ޓީވީ ޕްރެސެންޓަރެއްގެ ގޮތުގައި ފާހަގަ ވެގެން ދިޔައެވެ. ދުވަސް ކޮޅެއްގެ ތެރޭގައި އެތައް ބަޔަކަށް އެނގި، ލަޔާލް މަނިކް، ރާއްޖޭގައި ފާހަގަކޮށްލެވޭ މޫނަކަށް ވެގެންވެސް ދިޔައެވެ. ސިޔާސީ ގިނަ ކަންތައްތަކެއްގެ ތެރެއިން ލަޔާލްއަށް ބޮޑު މަޝްހޫރު ކަމެއް ލިބިގެންދިޔަ އިރު، އޭނާގެ ހިތްވަރަށް ތައުރީފް ކުރާ މީހުންނާއި، އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރި މީހުންވެސް ފެނިގެންދިޔައެވެ.
ޗެނަލް 13ގެ ޕްރެސެންޓަރެއްގެ މަގާމު ދޫކޮށްލާ، ލަޔާލް ދެން ފެނިގެންދިޔައީ ސިޔާސީ ދާއިރާއިންނެވެ. ހާއްސަކޮށް ޕީޕީއެމްގެ އެންމެ ކުރީ ސަފުގައި ލަޔާލް ފެނިގެންދިޔަ އިރު، މަޖިލީހަށްވެސް ލަޔާލް ތައްޔާރުވިއެވެ. އަދި ޕީޕީއެމްގެ އެއްވުންތަކުގައިވެސް އެންމެ ބާރަށް އަޑު އުފުލި މީހަކީވެސް ހަމަ ލަޔާލްއެވެ. ލަޔާލްގެ ސިޔާސީ ހަޔާތް ދިޔައީވެސް ކުރިއަށެވެ. ޕީޕީއެމްގެ ޑެޕިއުޓީ އެސްޖީގެ މަގާމަށް ދާދިފަހުން ލަޔާން އައްޔަން ކޮށްފައިވާ އިރު، މިރޭ ކުއްލިއަކަށް ލިބުނު ހަބަރަކީ ލަޔާލް ސިޔާއީ މައިދާނުން ދުރަށް ދިޔަ ހަބަރެވެ.
ހަމައެއާއެކު، ލަޔާލް މީސް މީޑިއާއިންވެސް ގެއްލުނެވެ. ފޭސްބުކާއި ޓްވިޓާ ފަދަ ހުރިހާ އެކައުންޓްތަކެއްވެސް ޑިއެކްޓިވޭޓް ކޮށްލިއެވެ. އެހިސާބުން ލަޔާލްއަށް ބަދަލުތަކެއް އައިސްފައިވާކަން އެނގެނުނެވެ. ލަޔާލްގެ ގާތް މީހަކު "ވަގުތު"އަށް ބުނެފައި ވަނީ ލަޔާލް އަލުން ބުރުގާ އަޅާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ހެދުމަށްވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މިހާރު ލާ ހެދުން އަބާޔާ (ކަޅު ހެދުން) އަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
އަދި އޭގެ އިތުރުން އޭނާ ބުނެފައި ވަނީ ލަޔާލް ބޭނުން ވަނީ ކުދިންނާއެކު ވަގުތު ހޭދަކުރުމަށް އެހެން ހުރިހާ ކަމަކުން ދުރަށް ދާން ކަމަށެވެ. ލަޔާލް ކުރިން ކޮށްފައިވާ ކައިވެންޏަށް އޭނާއަށް ދެ ދަރިން ލިބިފައިވެއެވެ. އެއީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެ ދެކުދިންވެސް މިހާރު ދިރިއުޅެމުން ދަނީ ކުދިންގެ ބައްޕަ ކައިރީގައެވެ.
"ވަގުތު"އަށް އެނގިފައިވާ ގޮތުގައި ލަޔާލްގެ މީސް މީޑިއާ އެކައުންޓްތައް ޑިއެކްޓިވޭޓް ކޮށްލީ އެ އެކައުންޓްތަކުގައި ބުރުގާ ނާޅާ ފޮޓޯތައް ހުރުމުންނެވެ.
