ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ދެކޮޅަށް ކުރާ އެއްވެސް ކަމެއްގައި ބައިވެރި ނުވާނޭ ކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރޭ ޖުމްހޫރީ ޕާޓީން އެޕާޓީގެ އޮފީސް ކުނޫޒުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ޤާސިމް އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެކޮޅަށް ކުރާ އެއްވެސް ކަމެއްގައި ބައިވެރި ނުވާނޭ ކަމަށާއި މަޖިލިސް އިންތިހާބަށްފަހު އިސްކަން ދެއްވީ ޤައުމީ މަސްލަހަތަށް ކަމަށެވެ.

" ސިޔާސީ މަޝްރަހުގައި ކަންކަން ވަމުން އަންނަ ގޮތް ދިވެހިންނަށް އިނގޭނޭ ރިޔާސީ އިންތިހާބުގައި އެޕާޓީއަށް ރައީސް ކަމަށް ވާދަނުކުރެވުނީ އަޅުގަނޑު ކަންތައްގަނޑެއްގެ ތެރޭގައި ތާށިވެފައިހުރުމުން " ގާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ބަދަލުހިފުމުގެ ރޫހެއްގައި ކަމެއް ކޮށްގެން އެއްވެސް ބަޔަކަށް ކުރިއެރުމެއް ނުލިބޭނޭ ކަމަށާއި މިއަދުގެ ރައީސަކީ ހުރިހާ ރޮނގަކުން އެއްބާރުލުން ދެއްވުމުގައި އެންމެ ފަހު ވަގުތާ ހަމައަށްވެސް ފަހަތަށް ޖެހިވަޑައިނުގެން ހުންނަވާނެ ރައީސެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

"ރައީސް ސޯލިހުގެ ސަރުކާރު ދަމަހައްޓާ ނެގެހެއްޓުމަށް އަޅުގަނޑުމެން ކޮށްދެން ޖެހޭ ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ޖުމްހޫރީ ޕާޓީ އާއި އަޅުގަނޑު މިހިރީ ތައްޔާރަށް،" ޤާސިމް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓިއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަށްފަހު ޤާސިމް އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ތަނުން އިބްރަތް ހާސިލުކޮށް ޕާޓީއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށެވެ.

މަޖލިސް އިންތިހާބުގައި ވެސް ޕާޓީތަކުން އެކުގައި މަސައްކަތް ކުރުމަށް ނިންމާފައި އޮތް ނަމަވެސް މަޖިލިސް އިންތިހާބުގައި ޕާޓީތަކުން ވާދަކޮށްފައިވަނީ ވަކިވަކިންނެވެ. އަދި އެއިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ލިބުނީ ފަސް ގޮނޑިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަލްޖިބްރާ

    އެހެންވެއްޖިއްޔާ ބުޅާ " ތެތްމަހެއްވެސް ނުކާނެ " !

  2. ހުސޭނުބޭ

    ދެކޮޅުވިއްޔާ ގޮހޮރަށް ފިތައިގެންވެސް ނެރޭނެ! ތިހުރީ މުޅިން ބާރު ހުސްވެ ކުޑަކަކޫޖެހިފައި! ބާ ގޯނިގަނޑެއްދިނަސް ޖެހޭނީ މިހާރު ޤަބޫލުކުރަން!

    3
    1
  3. މަހަމޫދު

    ހަސްފަސް ނެތުނީ އަރާނެ ގޮޅިހުސްވީ މިހާރު ތިހިރީ ގާސިމައް ރާކަނިމަސް ކެވިފަ

    2
    1
  4. ފެންނަގޮތް

    ލަނޑަޔާ ވާނީ ލަނޑަޔާ

    2
    1
  5. އިމްރާން

    ޤާސިމް އެއްގޮތަކަށްވެސް އެއްކޮޅު ދެކޮޅުވާނެ ކަމެއްނެތް، ރައްޔިތުން ބޭނުންވަނީ ޤާސިމް ރައީސަކަށް ގެންނަން. އުމުރު އަދި މަތިނުވޭ، ވީމާ ސަރުކާރުގެ ކޯލިޝަނުން ނުކުމެ ކެމްޕެއިންފަށާ، އަނބިކަބުލޭގެވެސް އަދި މަޤާމް ތައް ޖޭޕީން ލިބިފަ ތިބި މީހުންތިބީ އެމްޑީޕީ އާއެކު ޑީލް ހަދައިގެން، ނަމަވެސް އެމްޑީޕީގެ އާންމު މެންބަރުން އެމީހުން ބަލައެއް ނުގަންނާނެ. ބާޢީން ޤާޒީންނަށް ހެދީ ވެރިކަން ހޯދަން، މިޝަން ކޮމްޕްލީޓް. ޤާސިމް ތިގޮތަށް ހުރެއްޖެނަމަ ސިޔާސީ ހަޔާތް ކަފުނުވީ.

  6. ރުޤީ

    މާމިގިލީގެ ބިމުން ބޮޑުބަޔެއް ޤާސިމަށް ދޭން ނިންމި ނިންމުމަކީ ގާސިމުގެބޮލަށް ތެތްގޯނި އެއްލުމެވެ. ނަތީޖާ ތިއޮށް ފެނުނީއެވެ.

    1
    2
  7. ހަސަން ނ

    މަނިކުފާނު ނަގަހައްޓާ،ދަމަހައްޓަން
    ނުބުނާސަރުކާރެއްނާދޭ މަނިކުފާނު
    ބަލާއައްނުގޮވާ ސަރުކާރެއްވެސް
    ނާދޭ

  8. އާޗާ

    ދެކޮޅުވެގެން ދެން ވާން އޮތް ކަމެއް ނެތް. އެއްކޮޅުވެގެން ހުރިހާ ކަމެއް ވާން އޮތީ. ނުބުންޏަސް މިހާރު ހާލަތު އޮތްގޮތްކަން ތިޔައީ އެންމެންނަށް އެބަ ފެނޭ.

  9. ބަރުގޮނު

    އެކަހަކަ ފޮނި ބާސާ ކަޑާނެ. ޔާމީނު ސަރުކާރު ފެށުނު ކޮޅުގައި ބުނި ކުނިކަހާ ފިހިގަޑު ހިފައިގެން ފޮޅާ ސާފު ކުރަންވެސް އުޅެފާނަމޭ.. ތިޔަ ޤާސިމަކީ ރާއްޖޭގެ ސިޔާސީ މައިދާނުގެ ޖޮނީވޯކަރު.