ޕްރޮގުރެސިފް ޕާރޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ވަރަށް އިސްކޮށް މަސައްކަތް ކުރަމުން ދިޔަ އެ ޕާޓީގެ ޑެޕިއުޓީ ސެކެރެޓަރީ ޖެނަރަލް ލަޔާލް މަނިކު ސިޔާސީ ދާއިރާއާ ދުރަށް ދާން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.

ލަޔާލް ސިޔާސީ ދާއިރާއާ ދުރަށް ދާން ނިންމިކަން މީސް މީޑިއާ މެދުވެރިކޮށް އިއުލާނުކުރިއިރު، އޭނާ ވަނީ އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ފޮނުއްވި ސިޓީވެސް މީސް މީޑީއާގައި ހިއްސާކޮށްފައެވެ.

ލަޔާލް ވިދާޅުވީ، ދިރިއުޅުމުގެ ހާލަތު ހުރިގޮތުންނާއި، އަމިއްލަ ގިނަ ސަބަބުތަކާއި ގުޅިގެން އެ ޕާޓީގެ ޑެޕިޔުޓީ އެސްޖީގެ މަސްއޫލިއްޔަތުތަކުން ބަރިޔަށްވާން ޖެހޭކަން ބަރު ހިތަކާއެކު ދަންނަވާ ކަމަށެވެ.

"އަޅުގަނޑުގެ އާއިލީ ޒިންމާ އިތުރަށް އަދާކުރުމާއި ސިޔާސީ ކަންކަމާއި ދުރަށް ޖެހިލުމަށް ބޭނުންވާތީ އެގޮތަށް ނިންމާފައިވާ ވާހަކަ ފާހަގަކުރަމެވެ". ލަޔާލްގެ ސިޓީގައި ވެއވެެ.

ލަޔާލްގެ ސިޓީގައި ރައީސް އަބްދުﷲ ޔާމީން އޭނާއާ ދޭތެރޭ ބެހެއްޓި ގާތްކަމަށް ޝުކުރު އަދާކުރެއްވިއިރު، އެމަނިކުފާނަށް ވަނީ ތައުރީފްވެސްކޮށްފައެވެ. އަދި ޕީޕީއެމްއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކާމިޔާބު ލިބުމަކީ އޭނާ ވަރަށް އުއްމީދު ކުރާ ކަމެއް ކަމަށްވެސް ލަޔާލްގެ އެ ސިޓީގައި ވެއެވެ.

"އަޅުގަނޑު ސިޔާސީ ކަންކަމާއި ދުރަށް ޖެހުނަސް ރައީސް އަބްދުﷲ ޔާމީން ދިވެހި ރާއްޖެއަށް ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައިކޮށްދެއްވާފައިވާ ކަންކަން ވަރަށް ބޮޑަށް ފާހަގަކުރަމެވެ". ލަޔާލްގެ ސިޓީގައި ވެއެވެ.

ލަޔާލްގެ ސިޓީގައި އޭނާ އެ ޕާޓީގެ ޑެޕިޔުޓީ އެސްޖީގެ މަގާމުން ވަކިކޮށްދެއްވުމަށްވެސް ވަނީ އެދިފައެވެ. ލަޔާލް އެ މަގާމަށް އައްޔަން ކުރީ މެއި މަހުގެ 2 ވަނަ ދުވަހުއެވެ.

ލަޔާލްއަކީ ޕީޕީއެމް އާއި ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި އެންމެ ވަރުގަދަޔަށް އަޑު އުފުލަމުންދިޔަ އެކަކެވެ. ސަންގުޓީވީ އަދި ޗެނަލް13 ގައިވެސް ނޫސްވެރިއެއްގެ ގޮތުގައި އާާއި ޕްރެޒެންޓަރެއްގެ ގޮތުގައި ލަޔާާލްއަކީ ފާާހަގަކޮށްލެވޭ ކަނބަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޞަދުމާ

    ދެން މި ކާކުތަ ފަހެ?

    26
    42
    • Anonymous

      ކަލޭތީދެން ކާކުތަ.....؟

      16
      20
  2. ވިސްނާ

    ސިޔާސީ ދާއިރާގައި އުޅުމަކީ ދޮގުހަދަން މަގުފަހިވާ، ނުބައި އަމަލުގެ ފަތަށް ބަރުވާކަމެއް. ތިމާގެ ޕާޓީއާއި ލީޑަރު ދިފާއު ކުރުމަށް ދޮގު ހަދަން މަޖުބޫރުވާ ހިސާބަށްދޭ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

    43
    3
  3. ލޮލޮ

    ހޫ ކެއަރސް

    17
    26
  4. ފޮ ޔޫ

    ލަވް ޔޫ ލަޔާލް.

    30
    12
  5. ގަސްސާނު

    އަހުންނަކަށް ނޭނގޭ މިމަންޖެ ތިޔަބުނާ ސިޔާސީ ދާއިރާއެއްގައި އުޅުނު ކަމެއް.

  6. އ. ޖ. އ

    މިކަމުގައި ވެސް ފެއިލް ވީ...
    ރައީސް އަބްދުﷲ ޔާމީން އޭތޯ؟ މިހާރު އެކަން ނިމިއްޖެ.

  7. ބަކުރު

    ލޯބިވީމަ ތިޔަކަހަލަ ހުރިހާކަމެއް ވެސް ސޮރަށް ކޮށްދޭން ޖެހޭނެ!