މަޝާﷲ
ތި ގޮއްޔަ އަށް ހަމަ ވިސްނުން މިންވަރު ކުރެއްވި ކަމަށްޓަކައި ﷲގެ ކިނބައަށް ހަމްދުކުރަން. ދީނުގެ މަގުގައި ސާބިތު ކަމާއި އެކު ހުންނާނެ ކަމަށް އުއްމީދުކުރަން. ވ ސަލާން.
ޙަމްދު ހުރި.ސާބިތު ކަންދެއްވާށި. އާމީން
ކުރިންވެސް އެޅި
އެހެންވީމާ ވަރަށް އިހުތިރާމާއެކު ބުނަން ލަޔާލް ގެ އެވެސް ފޮޓޯ އެއް ނުލުމައް
Walqhqmqdu ލިﷲ
ލަޔާލް އާ ކައިވެނި ކުރަން ބޭނުން..
މަވެސް ބޭނުން ލަޔާލް އާ ކައިވެނި ކުރަން.. އެހެންވީމަ ގުރު އަކަށް ދޯ ދާން ޖެހޭނީ؟
މާޝާﷲ ??
ޑިމޮކްރަސީ އަކީ ކުފުރު. އެހެންވީމަ އެންމެން ވެސް މި ރޯދަ މަހު ތައުބާވެ ކުފުރާއި ދުރަށް ދާންވީ. ލަޔާލް އަށް ދެދުނިޔޭގެ ވެސް ބާއްޖަވެރި ކަމަށް އެދެން. ތިއީ ވަރަށް ރަގަޅު ނިންމުމެއް
ލަޔާލް ފަދައިން ހުރިހާ އަންހެންކުދިންނަށްވެސް ހެޔޮވިސްނުން ދެއްވާށި ?? ، އާމީން،
ލަޔާލްއާއި އިންނަން ތައްޔާރު ..
ސާބިތުކަން ދެއްވަވާށި. ޢާމީން
އަލުން ބުރުގާ އެޅިއްޔާ އަދި އެނބުރި އަންނާނެ
މަޝްހޫރު ދީނީ އިލްމުވެރިޔަކާ ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ ލަޔާލް އަށް ހެޔޮވިސްނުން ދެއްވި ކަމަށްޓަކައި ﷲ އަށް ހަމްދު ކުރަން. ލަޔާލް އަށް އުފާވެރި ބާއްޖަވެރި ކައިވެންޏަކަށް އެދެން.
ތިވަރު އޯކޭ އެކަމަކު ސީރިޔާއަށް ނުދާތި
ބުރުގާ އަޅާ ކޮންމެ ކަބަލަކު ސީރިޔާއަށް ނުދާނެ. ދަށްކާ ބޯހަމަ ނުޖެހޭ ވާހަކަ
ޙިވަރުގަދަ ކަންބަލެތް . ވަރަށރަނގަޅު
ލީވް ހާރ އެލޯން. މިކަން އޭނާ ކުރީ ސިއްރުން. الله ގެ ރުއްސެވުން އެދި. ކަންދައްކަން ނަމަ ޕްރެސް ކޮންފަރެންސް ބާއްވާނެ. ލެޓް ހާރ ބީ އެޓް ޕީސް. ޑޯން މޭކް އިޓް ނޭށަނަލް ގޮސިޕް.
ރާއިވެސް ބުރްގާ އަޅަން ބޭނުން...
ބުރުގާ އަޅާލީމަ ދެން ހަތަރެސްކަން ހަމަވީނު
ماشاءاللہ مرحبا
މުޖުތަމަޢު އިސްލާޙު ވުމަށް އެދޭނަމަ، އަންހެނުން އެކަނބަލުންގެ ގެތަކުގައި ޤަރާރުވެ ތިބެން އާދަކުރަންވީ! ބޭނުމެއްޖެހިގެން ކޮންމެހެން ގެއިންބޭރަށް ދާންވެއްޖެ ހިނދަކު ހިޖާބުވެ ނިޤާބު އަޅައި ފަރުދާވެގެން ބޭރަށް ނުކުތަސް އެންމެރަނގަޅު!
