އޮޑިޓް ރިޕޯޓް ހުށަހަޅަން އޮތް މުއްދަތުގައި އެކަން ކޮށްފައިނުވާތީ އަދާލަތު ޕާޓީ އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ޖޫރިމަނާ ކުރަން އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

މިއާއެކު އިލެކްޝަން ކޮމިޝަނުން ނިންމީ އެ ދެ ޕާޓީ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާށެވެ.

ޕާޓީތަކުން އީސީއަށް އޮޑިޓް ރިޕޯޓް ހުށަހެޅުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ލާޒިމް ކުރާ ކަމެކެވެ. އެކަމަށް ކޮމިޝަނުން މި އަހަރު ދިން މުއްދަތުގައި ގިނަ ޕާޓީތަކުން އެ ރިޕޯޓް ހުށަހެޅި އެވެ.

އަދާލަތާއި ޑީއާރުޕީ ޖޫރިމަނާ ކުރިއިރު ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ފައިސާގެ ކަންކަން ބަލަހައްޓާފައި ވާތީ، ޕީޕީއެމް 25،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިއަދު ނިންމާފައެވެ.