީން ކޮއްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މި ބައްދަލުވުމުގައި އެ މިނިސްޓްރީއާއި ޙައްސާސީ މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ.

އަދި ޖެންޑަރ މިނިސްޓްރީ އިން ވިދާޅުވީ ދެ ފަރާތުން ގުޅިގެން ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމާއި ފުލުހަށް ހުށަހަޅާ މައްސަލަ ތަކުގައި ޖެންޑާއާއި ގުޅުން ހުރި ކޮންމެ މައްސަލައެއް ދެ ފަރާތުން ގުޅިގެން ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކޮއްފައިވާ ކަމަށެވެ.

ދީދިފަހުން ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް އަނިޔާދިން މައްސަލައަކީ، ދެ ބޭބެއާއި މަންމަގެ ލޯބިވެރިޔާ ވެގެން ނުވަ އަހަރުގެ ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްވެސް ފެންމަތިވެފައެވެ. ޖެންޑާ މިނިސްޓްރީން ބުނެފައި ވަނީ އެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.