އޭ އަންހެން ތަކުންނޭ، ތިޔަބައިމީހުން އަބަދު ޒުވާންކަންމަތީ ނުތިބޭނެ! މާދަމާ މުސްކުޅިވުމުން ތިޔަށް ބަލާނެ ހަމަ އެކަކުވެސް ނުވާނެ! އެހާލުގައިވަނިކޮށް މަރު އައިސް ބައްދަލުކުާނެ! އިޚްތިޔާރުންބޭރުގައިވާ ދުވަހު ޖަންނަތް ލިބޭނީ މިއަދު ތިމާ ހެޔޮމަގު އިޚްތިޔާރުކުޅަނައެވެ!
މާދަމާ ފިނިވާނީ މިއަދު ކެއްތެރިވެގެނެވެ! މާދަމާ ހޫނުވާއިރު އެހޫނަށް ހަމަހިލާ ކެތެއް ނުކުރެވޭނެއެވެ!
ދީނަށް އެނބުރި ރުޖޫޢު ވުމުން މެނުވީ މީސްތަކުންނަށް ޢިއްޒަތެއްނުވެއެވެ.
ހަވާނަފުސުގެ އެދުންޔަކަށް ހެއްލިގެން ގެއްލިނުދާށެވެ.
އަހުރެން ފަހެ ބުނެދީފިން ހެއްޔެވެ. އެހުންއޮތީ އެހިބަޔަކަށެވެ. ޔާ ﷲ ހެކިވެ ވޮޑިގެންފާންދޭވެ!
ދިވެހިރާއްޖޭގައި މަޝްހޫރުވާނެ މިކަހަލަ ކޮންމެ ކުއްޖަކުވެސް
ކައިވެނި ރޫޅި
ދަރިން ބަފައިންގެ ބޮލަށްޖަހާ
ބުރުގާ އެޅުމަށްފަހު އެއްލާލާ
މިފަހަރުވެސް އިޞްލާޙޫވުން ހިފެހެއްޓިއްޖެއްޔާ ކިތަންމެހާވެސް ރަގަޅު
މާސާ ﷲ
މާޝާﷲ. ހެޔޮވިސްނުން ދެއްވެވި އިބަﷲ ޙަމްދުހުރި. ލަޔާލަށް ފައްފަށުން ސާބަސްދެން.
ماشاءاللہ مرحبا
މަރުޙަބާ. އެންމެ މުހިންމު ކަމަކީ ސާބިތުކަން ، ﷲ ތަޢާލާ ، ތިބާއަށް ސާބިތުކަން ދެއްވާށި،
ماشاءاللہ مرحبا
ދެންނެތޭ އިތުރު ގޮތެއް ތެޅިތެޅި ވަރުބަލިވާނީ
ލަޔާލް ސިޔާސީ މައިދާނުން ގެއްލުވާލަން ބަޔަކު ރާވައިގެން ކުރާ ކަމެއްބާ؟؟
ވަރަށް އުފާވެއްޖެ. ތިގޮތުގަ ހިފަހައްޓާލާ. ނުވިސްނޭމީހުން ލައްކަ ހަޅޭއްލަވާނެ. ﷲ ގެ ދަރުބާރުގައި ލަޔާލާއި އެމީހުންގެ ކަންތަކާ ސުވަލު ނުކުރެވޭނެ. ލަޔަލް ސަލާމަތްވާނީ ލަޔާލުގެ ހެތޮ އަމަލުން
ތީތި ސަޅި. ޅަވްޠޫ
ކުރިންވެސް ތިހެން ބުރުގާ އެޅި
ތިގޮތުގައި ހިތްވަރާއެކު ކުރިޔަށް ދާަށެވެ. މާތްﷲ ތި އުޚުތާައަށް ރަޙުމަތް ލައްވާށި... އާމީން.
ހެޔޮވިސްނުން ދެއްވިކަން ނަސީބެއް